ވިލާ ކުންފުނީގެ ޗެއާމަން ގާސިމް އިބްރާހިމްގެ އެހީގައި ކިޔަވައި ހިދުމަތް ކުރަމުން އަންނަ ސިއްހީ ހިދުމަތްތެރީން ދައްކަން ޖެހޭ ހުރިހާ ފައިސާއެއް މިއަދު މާފުކޮށް ދެއްވައިފިއެވެ.

ގާސިމް އިބްރާހީމް މިއަދު ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، ވިލާ ފައުންޑޭޝަންގެ ސްކޮލަޝިޕް ސްކީމުގެ ދަށުންނާއި އޭނާގެ ލޯނު އެހީގެ ދަށުން މެޑިސިން، ނާސިން އަދި މެޑިކަލް ދާއިރާއިން ސްކޮލަޝިޕް ލިބި މަތީ ތައުލީމުގެ ސްކޮލަޝިޕް ފުރިހަމަކޮށްފައިވާ ހުރިހާ ދަރިވަރުންގެ ލޯނު ވަނީ މާފުކޮށްދެއްވައިފައިވާ ކަމަށެވެ.

އެބާޔާނުގައި ބުނެފައިވާ ގޮތުން މާފުކޮށްދީފައިވާ ލޯނުތަކުގެ ތެރޭގައި ޑޮކްޓަރުންނާއި ނަރުހުން އާއި ފާމަސިސިސްޓުންނާއި ލެބޯޓްރީ ޓެކްނީޝަނުން އަދި މެޑިކަލް ސައިންސްގެ ދާއިރާ އިން ކިޔެވި ދަރިވަރުންގެ ލޯނުތައް ވެސް ހިމެނެއެވެ.

އެއީ ކިޔަވާ ނިންމުމަށް ފަހު ރާއްޖޭގައި ނުވަތަ ރާއްޖޭން ބޭރުގައި މަސައްކަތްކުރާ ދަރިވަރުން ވެސް ހިމެނޭ ގޮތަށް ކަމަށް އެ ބަޔާނުގައި ގާސިމް ވިދާޅުވެފައިވެއެވެ.

"އަޅުގަނޑުގެ ފަރާތުން ނަމަވެސް އިސްވެ ދެންނެވި ދާއިރާތަކުންކުރެ ދައިރާއަކުން ކިޔަވައި ވިދާޅުވުމަށް އެއްވެސް މިންވަރެއްގެ ފައިސާގެ އެހީތެރިކަމެއް ލިބިފައި ވާނަމަ އެލިބިފައިވާ އެހީތެރިކަމުގެ ތެރެއިން އެއްވެސް މިންވަރެގެ ފައިސާއެއް ދެއްކުމަށް އެއްބަސްވެވި ވިލާފައުންޑޭޝަނަށް ނުދެއްކި ވާނަމަ، އެ ނުދެއްކެވި އޮތްމިންވަރެއްގެ ފައިސާ މިއަދު (26 މޭ 2021) ދުވަހު އަޅުގަނޑު ޤާސިމް އިބްރާހިމް ތިޔަ އެންމެބޭފުޅުންނަށް މާތް ﷲގެ حَضْرَة އިން ވާގި އެދި ހުރެ މައާފު ކޮށްދީފީން. އެއީ ކިތަންމެ ބޮޑު އަދަދެއްގެ ފައިސާ ކަމައްވިއަސް އަދި ކުޑަ އަދަދެއް ކަމަށް ވިޔަސް" ބަޔާނުގައި ބުނެފައިވެއެވެ.

ގާސިމް ވިދާޅުވީ، ކޮވިޑްގެ ސަބަބުން ވިލާ ފައުންޑޭޝަނާއި ވިލާ ކުންފުންޏަށް ފޫނުބެއްދޭވަރުގެ ބޮޑެތި ގެއްލުންތައް ވެފައިވާ މިދަނޑިވަޅުގައި ވެސް ލޯނުތައް މާފުކޮށްދެއްވަން ނިންމީ، ދިވެހި ގައުމަށް ދިމާވެފައިވާ މި ނުރައްކާތެރި ބަލިމަޑުކަމުގެ ސަބަބުން ޑޮކްޓަރުންނާއި ނަރުހުންނާއި އަދި މެޑިކަލް ދާއިރާގެ ސްޓާފުން ވަރަށް ބުރަކޮށް ގިނަ ވަގުތު ކުރައްވަމުން ގެންދަވާ މަސައްކަތް ބަލައިގަތުމުގެ ގޮތުން ކަމަށެވެ.

