އައްޑޫސިޓީގައި އިންޑިއާގެ ކޮންސިއުލޭޓް ޖެނެރަލް އެއް ޤާއިމު ކުރަން އިންޑިއާއިން ނިންމައިފިއެވެ.
އައްޑޫގައި ކޮންސިއުލޭޓެއް ގާއިމު ކުރުމަށް ނިންމައި ފާސްކޮށްފައިވަނީ އިންޑިއާގެ ކެބިނެޓުން އިއްޔެ ބޭއްވި ބައްދަލުވުމުގައެވެ. އެ ބައްދަލުވުމުގައި އިސްކޮށް ހުންނެވީ އެގައުމުގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއެވެ.
އެ ބައްދަލުވުމުގައި އެގައުމުން ވަނީ ރާއްޖެއަކީ އެގައުމުން ގެންގުޅެމުން އަންނަ "ނައިބަހުޑް ފަސްޓް ޕޮލިސީ" އާއި ސެކިއުރިޓީ އެންޑް ގްރޯތު ފޯ އޯލް އިން ދަ ރީޖަން (ސާގަރް)ގެ ދަށުން ވަރަށް މުހިންމު ގައުމެއް ކަމަށާއި ދެގައުމަކީ ސަގާފީ ގޮތުންނާއި ދީނީ ގޮތުން އަދި އިތުރު ރޮގުން ވެސް އެއްގޮތްކަމެއް އޮންނަ ދެގައުމު ކަމަށެވެ.
އެގައުމުން ބުނެފައިވަނީ އައްޑޫގައި އިންޑިއާގެ ކޮންސިއުލޭޓެއް ގާއިމުވެގެން ދިއުމުން އައްޑޫގައި އިންޑިއާގެ ޑިޕްލޮމެޓުން ތިބޭނެ ކަމަށާއި އެހެން ކަމުން ދެގައުމުގެ ޑިޕްލޮމެޓިކް ޕްރެސެންސް އިތުރަށް ވަގުގަދަ ވެގެން ދާނެ ކަމަށް އެހީތެރިވާނެ ކަމަށެވެ.
އިންޑިއާއިން ވަނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ވެރިކަމާއި ބޮޑުވަޒީރު ނަރެންދްރަ މޯދީގެ ގުޅުމުގެ ސަބަބުން ދެގައުމުގެ ގުޅުން އިތުރަށް ވަރުގަދަވެގެން ގޮސްފައިވާކަން ފާހަގަ ކޮށްފައެވެ.
އެގައުމުން ބުނެފައިވަނީ އައްޑޫގައި ޤާއިމު ކުރަން ނިންމާފައިވަނީ ކޮންސިއުލޭޓުގެ ސަބަބުން އެގައުމުގައި އެންމެ އިސްކަމެއް ދީގެން ހާސިލް ކުރަން ބޭނުންވާ ތަރައްގީ ނުވަތަ އެންމެން ގުޅިގެން މަސައްކަތް ކުރުމަށް އެޅޭ ފިޔަވަޅަކަށް ވާތީ ކަމަށެވެ.
އިންޑިއާ އާއި ބައިނަލްއަޤްވާމީ ގުޅުންތަކުގެ ސަބަބުން އިންޑިއާ ކުންފުނިތަކަށް ވިޔަފާރީގެ ކުރިއެއުން ލިބި މުދާ އެކްސްޕޯޓު ކުރުމުގައި އެހީތެރަކަން ލިބިގެން ދާނެއެވެ. އޭގެ ސަބަބުން ގައުމުގައި އުފައްދާ ތަކެތި އިތުރުވެ ވަޒީފާގެ ފުރުސަތު އިތުރުވެގެން ދާނެ ކަމަށް ވެސް އިންޑިއާއިން ވަނީ ބުނެފައެވެ.
