ކޮމިއުނިކޭޝަން މިނިސްޓްރީ އާއި އެންވަޔަރަމަންޓް މިނިސްޓްރީ އެއްކޮށްލުމަށް ފަހު އުފެއްދި އާ މިނިސްޓްރީގެ މިނިސްޓަރު ކަަމަށް ދާދި ފަހުން އައްޔަން ކުރެއްވި އައިމިނަތު ޝައުނާއަށް ރުހުން ދޭން ރައްޔިތުންގެ މަޖިލީހުގައި އޮންނަ ސަރުކާރުގެ މަސްއޫލިއްޔަތު އަދާ ކުރާ މިންވަރު ބަލާ ކޮމިޓީން ނިންމައިފިއެވެ.

ގާނޫނުއަސާސީގައި އޮންނަ ގޮތުން، ރައީސުލްޖުމްހޫރިއްޔާގެ ވަޒީރުންގެ މަޖިލީހަށް ނުވަތަ ކެބިނެޓަށް މިނިސްޓަރަކު އައްޔަން ކުރެއްވުމަށް ފަހު، އެ މިނިސްޓަރަކަށް ރުހުން ދިނުމަށް ރައްޔިތުންގެ މަޖިލީހަށް ފޮނުވަން ވާނެއެވެ.

މި މައްސަލަ ދިރާސާކުރަން ފޮނުވި ސަރުކާރުގެ މަސްއޫލިއްޔަތު އަދާ ކުރާ މިންވަރު ބަލާ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ޝައުނާއަށް ރުހުން ދޭން ފާސްކުރީ ކޮމިޓީގައި ބައިވެރިވެވަޑައިގެންނެވި ހަތް މެންބަރުންގެ ތާއީދުންނެވެ.

މަޖިލީހުގައި އޮންނަ ސަރުކާރުގެ މަސްއޫލިއްޔަތު އަދާ ކުރާ މިންވަރު ބަލާ ކޮމިޓީގެ ނިންމުމާ ގުޅޭ ގޮތުން މަޖިލީހުގެ ތަޅުމުގައި ވެސް އަދި ވޯޓަށް އަހާނެއެވެ. ޝައުނާއަށް ރުހުން ދިން ކަމަށް ފާސްވާނީ ތަޅުމުގައި ނަގާ އެ ވޯޓުންނެވެ.

ޝައުނާ އެންވަޔަރަމަންޓް މިނިސްޓަރަށް އައްޔަން ކުރެއްވީ، ކުރިން އެ މަގާމުގައި ހުންނެވި ޑރ. ހުސައިން ރަޝީދު ހަސަން އެ މަގާމުން ވަކިކޮށް ފިޝަރީޒް މިނިސްޓްރީއަށް ބަދަލު ކުރެއްވުމަށް ފަހުގައެވެ.

ފިޝަރީޒް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަނަށް ރުހުން ދޭން ކޮމިޓީން މިއަދު ނުނިންމައެވެ. އެއީ ކުންފުންޏެއްގައި އޭނާގެ ޚިއްސާއެއް އޮތުމުން ވަޒީރު ކަން ގަބޫލު ކުރެވޭނެތޯ ބައެއް މެންބަރުން ސުވާލު އުފައްދެވުމުންނެވެ. އެހެންވެ އެ ކަމުގައި މަޖިލީހުގެ ކައުންސިލަ ޖެނެރަލް ފާތިމަތު ފިލްޒާގެ ގާނޫނީ ލަފައެއް ހޯދުމަށާއި އެ ކަން ރައީސް އޮފީހުން ބެލި މިންވަރު ސާފު ކުރަން ކޮމިޓީން ނިންމިއެވެ.

