ރާއްޖޭގައި ހަލުވިކަމާ އެކު ފެތުރެމުން އަންނަ ކޮވިޑް-19 ގެ ހާލަތާ ގުޅިގެން އިންޓަނެޓުގެ އަގު އިއުލާން ކުރުން ފަސްކޮށްފިއެވެ.

އިންޓަނެޓުގެ އަގަށް އަންނަ ބަދަލުތައް އިއުލާން ކުރަން ޓެކްނޮލޮޖީ މިނިސްޓްރީގެ ފަރާތުން ފުރަތަމަ ނިންމީ އިއްޔެއެވެ. އެކަމަކު، އެ އަގުތައް އިއުލާން ކުރުން ކުއްލި ގޮތަކަށް މިއަދަށް ފަސް ކުރިއެވެ. ނަމަވެސް އެނގިފައިވާ ގޮތުން ކޮވިޑްގެ ހާލަތު ގޯސްވެފައިވާތީ އަގުތައް އިއުލާން ކުރުން މިހާރު ވަނީ މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައެވެ. އެ ތާރީހު ފަހުން އިއުލާން ކުރާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

އިންޓަނެޓުގެ އަގުތައް މިއަދު ހާމަކުރަން އުޅޭ ވާހަކަ ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ދޮގު ކުރައްވައެވެ.

މަބްރޫކް ވިދާޅުވީ އިންޓަނެޓުގެ އަގު މިއަދު ހެޔޮ ކުރާނެ ކަމަށް އިއުލާންކޮށްފައި ނުވާނެ ކަމަށެވެ. އިންޓަނެޓުގެ އަގު ހެޔޮކުރުމަށް މަޝްވަރާ ކުރެވި އަގުތަކެއް ކަނޑައެޅިފައިވާ ކަމަށެވެ. އަދި އެކަމުގައި ޝެޑިއުލާ އެއްގޮތަށް ކުރިއަށްދާ ކަމަށް އޭނާ ވިދާޅުވިއެވެ.

"ވަކި ދުވަހަކު އިއުލާން ކުރާނެ ކަމަކަށް ބުނެފައެއް ނުވާނެ،" މަބްރޫކް ވިދާޅުވިއެވެ.

އިންޓަނެޓުގެ އަގު ހެޔޮ ކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވައުދުފުޅެކެވެ. އެކަމަކު އެ ވައުދު ފުއްދުމަށް އެކި ފަހަރުމަތިން ތާރީހުތައް ދީފައިވާތީ ރައްޔިތުންގެ ނުރުހުން ވެސް ސަރުކާރަށް ވަނީ ވަރަށް ބޮޑަށް އަމާޒުވެފައެވެ.

ސަރުކާރާއި އިންޓަނެޓުގެ ހިދުމަތްދޭ ފަރާތްތަކާ ދެމެދު ނިންމާފައި އޮތީ އެންމެ ބޮޑު ބަދަލަކަށް ފިކްސް ބްރޯޑް ބޭންޑްގެ ހިދުމަތުގެ އަގަށް ބަދަލު ގެނައުމަށެވެ. މީގެ ކުރިން އިންޓަނެޓްގެ ޚިދުމަތް ދެމުންދާ ފަރާތްތަކާ ސަރުކާރުން ބައްދަލުކޮށް އިންޓަނެޓުގެ އަގަށް ގެންނަ ބަދަލުތައް ޚިއްސާކޮށްފައިވެއެވެ. މި މައުލޫމާތުތައް ވަނީ "ވަގުތު" އަށް ލިބި ކަށަވަރު ކުރެވިފައެވެ.

އެ ބައްދަލުވުމުގައި ސަރުކާރުން ހުށަހެޅި ގޮތަށް ބަލާއިރު، 5 އެމްބީޕީއެސް ސްޕީޑްގައި 200 ރުފިޔާއަށް 30 ޖީބީ ދިނުމަށާއި، 15 އެމްބީޕީއެސް ސްޕީޑްގައި 500 ރުފިޔާއަށް 100 ޖީބީ ލިބޭ ގޮތް ހެދުން ހިމެނެއެވެ. އަދި 25 އެމްބީޕީއެސް ސްޕީޑްގައި 750 ރުފިޔާއަށް 200 ޖީބީ ލިބޭ ގޮތަށް ހެދުމަށްވެސް ސަރުކާރުން ހުށަހަޅާފައި ވެއެވެ.

އެންމެ ފުރަތަމަ މުވާސަލަތީ ޚިދުމަތާއި އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާ ވަރުގަދަ ކުރުމަށް ވަކި ވުޒާރާއެއް ވެސް މި ސަރުކާރުން އުފެއްދެވިއެވެ. އެކަމަކު އޭރު މިނިސްޓަރު މުހައްމަދު މަލީހް ޖަމާލަށް ނަތީޖާ ނުނެރެވުނު ކަމަށް ބުނެ މިނިސްޓަރު ކަމުން މަޖިލީހުން އިތުބާރު ނެތް ކަމުގެ ވޯޓެއް ނަގައިގެން އެ މަގާމުން ދުރުކުރިއެވެ.

