11 އަހަރުގެ ޖަލު ޙުކުމެއް އިއްވާފައިވާ ކުރީގެ ޑިފެންސް މިނިސްޓްރީ ކާނަލް (ރިޓަޔަރޑް) މުޙައްމަދު ނާޒިމުގެ ކޮއްކޮ އަދި ކުރީގެ އެސްޓިއޯގެ މެނޭޖިން ޑައިރެކްޓަރ އާދަމް އާޒިމް މިރޭ ޖުމުހޫރީ ޕާޓީ އަށް ސޮއިކޮށްފިއެވެ.

މިރޭ ޖުމުހޫރީ ޕާޓީގެ މައިޖަގަހަ މ. ކުނޫޒުގައި ބޭއްވި ރަސްމިޔާތެއްގައި އާދަމް އާޒިމްގެ އިތުރުން ގާނޫނީ ވަކީލް ފަރީދުވެސް ވަނީ ޖުމުހޫރީ ޕާޓީއަށް ސޮއިކޮއްފައެވެ.

އާޒިމް ޖޭޕީ އަށް ސޮއިކުރައްވަނީ - ވަގުތު އިމޭޖެސް: އަޝްހާދު އަބްދުﷲ

މި ރަސްމިޔާތުގައި ވާހަކަ ދައްކަވަމުން ޖުމުހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރ އަބްދުﷲ ކަމާލުއްދީން ވަނީ މިރޭ އެ ޕާޓީއާއި ގުޅިވަޑައިގަތް އާދަމް އާޒިމް އަދި ގާނޫނީ ވަކީލް ފަރީދަށް މަރުހަބާކިޔާފައެވެ.

"ތަޖުރިބާކާރު ބޭފުޅުން ޖޭޕީ އާއި ގުޅިވަޑައިގަތުމަކީ ވަރަށް ބޮޑު އުފަލެއް. ގިނަ ބަޔަކު ޖުމްހޫރީ ޕާޓީއާއި ގުޅެމުން ދިޔުމުގެ އަސްލަކީ މިހާތަނަށް އެޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް އާއި ޕާޓީގެ މެންބަރުން ކުރެއްވި މަސައްކަތުގެ ނަތީޖާ " އަބްދުﷲ ކަމާލުއްދީން ވިދާޅުވިއެވެ.

ގާނޫނީ ވަކީލު ފަރީދު ޖޭޕީ އަށް ސޮއިކުރެއްވުމަށްފަހު ފޯމު ހަވާލުކުރަނީ - ވަގުތު އިމޭޖެސް: އަޝްހާދު އަބްދުﷲ

ގިނަ ބަޔަކު ޖުމުހޫރީ ޕާޓީއަށް ސޮއިކުރަމުންދާއިރު ދާދި ފަހުން ލަވަކިޔުންތެރިޔާ އުމަރު ޒާހިރާއި ފުލުހުންގެ އިދާރާގައި ޑީއެންއޭ އެނަލިސްޓެއްގެ ގޮތުގައި ކުރިން މަސައްކަތް ކުރެއްވި ޗީފް އިންސްޕެކްޓަރ ޙުސެއިން އަމުރާއި ލެކްޗަރާއެއް ކަމުގައިވާ އިބްރާހިމް ހާފިޒު، އަދި މަޝްހޫރު ފޯވާޑް އަޑުބަރޭވެސް ވަނީ ޖޭޕީއަށް ސޮއިކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