އައްޑޫގައި އިންޑިއާގެ ކޮންސިއުލޭޓް ގާއިމުކުރަން އިންޑިއާގެ ޕާލަމެންޓުން ފާސްކުރަންޖެހުނީ ކިހިނެއްވެގެންބާ؟ ދިވެހިރާއްޖެއިން އެކަމަށް ހުއްދަ ހޯދަން ނުޖެހޭވަރަށް އިންޑިއާގެ އަޅުވެތިކަމަށް ރާއްޖެދިޔައީދޯ. އިވެމުންދާ އަޑުތަކުގެ ޙަޤީޤަތް ހާމަވަނީ މި. މާލޭގައި އިންޑިއާގެ ރައީސަކު ބަހައްޓަންވެސް އަދިފާސްކުރާނެ މިވަރުން ދަންޏާ.
ނެކްސްޓް ކަޝްމީރު، އައްސާމް!
ތިޔައީ އަހަރުމެން ބުނާ ވާހަކަ. މަޑުމަޑުން މިތަނަށް ބާރުވެރިވަމުން ގޮސް އެންމެ ފަހުން އަހަރުމެން ޖެހޭނީ މިތަނުން ދާން. ކޮންގޮތަކުން ދީނީ ގޮތުން އެއްގޮތީ. ކޮންގޮތަކުން އަހަރުމެން އެބުނާ ގާތްކަމެއް އޮތީ. އެއީ އިބޫ އާއި އަންނި އާއި އެމޤޑިޕީއާ މޯދީއާ އޮތް ގާތްކަމެއް. މާކުރިން ވެސް އެނގޭ މިހިރަ ބޮޑެތި އިމާރާތްތަކަށް ބެލީމާ ވެސް ތިޔަ ނުބައި ޖަރީމާ އެބަހިންގާކަން. އެތައް ބަޔަކު އެވާހަކަ އެބަދައްކާ
އައްޑޫގައި ކޮންސިއުލޭޓެއް ޤާއިމު ކުރަން އިންޑިއާއިން ނިންމައިފި
30 މިނެޓް ކުރިން ( މެއި 25, 2021 )
އައްޑޫމީހުން ނިޒާރުއަށް މޭޔަރ ކަންދިނީ މިކަންކުރަންދޯ؟
ޢިންޑިއާ އެއް ނޫން މައްސަލަ އަކީ. ޢައްޑޫ ގޫބައްޑާ ތައް ފެށުނީސުރެ އިންޑިއަން ޕަޕެޓް ސަރުކާރަށް ތާއިދު ކޮށް މިފަހަރުވެސް ހޮވާފަ އެހެރީ ނިޒާރޭ ކިޔުނު އެމްޑިޕީ މީހެއް. ފޭބީ ވެސް އެމްޑީޕީ މީހެއް. ޢަސްލަމް ކޮށްދިނީ ކޮންކަމެއް. ޢެކަމު އޭނަވެސް އެހެރީ. ގިނަ ރިސޯޓް ބޯއިން ވޯޓްލާ 2ކޮޅު ޓިކެޓް ދިނީމަ ރަށަށް 3ދުވަހަށް ޖައްސާލެވޭ ކަމަށް ޓަކާ އިންޑިއާ ޕަޕޭޓް ސަރުކާރުގެ މީހުން ނަށް ވޯޓް އެޅީ. މާ ގިނަ ދުވަހެއް ނުވެ ގަމަށް އެރުން މަނާ ވެގެންދާނެ. ޢިންޑިއަން މިލިޓަރީ ޕްރެސެންސް އެކްޓިވޭޝަން އޮތީ ޑްރާފްޓް ކޮށް ނިމިފަ. ދެން އޮތީ އިއުލާން ކުރުން. ޢެމްޑީޕީ ގެ ބޮޑުން މިގައުމު އަޅުވެތި ކަމަށް ވިއްކާފަ އާއިލާ ތަށް ގޮވައިގެން ލަންޑަނަށް ފިލާ ގޮތަށް އޮތީ.. ހޭލާ ދެންވެސް މަގޭ ގައުމާ!!
އިންޑިއާ މީހުންގެ ބާރުވެރިކަން ބޮޑުކޮށްގެންވިއަސް މާލޭމީހުންގެ ބާރުވެރިކަން އައްޑޫއިން ކުޑަކުރަން އެބަޖެހޭ، 4 ގަރުނުވާއިރު ދެތިންމަގުގަ ތާރުކޮޅެއް ނޭޅި މިހިރަދަނީ، މިހެން ތިބޭކަށް ބޭނުމެއްނުވާނެ ހަމަހޭގަހުރި މީހަކު.
