ރައްޔިތުންގެ މަޖިލީހުގެ މިހާރުގެ މެންބަރުންނާއި ކުރީގެ މެންބަރުންނަށް ހެލްތު އިންޝުއަރެންސްގެ ޚިދުމަތް ފޯރުކޮށްދޭނެ ފަރާތެއް ބޭނުންވެގެން ކުރިން ކުރި އިއުލާނާ ގުޅިގެން ހުށަހެޅި ބީލަންތައް ބާތިލްކޮށް ބީީލަން ހުށަހެޅުމުގެ ފުރުސަތު އަނެއްކާ ވެސް ހުޅުވާލައިފިއެވެ.

މަޖިލީހުގެ އިދާރާގެ އެދުމުގެ މަތިން ފިނޭންސް މިނިސްޓްރީން ކުރި އިއުލާނެއްގައި ވަނީ، ބީލަމުގައި ބައިވެރިވުމަށް 500 ރުފިޔާގެ ނޮން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަން ޖެހޭނެއެވެ.

ފައިސާ ބަލައިގަންނާނީ މިއަދުން ފެށިގެން އަންނަ ޖޫން މަހުގެ ހަވަނަ ދުވަހުގެ ނިޔަލަށް ކަމަށް އެ އިއުލާނުގައިވެއެވެ. ފައިސާ ދައްކަން ޖެހެނީ މިނިސްޓްރީގެ އޮންލައިން ޕޯޓަލް ބަނޑޭރި ޕޭ (https://bandeyripay.finance.gov.mv) މެދުވެރި ކޮށެވެ.

ފައިސާ ދެއްކުމަށްފަހު، ބީލަމަށް ރަޖިސްޓްރީވުމަށް އެދޭ ފަރާތުގެ ނަމާއި އެޑްރެސް، ގުޅޭނެ ނަންބަރާއި އީ-މެއިލް އެޑްރެސް އަދި ފައިސާ ދެއްކި ރަސީދުގެ ކޮޕީ މެއިލް ކުރުމަށް ފިނޭންސް މިނިސްޓްރީން އެދިފައިވެއެވެ.

މި މަސައްކަތްތަކާ ގުޅޭގޮތުން އާންމުކުރާ އެންމެހާ ލިޔެކިޔުންތައް މިއަދުން ފެށިގެން ސޮފްޓްކޮޕީ ފޯރމެޓުގައި ފިނޭންސް މިނިސްޓްރީގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ.

ޕްރޮޖެކްޓުގެ ބިޑްސެކިޔުރިޓީގެ ގޮތުގައި -/50,000ރ (ފަންސާސްހާސް) ދިވެހި ރުފިޔާ ހުށަހަޅަން ޖެހޭނެއެވެ. ބިޑް ސެކިޔުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީޚުން ފެށިގެން 148 ދުވަހެވެ.

ބީލަން ހުޅުވުން އޮންނާނީ އަންނަ ޖޫން މަހުގެ އަށްވަނަ ދުވަހުގެ މެންދުރުފަހު 1:00 ޖަހާއިރު ފިނޭންސް މިނިސްޓްރީގެ ނެޝަނަލް ޓެންޑާގެ ޖަލްސާ ކުރާ މާލަމުގައެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެވޭނެ ކަމަށް މިނިސްޓްރީން ވިދާޅުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. ....

    ކީއްވެ މަޖްލިސް މެމްބަރުންނަށް....އަހަރެމެންގެ ފުރާނަތަށް މުހުންމު ނުވަނީތޯ...

  2. މޙއމދ

    މި މީހުން ބޮޑު މުސާރަ ނަގައިގެން ކުރާ ކަމެއްނެތް ރައްޔިތުން ނަމުގައި މަޖިލިހަށް ވަދެ މި މީހުންގެ އަމިއްލަ ކަންތައްކޮށް އަމިއްލަ އަންބޮޑިތައް ބޮޑުކުރެވޭތޯ މަސައްކަތް ކުރުމުގައި.. މި ހާލަތުގައި ވެސް ރައްޔިތުންނާއި ދޭތެރޭގައި ނުވިސްނާ. ރައްޔިތު މީހާ ބަލިވީމަށް އައިޖީއެމްޗް، މި މީހުން ބޭރު ޤައުމު ތަކުން. މި ހާލަތުގައި އަމިއްލަ އެދުން އިސްނުކޮށް ރައްޔިތުންނަށްދޭ ޙިދުމަތް ރަނގަޅު ކުރެވޭތޯ އުޅޭ

