ރާއްޖޭގައި ކޮވިޑް-19ގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެފައިވާ ދަނޑިވަޅެއްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިރޭ ނޫސްވެރިންނާ ބައްދަލު ކުރައްވަން ނިންމާފައިވާކަން ހާމަކޮށްފިއެވެ.

އެކަން ހާމަކޮށްފައި ވަނީ އެމަނިކުފާނުގެ ތަރުޖަމާން މަބްރޫކް އަޒީޒެވެ.

މަބްރޫކް ވިދާޅުވީ، މިރޭ 22:00 ގައި ރައީސް ނޫސްވެރިންނާއި ބައްދަލު ކުރައްވާނެ ކަމަށެވެ. އަދި އެމަނިކުފާނު އެ ނޫސްވެރިންގެ ބައްދަލުވުމުގައި ކޮވިޑާއި ގުޅޮގެން އަޅާފައިވާ ފިޔަވަޅުތަކާއި ގުޅޭގޮތުން މަޝްވަރާ ކުރައްވާނެ ކަމަށާާއި، އަދި ކޮވިޑާއި ގުޅޭ އެންމެ ފަހުގެ މައުލުމާތުތައް ހިއްސާ ކުރައްވާނެ ކަމަށް މަބްރޫކް ވިދާޅުވިއެވެ.

އެންމެ ފަހުން ރައީސް ނޫސްވެރިންނާއި ބައްދަލުކުރައްވާފައި ވަނީ އޭޕްރިލް މަހުގެ 12 ވަނަ ދުވަހު އެވެ.

ރައީސް މިރޭ ނޫސްވެރިންނާއި ބައްދަލުުކުރައްވާއިރު، މާލެ ސަރަހައްދުގައި ވަރަށް ބޮޑަށް ދަނީ ކޮވިޑް ފެތުރެމުންނެވެ. އަދި އެ ބަލީގައި ގިނަބަޔަކު ދަނީ ނިޔާވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

  1. ރައްޔިތުނ

    ކޮބާހޭ ފުލޯޓިން ހޮސްޕިޓަލް. ކޮބާހޭ ވީ ވޯސް ސިނާރިއޯ އައް ވީ ތައްޔާރު. ކޮބާހޭ މިނިމަމް ވޭޖް؟؟
    ނޫސްވެރިން މިސުވާލު ކޮއްބަލަ ނިކަން

  2. Anonymous

    ތީ ކީ އްކުރަންބާ ނޫސްވެރިންގެ ބަ އްދަލުވުމެ އްހޭ

  3. ޙަޖާނުބެ

    ކަކުނި ބޯ. ރައްޔިތުން ފެލި ބޭލީމައެއްނޫން ދޯ ރައްޔިތުންނާއި ބައްދަލު ކުރަންވީއަކީ؟ އަމިއްލަޔަށް ފެނިގެން. ކީއްތަވާނީ އެއްރޭ ޕްރެސްއަށް މަބުރޫކުގެ ބަދަލު އަރާ ރައްޔިތުންނަށް އެމީހުން މަރުވެ ނެތިދާއިރުވެސް ސާލިހު އަޅާލާކަން ބުނެލަ ދިނިއްޔާ؟

    • ހުސޭނުބޭ

      ތި ބައްދަލު ވުން ފެއްޓީ މަ ގަބޫލް ކުރެ ވޭނީ!ފަހަރެއްގާ މާދަމަ އައް ބަދަލު ވެދާނެ.... ހެހެ

  4. ކޮވިޑް

    ހެޔޮނުވާނެ ޓީވީތަކުން ނުދައްކާތި ތި. ޑަރާމާ ތަކުގަ އެކްޓް ކުރާ މީހުން ރޯހެން މާހެޔޮއެދޭ މީހަކަށް ވާނެކަމަށް ރޯމަންޒަރު ބަލާކަށް ނެތިން . މިއަދު ތަޔަ ނާޤާބިލް ރައީސްމީހާ ވަނީ މި ޤައުމުގެ އެތަށް އާޢިލާ އެއް ރޮއްވާފަ ، ބިކަ ކޮށްފަ ފޫނުބެދޭ ވަރުގެ ގެއްލުން ދީފަ، މިކަންކަމުގެ ޒިންމާ ﷲ އިރަދަ ފުޅާއެކު ކޮންމެސް ދުވަހަކުން ތިމީހާ ނަގަން ޖެހޭނެ. ﷲ ގެ ރަޚުމަތުން،

    10
  5. ވަހީދުބެ

    ނޫސްވެރިން އެވާހަކަ ގޮވައިގަތީމަދޯ ބައްދަލުކުރަން އެނގެނީވެސް. ހެއްވާދޯ.

