ރަސްގެފާން އައްސުލްތާން ހަސަން ނޫރައްދީންގެ ދަރިކަލުން މުހައްމަދު ނޫރައްދީން އަވަހާރަވެއްޖެ އެވެ.

އަމީރް މުހައްމަދު ނޫރައްދީން އަވަހާރަވީ އާލާސްކަންފުޅާ އުޅުއްވާތާ ގިނަ ދުވަސްތަކެއް މިއަދު އެވެ. އަވަހާރަވީ ދަރުމަވަންތަ ހޮސްޕިޓަލުގައި ފަރުވާ ދެމުން ގެންދަނިކޮށެވެ.

މުޙަންމަދު ނޫރައްދީނަކީ، ދިވެހި ސަރުކާރަށާއި ރައްޔިތުންނަށް ވަރަށް ދިގު މުއްދަތެއްގައި، ތެދުވެރިކަމާއި ވަފާތެރިކަމާއެކު ޚިދްމަތްތަކެއް ކޮށްދެއްވި ބޭފުޅެކެވެ.

މުޙަންމަދު ނޫރައްދީނަކީ، 25 ޖުލައި 1954 ގައި ވުޒާރަތުއް ތިޖާރާ ވައްތަމްވީނުގެ ކާތިބުކަމުން ސަރުކާރުގެ ޚިދްމަތް ފެށްޓެވި، މުހިންމު މަގާމުތަކެއް ފުރުއްވި ބޭފުޅެކެވެ. އޭގެތެރޭގައި، ވުޒާރަތުލް އަޥްޤާފުގެ ސެކްރެޓަރީ ކަމާއި، މަޙްކަމަތުލް ޚާރިޖިއްޔާގެ ސެކްރެޓަރީ ކަމާއި، މީޓިއޮޮރޮލޮޖިކަލް އޮފީހުގެ ވެރިޔާކަމާއި، މުނިސިޕަލްޓީގެ ރައީސްގެ ނައިބު ކަމާއި، މުނިސިޕަލް ކައުންސިލަށް ދާޚިލިއްޔާއިން ޢައްޔަންކުރި މެންބަރުކަން ހިމެނެއެވެ.

އަދި ވަޒީރުލް އަޢުޡަމް އޮފީހުގެ ޚާއްޞަ ވަކީލު ކަމުގެ މަގާމާއި، މިނިސްޓްރީ އޮފް ޓްރޭޑް އެންޑް ޑިވެލޮޕްމަންޓުގެ ޚާއްޞަ ވަކީލު ކަމުގެ މަގާމާއި، މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ވަކީލު ކަމުގެ މަގާމާއި، ޑިޕާޓްމަންޓް އޮފް ފިނޭންސްގެ ވަކީލު ކަމުގެ މަގާމާއި، ނައިބު ކަމުގެ މަގާމު ހިމެނެއެވެ. އޭގެފަހުން މިނިސްޓަރ އޮފް ހޯމްއެފެއާޒްގެ ނައިބު ކަމުގެ މަގާމާއި، މިނިސްޓަރ އޮފް އެޑިޔުކޭޝަންގެ ނައިބު ކަމުގެ މަގާމާއި، ޑެޕިއުޓީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ރިލިޖަސް އެފެއާޒް ކަމުގެ މަގާމުވެސް އެމަނިކުފާނު ފުރުއްވިއެވެ. މީގެއިތުރުން، ދައުލަތަށް ގިނަދުވަހު ޚިދްމަތް ކުރެއްވި ޢިއްޒަތްތެރިއެއްގެ މަގާމުގައިވެސް ހުންނެވިއެވެ.

މުޙަންމަދު ނޫރައްދީނަކީ، ރައްޔިތުންގެ މަޖިލީހުގެ ނ. އަތޮޅުގެ މެންބަރުކަމާއި، ދ. އަތޮޅުގެ މެންބަރުކަމާއި، ގއ. އަތޮޅުގެ މެންބަރުކަންވެސް ކުރައްވާފައިވާ ބޭފުޅެކެވެ.

މުޙަންމަދު ނޫރައްދީން މެދުނުކެނޑި 53 އަހަރު ދުވަހަށްވުރެ ދިގު މުއްދަތެއްގައި ސަރުކާރުގެ ޚިދްމަތުގައި ހޭދަކުރެއްވިއިރު، އެމަނިކުފާނުވަނީ ސަރުކާރުގެ ވަރަށް އިސްމަގާމުތަކެއް ފުރުއްވާފައެވެ.

