ކޮވިޑު-19 އަށް އެންމެ ގިނައިން ފައްސިވެފައި ވަނީ ވަޒީފާ އަދާ ނުކުރާ މީހުން ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ) ގެ އެޕިޑެމިއޮލޮޖިސްޓް ޑރ. އިބްރާހީމް އަފްޒަލް އިއްޔެ ވިދާޅުވެއްޖެއެވެ.

އެޗްއީއޯސީގެ ފަރާތުން ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަފްޒަލް ވިދާޅުވީ ރާއްޖޭގައި ކޮވިޑް ފެތުރެން ފެށި ފަހުން އެންމެ ގިނަ ބަޔަކު އެ ބައްޔަށް ފައްސިވެފައި ވަނީ މި މަހު ކަމަށްވެފައި ބަލި ޖެހޭ އަންހެނުންނާއި ފިރިހެނުންގެ އަދަދު ހުރީ އެއް ވަރެއްގައި ކަމަށެވެ. މާނައަކީ ފިރިހެނުންނެކޭ އެއްގޮތަށް އަންހެނުން ވެސް ބޭރުގައި އުޅޭ މިންވަރު އިތުރުކަން އަދަދުތަކުން ފާހަގަވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އަފްޒަލް ވިދާޅުވީ މިހާރު ގިނަ ބަޔަކު ކޮވިޑަށް ފައްސިވަނީ ފްލޫ ކްލިނިކްތަކުން ކަމަށެވެ. އޭގެ އިތުރުން ބަލީގެ އަލާމަތްތައް ހުރެގެން ޓެސްޓުކުރި މީހުންނާއި އެކްޓިވް ސަވަޔަލަންސް އާއި ކޮންޓެކްޓުން އަދި ފުރުމުގެ ކުރިން ޓެސްޓުކޮށްގެން ފައްސިވާ މީހުން ހިމެނޭ ކަމަށް ވިދާޅުވިއެވެ.

ކޮވިޑަށް ފައްސިވާ މީހުންގެ ތެރެއިން ގިނައީ ގިނައީ ވަޒީފާއަކަށް ނުދާ ކެޓަގަރީގައި ހިމެނޭ މީހުން ކަމަށް އޭނާ ވިދާޅުވިއެވެ. އޭގައި ދެ ޖިންސުގެ މީހުންގެ މެދުގައި މާ ބޮޑު ފަރަގެއް ވެސް ނެތް ކަމަށް އަފްޒަލް ވިދާޅުވިއެވެ.

ފައްސިވާ މީހުންނަށް ބަލާ އިރު ގިނައީ އެ މީހުންގެ އުމުރަށް ބަލާއިރު ގިނައީ 18-41 އަހަރާ ދެމެދުގެ މީހުންނެވެ.

ރާއްޖެ އިން މިހާތަނަށް 57,341 މީހަކު ކޮވިޑަށް ފައްސިވެ 144 މީހުން ވަނީ ބަލީގައި ނިޔާވެފައެވެ. ބަލި ޖެހިގެން މިހާތަނަށް 33،136 މީހުން ރަނގަޅުވި އިރު ބަލީގައި ފަރުވާ ހޯދަމުން އަންނަ މީހުންގެ އަދަދު 24,063 އަށް އަރައެވެ.

އަދި 282 މީހަކަށް އެޑްމިޓްކޮށްގެން ދަނީ ފަރުވާދެމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. Anonymous

  އަފްޒަލް ތިޔަވިސްނަނީ ކޮން ގޮތަކަށް،
  ބަލިޖެހޭ އަދަދު ފިރިހެން އަންހެން އެއްވަރުވިޔަސް އޭގެމާނައެއްނޫން ފިރިހެނުންނާ އެއްވަރަށް އަންހެނުން ބޭރުގަ އުޅެޔޭ، ގިނައިން އަންހެނުން ގޭގަ ތިއްބަސް ގޭގަހުންނަ އޮފީހަށްދާ ފިރިހެންމީހާ ނޫނީ ގެއަށް އެއްޗިހިގަންނަން ބާޒާރަށްދާ ފިރިހެންމީހާ ޕޮޒިޓިވް ވުމުން ގޭގަ ތިބޭ އެންމެން ޕޮޒިޓިވް ވާއިރު އަންހެނުން ގިނަ ގެއެއްވިއްޔާ ޕޮޒިޓިވްވާ އަންހެނުން ގިނަވާނެ، ފިރިހެނުން ގިނައްޔާ ޕޮޒިޓިވްވާ ފިރިހެނުން ގިނަވާނެ،

 2. ޝަރީފު575

  ބަލަ ރާއްޖޭގައި ގިނައީ ވަޒީފާއެއްގައި ނޫޅޭ މީހުން. ތިއީ ހަމަ މީހުން ވަޒީފާތަކަށް ނެރެންވެގެން. ނިކަން ބަލާބަލަ އޮފީސްތަކުގެ މުވައްޒަފުންގެ ތެރެއިން ޕޮޒިޓިވް ވެފައި ތިބީ ކިތައް ޕަސެންޓް މީހުންތޯ. ނުކެރޭނެ ބުނާކަށް

 3. ހަގީގަތް

  ގިނަ ކުންފުނިތަކުން އަލާމާތް ފެނުނަސް މަނާވާނެ ކަމަށް މުވައްޒަފުން ބުނޭ

 4. ރައްޔިތުން

  އެކި އޮފީސްތަކުގަ ޕޮޒިޓިވް މީހުން ގިނަ ކަމުން ބައެއް ސެކްޝަން ބަންދު ކުރަން ޖެހޭ ހިސާބުގަ ހުރީ. ވަޒީފާއަށް ފޮނުވަން ނުވިސްނާ. ޔޫކޭގަވެސް ކޭސްނަމްބަރުތައް ދައް ކުރުމުގަ އޮފީސްތައް ބަންދުކުރުވުން މުހިއްމު ވި.