ކޮވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން މާދަމާ އިން ފެށިގެން ހަރުކަށި ފިޔަވަޅުތަކެއް އަޅަން ނިންމާފައިވާއިރު، ވެކްސިން ޖަހަން ބޭނުންވާ ފަރާތްތައް އެ ފުރުސަތު އޮންނާނެ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ވިދާޅުވެއްޖެއެވެ.

ކޮވިޑާއި ގުޅިގެން މާލެ ސަރަހައްދުގައި އަޅާފައިވާ ފިޔަވަޅުތަކާއެކު، އެއްވެސް ވަގުތަކު ބޭރަށް ނިކުމެ އުޅެވޭނީ ހާއްސަ ހުއްދައަކާއި އެކުއެވެ. އެގޮތުން ކޮންމެ ގޭބިސީއަކުން ދެމީހަކަށް ހުއްދަ ދިނުމަށް ވަނީ ނިންމާފައެވެ. ކޮންމެ ފާހެއް ވެސް ދޫކުރަނީ 4 ގަޑިއިރަށެވެ. އެއީ ހެނދުނުު 8:00 އިން މެންދުރު 12:00 އަށާއި މެންދުރު 12:00 އިން 16:00 އަށެވެ.

އެޗްޕީއޭއިން ވިދާޅުވީ، މާދަމާއިން ފެށިގެން ވެކްސިން ޖަހަން ނުކުންނަމަ ކުރީބައިގައި ހުއްދައަށް އެދެން ޖެހޭނެ ކަމަށެވެ.

އެގޮތުން މާދަމާއިން ފެށިގެން 18 އަހަރުން ދަށުގެ މީހުންގެ ތެރެއިން ވެކްސިންގެ ފުރަތަމަ ޑޯޒް ނުޖަހާ ފަރާތްތަކާއި، ވެކްސިންގެ ދެވަނަ ޑޯޒް ޖަހަން ދުވަސް ހަމަވެފައިވާ ފަރާތްތަކަށް ވެކްސިން ޖެހޭނެކަމަށް އެޗްޕީއޭ އިން ވިދާޅުވިއެވެ.

މި ދުވަސްވަރު ރާއްޖޭގައި ޖަހަމުން ދަނީ ސިނަފޯން ވެކްސިން އެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޖަޒީރާވަންތަ ކެހެރިނުފަޅާ ޖަނަވާރު

    މަ ބޭނުން ދުވާލަކު ދެއިރު ވެކްސިން ޖަހަން ތިހެންވިއްޔާމުން. ކޮވިޝީލްޑް 2 ޑޯސް ޖަހައިފިން ލުއި ނުދިން.. ދެން ޖަހަން ބޭނުން ކޮންމެ ވައްތަރެއްގެ ވެކްސިނަކުން 4 ޑޯސް

  2. އައްޑޫ މީހާ

    އަދި ވެސް މި ތިބި މޮޔަ މީހުން ވެކްސިން ޖަހަން ނުދޭ ދެން ބު ނާނެ ބަލި ފެތުރެޔޭ! ބިގް ޑަމީސް ނެވަރ އަންޑަސްޱޭންޑު