ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކޮޓަރިކޮޅު ބަގް ކުރަން ފުލުހުންގެ ބަޔަކު އުޅުނު ކަމަށް ބުނާ މައްސަލައިގައި ހެކި ނެތުމުން ޖިނާއީ ދައުވާ އުފުލެން ނެތް ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ގެ އޮފީހުން ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކުގެ ކޮމިޓީ (241 ކޮމިޓީ) އަށް އަންގައިފިއެވެ.

ރައީސް ނަޝީދާއި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ގެ ކޮޓަރިކޮޅު ހިމެނޭހެން އެ ތަނުގެ އަޑު ލިބޭ ގޮތަށް އަލާތްތަކެއް ހަރުކޮށްގެން ބަގް ކުރަން އުޅުނު ކަމުގެ ތުހުމަތު ފެންމަތިވެގެން އައީ މިދިޔަ ނޮވެމްބަރު މަހު ބޭއްވި ޖަލްސާއެއްގައި، ރިޔާސަތުގައި އިންނެވި ނަޝީދު އެކަން ޚިއްސާ ކުރެއްވުމުންނެވެ.

ރައީސް ނަޝީދު ވިދާޅުވި ގޮތުގައި، އެމަނިކުފާނާއި އީވާގެ ކޮޓަރިކޮޅު ބަގް ކުރަން ވެގެން ފުލުހަކު އެދުނީ މަޖިލީހުގެ އަންހެން މުވައްޒަފެއް ކައިރިންނެވެ. މަޖިލީހުގެ ސެކިއުރިޓީއަށް އެ ކަން އެ މުވައްޒަފަކު އެންގި ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

މަޖިލީހުގެ އިއްޔެގެ ޖަލްސާގައި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ހާޒިރުކުރެއްވިއިރު، މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވަނީ އެ މައްސަލަ ކުރިއަށް ދާނެ މަގެއް ނުލިބި ތަހުގީގު ހުއްޓިފައިވާ ކަމަށް ވިދާޅުވެފައެވެ. މީގެ ފަހުގެ މައުލޫމާތު 241 ކޮމިޓީއަށް ޚިއްސާ ކުރެއްވި ކަމަށް މިނިސްޓަރު އިމްރާން ވިދާޅުވިއެވެ.

"ވަގުތު" އަށް އެނގިފައިވާ ގޮތުގައި ތަހުގީގު ކުރިއަށް ނުގޮސް ހުއްޓިފައި ވަނީ އެ ކަމުގެ ޖިނާއީ ދައުވާ އުފުލޭ ވަރުގެ ހެއްކެއް ފުލުހުންނަށް ހޯދިފައި ނެތުމުންނެވެ. އެ ވަރުގެ ހެއްކެއް ނެތުމުން ދައުވާ އުފުލެން ނެތް ކަމަށް ޕީޖީ އޮފީހުން ވެސް ވަނީ 241 ކޮމިޓީއަށް މިހާރު އަންގައިފައެވެ.

މީގެ ކުރިން ވެސް މަޖިލީހުގެ ރިޔާސަތުގައި އިންނަވައި ނަޝީދު ވަނީ މިފަދަ ބައެއް ތުހުމަތުތައް ފުލުހުންނަށް ކުރައްވައިފައެވެ. މި ގޮތުން ފުލުހުންގެ ބަޔަކު މަޖިލީހުގެ މެންބަރުންނަށް ފާރަލާން މަސައްކަތް ކުރަން އުޅޭ ކަމަށް ނަޝީދު ތުހުމަތު ކުރައްވާފައިވެއެވެ.

ނަޝީދުގެ ކޮޓަރިކޮޅު ބަގް ކުރަން ފުލުހަކު އުޅުނު ކަމުގެ ތުހުމަތު އެމަނިކުފާނު މިދިޔަ އަހަރު ކުރެއްވިއިރު، މި މަހުގެ ހަވަނަ ދުވަހުގެ ރޭ އިރާކޮޅަށް އެމަނިކުފާނު އަވަހާރަކޮށްލަން ބޮމުގެ ހަމަލާއެއް ދީފައިވެއެވެ. މި ހަމަލާގައި އެމަނިކުފާނުގެ ހަށިކޮޅަށް ބޮޑެތި ޒަޚަމްތަކެއް ލިބިވަޑައިގެން އޭޑީކޭގައި ހަފުތާއެއްހާ ދުވަހު ފަރުވާ ދެއްވައި އޮޕަރޭޝަންތަކެއް ވެސް ކުރެއްވިއެވެ. އަދ އިތުރު ފަރުވާއަށް ޖަރުމަން ވިލާތަށް ނަޝީދު ވަޑައިގެންނެވިއެވެ. އެމަނިކުފާނު އަދިވެސް ހުންނެވީ ޖަރުމަނުގައެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ކޮރަލް

    އައިސް އަލަމާރި އެތެރެ ވެސް ބަލާލަ ބަލާށެވެ.

    14
    1
  2. މީނަގެ

    މިގަ އުމުގަ ހެއްކާއި އުންސުރު އަދި ފަންސުރެއްވެސް ނުހުންނާނެ.

    17
  3. ކަބީލާފުލުސް

    ފުލުހުންނާ ތަޅާނެ ކުދިންކޮޅެއް ނުލިބިގެން އުޅޭމީހަކު ފުލުހުންނާބެހޭގޮތުން ތެދެއްހަދާނެތަ؟ ނުހަދާނެ.

    16
    2
  4. ނާބެ ތ

    މީ ކިހާ ދެރަކަމެއް މިސަރުކާރުގެ ފުރަޔަމަ ތިންއަހަރު އެންމެ މުހިންމު ކަމަކަށް ވެފައި މިވަނީ މިނަޟީދު ގެ ކަންކަމަށް މެނޭޖުކުރުން މީ މިގައުމަށް ދިމާވެފައިވާ މުސީބާތެއް ނޫންބާ؟

    26
    1
  5. ޏނނ

    އޭނައަށް އެކަހަކަހީތައް އެވަނީ އޭނައެކަހަލަ ކަނތައްކުރާތީ. ޙަސަނަށްހީވާނެ އެއުޅެނީ ކެއުގަޑު ކަޑާލަނަށޭ.

    13
    1
  6. ޜަނާ

    ޢޭނަ އެތަނަށް އަރާ އިނދެގެން ދަ އްކާ ގިނަ ވާހަކަ ތަކަކީ ޚިޔާލީ ވާހަކަތަކަކަށް ވާނީ.ޢެހެންވީމަ ހެ އްކެ އް ނުލިބޭނެތާ. އޭނާގެ އަޑު މީޑި އާގަ މަޑުވީމަ ޖަ އްސާ ސްޓަންޓް. ކުޑަކުދިން ކުޅެން އުޅޭ އިރުވެސް އަމި އްލަ އަމި އްލަ އަށް ވާހަކަ ހަދަ ހަދަ އިގެން. ދަ އްކާނެ. ޢެފަދަ ވާހަކަ އެއ އް އެ އީވެސް

    14
    1
  7. އިބްރާހިމް

    ހަމަ ތިބެލާފައި ދޮގު ވާހަކަތަށް ފަތުރާލަނީ. އެމްޑީޕީ ސަރުކާރުގެ އަގު ވެއްޓޭ ކޮންމެ ފަހަރަކު ހަމްދަރުދީ ހޯދަން ހަދާލައިގެން ކޮންމެވެސް ވާހަކައެއްދައްކާލަނީއެވެ.