ތިކަހަލަ ގަމާރުންނާހެދިއޭ ގައުމު ގައުމު އަޅުވެތިވަނީ. އަމިއްލައަށް ކުރަންޖެހޭ ކަންކަން ނުކުރެވުނީމަ ބޭރުގައުމުތަކުގެ އެހީއަށް އެދެނީ. އެންމެފަހުން ފެނަބައްޑާ، ވަޔަބައްޑާ އެންޑް ދަގޫބައްޑާ ވެފައޮންނާނީ. އޭރުން އޮންނާނީ މާލަސްވެފަ. އަނބިދަރިން ކުމާރު ކަޓުވާލީމަ ދެންބުނާނެ ފެރެޑޭއޭ. . ބަލަ މާލޭމީހުންގެ ބަލާބޮޑުވަންޔާ ބަލާކުޑަކުރާނީ، ކުރަންނޭގެންޔާ މާލޭމީހެއްގާތު އަހާލާގެންވެސް ދަސްކުރަންވެއްޖެނު. ކޮންމެހެން ބޭރުގައުތަށް މިތަނަށް ގެންނާކަށް ނުޖެހޭދޯ. އެވެސް ހިންދޫ ގެރި*ބޯ ގުރޫޕް. ގަމާރަސް، އަމިއްލައެދުންބޮޑަސް ބޮޑުވަރުތީ. ގަބޫލު ކޮށްބަލަ ތަމެންގެ ފެންވަރެއްނެތޭ..... އެހެންވީމަތާ މިއަދާހަމައަށްވެސް ބައެއްގެ ތައްޕާހުގަ އޮންނަންޖެހޭނީ. ނަތަންޔާހޫ އާ މޯދީ ގޮވާގެން އެނދަށް އަރާ އޮށޯވެ ނިދާ.
ކަލެޔަށް އަނެއްކާ އެޗެއް ބޮވުނީތަ ަައޑޫމީހުން މިއުޅޭ މޮޔަވެން ކަލޭމެން ނޫންތަ ޖަޒީރާ ރާ ޖެކިޔައގެން ހޭބަލި ވެގެން ތި އުޅެނީ
ވަރަށްބޮޑު ގޯހެއް ތިކަން ވިޔެނަ ދީގެން ނުވާނެ، މާލޭގައި އިންޑިޔާގެ އެމްބަސީއެއް ހުރުމުން ފުދޭނެ، !
ކޮބާ ތިކަމުގެ އުފަލުގަ ސަ އިކަލުބުރެ ޖަހަންވީނުން... އަ އްޑޫމީހުން ނުލިބިގެން އުޅޭ ތަރަ އްގީ ތިލިބުނީ...ރަ އްޔިތުން ބަލިމަޑުކަމުގަ މަރުވެ ހުސްވަނީ ކުޑަމޯދީ އާ ބޮޑުމޯދީ ދިވެހިން އަޅުވެތިކުރުމުގަ...ފަޒުނާ ވޮލަންޓި އާރ ކޮ އްދީބަލަ މިގަ އުމު އިންޑިޔާގެ އަޅުވެތިކަމުން ސަލާމަތްކުރަން..
ސުވާލަކީ ދުބާއީ ކުވޭތު އިރާޤު އިރާން އަދި ގަތަރު ކަހަލަ އިންޑިޔާގެ ބޮޑު އާބާދީއެއް އޮންނަ ގައުމުތަކުގައިވެސް ކޮންމެ ސިޓީއަކު ކޮންސިއުލޭޓެއް ނުހުރޭ. ހަމައެކަނި އިންޑިޔާގެ އެމްބަސީއެއް ހުންނަނީ. ދެން ކީއްވެހޭ އިންޑިޔާއާއި މާދުރުގައި އޮތް އައްޑޫގައި މިކަން މިހެން މިހިނގަނީ؟ އައްޑޫއަށް އިންޑިޔާ މީހުންގެ ކިހާބޮޑު އާބާދީއެއްހޭ މި އަންނަން އުޅެނީ. އައްޑޫ މީހުންގެ ޒިންދަގީ ހިނގައްޖެ. ދެން ތިބޭ އެމްޑީޕީއަށް މެޖޯރިޓީ ދީގެން. މި ހިޔާނަތުގައި އެމްޑީޕީގެ މުޅި ސަރުކާރު ޒިންމާ ވާންޖެހޭނެ
ރާ އްޖޭގެ ހުރިހާ ސިޓީ އެ އްގަ އިވެސް ކޮންސިއުލޭޓުގެ އޮފީހެ އް ހުންނަށްވާނެ ދީނީގޮތުންނާ އި ސަގާފީގޮތުން އެއ އްގޮތް ކުރަން ފަސޭހަ ވެގެންދާނެ.
