ލޯކަލް ގަވަރުމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑުގައި ހިމެނޭ އަތޮޅު ކައުންސިލްގެ ރައީސުންގެ މެންބަރުގެ މަގާމަށް ކުރިމަތިލުމުގެ ފޯމު ހުށަހަޅަން ޖެހޭ ވަގުތަށް ވުރެ ފަހުން ހުށަހެޅުނު ކަމަށް ބުނެ ނ. އަތޮޅު ކައުންސިލްގެ ރައީސް މުހައްމަދު ބަޝީރުގެ ފޯމު ބަލައިނުގަތް މައްސަލަ ހައިކޯޓަށް ވައްދަން ނިންމައިފިއެވެ.

ބަޝީރުގެ ފޯމު ބަލައިނުގަތީ ސުންގަޑި ހަމަވިތާ ހަތަރު މިނެޓު ފަހުން އޭނާގެ ފޯމު ލާފައިވާތީ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެއެވެ.

މިކަމާއި ގުޅިގެން "ވަގުތު" އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ބަޝީރު ވިދާޅުވީ ފޯމު ހުށަހެޅުމަށް އޮތީ އީމެއިލް މެދުވެރިކޮށް ކަމަށް ވުމުން، ގަޑި ޖެހުމުގެ ކުރިއަށް މެއިލް ފޮނުވި ކަމަށެވެ.

"އެގަޑީގެ ކުރިން އަޅުގަނޑަށް އޭތި ސެންޓް ވެފަ އިނީ. 13:59 ގަ ސެންޓް ވެފަ އިން ކަމަށް ދައްކަނީ، އެހެންވީމަ ސުންގަޑި ކަމަށް އޮތް 14:00 ގެ ކުރިން ފޮނުވިފަ ވާނީ،" ބަޝީރު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، އެގޮތަށް މެއިލް ފޮނުވި ނަމަވެސް، ބައެއް ފަހަރު 'ސްޕޭމް' އަށް މެއިލް ގޮސްފަ ހުރެދާނެ ކަމަށާއި ނޫނީ ސާވާތައް ލަސްވުމުގެ ސަބަބުންް ވެސް މެއިލް ދިޔަ ވަގުތު ލަސްވެފައި ހުރެދާނެ ކަމަށެވެ.

މި ކަމަކީ އިންތިހާބީ މައްސަލައެއް ކަމުން، އީސީގެ ނިންމުން ބަދަލު ކުރުމަށް އިސްތިއުނާފް ކުރަން ޖެހެނީ ހައި ކޯޓަށެވެ. އެހެންކަމުން މާދަމާގެ ވަގުތެއްގައި ހައިކޯޓަށް މައްސަލަ ވައްދާނެ ކަމަށް ބަޝީރު ވިދާޅުވިއެވެ.

ބަޝީރާއު ނިމާލުގެ އިތުރުން އެހެން މީހަކު އަތޮޅު ކައުންސިލު ތަމްސީލު ކުރަން ވާދަކުރަން ފޯމު ނުލާތީ ނިމާލު ވަނީ އެލްޖީއޭގެ ބޯޑަށް ހޮވިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހްމަދު ޝަރީފް މިއަދު ކުރެއްވި ޓްވީޓެއްގައި ފާހަގަކުރެއްވިއެވެ.

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުން އިންތިހާބު ކުރުމަށް ވޯޓުލުން އޮންނާނީ ޖޫން 12 ވަނަ ދުވަހުގައެވެ. ގާނޫނުގައި އޮންނަ ގޮތުން އެ ކައުންސިލަށް ސިޓީ ކައުންސިލްގެ މެންބަރަކާއި، އަތޮޅު ކައުންސިލްގެ ރައީސަކާއި، ރަށު ކައުންސިލްގެ މެންބަރަކު އިންނަވާނެއެވެ. މި މެންބަރުން އިންތިޚާބު ކުރާނީ ކައުންސިލަރުންގެ މެދުގައި ނަގާ ވޯޓަކުންނެވެ.

ކިޔުންތެރިންގެ ހިޔާލު

15 ކޮމެންޓް

  1. ޠޔ

    ފިނިހަކަ ދުވެލީގެ އިންޓަރނެޓް..ތިހެން ވެދާނެ.އަޅުގަނޑުމެން ކޮލެޖް އެސައިންމަންޓްތައްވެސް 10 މިނެޓްކުރިން އަޕްލޯޑްކުރަން ޖެއްސިއަސް ހަމަތިފަދަ.ތީ ބަޝީރު މައްސަލައެއް ނޫން.ރާއްޖޭގެ އިންޓަރނެޓް މައްސަލަ.