އަދި ފާއިތުވި ދޮޅުއަހަރެއްހާ ދުވަހު ސިއްހީ ހިދުމަތްތެރިން ވަރުބަލިކަމެއްނެތި، ކުރައްވާފައިވާ އަދި މިހާރު ވެސް ކުރައްވަމުން ގެންދަވާ ބުރަ މަސައްކަތްތައް އުފަލާއެކު ބަލައިގަންނަކަން ހާމަ ކުރަމުން ގާސިމް ވަނީ ވިލާ ފައުންޑޭޝަނުންނާއި، އޭނާގެ ނަމުގައި އެންމެހާ ބޭފުޅުންނަށް އިހުލާސްތެރިކަމާއިއެކު ޝުކުރު ދަންނަވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

34 ކޮމެންޓް

  1. ހޯޑެއްދޫ އަޔާޒް

    ގާސިމް އަކީ މޭން އެއއް. ސާބަހޭ ގާސިމް

    22
    8
    • ތެދު

      އެވަރައް ސޭޓްނަގައިފިއެއްނު ސަރުކާރުން...ހެހެ ވެމްމަސް ވެނައްކާންދީ..! އިންތިހާބުކާރިވަނީނު...މަކަރާހީލަތް..ރައްޔިތުން ގުނބޯހައްދަން..ސުބުހާނަﷲ

  2. ސޭޓް

    ސޭޓަށް ވާވަރުވެސް ސަރުކާރަށް ނުވޭ. ސޭޓް ކިތައްމެހާވެސް ރަނގަޅު. މުައައްޒަފުންގެ ސާވިސް ޗާޖް ކޮޅުން ތި ލޯން ނުދީ އަމިއްަލަ ފައިސާއިން ދިންނަމަ އަދި މާރަނގަޅޭ ބުަނާނަން. ސާބަހޭ ސޭޓޫޫޫޓޫޓޫ.

    14
    2
    • ލުޓޭރުންގެ ސަރުކާރު

      ސޭޓް ކިހާ ރަގަޅު..މިސަރުކާރު އަ އިފަހުން ސޭޓަށް ބަދަލު ދީ ދީ ދީ ދަ އުލަތުގެ ތިޖޫރި ހުސްވެ އްޖެ...ދެން ސޭޓް އަތުން ދަރަންޏަ ފަ އިސާކޮޅެނަގާފަތިބި މަދު މީސްކޮޅަކަށް މަ އާފުކުރީ ކިހާ އަދަދެ އްގެ ފަ އިސާ އެ އްކަމަށް އިގޭބާ..ސޭޓް އަހަރެމެންގެ ފަ އިސާ ކޭވަރާ ދިންވަރު އަޅާކިޔާލީމަ އިގޭނީ...

      12
      2
  3. ސަފަރު ކައްދަގެ ތިއްތިބެ

    ގާސިމަށް ބުނެލަން ކެރޭނެތޯ ތިޔަ މަޢާފް ކޮށްދެއްވި ޢަދަދު ފިގާރއިން. މިބުނީ ހިސާބު ޢަދަދުން؟ ގާސިމްގެ ހަރަދުގައި ސިއްހީ ކީއްކުރަން އެއްވެސް ދާއިރާއެއްގެ ކުއްޖަކު ކިޔަވަން ފޮނުވި ހަނދާނެއް ހުރި ދިވެއްސަކުނެތް. 2005ވަނަ އަހަރުގެ ކުރިން ތިޔަދިން އެއްޗެއް ގާތްތިމާގެ ނުވަތަ އައުލާދުންނަށް ދިނީ. އެމީހުން ވާނީ އެފައިސާ އަބުރާ ދައްކާފައި. ނުދައްކާތިބިއްޔާ ތިބޭނީ ބަލަދު އަރާ މީހެއް ދެމީހެއް. މިކަހަލަ ޚަބަރެއް މުނާސަބު ވަގުތަކާއި ދިމާކޮށް ޕަބްލިކަށް ދިނީމަ. ގާސިމުގެ ހެޔޮކަން މީހުންނަށް ފެނި ޝުކުރުގެ ސަނާތައް އޮހޮރޭނެތީ ފުރުސަތުގެ ބޭނުން ހިފާލީ ކަމަށް ތިވާނީ.

