ކޮވިޑް-19 އާއި ގުޅިގެން ވަޒީފާއަށް އަަސަރުކުރި މީހުންނަށް ސަރުކާރުން ދެމުން ގެންދާ އިންކަމް ސަޕޯޓް އެލެވެންސް ލިބޭ މީހުންގެ ޒާތީ މައުލޫމާތުތައް އާންމު ކުރެއްވުމާއެކު، ބޮޑެތި ފާޑުކިޔުންތަކެއް ކުރިމަތިވުމުން އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް މާފަށް އެދިވަޑައިގެންފި އެވެ.

ކޮވިޑްގެ ހާލަތާއެކު ވަޒީފާއަށް އަސަރުކުރި މީހުންނަށް 5،000 ރުފިޔާގެ އާންމުދަނީއެއް ލިބޭ ގޮތަށް ސަރުކާރުން އިންކަމް ސަޕޯޓް އެލެވެންސް ދެމުންގެންދެ އެވެ.

އެލަވަންސް ލިބެނީ މިނިސްޓަރު ބޭނުންވާ ވަކިބަޔަކަށް ކަމަށްބުނެ މީހަކު ކުރި ޓްވީޓަކުން ދިފާއުވުމުގެ ގޮތުން މިނިސްޓަރ ފައްޔާޒް ވަނީ އެލަވަންސް ލިބޭ މީހުންގެ މުސާރަ އާއި، އައިޑީކާޑް ނަމްބަރާއި، އެހެނިހެން ޒާތީ މައުލޫމާތުތައް ހިމެނޭ ލިސްޓް ޓްވިޓާގައި ހިއްސާ ކުރައްވާފައެވެ.

އެތައް ބައެއްގެ ޒާތީ މައުލޫމާތުތައް ހާމަކުރުމުން މިނިސްޓަރު ފައްޔާޒަށް ޓްވިޓާގައި ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވި އެވެ. ރަސްމީ ބޭނުމަކަށް އާއްމުން ސަރުކާރަށް ފޯރުކޮށްދޭ ޒާތީ މައުލޫމާތުތަކެއް އެގޮތަށް އާންމު ކުރެވިދާނެތޯ ގިނަ ބަޔަކު ސުވާލު އުފައްދަން ފެށުމުން ލިސްޓް ވެބްސައިޓުން ނަންގަވައި، މިނިސްޓަރު ފައްޔާޒް ވަނީ މާފަށް އެދިފައެވެ. އޭނާ ވިދާޅުވި ގޮތުގައި ބައެއް މައުލޫމާތުތައް އުނިނުކޮށް އާންމު ކުރެވުމަކީ ހެއްދެވުނު ގޯހެކެވެ.

ނަމަވެސް އައިޑީކާޑް އުނިކުރުމަށް ފަހު އަދި ލިސްޓް އާއްމު ކުރައްވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ކޮވިޑް-19 އާއި ގުޅިގެން ވަޒީފާއަށް އަސަރު ކުރި މީހުންނަށް އެލަވަންސް ދިނުމުގައި ސަރުކާރުން ތަފާތު ކުރުން ގެންގުޅޭ ކަމުގެ ޝަކުވާ މީގެ ކުރިން ވެސް ގިނަ ބަޔަކު އައީ ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

 1. ޚާރު

  ދިވެހި ސިފައިން އަދި ފުލުހުން ގުޅިގެން ވެރިކަމާ ހަވާލުވެ ގައުމު މިކަމުން މިންޖު ކުރަން ގޮވާލަން ..

  16
  3
 2. ބަރާބަރު

  ރމައްސަލައެއް ނޫން. އަހަރެމެންގެ ޓެކްސް ފައިސާ ލިބޭ ބަޔަކު ބަލަން އަހަރެމެންވެސް ބޭނުން. މިހާލަތުގަ ލާރޮ ނެގުމަކީ ލަދުވެތި ކަމެއްވެސް ނޫން

  3
  1
 3. ބެއްޔާ

  މިއީ އޮޅުވާލުމުގެ ތެރެއިން އައި ސަރުކާރެއް. އެންމެން މިތިބެނީ އޮޅުމެއްގެ ތެރޭގައި އަބަދު މާއާފަށްއެދެންޖެހިފތިބެނޭ އޮޅިގެން ކުރެވޭ ކަންކަމުގެ ސަބަބުން. ވެރިމީހާއަށް ރޮވެނީ ކުރެވޭކަންކަމުން