    3
    3
    • އިބުނުބަތޫތާ

      އޮޅުވާލެވޭނީ އަޅުގަޑުމެން. އެކަމަކު އީސީ ޝަރީފައް އޮޅުވާނުލެއްވޭނެ. ވަރަށްސާފު

  2. دستور

    ބަޝީރުގެ ފޯމު ބަލައިނުގަތީ ސުންގަޑި ހަމަވިތާ ހަތަރު މިނެޓު ފަހުން އޭނާގެ ފޯމު ލާފައިވާތީ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެއެވެ.
    ބަޝީރު ފޯމް ބަލައިނުގަތް މައްސަލާގައި ޝަކުވާ ހުށަހަޅަންވީ ސްޕްރިން ކޯޓްގެ ރައީސް ޔާމީނުގެ މައްސަލަ ބެއްލެވި ކުޅަދާނަ ފަހުލަވާން އަލީޝަރީދުއަށެވެ. މީނާ ނޫންމީހަކަށް ބަޝީރަށް އުއްމީދެއް ގެނެސްދެވޭނެ ކަމަށް އަހަރެންގެ ހިތެއް ނުބުނެއެވެ. މިހެން މިނަންގަތީ ރައީސް ޔާމީނުގެ ޝަރީއަތަކީ ދިވެހި ލޮބުވެތި ރައްޔިތުންނަށް ހާމަކޮށް ފެންނަގޮތަށް ހިގާދިޔަ ޝަރީއަތެކެވެ. ރައްޔިތުން ނިންމާފައިވަނީ ރައީސް ޔާމީނަކީ މިނިވަނެއް ކަމަށެވެ. ރާއްޖޭގެ ފުންނާބު އުސް ހުރިހާ ފަނޑިޔާރުންނާއި ގާނޫނީ ވަކީލުންނާއި ގާނޫނީ އިލްމް އުގެނިވަޑައިގެން ތިއްބެވި އިއްޒތްތެރި އުސްތާޛުން އެއްބަސްވެ ވަޑައިގަންނަވާނީ ރައީސް ޔާމީނަކީ މައުސޫމު ބޭފުޅެއް ކަމަށަށެވެ. ހިގާދިޔަ ޝަރީއަތުން ރައީސް ޔާމީނުގެ މައުސޫމުކަން ދުވާލު އިރުފަދައިން ޝައްކެއްނެތް މިންވަރަށް ހާމަވާކަމަށެވެ. އެހެންކަމުން ބަޝީރުގެ ތިޔަމައްސަލަ ބަޝީރުކޮޅަށް ނިމޭނީ ހަމައެކަނީ ގޮތަކީ ސްޕްރިންކޯޓްގެ ފަނޑިޔާރު ޑޮކްޓަރު އަލީރަޝީދުގެ ރައުޔުން އެކަށި ކަމުގައި ދަންނަވަމުން މިބާބު ނިންމާލަމެވެ. ك ل

  3. Anonymous

    ގަޑިއަށް ފަރުވާތެރި ނުވެވޭ މީހުންނަށްވާނީ ތިހެން. އެމްޑީޕީ މީހުން އުޅެނީ ގަދަބާރުން ކަންކަން ކުރަން. އެއޮތީ ބުނެފައި. 4މިނެއްޓު ލަހުން ކަމަށް ފޯމުލީ ދެން ލަލަލާ. ނ. އަތޮޅު ރައްޔިތުންނަށް ފުރަތަމަވެސް ދޯކާ. އިތުބާރު ގެއްލިއްޖެ. ޯޯޯޯޯޯޯޯޯޯޯޯޯޯޯޯޯޯޯޯޯޯޯޯޯޯޯޯޯޯޯޯޯޯޯޯޯޯޯޯޯޯޯޯޯޯޯޯޯޯޯޯޯޯޯޯޯޯޯޯޯޯޯ ވޯޓް ހޯދަން ދެން ނާންނާތި ތިހާ ގަޑިއަށް ފަރުވާ ނުބަހައްޓާ މީހުން

    10
    1
    • ފިނިހަކަ

      ބަލަ އޭނަ 1 ދުވަސް ކުރިން ފޮނުވިޔަސް ލިބިދާނެ ގަޑި ޖެހޭ ފަހުން. ފޮނުވި ގަޑި ބަލަން ޖެހޭނީ. އޭނަގެ އީމެއިލްއިން ފޮނުވި ގަޑި ފެންނަން އިންނާނެ

  4. ބޮލުރޮދި

    އިންޓަނެޓްގެ އަގުވެސް އިއުލާނުނުކުރެވި ސުލޯވަމުން ދަނީ ...އެހެންވެ ތިކަހަލަ ކަމެއް ދިމާވެދާނެ...ހަމަ ސުލޯޯއީ އިނގޭތޯ، މުޅިގައުވެސް.