  3. ގގގ

    ރައްޔިތުންގެ ލާރިން ބޭކާރު ޚަރަދުކުރަނީ

  4. ސިޔާމު

    މީދެން އަރަތެއް. އާސަންދަ ނޫން އެެއްޗެހި ބޮޑުނަށް ލިބޭތީ މަމެން ދާ ހޮސްޕިޓަލުގަ ޕެނަޑޯލް ގުޅަވެސް ނޯއްނަނީ

  5. ؟؟؟/

    ނުވާނެ އެކަކުވެސް ހުށައަޅައިގެން، ތިޔައްވުރެ ތި އިންޝުރެންސްއެއް ހައްގުވާ އެތައްބަޔަކު އެބަތިބި

  6. އަޙްމަދު

    މަޖިލީހުގެ ކުރީގެ މެމްބަރުންނަށާއި، އޭގެ ކުރީގެ މެމްބަރުންނަށާއި، އޭގެ ކުރީގެ މެމްބަރުންނަށްވެސް ދޭންޖެހޭނެ ދޯ!

  7. އަބްދޫ

    ގާނޫނުއަސާސީ ގަ ބުނާގޮތުން އެންމެނަށް ހަމަހަމަ ނުވާގޮތަކަށް ތިޔަކަން ކުރެވިދާނެބާ؟ ތިޔައީ ފަގީރުންނަށް ދޭ އެލަވަންސް ފަދަ އެއްޗެއްނޫން. ތިޔައީ ގާނޫނުއަސަސީގެ 17 ވަނަ މައްދާ ބޭނުންކޮށްގެންދެވޭނެ އެއްޗެއް ކަމަކަށް ނުދެކެން. 17 ވަނަ މާއްދާގެ ހ ގަ ބުނަނީ ވަކިމީހަކު އަދާކުރާ މަގާމެއްގެ ގޮތުން ތަފާތު ނުކުރެވޭނެ ކަމަށް.

  8. ކާލި

    ބަލަ އާސަންދަ އެއީ ހުރިހާ މީހުނަށް ބޭސްފަރުވާ ކުރެވޭ އިންޝޫރަންސު ކުންފުންޏެއް އެތަނުން ނުވަނީތޯ ތިއުޅެނީ ރައްޔިތުންގެ ފައިސާކޮޅު އިންޑައިރެކްޓުކޮށް ކޮންމެސް ސިޔާސީ މީހަކަށްދޭން، މީމިމީހުން ރައްޔިތުންގެ ޓެކުސް ފައިސާއިން ވައްކަން ކުރާގޮތަކީ !

  9. މުޖުތަބާ

    ކޮވިޑުގެ މިހާލަތުގަ އަދިވެސް ބަލަންވީ މަލިޖީހުގެ މިހާރުގެ މެމްބަރުންނާ ކުރީގެ މެމްބަރުންނަށް ހެލްތު އަންސޫރަންސް ނުދެވިގެން ދިވެހި ނިކަމެތި ރައްޔިތުންނަށް ފަރުވާކުރެވޭތޯ ބަލަން ނޫޅޭ ވެންޓިލޭޓަރެއްނެތް ވެކްސިންނެއްނެތް އެދެއްނެތް ހުރިހާތަނެއްފުރިއްޖެ މިވަރުވީމަ އަގައިންނުބުނަން ހުއްޓަސް ބުނެވޭނެ

  10. ނާނި

    މިހާރުދެން މިބައިގަނޑު މިވަނީ ރައްޔިތުންނަށް ޖެހިފާއޮތް ބޮޑު ބލއކަށ.

  11. ޏނނ

    ކޮބައިތޯ އަޅުގަނޑުމެނގެ ހެލްތު އިނސުއެރެންސް. ޢަޖައިބެއް ފަހެނުވާނެތަ . މަހަކު ލައްކަޔަކަށްވުނެ ގިނަރުފިޔާ މުސާރައިގެ ގޮތުގަ ބޭސްފަރުވާހިލޭ ގަނޑުވަރުވެސް އެމީހުނަށް ރައްޔިތުމީހާއަށް އޮތީ ކޯއްޗެއްބާ .