ކޮވިޑް-19 ގެ ބަލި މީހުންނަށް ފަރުވާދެމުންދާ ހުޅުމާލެ ފެސިލިޓީ (އެޗްއެމްއެފް) އިން މިނަރަލް ވޯޓާ ހުސްވެފައިވާ ކަމަށް ބުނެ މީސް މީޑިއާގައި ދައުރުވަމުންދާ ވާހަކަތައް އައިޖީއެމް ހޮސްޕިޓަލުން ދޮގުކޮށްފިއެވެ.

ހޮސްޕިޓަލުން ނެރުނު ބަޔާނެއްގައި ބުނީ، އެޗްއެމްއެފްގައި ތިބޭ ބަލި މީހުންގެ ކެއިން ބުއިމުގެ ހިދުމަތް ދެނީ ކޭޓަރިން އުސޫލުން އަމިއްލަ ފަރާތަކާ ހަވާލުކޮށްގެން ކަމަށެވެ.

އަދި ކެއުން އޮންނަ ހުރިހާ ވަގުތެއްގައި އާއި އެ ނޫން ވަގުތުތަކުގައި ވެސް އެތަނުން މިނަރަލް ވޯޓާ ލިބޭނެ ކަމަށް އޭނާ ބުންޏެވެ. އެތަނުން ފެން ލިބޭ ކަމަށްވިޔަސް ބަލިމީހުންގެ އާއިލާގެ ފަރާތުން އިތުރަށް ވެސް ފެން ފޮނުވާ ކަމަށް ބަޔާނުގައިވެއެވެ.

ކޮވިޑް ފެސިލިޓީގައި ތިބި މީހުންނަށް ހެޕީ މާކެޓް ޓްރޭޑިން ކޮމްޕެނީގެ ފަރާތުންވެސް ވަނީ ފެން ހަދިޔާކޮށްފައެވެ. ނަމަވެސް އެ ފެނަކީ އެއްވެސް އިރެއްގައި ފެން ހުސްވެގެން ހަދިޔާކުރި ފެން ނޫން ކަމަށް އައިޖީއެމްއެޗުން ފާހަގަކުރެއެވެ.

"މި ފެނަކީ ފެސިލިޓީ އިން މިނަރަލް ވޯޓާ ހުސްވެ، ފެނަށް ޖެހުމުގެ ސަބަބުން ހަދިޔާކުރި އެއްޗެއްކަމަށް ބައެއް ފަރާތްތަކުން ބުނަމުން ދިޔަނަމަވެސް މިއީ ހަގީގަތެއް ނޫން'" އައިޖީއެމްއެޗްގެ ބަޔާނުގައިވެއެވެ.

ފެސިލިޓީން ބޯފެން ފަދަ އެއްޗެއް ހުސްވިޔަ ނުދޭނެ ކަމުގެ ޔަގީންކަން އައިޖީއެމްއެޗުން ވަނީ ދީފައެވެ. އެޗްއެމްއެފްގެ ފެނުގެ ވާހަކަތައް އައިސްފައިމިވަނީ އެތަނުގެ ހިދުމަތްތަކާއި ގުޅޭ ގޮތުން ޝަކުވާތައް އިންތިހާށް އިތުވެރިފައިވާ ދަނޑިވަޅެއްގައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ވިސްނާލުމަށް އެދެމޭ

    އެ އީ ތެދެ އް އި އްޔެ ހެޕީމާކެޓުން ފެން ސަޕްލަ އިކޮ އްދީފި....

  2. އިލްޔާސް ވަހީދު

    މަވެސްމީ ތިތާއޮވެފަ އައިސީޔޫއައްވެސްލީމީހެއް ފެންޖެހެނީ ގެއިންގެންނަން ދެތަނައްވެސް މިހާރުތިބުނީނުޖެހެޔޭ އައިސީޔޫގައޮތް އެހެން ބަލިމީހަކައްވެސް މަފެންދިނިން ނަރުހުންބުނީމަ ހޮސްޕިޓަލުން ހަމަޖައްސާފަ ޗާޖުކުރީމަނިމުނީ ހުރިހާމީހުންގެ އާއިލާއެއްވެސް ތަނަވެސްނުވެދާނެ ބަލިމީހާޔައް އެހީތެރިވެދީ ހާލުގަނުޖައްސާ ކޮވިޑައްއެންމެ ބޮޑުހަރަދެއްވެސްކުރީ މިގައުމުން ކަމައްވަނީ ދުނިޔޭގެނިސްބަތުން ނުލިބޭއިކިއުޕްމެންޓާއި ވެކްސިނައް ވަރައް ސަލާމް

  3. 🙂

    ހުޅުމާލެ ފެސިލިޓީގަ ހުރޭ ފިލްޓާކޮއްފަހުންނަ ފެންބޮވެންވެސް