ސަލަފް ޖަމިއްޔާގެ ދީނީ ޕްރޮގްރާމްތައް ހިންގުމުގައި އިސްކޮށް ހަރަކާތްތެރިވާ އަލީ ރަމީޒުގެ ޓްވިޓާ އެކައުންޓު މިދިޔަ ހަތަރު ދުވަހު ސަސްޕެންޑް ކޮށްފައި އޮތުމަށް ފަހު، މިއަދު އޭނައަށް އޭނާގެ އެކައުންޓް އަލުން ލިބިއްޖެއެވެ

ކުރީގެ ލަވަކިއުންތެރިޔާ އަލީ ރަމީޒުގެ ޓްވިޓާ އެކައުންޓް ޓްވިޓާއިން ސަސްޕެންޑް ކުރި ސަބަބެއް އަދިވެސް ނޭނގެއެވެ.

އަލީ ރަމީޒުގެ އެކައުންޓް އަލުން ލިބުމުން ކުރި ޓްވީޓެއްގައި ވިދާޅުވީ، އޭނާގެ ޓްވިޓާ އެކައުންޓް ސަސްޕެންޑް ކުރުމުން އެކައުންޓް އަލުން ހޯދައިދިނުމަށް ވަރަށް ގިނަ ބޭފުޅުން އެކި ގޮތްގޮތަށް މަސައްކަތް ކޮށްދިން ކަމަށާއި އެ ކަމުގައި އެހީތެރިވި ކޮންމެ ބޭފުޅަކަށް ވެސް ޝުކުރު އަދާ ކުރައްވާ ކަމަށެވެ.

އަލީ ރަމީޒަށް ޓްވިޓާގައި ފޮލޯކުރާ 28،300 އެއްހާ މީހުން ތިއްބެވެ. މިއީ ރާއްޖޭގެ ނިސްބަތުން ގިނަ އަދަދަކަށް މީހުން ފޮލޯ ކުރާ އެއް އެކައުންޓެވެ.

އަލީ ރަމީޒުގެ އެކައުންޓް ސަސްޕެންޑް ކުރީ ފަލަސްތީނަށް ތާއިދުކޮށް މާލެ ކަައިރީ ލޯންޗް ބުރެއް ބޭއްވި ވީޑިއޯއެއް އާއްމު ކުރިތާ އިރުކޮޅެއް ފަހުންނެވެ.

ފަލަސްތީނަށް އިސްރާއީލުން އުދުވާނީ ހަމަލާތައް ދޭން ފެށިފަހުން ފަލަސްތީނަށް ތާއިދުކޮށް އަދި އިސްރާއީލަށް ފާޑުކިޔާފައި ޓްވީޓް ކުރާ އެތައް އެކައުންޓެއް ޓްވިޓާ އިން ސަސްޕެންޑް ކޮށްލާފައި ވެއެވެ. އެކަމާއި ގުޅިގެން ޓްވިޓާ އަށް ވެސް ވަނީ ފާޑުކިޔުން އަމާޒުވެފައެވެ.

އަލީ ރަމީޒު ވެސް ގެންދިޔައީ އިސްރާއީލްގެ ލާއިންސާނީ އަމަލުތައް ކުށްވެރިކޮށް ގިނަ ޓްވީޓްތަކެއް ކުރަމުންނެވެ. އަދި އޭނާގެ ޓްވިޓާ އެކައުންޓްގެ ނަމުގައި ދިވެހިރާއްޖޭގެ ދިދައާއި ފަލަސްތީނުގެ ދިދައިގެ އިމޯޖީ ވެސް ހިމަނާފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. ނަދާ

  ވަރަށް އުފާވެއްޖެ

 2. ރައީސް ޔާމީން 2023

  !ޝުކުރިއްޔާ ރައީސް ޔާމީން

  3
  2
 3. އަޙްމަދް

  ‎ދީންވެރިވެގެންނެ ނަމުގައި މަޝްހޫރުވީމަ އުޅެނީ
  ‎ ޢިލްމެއްނެތަސްމެ ލިބިފައި ފަތުވާދެމުންނެ ދުވަނީ
  ‎ތަޤްވާ ވެރިންގެ ނަމުގައި ދެއްކެންވެގެންނެ އުޅެނީ
  ‎ ޖޯޝާއި ފޯރިއަރުވައި ސިޔާސަ ވެގެންނެ އުޅެނީ

 4. ރާއްޖެތެރެ

  އެމްޑިޕީގެ އަނެއްފިކުރުގެ މީހުން އެދިގެން ޓުވިޓާ ހުއްޓުވީ. ދެރަ