މިހާރު އެންވަޔަރަމަންޓް މިނިސްޓްރީއާއި ކޮމިއުނިކޭޝަން މިނިސްޓްރީ އެއްކޮށްލުމަށް ފަހު، އާ މިނިސްޓަރަކަށް އައިމިނަތު ޝައުނާ އައްޔަން ކުރެއްވި ފަހުން، މިނިސްޓަރު ޝައުނާ ވެސް ވަނީ އިންޓަނެޓް އަގު ހެޔޮ ކުރުމުގެ މަސައްކަތް މިނިސްޓްރީން ފަށާފައިވާ ކަމަށް ވިދާޅުވެފައެވެ. މި ގޮތުން އާ ސެބްމެރިން ކޭބަލްތައް ގާއިމްވުމުން އިންޓަނެޓްގެ ޚިދުމަތަށް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށް އޭނާ ވިދާޅުވެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

21 ކޮމެންޓް

 1. ރެފްރީ

  އަސްތާ !
  ރައްޔިތުންއެހާބޭނުންވެފަތި ކަމެއް ކޮވިޑުގެހާލަތާހެދި ނުކު ރަންބުނުމަކީ ތާކުންތާކުޖެހޭކަމެއްނޫން.. ކޮވިޑުގެހާލަތު އެނގިތިބެގެން މުޅި ރާއްޖެއަށްފަތު ރަން ހުޅުވާލިއި ރުހިތައްނޭ ރި ކަހި ރުވަކެކޭވެސް ، ކު ރަންބޭނުންކޮންމެކަމެއްކު ރަމުންދިޔަބަޔަކު މިއަދުތިހެންބުނީމާ ސަޕް ރައިސްވާކަށްނުޖެހޭ

  11
  1
 2. ދަލާސްޓް

  ދިވެހި ރާއްޖޭގެ ނެޓްވޯކަށް ކޮވިޑް ޖެހުނީބާ؟؟
  ދިވެހި ރާއްޖޭގައި ހެދިފައިވާ މާލިއްޔަތު ޤާނޫނަށް އަމަލުކު ރުން ވެސް ހުއްޓިޖެ ކޮވިޑާއި ހެދި.
  އެކަމަކު ލޯކަލް ކައުންސިލް އިންތިޙާބް މަޑުޖައްސާލަން ނުކެ ރުނު. ޢޮޅުން ބޮޅުން

  14
  • ަައިންޓަނެޓް

   ފެއިލް ވެފަ ހުރިހާ ކަމަކުން ، ދެން ކޯއްޗެއް ހެދޭނީ...ހުސް ވަގުން

 3. ރެފްރީ

  މާނަވަ ރަށްސާފު! މިއޮތްހާދުވަސްވަންދެން މަލީހުމެންކު ރިމަސައްކަތުގެނަތީޖާވެސް މޭޒުމަތީގާބާއްވައިގެންތިބެފާ އެސޮ ރަށް އެކަމެއްނުކު ރެވުނިމީހުންދެއްތޯތިޔައީ ؟؟ އަނެއްކާއެމަންޖެވެސްބޭ ރުކޮށްލަންއުޅެނީދޯ؟

 4. ތުރިޕުލްައެލް

  ކުރިޔައް އޮތްރިޔާސީ އިންތިހަބު މިގޮތައް ނުވެއް ޖެއްޔާ ކިތައްމެ ހާވެސްރަނގަޅު މިވެސް ސަރުކާރެކޯ (ރައްޔިތުންނައް އޮޅުވާލުން ވައްކަން ކުރުން ނޫންކަމެއް ނެއް)

  11
 5. Anonymous

  ތިޔަ ފަސްކުރުން ދެމިގެން ދާނެ މަށައް ބައްޕަ ކިޔާފަ ކާފަ ކިޔަން ދެން

  10
 6. ޗަޗަ

  ކަންކަންނު ނުކުރެވުނީމާ ހުރިހާ ކަމެއްވެސް ތިޖަހަނީ ކޮވިޑް ބޮލައް ދޮގުހަދަން ވެެސްނޭން ގެނީ

  11
 7. އިޔަހޫދީ

  މުނާފިގު
  މުނާފިގު
  މުނާފިގު
  މުނާފިގު
  ނަދުރު ޖާބިރު
  ނަދުރު ޖާބިރު
  ނަދުރު ޖާބިރު
  އިބޫ ސޯލިހް
  އިބޫ ސޯލިހް
  އިންޓަނެޓް މަކަރު
  އިންޓަނެޓް މަކަރު
  އިންޓަނެޓް މަކަރު

