ކޮވިޑް-19 އާ ގުޅިގެން ރާއްޖެ މިހާރު މި އޮތް ހާލަތަށްބަލާއިރު، މިއީ ޗައިނާގެ އެހީތެރިކަމަށް އެދެންވީ ވަގުތު ކަމަށް ހިތަދޫ މެދު ދާއިރާގެ ކުރީގެ މެމްބަރު އަދި އެމްއެންޑީއެފްގެ ކުރީގެ މާލޭ އޭރިއާ ކޮމާންޑަރު އިބްރާހީމް މުހައްމަދު ދީދީ ވިދާޅުވެއްޖެއެވެ.

ދީދީ މިގޮތަށް ވިދާޅުވެފައިވާއިރު، މިހާރު މާލެ ސަރަހައްދުގައި ގިނަބަޔަކު ކޮވިޑަށް ފައްސިވަމުންދާތީ އާއި ގިނަބަޔަކު ކޮވިޑްގައި ނިޔާވަމުންނެވެ. އެގޮތުން މި މަހު މިހާތަނަށް ކޮވިޑްގައި ރާއްޖެއިން 71 މީހަކު ވަނީ ނިޔާވެފައެވެ. އަދި ރާއްޖޭގައި ކޮވިޑްގެ އަދަދުތައް 1000 އިން މަތީގައި އުޅޭތާ މިހާރު ދެ ހަފްތާ ވަރު ވެއްޖެއެވެ.

މި ބަލިމަޑުކަމުން އަރައިގަތުމަށް މި ސަރުކާރުން ކުރަމުންދާ މަސައްކަތުގައި އަބަދުވެސް ބޭރު ގައުމުތަކާއި ބައިނަލްއަގްވާމީ މުޖުތަމައުގެ އެހީތެރިކަން ހޯދަމުންދާ ކަމަށް ވިދާޅުވެ، ރައީސް އޮފީހުގެ ތަރުޖަމާން މަބްރޫކް އަޒީޒް ކުރެއްވި ޓްވީޓެއް ރީޓްވީޓް ކުރައްވަމުން ދީދީ ވިދާޅުވީ މިއީ ރާއްޖެއިން ޗައިނާގެ އެހީއަށް އެދެންވީ ވަގުތު ކަމަށެވެ. އަދި ޗައިނާ އިން ފްލައިޓެއްގައި ނަރުހުންނާއި ޑޮކްޓަރުން އަދި ސިއްހީ ސާމާނު ފޮނުވައިދޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ކަމަށް ދީދީ ފާހަގަކުރެއްވިއެވެ.

ކޮވިޑާއި ގުޅިގެން މީގެ ކުރިންވެސް ރާއްޖެއަށްވަނީ ޗައިނާގެ އެހީތެރިކަން ލިބިފައެވެ. އެގޮތުން މި ބަލިމަޑުކަމުގައި ރާއްޖެއަށް އެންމެ ބޮޑު އެހީތެރިކަމެއް ފޯރުކޮށްދެމުންދާ އެއް ގައުމަކީ ޗައިނާއެވެ. އެގޮތުން ޗައިނާއިން އުފެއްދި ވެކްސިންގެ 200،000 ޑޯޒް ރާއްޖެއަށް ހަދިޔާ ކޮށްފައިވެއެވެ.

ޗައިނާގައި ހާލަތު ދަށްވެގެން ދިޔަ ދަނޑިވަޅުގައި ރާއްޖެއިން ވެސް ވަނީ ދިވެހި މަސް ދަޅު ކޭސްތަކެއް ޗައިނާއަށް އެހީއެއްގެ ގޮތުގައި ފޯރުކޮށްދީފައެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

 1. ރެފްރީ

  ތިކަންނެތެއްނުންކުރެވޭކަށް. ޗައިނާގެއެހީއަށްއެދެފިނަމަ ރުޅިއަންނާނެ. އަނެއްކޮޅުން މާމަގެފައްޓަރުބައި ވިއްކަންޖެހިދާނެ.

  15
 2. ތިރިބެ

  މިގައުމަކީ ހުޅުވާލާފައި އޮރްގައުމެއް ކޮންމެ ގައުމަކުން(އިސްރާއިލް ފިޔަވާ)ވެސް އެހީދިންވަރަކައް ބޭނުންކުރާނެ ދައިކޮއްޓާއިލޮށިވިޔަސް. ދެއްއޮތީ ވެކުސިން ޗައިނާ ވެކުސިން ސުޓޮކު އެބަހުރި ޖާހާމީހުންދިޠައިމަ ޖެހޭނީ އަބަދު ސަލާންޖަހައް ނުވިސްނާ މެނޭޖުކުރައް ދަސްކުރަންވީ އެވާހަކަދައްކަބަލަ ގައުމައްލިބޭ އިންކަމު އައްނަވެރިން 50% ކާލީމަވެސް އަތްޖަހައްނުތިބެއްވީ އަދަބުދީ އެފައިސާހޯދައްކިއައިދީ އެކަމައްބާރުއަޅާ މެލޭސިޔާ ހެއް.