👏🏻👏🏻👏🏻👏🏻😀😀😀😀
މަކަރުވެރި ރޭވުމަކުން އައ އްޑު އަށް އަތް ގަދަކުރަނީ ހަމަ ހިލާ މިކަން ވިޔަދީގެން ނުވާނެ
ދުވަސްކޮޅަކުން އައްޑޫ މީހުން އުޅެންޖެހޭނީ ފަލަސްތީނުމީހުން އިޒްރޭލް ކިޔާ ބިމުގައި އުޅޭހެން. މިހުރިހާ ކަމެއްގެ އަޑީގައި ހުރި މައި ތަނބަކީ ކެނރީގޭ ނަޝީދު. މަކަރުންހުރެ އައްޑޫ ވިއްކާލަނީ. މީނާ އަކީ އިނގިރޭސިވިލާތުގެ ރައްޔިތެއް. ފެޝުނީއްސުރު ދިވެހިރާއްޖެއަށް ކުަޑިމިނުގެ ލޯއްބެއް ހުންނަމީހެއްނޫން. ޙާއިނެއް. އެޖެންޓެއް. އައްޑޫމީހުްްން ރީނދޫ ދިދަނަގައިގެން ހެވި ދިލިފަތިބޭ. ތިއޮތީ ފަހުކުޅި ކުޅެފަ. ދެންހަމަ ލަލަލާ
މިހާރުން މިހާރަށް އިހްތިޖާޖް ފަށަންވީ. އަޅުވެތި ވެ ނުނިމެނީސް. އިންޑިއާއަށް ކެނެރީގޭ ހާއިނު ދޭ ހަދިޔާއެއް ތީ.
ބަލަ އުތުރު ތަރައްގީކޮއްފަ ދެކުނައްދޭބަލަ
ތިޔަތާކުން ރައްޔިތުންނަށް ވިސާ ޖެހުމުގެ ކަންތައް ކުރަންޏާ ވަރަށް ފަސޭހަވާނެ އޭރުން އައްޑޫގެ ރައްޔިތުން އިންޑިއާއަށް ދާން ކުރަމުންދާ ހަރަދު ވަރަށް ބޮޑު ތަނުން ކުޑަވާނެ މިހާރު ވިސާ ޖަހަން މާލެ މަޑުކުރުމާ އަދި ފްލައިޓް ޝެޑިއުލް އިންނަގޮތުން އެތަކެއް ފައިސާއެއްް ހަރަދު ކުރަންޖެހޭ ބޭކަރު ގޮތުގައި
ކަލޯމެންނުވާނެ ރަނގަޅެއް. އަމިއްލައެދުމުން ފުރިފަ. ވިސާލިބުނީމަނިމުނީ ދޯ!