 8. ބޮލުރޮދި

  🤣🤣🤣🤣🤣

 9. އިސްތިއުފާ

  ތަމެން ގަރުނޭ މެން ދެން އިސްތިއުފާ ދޭންވީއޭ ތަމެން އިސްތިއުފާ ތަމެން އިސްތިއުފާ ތަމެން އިސްތިއުފާ ތަމެން އިސްތިއުފާ ތަމެން އިސްތިއުފާ ތަމެން އިސްތިއުފާ ތަމެން އިސްތިއުފާ ތަމެން އިސްތިއުފާ ތަމެން އިސްތިއުފާ ތަމެން އިސްތިއުފާ ތަމެން އިސްތިއުފާ ތަމެން އިސްތިއުފާ ތަމެން އިސްތިއުފާ ތަމެން އިސްތިއުފާ ތަމެން އިސްތިއުފާ ތަމެން އިސްތިއުފާ ތަމެން އިސްތިއުފާ ތަމެން އިސްތިއުފާ ތަމެން އިސްތިއުފާ ތަމެން އިސްތިއުފާ ތަމެން އިސްތިއުފާ ތަމެން އިސްތިއުފާ ތަމެން އިސްތިއުފާ ތަމެން އިސްތިއުފާ ތަމެން އިސްތިއުފާ ތަމެން އިސްތިއުފާ ތަމެން އިސްތިއުފާ ތަމެން އިސްތިއުފާ ތަމެން އިސްތިއުފާ ތަމެން އިސްތިއުފާ ތަމެން އިސްތިއުފާ ތަމެން އިސްތިއުފާ ތަމެން އިސްތިއުފާ

 10. ވަހީދުބެ

  ރައްޔިތުންނަށް ލުޔެއްލިބޭކަމެއް އޮތިއްޔާ ކޮންމެވެސް އެއްޗެކޭކިޔައިގެން ލަސްކުރެވޭތޯ ބަލަންވާނެ.

  10
 11. ބޮލި މުލައް

  ކޮވިޑުގެ ހާލަތާ ގުޅިގެން 2023 ގެ ރިޔާސީ އިންތިޚާބު އޮންނާނެބާ؟

 12. އަހްމަދު

  ހަމަ އިބިލީހު ކާވެންޏަށް މިދަނީ. ރައީސްކަމުގައި މިހާރު މިހުރީ އިބިލީސްބާ؟

  1
  1
 13. އަލީ ސުލައިމާން

  އިއްޔެ އަނގަ ފޭ ކޮއްފަ ހަބަރުތަކުގެ މާދަމާ އިޢުލާން ކުރާނަމޭ ބުނި އިރު ނޭންގޭތޯ ކޮވިޑްގެ ޙާލަތު އޮޮތް ގޮތެއް. ރައްޔިތުން ހިތްހަމަ ޖައްސާށޭ ކިޔާފަ ތިކަހަލަ ދޮގުތއް ހެދުން ހުއްޓާލަން ވެއްޖެއެއްނު މިހާރު.
  މިހާރު ރައްޔިތުންގެ އިތުބާރެއް ނުކުރޭ

 14. ޟމ

  އިންޓަރނެޓް ގެ އަގުތައް އިއުލާން ކުރަން ކުރިން ނިންމި އިރު ކޮވިޑް ގެ ހާލަތު ނެތްތޯ

 15. ރައްޔިތުން

  ސަރުކާރުން ބޭނުންވާކަން ކަން ކުރެވޭ. އެކި އެކި ނަންނަމުގަ ބަދަލުދީ ވައްކަން ކޮއް ހެދޭ. ރައްޔަތުން ނައް ފައިދާ ވާނެ ކަމެއް ކުރަން ވީމަ ކޮވިޑް.

 16. މާލޭ މީހުން

  ރައީސް ކަމާ ހަވާލު ވެ 100 ދުވަސް ތެރޭ ކުރަން ބުނި ކަމެއް ތީ. އެ އިރު ކޮވިޑް އެއް ނެތް ދޯ. ކީއް ވެ އޭރު ނުވީ. މިހާރު ގުނބޯ ހައްދާތާ 3 އަހަރު ވަނީ ެެެެެެެެެެ

 17. ނަން

  ޢިންތިހާބައް ފަސްކޮށްލީ ދެއްތޯ

 18. ާއަހުމަދް

  ކޮވިޑް އާ ގުޅީގެން ފުރީ އިންޓަނެޓް ދޭންވީ ނޫންތަ

 19. އެނޮނިމަސް

  ދެން ހެޔޮ އަގުހެޔޮ ނުކުރިޔަސް
  ތިހެން ގަނަތެޅި މިހާރު މުސްކުޅި ވެއްޖެ

 20. ރިޔާޒުބެ

  ކަލޯ ރާވެރިންގެ ދަރިންނަށް ވެސް ތިނެތިން އެކަތި އޮވޭ ހަނދާންކުރާތި.