ހުސައިންގެ ޚިއްސާ އޮތީ ކޮން ކުންފުންޏެއްގައި ކަން ސާފެއް ނުވެއެވެ. އަދި ޚިއްސާދާރަކަށް ވެފައި ވަނީ ކޮން އިރަކު ކަމެއް ވެސް މެންބަރުންގެ ވާހަކަތަކުން ސާފެއް ނުވެއެވެ. ހުސައިންގެ ވަޒީރު ކަމުގެ ހުވައާ މެދު ސުވާލު އުފެދޭއިރު، މިހާތަނަށް ވެސް އޭނާ ހުންނެވީ ވަޒީރެއްގެ މަގާމެއްގައެވެ. ކުރިން ރުހުން ހޯދަން މަޖިލީހަށް ފޮނުވުމުން މަޖިލީހުން ރުހުން ވެސް ދީފައިވެއެވެ.

އެމްޑީޕީގެ އިސް ހަރަކާތްތެރިއެއް ކަމަށްވާ ޝައުނާ މިނިސްޓަރު ކަމަށް އައްޔަން ކުރައްވަން ދެން ހުންނެވީ ރައީސް އޮފީހުގެ ޕޮލިސީ ސެކްރެޓަރީއަކަށެވެ. އެއީ ސްޓޭޓް މިނިސްޓަރަކާއި އެއް ފެންވަރުގެ މަގާމެކެވެ.

މި ބަދަލުތައް ސަރުކާރުގެ ކެބިނެޓަށް ގެނައީ، މިދިޔަ އޭޕްރީލް މަހުގެ 10 ވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި އެމްޑީޕީގެ ތާއީދު ބޮޑު ބައެއް ސަރަހައްދުތަކުން ލިބުނު ނާކާމިޔާބީއާ އެކުގައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ތެދު

    ފުރައްސާރަކުރިވަރަކައް މަގާމުގެކުރިއެރުން ވައިޔާޒްބިﷲ..(ސިއުނާ)

  2. ދުނިދަނޑި

    ރުހުންވެސްދޭނެ ހުރިހާކަމެއްވެސް ކުރާނެ ލާދީނީ އެމްޑީޕީއަށް ނިސްބަތްވާމީހެއްނު އެހެންވީމާ ތީ ސުވާލު އުފެދޭކަމެއްނޫން

    • މުހައްމަދު ޝާހް، ރ.ވާދޫ

      އިތުރު ވާހަކައެއް ދައްކާކަށްނުޖެހޭ %100. އެމްޑީޕީ ފިކުރެއްނު. ތިއޮތީ ހޮވިފަ. އަވަހަށް އާހެދުންފަހާ، ހުވާކުރަން ތައްޔާރުވޭ.

  3. ކެނެރީބަގުވާނު

    އެންމެޝަރުތެއް ހަމަވާން މިޖެހެނީ، އެއީ އިސްލާމްދީން އާމެދު ޝައްކުއުފައްދާ އެހެން ގޮތެއް ހޯދަންއުޅޭ މީހަކަށްވުން. އެނިމުނީ.
    މިއީ ޑިމޮކްރަޓިކް، ވުޑްޔޫ ލައިކް ސަމްޓީ ގުރޫޕް ވިއްޔަ. މިބައިގަނޑު ވަރަށް ސިވިލައިޒް ވާނެ. މިހާ ސިވިލައިޒްޑް ބައެއް ނުތިބޭނެ. މިމީހުންނަށް ނޭނގޭހަމަ އެކަށްޗެއްވެސް ނޯނަނާނެ.
    އަނގައެއް ދެއްވީތީ ތަޅުވާބާލަނީ، މިވަރެއްނެތިގެން. ހަމަ ގަންހިންގަންވީ ހުރިހާއެންމެން އެއްވާގަނޑެއްގަ، ކުރިންފެނުނު ފޮޓޯގަނޑު ވަރެއްނެތް. އެވަރު ކޮށްލެވިއްޖިއްޔާ ދުވަސްގަނޑެއް ވަންދެން މީނަގޮލައެއްގެ ވަސްވެސް ނުދުވާނެ. އެންމެންހެން ބަޗާފާނެ. ހެޔޮނުވާނެ، އެދުވަސް ދެކިލާހިއްވަނީ ކިހާވަރަކަށްކަން ﷲތަޢާލާ ދެނެވޮޑިގެންވާނެ. އިންޝާﷲ