މާފަންނުގައި ހުންނަ އިހުސާން ފިހާރަ އިން ވައްކަން ކުރި މީހަކު ހޯދަން ފުލުހުން ވީޑިއޯއެއް އާންމުކޮށްފިއެވެ.

ފުލުހުން ވިދާޅުވި ގޮތުގައި ވީޑިއޯ އިން ފެންނަ މީހަކީ މެއި 14 ވަނަ ދުވަހު 14:35 ހާއިރު، މާފަންނު، މިރިޔާސްމަގު ގައި ހުންނަ އިހުސާން ފިހާރައިން ދަބަހެއް ވަގަށް ނަގާފައިވާ މައްސަލައާ ގުޅިގެން ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ކުރަމުންދާ ތަހުގީގަށް ހޯދަމުންދާ މީހެކެވެ.

މި މީހާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ނަމަ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ނަމްބަރު 9631696 އަށް ގުޅައި އެ މައުލޫމާތު ހިއްސާ ކުރުމަށް އެދޭ ކަމަށެވެ.

މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން ފުލުހުން ފާހަގަކުރެއެވެ.