މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރުކުރި ރެޕް އާޓިސްޓު، އިސްމާއީލް އިފްހާމް މުހައްމަދު (ޕެސްޓު) ގެ ބަންދުގެ މުއްދަތު އަނެއްކާވެސް އިތުރުކޮށްފިއެވެ.

ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ގެ އޮފީހުގެ އޮފިޝަލް "ވަގުތު" އަށް ވިދާޅުވީ، ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުރި ޕެސްޓުގެ ބަންދުގެ މުއްދަތު އިތުރު 30 ދުވަހަށް އިތުރު ކޮށްފައިވާ ކަމަށެވެ.

ޖިނާއީ އިޖުރާއަތްތަަކަށް ގެނެސްފައިވާ ބަދަލުގެ ދަށުން ޝަރީއަތް ނިމެންދެން ބަންދުގައި ތިބޭ މީހުންގެ ބަންދުގެ މުއްދަތު ކޮންމެ 30 ދުވަހެއް ފަހުން މުރާޖައާ ކުރަން އޮންނައިރު، ޕެސްޓް ބަންދު ކުރި ފަހުން މިހާރު ވަނީ 30 ދުވަސް ހަމަވެފައެވެ.

ބަންދުގެ މުއްދަތު މުރާޖައާ ކުރަން ދައުލަތުގެ ފަރާތުން ހުށަހެޅުން ކްރިމިނަލް ކޯޓުން ވަނީ ޕެސްޓުގެ ބަންދުގެ މުއްދަތު އިތުރު 30 ދުވަހަށް އިތުރުކޮށްފައެވެ.

ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާ އެކު ޕެސްޓު ހައްޔަރުކޮށްފައިވަނީ ފެބްރުއަރީ މަހުއެވެ. މި މައްސަލާގައި ޕެސްޓުގެ މައްޗަށް ފަސް ދައުވާއެއް ވަނީ އުފުލާފައެވެ.

އެއީ ކެނެބިސް ޓްރެފިކްކުރުމުގެ ކުށުގެ ދައުވާ އާއި ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށުގެ ދައުވާ އާއި މަސްތުވާއެއްޗެއް ޓްރެފިކް ކުރުމުގެ ކުށުގެ ދައުވާ އާއި ކެނެބިސް ބޭނުންކުރުމުގެ ކުށުގެ ދައުވާގެ އިތުރުން، ކުށްކޮށްގެން ހޯދާ މުދަލާއި ފައިސާ ބޭނުންކުރުމާއި އަތުގައި ބެހެއްޓުމާއި ސިއްރުކުރުމުގެ ކުށުގެ ދައުވާ އުފުލާފައިވެއެވެ.

ޕެސްޓް ހައްޔަރު ކުރީ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ފެބްރުއަރީ މަހު ފަހުކޮޅު ހިންގިއޮޕަރޭޝަނެއްގައެވެ. މިއޮޕަރޭޝަންގައި މާލޭގެ ހަތަރު ގެއަކާއި ސައިކަލަކާއި ނޯތު ހާބަރުގައި އޮތް ބޯޓެއް ބަލައިފާސްކޮށް ދެ ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތިވަނީ ހޯދާފައެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. އަކުރަމް ކމލ

    ސުރުޙިގައި ޕެސްޓް ނުކިޔާ ނަމުން މުޙާތަބު ކުރުން އެއީ އެންމެ އެދެވޭގޮތް ކަމަށް ދެކެން.

    18
    2
    • ސަލީމު

      އެއީ ހަމަ ޕެސްޓެއް

      1
      3
  2. އހރނ

    ސޯ ވަޓް

    14
    3
  3. ޕެސްޓް

    ކޮންޓޯލް... 😂

    4
    1
  4. ލީނޯ

    ޕެސްޓް ދޫކޮށްލާ! އިންޑަސްޓްރީއަށް ލޮޅުން އަރައިފި މިހާރުވެސް!

    6
    9
  5. ހުސޭނުބެ

    ކޮން ޕެސްޓެއްތަ؟ ގައިދީ ފަތްބޯ އިސްމާލު ކިޔަންވީ

    4
    2