"ވަޔަބައްޑާ، ފެނަބައްޑާ އައްޑޫ ގޫބައްޑާ" މިސްޓޯރީ އިނގޭތަ؟ ނޭގެންޔާ މުސްކުޅި ބޭބެޔެއް ކާރިއަހާލަބަލަ. ފަހަރެއްގަ ކަލޯއަށް ފިލާވަޅެއް ދަސްވެދާނެ. އެވެސް ފަހަރެއްގަ. ވަރަށް ނެރޯޗާސް އެއް އެބައިން ކަލޯއަށް ގެޓްވެދާނެކަމާމެދު. އަމިއްލައެދުން ތިހާބޮޑުވީމަ މިބުނަނީ. އަމާބަފާ ހޫރާލާފަ ރުފިޔާ ރުފިޔާ ގޮވަމުން ޔައުޖޫޖް މައުޖޫޖް ބާގައިގެ މީހުން އަރާގަނެގެން އަންނަހެން އަންނަ ބައިގަނޑެއްތީ. އެންމެފަހުން އެތިކޮޅެއް ކިރިޔާވެސް ބައްކޮށްލެވޭއިރު ކައްވަޅަށް ޓައިމް ހަމަވެފަ އިންނަނީ. އެންމެފަހުން އެއްތާކުލައްވާނުލާ ވަޔަބައްޑާ، ފެނަބައްޑާ ދަގޫބައްޑާއޭ ކިޔަމުން ނިމިދަނީ. އެއޮތީ ޝަހާދެއްލެވިފަ. މާތްﷲ އާއި ވަކީލް....
ދިވެހިން އެންމެނިކަމެތިވިދުވަހު މަލިކުވެސް އަތުލީ ދިވެހިންގެ އަތުން. މިހާރުމީއަނެއްކާދިވެހިން އެންމެނިކަމެތިވީދަޑިވަޅު މިހާރު މަސައްކަތްކުރަނީ މުޅިމިގައުމު ކޮންމެވެސް އެއްޗެކޭ ކިޔާގެން އަތުލަން. ދިވެހިންގެ ދިވެހިވަންތަކަމާއި ދިވެހިންގެ އިގްތިސދުވެސް
މީ މަބުނާ ވާހަކަ. ރައްޔަތުންނޭ ހޭލާ. މިދަނީ ގޯހުން ގޯހައް
ދުވަސްކޮޅަކުން ނަގާތަން ފެންނާނީ އިންޑިޔާދިދަ
ކޮބާ ބިޑި ހެދޭ ތިޔޮތީ އަހަރެމެން ބުނިތަން އައިސްފަ!!
ޔާމީން ހުރިތަނަކުން ގެނެސް މިއަންނަ ދައުރުގައި ގާނޫނައި އެއްގޮތްވާ ގޮތުގެ މަތިން ވެރިކަމާއި ހަވާކުރަން މަޖްބޫރު ވެއްޖެ
އިބުރާހިމް މުހައްމަދު ސޯލިހު ސަރުކާރުން ކުރާ އެންމެ ކަޑައެއްކަން މާލެޔަކީ ވެރިކަންކުރާ ރަށައްވެފަ މާލޭގަ ތިޔަބުނާބަޔަކު ހުރެގެން މިއުޅެނީ ސަލާމައް ނުވެވިގެން އެވަރުބަޔަކު މަގޫދަނޑި ސަރުކާރު ހެދިބަޔެއްކާރިޔައް ފޮނުވާއިރު ފަންސާސް ފަހަރު ވިސްނަން ޖެހޭނީ ތީގެ ގެއްލުން ފެންނާނީ ފަނަރަ ވަރަކައް އަހަރު ފަހުން އޭރު މިބޭ ލޯބޯ ކޮށިވެ ހައްޑޯޑޯ ވެފަ ހުންނާނީ
ތިޔައީ ބޮޑު ގޭސްގަނޑެއް ކަމަށް ވަރަށް ބޮޑަށް ބެލެވޭ. އިންޑިއާ އަކީ ބުދުދީނުގެ ޤައުމެއް. އެމީހުން އަޅުކަންކުރާ ކަލާނގެ ހަދަނީ އަމިއްލައަށް. އެމީހުންގެ ކަލާނގެތައް ބާޒާރުގައި ވިއްކަން ހުރޭ. ފިހާރަތަކުގައި ވިއްކަން ހުންނައިރު އެބުދު ތަކުގައި ބާރެއް ނުހުރޭ. ޣެއަށްގެނެސް އުއްބައްތި ދިއްލާލީމަ ވެރިވެގަނޭ. މުސްލިމު ޤައުމަކާ ބާޤިލު އަޤީދާތަކަށް ތަބާވާމީހުނާ އެއްގޮތް ވާނީ ކިހިނެއް. މުޅި ދިވެހިރާްޖެ ހިފަން ވެގެން އުޅޭހާ ގޮތްގޮތް ތިހުރީ. ހޭވެރިވޭ.