 1. ބަދާބަދާ

  އާޒިމް ވެސް ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގެންފި ނަމަ ދެން މަމެންނަށް ފެނިގެން ދަނީ އެމްޑީޕީ ފުނޑާލުމުގެ ޕްލޭން މަޑު މަޑުން އެޕްރޯޗް ވަމުން އަންނަ ކަން. މީގައި ޖޭޕީން ގާސިމް އިބްރާހިމް ވިސްނަންވީ އެއީ އެމްޑީޕީގެ ގައުމީ މަޖްލީހުގައި ހިމެނޭ މެމްބަރުންގެ ތެރެއިން އެމްޕީން ކަން ނުކުރާ މީހުން ތައް އުފުރާލަންވީ ފީނި ފީންނަށް މަޑު މަޑުން އެމްޑީޕީން ފައިސާ ދީގެން ގަނެގެން ނަމަވެސް. އެކަމުގައި އެގޮތަށް އުފުރާ ކޮންމެ އެއްޗަކަށް މަމެން ޕިންކީން ސަރުކާރުގެ ތެރޭން ރަނގަޅު ވަޒީފާ އެއްވެސް އެފަދަ މީހަކަށް ހަމަޖައްސާ ދީފާނަމޭ އެމްޑީޕީގެ ގައުމީ މަޖްލީސް އުފުރާލައިފިނަމަ ދެން އެމްޑީޕީ ފުނޑިގެން ދާނެއޭ މިކަން އެޓް އެނީ ކޮސްޓްގައި ކުރެވޭތޯ ޕީޕީއެމް ގައި ތިބި ދުރުވިސްނޭ ކްރުއަލް މައިންޑެޑް ޕޮލިޓިޝަނުން ވިސްނައިގެން މިޕްލޭން ޖައްސަންވީއޭ މީގައި ވަރަށް މުހިއްމު ކަމެއް އެމްޑީޕީ އަށް ކޮންގްރެސް ވެސް ބޭއްވިޔަ ނުދިން މިމަހު. އެހެން ވެއްޖެނަމަ ދެން އެމެްން ފުނޑޭ ރޯޑް މެޕްގެ ފެށުން އެފެށުނީއެވެ. ދެން އޮންނާނީ ޖަހައިގަތުން. ޕްރޯ އުގައިލު ވެސް ޖަރުމަނަށް ގެންގޮސް ގެން ގާސިމް ޕްރޯ އުގައިލް ވެސް އޮންބޯރޑް ކުރަންވީ އަދި ހިތަދޫ ރިޒާ ކިޔާ ބަދަކު ވެސް ހުންނާނެ ޔޫކޭ ގައި އެބަދުވެސް އޮންބޯރޑް ކުރަންވީ ނިކަން ލާރޖް ކޮށް ޖައްސަބަލަ ގާސިމް ބަދާ ބަދާ ބަދާ ކަޅަ ބަދާ ވަލި ބަދާ ރަތް ބަދާ ދަބަދާ...

 2. ދޮންބެ

  އާޒިމް އެސްޓީ އޯ އެމް ޑީ އަކައްހުރިއިރު ހަމައެކަނިފެއްނަ ވެރިން އެކަނި ގަން ކޮން ބައެއްތީ ހުސްއަމިއްލަ އެދުމުގެ މީހުން

 3. ޢަފަލާ

  މިފަހަރު ގަސިމ ހޮވޭނެ ދޯ

 4. ލަތީފް

  ޢާޒިމް އަކީ މާވަރެއްގެ މިިހެއް ނޫން. ބޭބެ ގެ ބާރުން އެމް ޑީ ކަން ލިބުނީ.

 5. ކޭންވީ

  އާދަމް އާޒިމް އާއި ލޯޔަރު ފަރީދު ޖޭޕީއާ ގުޅިއްޖެ ނަމަ އެކަމަކީ އެއީ މަމެން އުފާ ކުރާ ކަމެކޭ. މަމެން އުއްމީދު ކުރަމޭ ގާސިމް އިބްރާހިމް މިދަނޑިވަޅުގައި އެމްޑީޕީގެ ގައުމީ މަޖްލީސް ތެރޭގައި ވަރަށް ބޮޑަށް ކެނެރީގެ ނަޝީދު ރިޔާސީ ކެންޑިޑޭޓަކަށް ނުނެރުމަށް ޓަކައި ސިއްރިއްޔާތުގައި އެމެންގެ މެދުގައި ވާހަކަ ދެކެވޭތީވެ އެކަމުގެ ފައިދާ ނަގައިގެން އެމްޑީޕީ ފުނޑާލާ އެމްޑީޕީގެ ގައުމީ މަޖްލީހުގެ ހުރިހާ މެމްބަރުން އޮން ބޯރޑް ކޮށް ހަދާ އެންމެ ފަހުން އެމްޑީޕީގެ ހުރިހާ އެމްޕީސް ތައް ވެސް ޖޭޕީ އަށް އޮންބޯރޑް ކުރާނެ ކަމަށް. އެންޓި ޑިފެކްޝަން ގާނޫނުގައި ވާ ގޮތަށް އެމްޑީޕީގެ ނަމުގައި ހޮވިފައިވާ އެމްޕީން އެމްޑީޕީން ވަކި ކުރެވޭނީ އެއީ އެމްޑީޕީގެ ސެކްރެޓޭރިއެޓް ޑިސްމެންޓުލް ވެފައި އޮވެެއްޖެނަމަ ވާނެ ކަމެއް ނޫނެވެ. ޑީއާރުޕީ ފުނޑާލި ގޮތަށް އެމްޑީޕީ ފުނޑާލެވޭނެއެވެ. ކޭންވީ ބީ އީޗް އަދަރސް ކޮމްޕެނީ އޯއް ކޮމްޕެނީ އޯއް ކޮމްޕެނީ ކޭންވީ ބީ އީޗް އަދަރސް ކޮމްޕެނީ އީޗް އަދަރސް ކޮމްޕެނީ އޯއް ކޮމްޕެނީ އޯއް ކޮމްޕެނީ.

 6. ބެއްޔާ

  އެހެންތަ،.... މިފަހަރު ތިޕާޓީން ނިކުންނަނީވެސް ތިދެމީހުން ދޯ؟