މިހާރު ހަލުވި ކަމާއެކު ފެތުރެމުންދާ ކޮވިޑް-19، ކެންސަރު ބަލި ގޮތަކަށް ބަލިމީހުން އެނދުމަތި ކުރަމުން އަންނަ ވޯޑުތައް ނަގަމުންދާ ކަމަށް ކުޑަކުދިންގެ ހާއްސަ ޑޮކްޓަރެއް ކަމަށްވާ ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

ފައިސަލް ނަސީމް މިގޮތަށް ވިދާޅުވެފައިވަނީ މާލެ ސަރަހައްދުގައި ކޮވިޑް ޖެހޭ މީހުންގެ އިންސަތައް ބޮޑުތަނުން އިތުރުވެފައިވާ ދަނޑިވަޅެއްގައެވެ. އަދި ވަކިން ހާއްސަކޮށް ސިއްހީ ނިޒާމަށް ނުކަތާ ވަރަށް މިހާރު ޥޭދަނަތައް ވަނީ އިތުރުވެފައެވެ.

އެގޮތުން ލިފްޓެއްގެ ތެރޭގައި ހުރި އެންގުމެއްގެ ފޮޓޯ ޓުވިޓު ކުރައްވަމުން ފައިސަލް ވިދާޅުވީ، ނިކޫގެ1/2، ގައިނީގެ 1 ވޯޑު، DHގެ 3 ފުލޯ އަދި ޕުރައިވެޑް 2 ވޯޑު ކޮވިޑަށް މިވަގުތު ނަގާފައިވާ ކަމަށެވެ.

އަދި މިހާރު މި ބަލި އަންނަނީ ފެތުރޭ ކެންސަރެއް ހެން ފަހަރަކު ވޯޑަކުން ވޯޑެއް ނަގަމުން ކަމަށް ފައިސަލް ވިދާޅުވިއެވެ.

މީގެ އިތުރުން އެހެން ބަލިތައް ހުންނަ މީހުން ވެސް ކޮވިޑް-19 އާއި އެއްވަރަށް ނިކަމެތިވަމުން ދާކަމަށް ފައިސަލް ވަނީ ވިދާޅުވެފައެވެ.

މިވަގުތު ރާއްޖޭގެ ހަތް ސަރަހައްދެއްގައި އެނދުމަތި ކޮށްގެން ކޮވިޑަށް ފަރުވާ ހޯދަމުން އަންނަ 300 އާއި ގާތްކުރާ އަދަދަކަށް މީހުން ތިބިއިރު، މިބަލީގައި ނުިޔާވާ މީހުންގެ އިންސައްތަވަނީ މީގެ ކުރިއާއި އަޅާބަލާއިރު، ވަރަށް ބޮޑުތަނުން އިތުރުވެފައެވެ. އެގޮތުން އިއްޔެ އެކަނި ވެސް ރާއްޖެއިން 13 މީހަކު ވަނީ ނިޔާވެފައެވެ.

މިއާއެކު ރާއްޖެއިން މިހާރު ކޮވިޑްގައި ނިޔާވި މީހުންގެ އަދަދު ވަނީ 144 އަށް އަރާފައެވެ.

ބަލީގެ ނުރައްކާ ރާއްޖެއަށް ބޮޑުވެފައިވާކަން ހާމަ ކުރަމުން ސިއްހީ މާހިރުން މީގެ ކުރިން ވަނީ ހަރުކަށި ފިޔަވަޅުތަކެއް ނޭޅިއްޖެނަމަ، ރާއްޖޭގެ ހާލަތު ދަށަށް ގޮސްދާނެ ކަމުގެ އިންޒާރު ވެސް ދީފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ސްޓާފުން

    ކަލޭ މެން ވެއްޖެ އެއްނު ތިޔަކަންތައް ހުއްޓާލަން ، އެތަކެއް ދޮގުތަކެއް ހަދައިގެން ގެން ތިޔަ އުޅެނީ