ދިވެހި ސިވިލް ސަރވިސްގެ ޤާނޫނުގެ ދަށުން ސަރުކާރުގެ ވަޒީފާއިން ވަކިވެވަޑައިގެންނެވި ބޭފުޅުންގެ ތެރެއިން 50 އަހަރަށްވުރެ ދިގު މުއްދަތެއްގައި ސަރުކާރަށް ޚިދްމަތް ކުރައްވާފައިވާ ބޭފުޅުންނަށް ދެއްވި ޝަރަފުގެ ހަނދާނީ ފިލާވެސް އެމަނިކުފާނަށްވަނީ ލިބިވަޑައިގެންފައެވެ.

މުޙަންމަދު ނޫރައްދީނަށް 2011 ވަނަ އަހަރު ދިވެހި ސަރުކާރުން ވަނީ ނިޝާން ޢިއްޒުއްދީންގެ ޢިއްޒަތުގެ ވެރިކަން (ނ.ޢ.ޢ.ވ)ގެ އިއްޒަތް އަރުވާފައެވެ.

މުހައްމަދު ނޫރައްދީންގެ ބައްޕާފުޅު ހަސަން ނޫރައްދީން (ދެ ވަނަ) ރާއްޖޭގެ ރަސްކަން ކުރެއްވީ 1935 އިން 1943 އަށެވެ. ހަސަން ނޫރައްދީ ރަސްކަމަށް އިސްކުރެވުނީ އޭގެ ކުރިން ރަސްކަމުގައި ހުންނެވި ސުލްތާން މުހައްމަދު ޝަމްސުއްދީން (ތިން ވަނަ) ރަސްކަމުން ދުރުކުރުމާއި ގުޅިގެން ފެބްރުއަރީ 21، 1935 ގަ އެވެ. ރަސްކަމަށް ކޮލި ލެވުނީ ޖުލައި 21، 1938 ގަ އެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. އަހުމަދު

    ކޮބާހޭ ވެންޓިލޭޓަރުތައް؟ ކޮންތައްޔާރެއްހޭވެވިފަ އޮތީ؟ ރައްޔިތުންތައް މިޔޮއް މަރުވެ ހުސްވަނިއްޔޭ! ކޮބާހޭ ޤައުމުގެ ވރިމީހާ! ކޮބާހޭ ރައްޔިތުންގެ މަޖިލިސް! ކޮބާހޭ ވެންޓިލޭޓަރުތައް؟ކޮބާހޭ ވެންޓިލޭޓަރުތައް؟ކޮބާހޭ ވެންޓިލޭޓަރުތައް؟ކޮބާހޭ ވެންޓިލޭޓަރުތައް؟ކޮބާހޭ ވެންޓިލޭޓަރުތައް؟ކޮބާހޭ ވެންޓިލޭޓަރުތައް؟ކޮބާހޭ ވެންޓިލޭޓަރުތައް؟ކޮބާހޭ ވެންޓިލޭޓަރުތައް؟ކޮބާހޭ ވެންޓިލޭޓަރުތައް؟ކޮބާހޭ ވެންޓިލޭޓަރުތައް؟ކޮބާހޭ ވެންޓިލޭޓަރުތައް؟

    4
    1
  2. سعدية عبدالله

    إناالله وإنا إليه راجعون اللهم اغفر لي واغفر المسلمون

  3. Anonymous

    ﷲ އެމަނިކުފާނަށް ހެޔޮ ރަހުމަތްލައްވާށިއެވެ

  4. ޑރ. ހިސްޓޯރިކަލް

    ކޮބައިތޯ ނޫރައްދީނުގެ އުމުރަކީ؟ އަނބިކަނބަލަުން މަރުވެގެން ވަގުތުން ގެނެސް ދިން ޚަބަރުގަ އޮތް ނާސިރާ އަށް 87 އަހަރޭ. ނޫރައްދީނުގެ އުމުރެއް ނުގެނެސް ދިން.

  5. ޑެޑު

    މީ ރައްޖޭގެ ޕުރިންސެއް

    2
    1