ކޮވިޑް-19 އާއި ގުޅިގެން މޮނިޓަރިންގެ ހާލަތައް ގެންނަ ހުރިހާ ރަށެއްގައި ރޭގަނޑު 21:00 އިން ފަތިހު 04:00 އަށް ކާފިއު ހިންގަން ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ނިންމަވައިފިއެވެ.
އޭނާ މިގޮތައް ނިންމެވީ ރޭ ކުރެއްވި އިއުލާނެއްގައެވެ. މިނިންމުމަށް އަމަލު ކުރަން ފަށާނީ މާދަމާ އިން ފެށިގެންނެވެ.
ދިވެހިރާއްޖޭގައި ކޮވިޑް-19 ފެތުރުން ކޮންޓްރޯލްކޮށް، އާންމު ރައްޔިތުންގެ ޞިއްޙަތާއި ރައްކައުތެރި ކަމަށް ޓަކައި، ޤާނޫނު ޢާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނުން ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތުގެ ހައިސިއްޔަތުން އަހުރެންނަށް ލިބިދޭ ބާރުގެ ދަށުން، 2021 މޭ 26 ވަނަ ދުވަހުން ފެށިގެން ވަކި ގޮތެއް އަންގަންދެން، މޮނިޓަރިންގެ ހާލަތަށް ގެނެވޭ ރަށްރަށުގައި އަންނަނިވި ފިޔަވަޅުތައް އެޅުމަށް މައިމޫނާ ވަނީ އަންގަވާފައެވެ.
އޭގެތެރޭގައި ކާފިއު ހިންގުމުގެ އިތުރުން އެއްގަމު އުޅަނދުފަހަރު ދުއްވުމާއި، މަގުމައްޗާއި އާންމު ތަންތަނަށް މީހުން ނުކުތުން މަނާކުރުމަށާއި ޒަރޫރީ ބޭނުންތަކުގައި މެނުވީ ގެއިން ބޭރަށް ނުނިކުތުމަށް ވެސް ވަނީ އަންގާފައެވެ.
ޕާޓީތަކާއި، ޙަފްލާތަކާއި، ރަސްމިއްޔާތުތައް ބޭއްވުން ހުއްޓައިލުމަށާއި އެއް ގެއިން އަނެއް ގެއަށް ޒިޔާރަތް ކުރުން ހުއްޓައިލުމަށާއި އެއްފަހަރާ ތިން މީހުންނަށްވުރެ ގިނަމީހުން މަގުމައްޗާއި އާންމު ތަންތާނގައި އެއްވެއުޅުން ހުއްޓައިލުމަށް ވެސް ވަނީ އަންގާފައެވެ.
މީގެ އިތުރުން ސެލޫންތަކާއި، ޖިމްތާކާއި، ބޯކޮށާ ތަންތަން ބަންދުކުރުމަށާއި ހުރިހާ ކުޅިވަރު ހަރަކާތްތަކާއި، ކަސްރަތުގެ ހަރަކާތްތައް ހިންގުން ހުއްޓައިލުމަށާއި ފިހާރަތަކުން ޚިދުމަތް ދޭއިރު، ހެލްތް ޕްރޮޓެކްޝަން އެޖެންސީން އާންމުކޮށްފައިވާ ގައިޑްލައިނާ އެއްގޮތަށް ޚިދުމަތް ދިނުމަށް ވަނީ އަންގާފައެވެ.
އަދި ޔުނިވަރސިޓީތަކާއި ކޮލެޖްތަކަށް ދަރިވަރުން ހާޒިރުވެގެން ކުލާސްތައް ކުރިޔަށް ގެންދިޔުން ހުއްޓައިލުމަށާއި ހޮޓާތަކާއި، ކެފޭތަކާއި، ރެސްޓޯރަންޓުތަކާއި، ކާބޯތަކެތީގެ ޚިދުމަތް ދޭ އެހެނިހެން ތަންތަނުން ދެމުންގެންދާ ޚިދުމަތްތައް ހުއްޓައިލުމަށް ވަނީ އަންގާފައެވެ. މީގެ ތެރޭގައި، ޓޭކްއަވޭއާއި ޑެލިވަރީގެ ޚިދުމަތެއް ނުހިމެނެއެވެ.
ކޮވިޑާއި ގުޅިގެން މާދަމާ އިން ފެށިގެން މާލޭގައި ވެސް ހުރިހާ ވަގުތަކު ވެސް ގެއިން ބޭރަށް ނިކުމެވޭނީ ހުއްދަ އޮވެގެންނެވެ.
އާދައިގެ ރޯގާއެކޭ ޕެނަޑޯލްގުޅަޔަކުން ރަންގަޅުވާނެޔޭކިޔާ ހުރިހާބޮޑުން ރަޖާލައިގެން ގޭގަ
އަތައް ގޮވީމަ އާންމް ރަޔަތުންނައް ހުރިހާ މުސީބާތެއް
މައިމޫނާމެން އިސްތިއުފާ ދޭންވީ. ކަލޭމެންނަށް ތިކަމެއް ނުވި.
ކާފިއު ނުހިންގާގެންތަ މި ކޮންޓްރޯލް ނުވެގެން މި އުޅެނީ.
ރަގަޅު ޕްލޭނެއްނެތީމާ. ރަންބިސް ލިބެންދެން ދޫކޮށްލުމުގެ ނަތީޖާމީ
1200 ޑޮލަރައް ޓޫރިސްޓް އެންދުވިއްކައިގެން ނުކުތްނަތީޖާ
ގަޑި 6 ކުން 6ށް ރަނގަޅުވާނެ