މިކަމުންދޭހަވަނީ ކުރިޔައްއޮތްދުވަސްތަކުގަ އާދަޔާހިލާފައްގިނަ އިންދިޔާމީހުން އައްޑުއައް އައިސް އެކިއެކި މަސަތްކަތްތަކުގަ އުޅޭނެޔޭ.
ތިހެންތިކަންކުރަން ރަތްޔަތުންބޭނުންވާނެބާ ހޮދު އަހަރެންބޭނުމެއްނޫން
އިބޫ ސޯލިހު ވެރިކަމާ ހަވާލުވެފަ ރައްޖެ އަޅުވެތިކަމާދިމާލަ މިސްރާބު ޖަހާފަ
ބޮޑު ގޯހެއް.
ޗޯރުތަކަށް އެނގުނީ މި5 އަހަރު ނިމުނީމާ ޔާމީން އަންނާނެކަން، އެހެންވެ އަވަހަށް ކަންކަން ނިންމާލަނީ.
އިންޑިއާ މިލިޓަރީ މިތަނުން ބޭރުކުރާނަން. އިންޝާﷲ.
މިތަނުގައި މިލިޓަރީބޭސް ހަދައިގެން ނުތިބެވޭނެ.
ރައްޖެ މިދަނީ ރަނގަޅަކައްނުން
ނިޒާރު ކެމްޕެއިން ތެރެޭގައި މުހިއްމު ވާހަކައެއްބުނި.
އިންޑިއާގެ މިލިޓަރީބޭހާއި ބެހޭގޮތުން އެއްވެސް މީހަކަށް އެކައްޗެއްވެސް ނޭނގެއޭ.
އެކަން ތިމަންނަ ބަލާނަމޭ.
ވަގުންތައް ގައުމު ވިއްކާލައިފި،
ހަމަޔަގީނުންވެސް އައްޑޫ މީހުން ބޭނުމެއްނުވާނެ މިތާ އިންޑިއާ މީހުން އައިސް ތިބޭކަށް.
މުޅި އިންޑިއާ ރޮމުން އެދަނީ ކޮވިޑުން ސަލާމަތް ނުވެގެން.
އެކަމަކުވެސް މިވަގުތުވެސް ބޭނުން އެހިފަނީ އިންޑިއާގެ ބާރު ފަތުރަން
އަނެއްކާ އެތަނުންވެސް ބޮޑު ބިމެއް އިތުރަށް ދޭން ނިންމީ ދޯ. މިހާރުވެސް ބޮޑު ބޭސްއެއް ހަދާފަ އެހެރީ. ގައުމަށް ވެރިވަމުން އެދަނީ. ދެން ލަލަލާ އަދިވެސް މޑޕ އަށް ވޯޓު ދޭތި
އިންޑި އާ މީހުން މިތަނަށް ގެނެސް ގިނަކޮށް ތަން ހިފަން ކުރާ މަސަ އްކަތުގެ ބޮޅެ އް!!
މީގެން ދޭހަވަނީ މިހާރު ރާއްޖޭގައި ވެރިކަން ހަވާލުކޮށްފަހުރި އިންޑިޔާއިން ކަނޑައަޅާފަ ހުރި ގަވަރނަރެއް ، މިނޫން އެއްޗެއް މިީގެން ދޭހަޔެއް ނުވޭ ، ގަޢުމު ވިއްކާލާފި
މާލަހެއްނުވެ ކުރޮޅި ދުއްވަން ފަށާނެ!
ރާއްޖެ ބައިކޮށްލަން ރާވާ ރޭވުމެއް!
އެމްޑީޕީ ސަރުކާރަށް ލާރިކޮޅެ އް ދީފާ ރާ އްޖޭގެ އެކިކަންކޮޅު ތަކުގަ އި ކޮންސިލޭޓް ގާ އިމްކުރަނީ.