  9
  1
 3. دستور

  މީނާ އަކީ ޗައިނާއިން ރާއްޖެ ކަނޑައަޅުއްވާފައި ސަފީރުހެން ހީވާގޮތައް ވާހަކަ ހުރީ. ޗައިނާއި ފުލައިޓެއްގައި ނަރުހުންނާއި ޑޮކްޓަރުންނާއި ބޭސް ފޮނުއްވާ ދެއްވާނެކަމުގެ ޔަގީންކަން އޮތްކަމށް ވާހަކަ ދެއްކުނީމާ އެގޮތަށް ހިތައްއެރީއެވެ. މާފުކުރައްވާށެވެ. އަޅުގަޑަށް އެގިއްޖެ ތިޔައީ ތުއްބީގެ މުހައްމާދީގެ އިބްރާހީމުދީދީ ދެއްތޯއެވެ. ތިޔަކަން ކުރަން ކިބުލަށް ކެޜޭހެނެއް ހިއެއްނުވެއެވެ. ސަބަަބައްކޫ އިންޑިޔާ ގެރި މޯދީގެ ރުހުން ތިޔަކަމުގައި ނުލިބޭނެތީއެވެ. ގެރި ނޭދޭކަމެއް ކިބުލަކަށް ނުވާއެވެ. ވެރިކަމަށް އައީ އެއްވެސް ޝަރުތެއްނެތި އިންޑިޔާއިން ރާއްޖޭގެ ދާޚިލީކަންތައްތަކާއި ބެހެވޭގޮތަށް އަދި އެއެއްބަސްވުން ރައްޔިތުންނަށް ދައްކާފިނަމަ ގައުމީސަލާމަތައް ނުރައްކާވެދާނެ ގޮތަށް ހަދާފައިވާ އެގްރީމެންޓެއްގެދަށުންކަމަށްވާތީއެވެ. އެހެން ކަމުން ތިޔަމަގުން ތިޔަކަށްކުރާކަށް ކިބުލަށް ނުކުރޭނެއެވެ. ދެންއޮތީ އޮޅުވާލިވޯޓުން ހޮވުނު ރައީސް ޔާމީނު އެއްވެސް ޝަރުތަކާއި ނުލައި މިނިވަންކުރުމެވެ. މިކަންކޮށްފައި ރައީސްޔާމީނު ޗައިނާ އާއި ސައުދީއެރެބިޔާގެ ދީލަތިއެހީއަށް އެދޭތާ މަދުސިކުންތު ކޮޅެއްގެތެރޭގައި ދިވެހިބޮލަކަށް ޑޮކްޓަރަކާއި ނަރުހަކާއި އެހީތެރިއަކާއި އަލީވަހީދުވިދާޅުވި ފްލޯޓިންހޮސްޕިޓަލްގެ އެތައް ހޮސްޕިޓަލްއެއް މިގައުމުގައި ރުކުރުވާލެވިދާނެއެވެ. ކިބުލުގައި މިކޭސިޓީ ހުރިނަމަ އަޅެ މިކަން ކޮށްލަބަލާށެވެ. އެގުމާއި ނޭގުމުގެ ތަފާތު ދިވެހިނަށް ފެންނަނީއެވެ. والله اعلم ا هـ

  10
  1
 4. ދޯދި

  ޗަ އިނާގެ އެހީ އަށް އެދެފި އްޔާ އިންޑިޔާ އިން ރާ އްޖޭގަބުރިޖް އެޅުން ވަގުތުންހު އްޓާލާނެ !

  11
  1
 5. ހުސެން

  ކީކުރަން ގެރި މޯދީ ރުލި ދުރުވާނެ.

  11
 6. ާވަތުބަތާނަ

  އިންޑިޔާގެ ހު އްދަނެތި ތިކަމެ އް ނުވާނެ.

  11
  1
 7. ރަށުމީހާ

  އިބްރާހިމްދީދީ ވިދާޅުވިޔާސްތީހަމަތެދުފުޅެއް ނަންގަނެލަންއޮތީ މިހާރުގައުމުގެހުންގާނުގަހުރިމީހާޔާ ފަޅުވެރިންނަކަށެއް ނުކެރޭނެ ތީން ކަމަކާއުޅެލާކަށެއް އެއީބޮޑުބެރުޅިއަތުވެދާނެތީވެ

  14
 8. ހޯހޯ

  ވ.ތެދުވާހަކ އެއް

  12
 9. އައްޑޫ

  ދިވެހި ރާއްޖޭގެ ވެރިންތިބީ އަޅުވެތި ވެފަ، މާސްޓާރ އެކުސްޓުރީމިސްޓު ގޮރު މޯދީ ކާރިން އެޕުރޫވަލް ނުލިބި އަނގަވެސް ހުޅުވައެއް ނުލެވޭ ވެރިންތަކެއް ހޮވާގެން ބޮވޭނީ ހަމަ ގޮރެއްނޫން