  6. ޖާބެ

    ކޮންއިރަކުންތޯ އިސްތިޢުފާ ދެނީ އަހާލަބަލަ ، ހުރިހާކަމެއް އަތައްގޮވާފަ

    10
  7. ބޭބެ

    މީނާއާއި ސުވާލުކޮށް އޮޅުން ފިލުވަންޖެހޭ އެންމެ މުހިންމު އެއްކަމަކީ އައްޑޫގައި އިންޑިޔާގެ ކޮންސިއުލޭޓްއެއް ހުޅުވަން އެތާނގެ ކެބިނެޓުން ނިންމީ ކާކު ހުއްދަދީގެންތޯ ނުވަތަ މިސަރުކާރުން އިންޑިޔާއާއެކު ހެދި އަޑިނޭނގޭ އެއްބަސްވުންތަނުގެތެރޭ ހިމެނޭ ކަމެއްތޯ މިއީ؟ މިރާއްޖޭގައި އިންޑިޔާއިން ކުރަންބޭނުންވާ ކޮންމެ ކަމެއް އެތާނގެ ޕާލަމަންޓުން ފާސްކޮށްގެން ކުރެވޭނަމަ މިރާއްޖޭގެ އަމިއްލަވަންތަކަމާ މިނިވަންކަމާދޭތެރޭ މިހާރު ވަރަށްބޮޑަށް ސުވާލުއުފެދޭ ހިސާބަށް ކަންކަން މިދިޔައީ!! މިއީ ކިހިނެތް ހިނގާ ކަމެއްތޯ އެންމެން ބަލާ އޮޅުންފިލުވާ މިކަން ސާފުކުރަންޖެހޭ!! އެއްގޮތަކަށްވެސް އިންޑިޔާގެ ކޮންސިއުލޭޓެއް އައްޑުގައި އަދި މިރާއްޖޭގެ އެއްވެސް ރަށެއްގައި ގާއިމުކުރާކަށް ނުޖެހޭ އެފުރުސަތު ރައްޔިތުން ދީގެންވެސް ނުވާނެ!! ވަރަށް ކަންބޮޑުވޭ އެބަ މިރާއްޖޭގެ ހާލަތާމެދު!! މިހާރު ޥެރިއަކަށް މިހިރަ މީހާގެ ނާގާބިލްކަމުގެ ބޭނުން އިންޑިޔާއިން އެގެންދަނީ ވަރަށްބޮޑަށް ހިފަމުން!! މިއީ ރައްޔިތުން ފުންކޮށްވިސްނަންވެއްޖެކަމެއް!! މަޑުން ނުތިއްބަވާ!!

  8. ކެމެރޫން

    އޭ އިބޫ ގައުމު އިތުރައް ނުރައްކަލުގެ ތެރެޔަށް ވައްޓާނުލާ މިރޭ އިސްތިއުފާ ދެއްވާ ރައްޔިތުންގެ ހައްޤައްޓަކައިވެސް އިސްތިއުފާ ދެއްވާ މިވަރުން ފުދޭ ވެރިކަމުގައި މިވީ ދުވަސް ތަކުގައި ރައްޔިތުންދިން ހިއްދަތިކަން ހިތަން އަރުވާ ރޮއިފާ އިސްތިއުފާ ދެއްވާ

  9. ޒުހުރާ

    ދޮންކަލޯ ދުނިޔޭގަބއެބަހުރިންތަ؟ މަހީކުރީ މަރުވީކަމަށް. ލައްކަ ޒަމާންވެއްޖެ ޚަބަރެއް ހިލަމެއްވެސް ނުވެ. މުސާރަ އެކައުންޓަށް ޖަމަކުރަންދޯ ފިލާއޮތް ދުވަސްތަކަށްވެސް؟