10 ވަރަކަށްހާސް މީހުން ދިރި އުޅޭ ސަރަހަ އްދަކަށް އިންޑީ އާފަދަ ބޮޑު ޤަ އުމަކަށް ވިޔަފާރީގެގޮތުން މުހިންމުވާނީ ހާދަހަ އި މު އްސަނދިކަމެ އް އަ އްޑޫގަ އި އޮވެގެންނެވެ.
ވެރިކަން ވަގުތުން ވަގުތައް ވައްޓާލާ ރާއްޖެ އިންޑިޔާ އަތްދަށުން މިނިވަން ކުރުމަށް އެއްމެހާ މުސްލިމުންނައް ގޮވާލަން. ދެވަނަ ކަޝްމީރަށް ދެވަނަ ފަލަސްތީނައް މިތަން ވުމުގެ ކުރިން ގޮވާލަން.
ވަރަށް ޒަމާންވީ ޕްލޭނެއް ކާމިޔާބު އެވަނީ. މި ރާއްޖޭގެ އެންމެ ގަމާރު މީހުން ތިބި އަތޮޅު ބަލާފަ އެކަން އެގޮތަށް އެނިންމީ. އެމީހުންނަށް ހެޔޮ އަޅުވެތި ވިޔަސް. ނިކަން އުތުރުގެ ކުޅުދުއްފުށި ކަހަލަ ތަނެއްގަ ތިކަހަލަ ކަމެއް ކޮށްބަލަ، ހުރިހާ ރައްޔިތުން ނިކުންނާނެ އިހުތިޖާޖަށް. އައްޑޫ މީހުންގެ ނުވިސްނޭ، އަދި ފިނޑި ކަމާއެވެ
ދިވެހިން ފެނައްދިރޭވަރަކައް ދިވެހިންގެ މިނިވަންކަން ދަމައި ގަންނަނީ
މު އްލާ ތަ އް ވަރަށް ކެކޭނެ މިކަމާ. ހަމަ ސަ އިޒުގަ ތިބެންޖެހޭނީ
އައްޑޫ ބަހުންބެނާފެހޭ ތެއޮތީ "ވެރަކެނޑިފެއި".
" ... ދީނީ ގޮތުން އަދި އިތުރު ރޮގުން ވެސް އެއްގޮތްކަމެއް އޮންނަ ދެގައުމު ކަމަށެވެ. "
ރާއްޖެ މިއީ އިސްލާމީ ގަވްމެއް.
އިންޑިއާގެ އާބާދީގެ ބޮޑުބަޔަކީ ހިންދޫން. ދެން ދީނީގޮތުން އެއްވާނެ ގޮތެއް އެއްގޮތަކަށްވެސް ނޭނގޭ. އެއީ ފެނާއި ތެޔޮ އެއްވުން ކަހަލަ ކަމެއް. އެއީކީވާނެ ކަމެއްނޫން.
"އައްޑޫގައި ކޮންސިއުލޭޓެއް ގާއިމު ކުރުމަށް ނިންމައި ފާސްކޮށްފައިވަނީ އިންޑިއާގެ ކެބިނެޓުން އިއްޔެ ބޭއްވި ބައްދަލުވުމުގައެވެ." ރާއްޖެއާއި ގުޅުމެއް އޮތްހެނެއް ހީއެއްނުވޭ. އަމިއްލަ އަމިއްލައަށް އެގޮތަށް ނިންމިދާނެބާ؟
ޖާސޫސްކުރަން ތިއުޅެނީ
ﷲގެ ވާގިފުޅާ އެކު މިގައުމުގެ ފަސްގަނޑު ޒައްރެއްގެ މިންވަރުވެސް ބޭރުގެ އެއްވެސް ބާރަކަށް ދުލެއް ނުކުރެވޭނެ
ދުވަހެއްގެކޯޅުންވެދް ތިޔަވަރު ކަމެއް ކުރުމުގަ އިންޑިއާ އަށް
މަގުކޮށާދިން ބަޔަކާ މެދު ގައުމައް ގެއްލުން ލިބޭގޮތައް ތިޔަހިންގާ ޖަރީމާގެ ތަކުގެ ބަދަލު ނުދީ ނުފިލޭނެ އިބުލެއް އެހެމީހެނޯންނާނެ.