    17
    8
  4. Anonymous

    އެކަމަކު މިހިރަ ވިސްނުމެއް....

    ހުރިހާ އެލަވަންސްވެސް ސިއްހީ ދާއިރާއަށް...
    ތިދާއިރާ ނޫން ދާއިރާތައް މާފުކޮށްދިންނަމަ ދޯ... އިތުރު ގޮތެއް ނެތިފަ މިވަގުތު ވަނީ ސިއްހީދާއިރާ ނޫން އެހެން ހުރިހާ ދާއިރާތަކެއް...

    10
    5
  5. ވައިކިންގ

    މާތް ﷲ ޤާސިމް އިބަރާހީމް އަށް ހެޔޮޖަޒާ ދެއްވާށި. އާމީން.

    28
    2
  6. ރެފްރީ

    ކިހާރަނގަޅުނިންމުމެއްތޯ ؟؟ އެއީގައުމަށްހެޔޮއެދޭމީހުންނަކީ . ޝުކުރިއްޔާ ގާސިމް

    18
    5
  7. ރައްޔިތުސޮރު

    ޤާސިމޭ ކިޔައިގެން މީހުން ކޮންމެ އެއްޗެއްކިޔަސް މިހާ ހިތްހެޔޮ ދީލަތި ވިޔަފާރި ވެރިއެއް އަދި ސިޔާސީ ލީޑަރެއްވެސް ނުހުންނާނެ މި ދިވެހިރާއްޖެއަކު. ޝުކުރިއްޔާ ޤާސިމް.

    23
    7
  8. މަ

    ތިބާޔަށް ހެޔޮ ރަޙުމަތް ލައްވާށި. އާމީން

    22
    2
  9. ޕެޑްމޭން

    ވަރަށް ބޮޑަށް ޝުކުރިއްޔާއެވެ.

    13
  10. ހެޔޮއެދޭ ފަަރާތެއް

    ﷲ ޤާސިމަށް މާފުކޮށް ދެ އްވާށި. އާމީން
    ﷲ އަށް ޝުކުރުވެރިވާ އަޅުވެރި އެއ އްގެ ގޮތުގަ އި ހަޔާތުގެ ބާކީ އޮތްބަ އި ވޭތުކުރުމަށް ނަސޭހަތްތެރިވަން. ﷲ ވަނީ ތިބާ އަށް މުދަލާ އި ދަރިންނާ އި ރީތި އަނބިން ދެ އްވާފަ އި. اللهم بارك

    19
    2
  11. ލޯބިވާ ވަޠަން

    މާޝާﷲ. މަނިކުފާނަށް ހެޔޮ ގޮތްތައް މެދުވެރި ކުރަ އްވާ މުދަލުގަ ބަރަކާތް ލައްވާށި.

    20
    2
  12. Anonymous

    2023 ކެމްޕެޢިން

    16
    13
  13. އަރުމަޑޭ

    2023 ކެމްޕެއިން މިހާރު ފެށީތޯ ؟

    16
    15
  14. ނާހިދު

    ތިޔަވެދެއްވި ދީލަތި އެނހީ އައްޓަކާ ފައްފަށުން ޝުކުރުދަންނަވާހާލު ދަން ނަވާލަންއޮތީ ތިޔަދެއްވި ދީލަތި އެނހީއިން މިގައުމު ސަލާމަތްވާހިސާބެއްގައެއްނޫނޭ މިގައުމުއޮތީ އިވޭއަޑުތަކައްބަލާއިރުވެސް ވަރައްބޮޑު ބިރުވެރިކަމެއްގެ ތެރޭގަ މިހާރު މިގައުމު މިއޮތީ މިވެސް ހަމަ ބައެއްގެ އަމިއްލަ އެދުމުގެސަބަބުން ދިމާވިކަމެއް މިކަމައްވެސް ހައްލެއް ބޭނުން

    8
    1
  15. ޢަޒު

    އަލްޙަމްދުލިﷲ ޝުކުރު

    13
    1
  16. ކާފަބޭ2020

    މިހާރުހިތްފުރޭވަރަށް ރުފިޔާފައިސާލިބޭތީ މެޑެލިޖަހާލީތޯ؟

    11
    17
  17. ާަާައަބުދު

    ބޮޑުގޮޮހަޑާ އަގަފެޅީ ގަ އުމުގެ ހަލާކު

    12
    13
  18. މުހަންމަދު

    ﷲ ތިބާގެ މުދަލުގައި ބަރަކާތް ލައްވައި، ތިމާގެ މުދަލަކީ ތިބާއާއި ރައްޔިތުންނަށް ހުރި ރަހުމަތެއް ކަމުގައި ލައްވައި، ތިބާއަށާއި ތިބާގެ އާއިލާއަށް ހެޔޮ ރަޙުމަތާއި އަރުތައާއި ފާހަގަތިކަން ދެއްވާށި. އަދި ތިބާގެ މުދަލުގައި ބަރަކާތް ލައްވާށި.

