ކޮވިޑް-19 ގެ ސަބަބުން ވިޔަފާރިތަކުގެ ކަރަންޓް ބިލާއި ފެންބިލުން 20 އިންސައްތައެއްގެ ޑިސްކައުންޓެއް ދޭން ސަރުކާރުން ނިންމައިފިއެވެ.

މިކަން ހާމަކޮށްފައިވަނީ މިހާރު ކުރިއަށް ގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އެވެ.

އެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ، ކޮވިޑް-19 އިން ރައްކާތެރިވުމަށް މާދަމާއިން ފެށިގެން އަޅަން ނިންމާފައިވާ ފިޔަވަޅުތަކާއި އެކީ ބައެއް ފަރާތްތަކަށް ދަތިތައް ކުރިމަތިވާނެ ކަމަށެވެ. އެގޮތުން ކުދި ވިޔަފާރިތައް ހިންގަމުން އަންނަ ފަރާތްތަކަށް އަސަރު ކުރާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

އެހެން ކަމުން އެކަމަށް ބަލައި ސަރުކާރުން އަންނަނީ ވެދެވެން ހުރި ކަންތައް ކޮށްދިނުމަށް މަސައްކަތް ކުރަމުން ކަމަށް ރައީސް ވިދާޅުވިއެވެ.

އެގޮތުން ރައީސް ވިދާޅުވީ، މުޅި ރާއްޖޭގެ ގޭބިސީ ތަކުގެ ފެންބިލަށް 30 އިންސައްތަ ޑިސްކައުންޓެއް ކުރިއަށް އޮތް މަހަށް ދޭނެ ކަމަށާއި ކަރަންޓް ބިލަށް 40 އިންސައްތަ ޑިސްކައުންޓަކާއި ވިޔަފާރިތައް ކުރާ ފަރާތްތަކަށް ވެސް އެފަދަ ލުއިތަކެއް ދޭން ނިންމާފައިވާ ކަމަށެވެ.

"ވިޔަފާރި ކުރާ ތަންތަނުން ކަރަންޓު ބިލުން 20 އިންސައްތަ ޑިސްކައުންޓެއް ދިނުމަށް މިވަނީ ނިންމާފައި." ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ސަރުކާރުން އެފަދަ ނިންމުމެއް ނިންމާފައިވަނީ މިހާލަތުގައި ރައްޔިތުންގެ ރައްކާތެރިކަމަށްޓަކައި ކަމަށެވެ.

މީގެ އިތުރުން ވެސް މި ބައްދަލުވުމުގައި ރައީސް ވަނީ ދެން ދޭން ނިންމާފައިވާ އެހީތައް ހިއްސާ ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

 1. ބޯކިބާ

  ވަރަށް ރަނގަޅު، ކުރީގަނަމަ މިހެންދޭ ލުޔެއްވެސް ދޭނީ މާލޭ ގޭގެއަށް އެކަނި.

  5
  8
  • ޒައިކް

   ހޫން މުއިޒުވެސް ގޮވާލީ މާލެއަށް އެކަނި ލުއިދޭން ރައީސް ދެއްވީ މުޅި ރާއްޖެއަށް.. ސަބަބަކީ މުއިޒަކީ މާލޭގެ އެކަނި މޭޔަރު ރައީސްއަކީ ހުރިހާ ދިވެހިންގެ ރައީސް

   6
   3
 2. ޟަރުދީ

  ވަރަށް މޮޅު ރޭވުމެއް ކުރިންވެސް ރައްޔިތުންނަށް ތިޔާ ކަހަލަ ލުއިދިން ދިން ލުޔަށްވުރެ އަދަދުތައް ބޮޑެތިވެ ޖޫރިމަނާތައް ބިއްތަކުން ނަގަމުންދިޔަ
  އަދި ފިއުޒު ނެގުމަށްފަހު 300ރ އިތުރަށް ބިލުގައި ހިމަނާ

  7
  1
 3. ޟަސްމީ

  ޑިސްކައުނޓުދިނީމަ މީހުން ސަރުކާރު ފެއިލްވިޔެކޭ ނުކިޔާނެ! ރޭގަ ފެސިލިޓީއަށް އިތުރައް މީހުންފޮނުވީތޯ؟

 4. ޚކކ

  ކަރަންޓު ބިލް ހަދާ ރޭޓް ދައްކޮއްބަލަ ނޭގެނީތަ ބިލްތައް ބޮޑުވަނީ ކީއްވެގެންކަން
  600 ޔުނިޓުންފެށިގެން މައްޗަށް އެރީމަ ވާގޮތް ރައީސް މީހާއަށް ކިޔާދީބަލަ
  ސްޓެލްކޯއެއް ނޫނޭ ގޯހީ ރޭޓްތައް ހެދިފަރާތޭ ރައްޔިތުންނޭ ވިސްނާތި ބިލްތަކަށް

 5. ކޮރަލް

  މުއިއްޒު ފެށި ކަމެކެވެ.

 6. ޓިނު

  ރައީސް ކިހިނަ ކުން ތޯ ބޭން ކްލޯނު ދައް ކާނީ؟

 7. އޮޅުވާލިބެ

  ތިޔައުޅެނީ މަކަރަކުން މީގެކުރިންވެސް ސޯލިހު ތިޔަމަޅިއެއްޖެހި ސަބުސިޑީޒުއޭ ކިޔާފަ ކަރަންޓު ބިލުބޮޑުކުރީ.

 8. ދޯކާ

  ކަރަންޓު ފެންބިލް ދެގުނަޔަށް ޖައްސާލާފަ ދެން މިދެނީ އެޔަށް %20 ޑިސްކައުން. ހިޔަޅުގެ ވެސް ދޭނެ ތިގޮތަށް ޑިސްކައުން. 900 ގެ ކަރަންޓު ބިލު މިފަހަރު ފޮނުވި އިރު 1880 ޔަށް އަރުވާލާފަ އިނީ. ދެން ޑިސްކައުންޓް ދިނީމަ 1504 ދައްކަން ޖެހުނިިމަ މީގަ ކުޑަވީ ކޯއްޗެއްތޯ. މަކަރާޖަހައިގެން ދުނިޔެކެއިމަ ނޭނގޭން މީކީ 1970 ގެ ދިވެހިންނެއް ނޫނޭ. މިހާރު ތިބީ ތަންދޮޜު އެނގޭ ރައްޔިތުން. ޢެކަމު ރީންދޫ ހުންޖެހި ބުއްދިފިލާފަތިބޭ މީހުންނަށް ހަމަ ނުވިސްނޭނެ.