ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލުމަށް ދިން ނިރުބަވެރި ހަމަލާއާ ގުޅިގެން އެކުލަވާލި ތަހުގީގު ޓީމްގައި ހިމެނޭ ގިނަ ފުލުހުންތަކެއް ކޮވިޑް-19 އަށް ފައްސިވެއްޖެ އެވެ.

އެނގިފައިވާގޮތުން، އެ މައްސަލަ ތަހުގީގު ކުރަމުންދާ ޓީމްގައި ހިމެނޭ ގިނަ އަދަދެއްގެ ފުލުހުންތަކެއް ވަނީ ކޮވިޑަށް ފައްސިވެ، ކަރަންޓީން ކޮށްފައެވެ.

މީގެ ކުރިން، ނަޝީދަށް ހަމާލާދިން މައްސަލަައިގެ ބައިވެރިވުން އޮތް ހަތަރު މީހުންވެސް ކޮވިޑް-19 އަށް ފައްސިވެފައިވާ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވަނީ ވިދާޅުވެފައެވެ.

އެނގިފައިވާގޮތުގައި، އެ މައްސަލައިގެ ތަހުގީގު ޓީމްގައި ހިމެނިވަޑައިގެންނަވާ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ރިޔާޒުވެސް ހިމެނިވަޑައިގަންނަވާ ގޮތަށް ގިނަ އަދަދެއްގެ ފުލުހުންތަކެއް ވަނީ ކޮވިޑަށް ފައްސިވެފައެވެ. އޭގެ ތެރޭގައި، އެމަނިކުފާނުގެ މައްސަލާގައި ބަލާ ފާސް ކުރުމުގެ އޮޕަރޭޝަންގައި ހިމެނިވަޑައިގަންނަވާ ފުލުހުންވެސް ހިމެނޭ ކަމަށް މައުލޫމާތު ލިބެއެވެ.

މިކަމާއި ގުޅޭގޮތުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ތަހުގީގު ކުރިއަށްދާ ކަމަށާއި، ތަހުގީގަށް އެއްވެސް ކަހަލަ ހުއްޓުމެއް ނާންނަ ކަަމަށެވެ.

މެއި މަހުގެ ހަ ވަނަ ދުވަހު ނަޝީދު އަވަހާރަކޮށްލުމަށް ހަމަލާއެއް ދީފައި ވަނީ، އެމަނިކުފާނުގެ ގެކޮޅު ކަމަށްވާ ގ. ކެނެރީގެއިން ނުކުމެވަޑައިގެން މަޖީދީ މަގުގައި އޮތް އެމަނިކުފާނުގެ ކާރުކޮޅަށް އަރާވަޑައިގަތުމަށް ހިންގަވާފައި ވަޑައިގަންނަވަނިކޮށް އެސަރަހައްދުގައި ޕާކުކޮށްފައި ހުރި ސައިކަލެއްގެ މަޑި ދަށުން ބޮމެއް ގޮއްވާލައިގެންނެވެ.

މި ހަމަލާގެ ގެއްލުން ބޮޑުކުރަން ބޮމުގެ ތެރެއަށް އަޅާފައި ހުރި ރޭޒާ ފުއްތައް އެމަނިކުފާނުގެ ފުއްމާޕެމާއި ބަނޑާއި ފަޔަށް ވަދެގެން ދިޔައެވެ. ހަށިކޮޅަށް ވަދެފައި ހުރި އެ ރޭޒާ ފުއްތައް ނަގަން ހޭނައްތައިގެން 16 ގަޑިއިރުގެ އޮޕަރޭޝަންތަކެއް އޭޑީކޭ ހޮސްޕިޓަލްގައި ކުރިއެވެ. އަދި އިތުރު ފަރުވާ ހޯދުމަށް މިހާރު ހުންނެވީ ޖަރުމަނުގައެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. މައިކް

    . ކޮންނަޗީދެއްތައް . ރައިތުގެ ހަލުބަލާބަލަ، ރައިތުްނ ފެސިލިތީގަ ނަރުވަނީ ކީވެތޯބަލާބަލަ. އެމީހުންގެ ޒަރޫރީބޭނުންތައް ފުދިފަތޯހޫރީބަލާބަލަ

  2. އަލީ

    ކަމެެއް ކުރިއަށް ނުދާތީ ދެއްކި ބަހަނާއެެއްބާ މިއީ؟

  3. ....

    ތިމައްސަލަ އިހަށް ބައިންދާލާފަ ބަލިމަޑުކަމުން އަރައިގަނެވޭތޯ އެންމެން އުޅެލަން ކީއްވާނެބާ

  4. އާސިފު

    ސުންޕާ ކަމެއް ދޯ

  5. ބުރިޓޯ

    ކާކައްތޯ ކޮވިޑް ނުޖެހެނީ. މިހާރު ކޮންމެގެއެއްގަވެސް ކޮވިޑް ޖެހިފަހުރީ އެކެއް ނޫނީ ދެތިން މީހުންނަށް. ކެރަފާ އެބުނަނީނު އަހަރެމެންނޭ މިކަމުގަވެސް ގޯހީ. އެއީ ތެދެއް، ނަސީމަކަސް އެބުނީ ހަމަތެދެއް. މިބައިގަނޑު ހޮވީތީވެ އަހަރެމެން ގޯހީ. ޔާމީނު އިތުރު ދައުރެއް ބަހައްޓާލިނަމަ ޔަގީނުންވެސް މިހާރު ހާދަތަފާތު މަންޒަރެކޭ ފެނުނީހީ.... ހުރި ހިތާމައެއްގެ ބޮޑުކަމާއި އަބޫޝަބާޝް.... ހަލާކުހުރި.... ހުރިހިތާމައެއްގެ ބޮޑުކަމާއި.

  6. ބަބުކެޔޮ ހަސަނު

    އަނެއްކާ ތިކަން ބަލަން ރައީސް މީހާއަށް ދެންޖެހޭނީ އަނެއް ރިޔާސީ ކޮމިޝަން ހަދަން. އެކޮމިޝަންގެ މަސައްކަތްދާގޮތް ބަލަން ޔޫކޭއިން ފްރެންސްޑްސް އޮފް މޯލްޑިވްސްގެ އެދުރެއް ވެސް ގެންނަން.