  10. ب ف ب

    ނުރޯތި އިނގޭ. ދިވެހިން ތިބީ އެމީހުންގެ މައިންބަފައިންނާއި އާއިލާގެ މެމްބަރުން މިދުނިޔެ ދޫކޮށް ދިއުމުން އެކަމުގެ ހިތާމާގައެވެ. މަނިއްޕުޅު އިހުފަދައިން މިރޭވެސް ރޯންފަށާފިނަމަ އެއީ މިދެންނެވި އާއިލާތަކަށް ބަރުދާސްނުކުރެވަރުގެ ފުންހިތާމައެއް ލިބިގެންދާނެ ކަމަށްވާތީ ކުރިއާލާ މިވާހަކަ ނަންގަތީއެވެ. އުއްމީދު ކުރަނީ އަމަލުފުޅު ކޮންމެ ގޮތަކަށް ބެހެއްޓިއެއް ކަމަކު ބަސްފުޅުން ކޮންމެވެސް ވަރެއްގެ ތަސައްލީއެއް ދިވެހި އުއްމަތައް ދެއްވާނެކަމަށެވެ. ދިވެހިންނަކީ ވަރަށް ބަސްއަހާ ރައްޔިތެއްކަން އެންމެބޮޑަށް މިހާރު އެގިލައްވާނީވެސް ހަމަ މަނިކުފާނަށެވެ. ބައްލަވާ ކޮޑިވާ ގުޅިގެން ބުދަދުވަހުން ފެށިގެން ހަވީރު 6 ކުން އަނެއް ދުވަހުގެ 8 އާއި ހަމަޔަކަށް ވަނީ ކާފިއު ހިންގާފައެވެ. އަދި ހެދުނު 8 ން ފެށިގެން ހަވީރު 4 އާއި ހަމަޔަށްވެސް ބޭރުގައި އުޅެވޭނީ ގޭބިސީއަކުން އެކަކަށެވެ. އެކަމަކުވެސް ގްރޭޓާ މާލެ ފުރަބަންދެއް ނޫންކަމަށް މަނިކުފާނު ވިދާޅުވެފައިވާތީ އެއީ ފުރަބަންދެއް ނޫންކަމުގައި މިތިބީ އަމަލުން ރުހިގެންނެވެ.މިހާ ބަސްއަހާ ހެޔޮލަފާ ރައްޔިތެއް މަނިކުފާނަށް ހުވަފެންފުޅެއްގައި ދެކެވަޑައިގަތިންތޯއެވެ.

  11. ރައްޔިތުން

    ފުލޯޓިން ހޮސްޕިޓަލް ތައް ވީ ކޮން ތާކު ތޯ ؟؟؟
    އެންމެ ވޯސް ސިނާރިއޯ އައަށް ވީ ތައްޔާރީ ތައް ކޮބާތޯ ؟؟؟
    ބޭރުގެ ފަރާތުން ކޮވިޑު ކަން ކަމަށް ދިން އެހީތަކަށް ވީ ކިހިނެއްތޯ؟؟؟ ނޫސް ވެރިން ސުވާލް ކޮއްބަލަ

  12. އޮބި

    ރަށުތެރޭން ބަޔަކު ހޯދައިގެން އެހެން ކަމަކާ އުޅެން ފެނޭ

  13. ފައިފް

    ދިވެހިރައިތުން މިއަދަކު ތިވާހަކަ އަހާކައް ބޭނުމެްނޫން
    ދިވެހިރައިތުން ދެނެއްނުހެދޭނެ
    ދިވެހިރައިތުން އެދެނީ އިސްތިއުފާޔައް
    ދިވެހިން ރައިތުން އެދެނީ ރައިތުންގެ ހާލުބަލާ ރައިތުން ނައް އުފާވެރިކަންގެނެސް ޑެނެ ރައީސެއް.. ވަރައްސަލާން ދެން ދޭގެޔަ