    10
  5. އަކުރަމް ކމލ

    ބަޝީރު ބުނަން ވާހަކައެއް. ބަޝީރަށް ލަސްވާނެކަން އެގޭ އިރު ވަގުތު އޮށްވާ ކީއްވެ ނުފޮނުވީ. އަދި ބުނަން މެއިލް ފޮނުވާފިއްޔާ އިންނާނީ އެކޮޅަށްވެސް މެއިލް ލިބިފައި ސާވާތައް ނުވާނެ ތިބުނާހާ ލަހެއް، ފަހަރުގަ ބަޝީރުގެ ނެޓްވޯކު ލަސްވެދާނެ، އެހެން ވިއްޔާވެސް ބެލެވޭނީ ބަޝީރަށް ލަހުން ފޮނުވުނު ކަމަށް ހަމަ. ސާވާ ތަކަކީ ވަރަށް ފާސްޓް އެއްޗެއް. ސާވު ކުރާނީ ފަސްޓް-ކަމް-ފަސްޓް-އައުޓް އަލްގޮރިދަމްގަ. އެހެން ވީމާ ސާވާތައް ނުހަދާ ބަހަނާއަކަށް. ތިޔަ އުޅެނީ އަމިއްލަ މައްސަލައެއް. ޓްރައީ ނެކުސްޓް ޓައިމް.

  6. ޓެލެކޮމް

    ރަނަގަޅެއްނުން ...100 ކިލޯމީޓަރަށްވުރެ ދުރުން ފޮނުވާލި މެއިލްއެއް 5 ވަރަކަށް މިނެޓުން މާލެއަތުވެއްޖެ.....ލޯންޗަކަށް ލާފަ ފޮނުވިނަމަ 5 ގަޑިއިރުންވެސް އިލެކުޝަން އާހަމަޔައް ނުފޯރާނެ.....ދެންފަހަރަކުން ވަގުތުގެ ކުލިޔަރެންސާ ޓޯލަރެންސް ތަންކޮޅެއް ބަޑުކޮއްލާ. ޒީރޯ ޓޯލަރެންސް ގަ އުޅޭތީ މިފަހަރުވީގޮތް....،،

  7. ޒައިކް

    އެހެންވިއްޔާ ކަލޭގެ މެއިލްގަ އިންނާނެ ސެންޓްވި ގަޑި އެނގެން އެ ދައްކަންވީނު ސްކުރީނު ޝޮޓް ޤަބޫލެއް ނުކުރެވޭނެ.. އަސްލުމެއިލްއިން ވަދެފަ ދައްކާ

    • ދސ

      އަސްލު މެއިލް ދައްކަނީ ގަޑިޖެހިމުގެ ދެދުވަސް ކުރިން ފޮނުވިފައިވާ ކަމަށެވެ.

  8. ހަހަ

    މިސަރުކާރު ސްޕީޑްގައި އަދިވެސް ތިއުޅެނީ. ހަހަ

    • ހައްހައްހާ

      ޔާމީނު އެޅި އިންޓަރނެޓް ސްޕީޑް ދޯ މިސަރުކާރަށް ވާރުތަ ވާނީ. އޭނަ ފަސް އަހަރުން އެޅި މޮޅު ނެޓް ސްޕީޑް އެއީ. ކަޑަ ގޮލައެއްތާ އެހެންވެ ޔާމީނު މީ.

  9. އިބުނުބަތޫތާ

    އޮޅުވާލެވޭނީ އަޅުގަޑުމެން. އެކަމަކު އީސީ ޝަރީފައް އޮޅުވާނުލެއްވޭނެ. ވަރަށްސާފު

  10. ވާނުވާ

    މާމޮޅު މީހުނަށް ވެގެން އުޅޭ މީހުނަށް ވާނީ ތިވަރު
    ތިމާ އިންތިހާބު ކުރަން އެންމެ ބުރަކޮށް މަސަ އްކަތް ކޮ އްދިން މީހާ މަތިން ހަނދަންނެތި އިސްތި އުފާ އަށް ގޮވި އިރު ތިމާ މީހާގެ ގެ ނުކުޅެދުން ތެރިކަން މީހާރުވެސް ތިއޮތީ ފެންނަން

  11. Anonymous

    ރިސީވްވި ވަގުތަށް ބެލެވޭނީ.