މުއްދަތުހަމަވާ އެއްގަމުގައި ދުއްވާ އުޅަނދު ދުއްވުމުގެ ލައިސަންސްތައް މި އަހަރުގެ ޖުލައި މަހުގެ ނިޔަލަށް ބޭނުންކުރެވޭނެކަން މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީން އަންގައިފިއެވެ.

ޓްރާންސްޕޯޓް އިން މިއަދު ނެރުނު އެންގުމެއްގައި ވަނީ އެކަން އެގޮތަށް ހަމަޖައްސާފައި ވަނީ ރާއްޖޭގައި ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައިވާތީ ކަމަށެވެ.

އެހެންކަމުންމުއްދަތު ހަމަވާ އެއްގަމުގައި ދުއްވާ އުޅަނދު ދުއްވުމުގެ ލައިސަންސްތައް މި އަހަރުގެ ޖުލައި މަހުގެ ނިޔަލަށް ބޭނުންކުރެވޭނެ ކަމަށް އެ އެންގުމުގައި ވެއެވެ.

މިގޮތަށް ހަމަޖަައްސާފައި ވަނީ މިހާރު މާލެ ސަރަހައްދުގައި ކޮވިޑް ފެތުރެމުންދާތީ އޮފީސްތައްވެސް ބަންދުކޮށްފައިވާ ދަނޑިވަޅެއްގައެވެ. މިހާރު ސަރުކާރުގެ އޮފީސްތަކުގައި މަސައްކަތް ކުރާ މީހުން ގޭގައި މަސައްކަތް ކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސާލިހް ވަނީ އަންގަވާފައެވެ.

އެހެންކަމުން މިހާރު މަސައްކަތް ކުރިއަށް ދާ ގޮތުން، ލައިންސަންސް އާ ކުރުމުގެ ކަންކަން ދިގުލައިގެން ހިނގައިދާނެތީ މިގޮތަށް ނިންމީ ކަމަށް ވަރަށް ބޮޑަށް ބެލެވެއެވެ.