މިރޭގެ ޖަލްސާގެ ތެރެއިން ފޮޓޯ: ނާން މޯލްޑިވްސް

މުހައްމަދު ނަޝީދަކީ އިންޑިޔާ ދަންނަ މީހެއްނޫންކަމަށް ވިލިމާލޭ ދާއިރާގެ މެންބަރު ނިހާން ހުސެއިން މަނިކް ވިދާޅު ވެއްޖެއެވެ.

މިގޮތަށް ނިހާން ވިދާޅުވެފައިވަނީ މިހާރު ރުމާލު 2 ޖަގަހައިގައި ކުރިޔަށްދާ ޖަލްސާގައެވެ. ނިހާން ވިދާޅުވީ ކުރީގެ ރައީސް މުހައްމަދު ނަޝީދު އިންޑިއާގެ ޑިފެންސް މިނިސްޓަރު ނިރްމާލާ ސިތްރަމަންއާއި ބައްދަލުކުރެއްވީ އެކަމަނާގެ ދަައުވަތަކަށް ނޫންކަމަށެވެ. އިންޑިޔާގެ ނޫހަކުންވެސް އެކަަންވަނީ ކަޝަވަރުކޮށްފައެވެ.

އިއްޔެ ޑިފެންސް މިނިސްޓަރު ނިރްމާލާ ސިތްރަމަންއާ އެކު ވާހަކަ ދައްކަވާ މަންޒަރު ފެންނަ ފޮޓޯއަކާއެކު ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޑިފެންސް މިނިސްޓަރާ ބައްދަލުކުރައްވައި ރާއްޖޭގެ ހާލަތާ ބޭހޭގޮތުން "ބްރީފް" ކުރެވުމުން އެކަމާ ހިތްހަމަޖެހިވަޑައިގަންނަވާ ކަމަށެވެ.

 

ނިހާންގެ ވާހަކަ ފުޅުގައި ބުނެފައިވަނީ ރަައީސް ނަޝީދަކީ އިތުރުފުޅު ހެއްދެވުމުގައި އަރާ ހުއްނެވި ބޭފުޅެއްކަމަށާއި ނަޝީދަކީ ކާކުކަން އިންޑިޔާގެ ފަރާތްތަކަށް ނޭންގޭކަމަށެވެ.

 

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ކުއްލި ނުރައްކަލުގެ ހާލަތު ދިގު ދެންމީ ގާނޫނާއި ޚިލާފަށް ކަމަށް ތަމެން ރަންރީނދުލޭ މެން ބުނާ ބުނުން ފިޔަވައި އެހެން ލީގަލް އެވިޑެންސް އެއް ނެތެއް ނޫންތޭ. ދިވެހިންގެ ގިނަ މީހުންގެ ކަލްޗަރ ހުންނަ ގޮތުން ގިނަ މީހުންނަކީ އެއީ އަމިއްލަ ސިކުނޑިން ވިސްނުމުގެ ބަދަލުގައި އަޑު ދަށުން ވައްކަން ކޮށްގެން ކޮޕީ ޕޭސްޓް ޔާރާ ދިލް ދާރާ ލަވަ ކިޔާ މީހުންނޭ އެ ގޮތަށް ކޮންމެހެން މަމެން ޕިންކީން ކަންކަން ކުރަން ނުޖެހެއޭ ކުރީގެ ރައީސް މައުމޫނުގެ ދުވަސް ވަރު އޭޖީ ކަން ކުރި މީހަކު އަދި ކުރީގެ ޕީޖީ އަކު އެއްޗެއް ބުނުމުން ތަމެން ނަށް ހީވަނީ މަމެން ޕިންކީން އެމެން ބުނާ ބުނުމަށް ތަބާވާނެ ކަމަށްތޭ ނުވާނެ އެކަމެއް އެކަން ޖެހޭނީ ހަނދާން ނައްތާލަން. މަމެން ނަހަދާނަން އެމެން ބުނާ ގޮތެއް އަދި މަމެން ހަދަން ނުޖެހޭނެ މަޖްލީހުގެ ކައުންސިލަރ ޖެނެރަލް ބުނާ ގޮތެއް މަމެން މީ ހާކިމާ އިން މަމެން ބުނާ ގޮތް އެންމެން ހަދަން ޖެހޭނީ ގާނޫނު އަސާސީ ތަރުޖަމާ ކުރާނީ މަމެން ތަމެންނެއް ނޫނޭ ބިކޮޒް އެދިފާއު ކުރާނީ މަމެން ޕިންކީން. ގޮޓް އިޓް.

  2. ހެހެހެހެ.. މާލެގަ ހުންނަ އިންޑިއާ އެމްބަސީގަ ވެސް ހިމާޔަތް ހޯދައިގެން އުޅުން އިރުވެސް ކަލޭމެން އިންޑިއާ ދަންނަ މީހުން ތިބީ ދޯ ޗުކުޗުކު ތަޅުވަން...

  3. ތިޔަ އިންޑިއާއިން ދައްކާވާހަކަ ޤަބޫލެއް ނުކުރާނަން.. ދެކޮޅު ނުޖެހޭ ވާހަކަ ތިޔަ ދައްކަނީ.. ނަޝީދަށް ބައްދަލުކުރަން ފުރުސަތު ދީފިއްޔާ ހުންނާނެތަ މި ރާއްޖޭގެ ވާހަކަ ނުދައްކާ؟ ބުއްދި ޤަބޫލެއް ނުކުރެވޭ.. ކުއްވެރިއަކާ ކީއްކިރަން ހަވާސާއިން ބޭރުގަ ވިޔަސް އޭނާއާ ޑިފެންސް މިނިސްޓަރު ބައްދަލުކުރީ؟ އޭނާ އެއީ ޤައުމެއްގެ ވެރިއެއްތަ؟ ކ9ންމެވެސް ގޭސްގަނޑެއް ތި އަނބުރަނީ