  11
 4. ނަައީމް

  ވަރައްސިއްރުން ފުރަތަމަ މިކަންކުރަމުން ދިޔައީ ހަގީގަތުގަވެސް އަތްމަތި ދަތިވެ ލިބެމުންއައި ހޯދަމުންއައި އާމްދަނީ ގެއިން ރަށުން ބޭރައް ނުދެވުމުގެސަބަބުން އަދި އެހެނިހެންރައްރަށުން ގެނެސްގެން ވިއްކަމުންދާތަކެތިވެސް ނުގެނެވި މުޅިމީހާ އިދަޖެހިފަ ތިބި މީހުން ނައް މިނުލިބުމަކީ ހިތާމަކުރާކަމެއް ކާކައް ކިހިނެއްތޯ މަިލްކުރާނީވެސް މިފަދަ މީހުނައް ނޭގުނު އޮތީ ސިއްރު ކޮއްފާ ކައުންސިލް އެމްޑީޕީ ވެރިން އެމީހުންގެ މީހަކައްނޫނީ ފޯމެއްފުރާނުދޭ މި ހޯދައް މަސައްކަތެއްވެސް ނުކޮއްދިން ފައްޔާޒު ބުނަނީ ފޯމުފޮނުވުމަކީ އެމީހެއްގެ އަމިއްލަކަމެކޭ ލޮކުޑައުންގަ ތިބެގެން ބޭންކްސޮޓޭޓް މެންޓް ކެ ކޮޕީއެއް ނުނަގާދިން ކައުންސިލުން އެހެންވެ މިބުނީ ޓަޗުފޯނަކާ ޓާޓާ ނެތް އަދި މިބޭނުންކުރަން ނޭގޭ މީހަކައް މިލިބިފަހުރީ ހުސް އެމްޑީޕީ މިޙޫނައް ...މިހާރުވެސް ބަލާ

 5. އިބްރާހީމް

  ފައްޔާޒަށް ހަމަ ސާބަސް މިހާތަނަށް އެކަކުވެސް އެއްބަސްނުވޭ ސަރުކާރުންދޭ 5000.00ރ. ލިބުނުއެކަކާވެސް ދިމަލެއް ނުވޭ. އެންމެންވެސް ކުރަނީ ސުވާލު ލިބުނު މީހާވެސް ކުރަނީ ސުވާލު ކާކަށްހޭ ލިބުނީ މަށަކަށް ނުލިބެއޭ. މިލިސްޓް ސަރުކާރުން ކޮންމެ މަހަކު ހާމަކުރަންޖެހޭ

  10
 6. ހުސައިން

  ތި އެލަވަންސް އެއީ ވަކިބަޔަކަށް މިނިސްޓަރު ހިއ1ްޕުޅާވާ ބަޔަކަހ ދޭ އެއްޗެއް

  • Anonymous

   މިނިސްޓަރ އެކަންޏެއް ނޫން ސަރުކާރުން ބޭނުންވާ ބަޔަކަށް
   މިހާރު ދައުލަތުގެ ވަޒީފާއެއްވެސް ލިބެނީ މި ސަރުކާރާ ގުޅުން ެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެ އޮންނަ ފަރާތެއް މެދުވެރިކޮށް

   2
   1
 7. ޢަބްދުލްމުހައިމިން

  ފައްޔާޒުއަށް. މިއީ ފައްޔާޒުގެ ޖީބުން ނޫނީ ގޭގެ އަލަމާރިން ނަންގަވައިފައި ދޭ އެއްޗެއްތޯ؟ އެއްވެސް މީހެއްގެ ޒާތީ މަޢުލޫމާތު ހާމަކުރުމުގެ ޙައްޤު ފައްޔާޒަށް ލިބިގެން ނުވާކަން ހަނދުމަކޮށްދެން. އޮންނަ އުޞޫލުން ކަންކަން ކުރަން އެނގިނުލައްވަންޏާ އިސްތިޢުފާ ދެއްވާފައި ގެއަށް ވަޑައިގަންނަވާ! ވަރަށް ވެދުން.

  9
  2
 8. ާދަލޭކް

  ބަލަ ޕެނެޓޯލް އާއި.ބޯފެން ނުލިބިގެން މީހުން ރޮނީ އެކަމަކު ވަޒީފާ އިތުރު ކު ރަނީ. ސާބަސް.

 9. ޖާބެ

  ޤަދަރުވެރި ދިރިޢުޅުން ސަލާންޖަހަން މަޖުބޫރުކޮށްގެން

 10. ނަސީ

  ފައްޔާޒު ލިސްޓް ނެރެން އެބަޖެހޭ ސަބަބަކީ މަސައްވެސް ނޭނގި މަގެ ނަންމަތީގައިވެސް ނަގާފައި އޮވެދާނެ މަށައްނުލިބި ވީމާ ލިސް ތިޔައޮފީސް ވެބްސައިޓް މެދުވެރިކޮއް ބޭލޭނެ އިންތިޒާމެއް އޮތުން ވަރައް މުހިންމު

  3
  1