  2. ބޮޑުފެއިލް

    މިއަދު ގިނައީ ބޮޑެތި އަނގަތައް. ވާހަކައެއްގެ ކުޑަކުޑަ ތަންކޮޅެއް އައްސަވާލައްވާ! ޝިގެއްލާއަކީ ނުހަނު ބާރަށް ފެތުރުނު ބައްޔެއް. މިހާރު ދާރުލްއާސާރު އެހެރަ ތަނުގައި ހުރި އިންޑޯ ސްޓޭޑިއަމުގައި ވަގުތީ އޮފީސް ހަދައިގެން މަސައްކަތް ފެށިއިރު އިންޓަރނެޓެއް ޓެލެފޯނެއް މޯބައިލް ފޯނެއް ނެތް. ޚަބަރުފަތުރާނެ މާކަބޮޑު ވަސީލަތެއް ނެތް. ހުރީ ރޭޑިޔޯ ޓެލެފޯން ސެޓާއި ވޯކީޓޯކީ ސެޓު. 24 ގަޑިއިރު މެދުކެނޑުމެއްނެތި މުޅި ރާއްޖެ ގުޅޭ ގޮތަށް އެތަނުގައި ރޯޑިޔޯ ޓެލެފޯނު ސިސްޓަމެއް ގާއިމުކޮށް މުވައްޒަފުން ޚިދުމަތް ދޭން ފެށި. މާލެއަށް ޚާއްޞަ މޭޒާއި އަތޮޅުތަކަށް ޚާއްޞަ މޭޒު ބެހުއްޓުނު. ރަށްރަށުގެ އާންމު ހާލަތު ވަގުތުން ވަގުތަށް ބަލައި އަޅަންޖެހޭ ފިޔަވަޅުތައް ވަގުތުން ވަގުތަށް އަންގަމުން ދިޔައީ ފަރިތަކަމާއެކު. ރަށަކުން ފޮނުވާ މެސެޖް އަތޮޅު އޮފީހުގެ އޮޕަރޭޓަރު ނަގާތާ ކުޑަވަގުތުކޮޅެއްގެ ތެރޭގައި ރޭޑިޔޯ ޓެލެފޯން މެދުވެރިކޮށް އެ އިދާރާއަށް ލިބޭނެ. އިދާރާގައި ތިބޭ އޮޕަރޭޓަރުން މެސެޖް ނެގުމާއެކު ވަގުތުން އެއަތޮޅެއްގެ މޭޒަށް މެސެޖް ލިބޭނެ. ހަމަވަގުތުން ލަހެއް ފަހެއް ނެތި މެސެޖަށް ޖަވާބު ދިނުމުގެ މަސައްކަތް ފަށާނެ. އަތޮޅު މޭޒުން ޖަވާބު ނުދެވޭވަރު ކަމެއް ނަމަ ވަގުތުން އިދާރީ މޭޒަށް ގެންދެވޭނެ. އިދާރީ މޭޒުން ވަގުތުން ނުނިންމޭނީ ވަރަށް ވަރަށް މަދު މައްސަލައެއް. އެފަދަ ކަމެއް ދިމާވެއްޖެނަމަ އެރޭ 12 ޖަހާއިރު އޮންނަ ދައުލަތުގެ އެންމެ އިސްވެރިޔާ، ރައީސުލްޖުމްހޫރިއްޔާ އިންނަވާ ބައްދަލުވުމުން އެކަމަށް ގޮތެއް ނިންމައި ދަންވަރު މެސެޖް އަތޮޅުތަކަށް ފޮނުވާނެ. ކޮންމެ ދުވަހަކު 8 އާ 11 އާ ދެމެދު މުޅި މާލޭގެ ހުރިހާ ވަޅެއް ކޮލޮރިނޭޓްކުރާ ޓީމުތަކުން ކޮލޮރިނޭޓް ކުރާނެ. އަދި ހުރިހާ ބަލިމީހުން ތިބި ގޭގެޔަށް ގޮސް ގަޑިން ގަޑިޔަށް ބޭސްދޭނެ. މިކަންކަން ކުރަން ތިބީ ކާތިބުކަމުގެ ސަނަދު ނަގައިގެން ތިބި މީހުންނާއި، ރަގަޅަށް އިނގިރޭސިބަހުން ދެތިން ލަފުޒު ކިރިޔާ ކިޔަން އެނގޭ ކޮމިއުނިޓީ ހެލްތު ވޯކަރުން. މިއަދުގެ ހާލަތު ބައްލަވާ! ތިބީ ވަރުވަރުގެ ޑިގްރީ ހޯލްޑަރުން. އިނގިރޭސިބަހުން ފަރިތަކަމާއެކު ވާހަކަދައްކާ ލިޔަން ދަންނަ މީހުން. ކޮމްޕިއުޓަރާއި ނެޓްވޯކާއި ޑިޖިޓަލްފޯނާއި އަތުފޯނު އެބަހުރި. އީމެއިލްއާއި ވައިބަރއާއި މިހެންގޮސް ނަންކިޔައި ހުސްނުވާވަރަށް ނިޒާމުތައް އެބަހުރި. އެކަމަކު ޕޮޒިޓިވްވެގެން އިއުލާން ހިއްޕާލި ގެއިން މީހަކަށް ދޭންޖެހޭ ލިޔުމެއް އެ މީހާއާ ހަމަޔަށް ފޯރުވައި ނުދެވިގެން ވަޒީފާއަށް ނުދެވިގެން މިޖެހެނީ ތިޔަ އިދާރާއަށް 100 ފަހަރު ގުޅައިގެން 7 ދުވަސްވާއިރު ނުލިބިގެން ސަލާންޖަހަން. ޕޮޒިޓިވްވީ މީހަކު ހުރި ގޭގައި ތިބި މީހުންގެ ސާމްޕަލް ނަގަން ދެހަފުތާ ތިން ހަފުތާ ނިމިދާއިރުވެސް ނާދެވޭ. މިވަރުވީމާ އަނގަ ހުޅުވައިގެން ވާހަކަދައްކަން ނުކުމެތިބި މީހުން އުނިއޮރިޔާން ނިވާވެފައި ތިއްބެއް ކަމަކު ރައްޔިތުންނަށް އެމީހުން ފެންނާނީ އެހެން ހާލެއްގައި ތިއްބާ ނޫންތަ!

    • ބީރުމީހާ

      ވަރަށް ބޮޑު ތެދެއް
      ޑިގްރީ ހޯލްޑާސް ބޭުންވަނީ މީޑިޔާ ޚިދުމަތް ދިނުމެއްނޫން ރައީސް މީހާ ދިފާއުކުރުް ކޮބާތަ ދާއިރާގެ އެމްޕީ ކައުންސިލަރުން ގުޅާފަ ހާލުބެލުމެއްވެސް ނެތްތޯ ހުރިހާ ކަމެއް މައިމޫނާ ފަކީރު ބޮލަށް ކަޑާފަ ހަޅޭލަވަން ޓީވީޔަށް އަރާ ތިބެނީތަ
      މައިމޫނާގެ ވިސްުނުމެއް ޑަބްލިޔޯއެޗްއޯގެ ވިސްނުމެއް މަބުރޫކުމެން ބޭނުމެއްނުވޭ ޑޮލަރު ޑަލަރު ކުރީގަ ރައްޔިތުންނަށްޓަކައި މިހާރު ގައުމަށްޓަކައި

  3. އަައިމިނަ

    ކެންސަރަކީ ފެތުރޭ އެއްޗެއްތަ..