    17
    1
  19. ސްޓޯނަރ

    ބަދަލަށް އޭގެ 100ގުނަ ހޯދާނެ ފަހުން، ހަހަހަހަހަހަހަހަ!

    14
    14
  20. އަކުރަމް ކމލ

    ﷲ ތިބާއަށް ތިޔަކޮށްދެއްވި ހެއު ކަންތަކުގެ ޖަޒާ ދެވާންދޭން. އާމީން.

    19
    1
  21. އައްބޭބެ

    މާތްﷲ ޤާސިމަށް ހެޔޮ ރަޙްމަތް ލައްވާ ހެޔޮވިސްނުން ދެއްވާ ދިގުއުމުރެއްގައި ލަހައްޓަވާށި. އާމީން

    21
  22. ޯޮޮި ކކ

    ތިހެން ވެގެންނޭ ޤާސިމު ބެ އްޔާ ރަނގަޅޭ ބުނެވެނީ

    11
    3
  23. ޙަސަނު

    މުއައްޒަފުންނަށް ހަމަ މުސާރަ ދެއްވާ. ހެޔޮފުޅުވާނީ އޭރުން. އަދިވެސް މުސާރަދެއްވަނީ 50 ޕަސެންޓް.

    15
    2
  24. ދާމިޚު

    ގާސިމް ޕާޓީ އޮފީހުގަ ގެންގުޅޭ ކުދިންނަށް މުސާރައިގެ ދެބައިކުޅަ އެއްބައިދީގެން ގެންގުޅޭތާ އަހަރު ދުވަހަށްވުރެ ގިނަ ދުވަސްވެއްޖެ. އެއީ ނިކަމެތިން. ކޮން އިރަކުން ހަމަ މުސާރަދެނީ. މިހާރު ގިނަ ކުދިން ކެޑިއްޖެ. މިހާރު ތިބީ ގޮތެއް ނެތިފަތިބި ކުދިން

    14
    1
  25. ޙެހެ

    ގާސިމްގެ މުދަލާއި މަސައްކަތަތަކުގައި ބަރަކާތް ލައްވާށި.

    17
    3
  26. ލިއިވް

    ﷲ އަކްބަރު ﷲ އަކްބަރު ﷲ އަކްބަރު

  27. މަޑުކަށި

    ކަލޯ ކެންޕޭން ކެންޕޭން ކެންޕޭން ކެންޕޭން ކެންޕޭން ފެށުނީ

    1
    1
  28. މުހައްމަދު

    ގާސިމްގެ މުދަލާއި މަސައްކަތަތަކުގައި މާތް ﷲ ބަރަކާތް ލައްވާށި. ޢާމީން

  29. އެލެކްސް

    ގާސިމް ސްޓަރފުންނަށް ހަމަ މުސާރަދީބަލާ. ރިސޯޓްގަ މަސްފެ ކްޓެރީ އަޅާގެން އުޅޭވަރެއްނޫން. ސްޓަރ ފުންނަށް މުސާރަ ކަޑާ ކޮންމެ. ފަހަރަ ކު ބޯޓެއްގެނޭ. ދެންބުނަނީ ކުރިން ލާރި ދައް ކާފަ ހުރި ފައިސާއޭ ދެން ކީއްވެ މުަސާރަ އަށް ބަދަލު އަންނަނީ؟؟؟

  30. ޙަޖާނުބެ

    ގާދިސަމަށް ގިނަ އަނބިން ދެއްވާށި!

  31. މަބޭ

    ތީގެބަދަލްގަ ކޮންމެވެސް އެއްޗެއްސަރުކާރުން ދަމައިގަންނާނެ

  32. ާޝުކުުރު

    ޤާސިމް އަށް ފައްފަށުން ޝުކުރު ދަންނަވަން