ގޭބިސީތަކުގެ ކަރަންޓް ބިލުން %40 ފެންބިލުން %30 ޑިސްކައުންޓް ދޭން ސަރުކާރުން ނިންމައިފިއެވެ.

އެކަން ހާމަކޮށްފައި ވަނީ މިހާރު ކުރިއަށްގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

އެ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހް ވިދާޅުވީ، ކޮވިޑާއި ގުޅިގެން ހަރުކަށި ފިޔަވަޅުތަކެއް އަޅަން ފެށުމާއި އެކީގައި ބައެއް ފަރާތްތަކަށް ބައެއް ދަތިތައް ކުރިމަތިވާނެ ކަމަށެވެ. ރައީސް ފާހަަގަކުރެއްވީ ހާއްސަކޮށް ކުދި ވިޔަފާރިތަކުގެ ވާހަކައެވެ.

"ސަރުކާރުން މި އަންނަނީ މިކަމާއި ދޭތެރޭގައި ކޮށްދެވެން އޮތީ ކޮން ކަމެއްތޯ ބަލައި، މަސައްކަތްތަކެއް ކުރަމުން". ރައީސް ވިދާޅުވިއެވެ.

އެގޮތުން އެ މަޝްވަރާގެ ތެރެއިން ނިންމުމު ކަންތައް ހިއްސާ ކުރައްވަމުން ރައީސް ވިދާޅުވީ، ކުރިއަށް އޮތް މަސް ދުވަހުގެ ތެރޭގައި ފެންބިލުން މުޅި ރާއްޖޭގެ ހުރިހާ ގެއަކުން %30 ޑިސްކައުންޓް ދިނުމަށް ނިންމާފައިވާ ކަމަށާއި، އަދި ވިޔަފާރި ކުރާ ތަންތަނަށް ބިލުން %20ގެ ޑިސްކައުންޓް ދިނުމަށް ނިންމާފައިވާ ކަމަށެވެ.

އަދި އޭގެ އިތުރުން، ކަރަންޓް ބިލުން މުޅި ރާއްޖޭގެ ހުރިހާ ގެއަކުން %40 ގެ ޑިސްކައުންޓެއް ދިނުމަށް ނިންމާފައިވާ ކަމަށާއި، އަދި ވިޔަފާރި ކުރާ ތަންތަނަށް ބިލުން %30 ގެ ޑިސްކައުންޓް ދިނުމަށް ނިންމާފައިވާ ރައީސް ވިދާޅުވިއެވެ.

ކަރަންޓާއި ފެން ބިލަށް ލުއިތަކެއް ދޭން ސަރުކާރުން ނިންމިއިރު ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު އިތުރުވާން ފެށުމުން ދެހަފްތާ ދުވަހަށް މާލޭގައި އިތުރު ފިޔަވަޅުތަކެއް އަޅަން މިހާރު ވަނީ ނިންމާފައެވެ. އެނިންމުމުގެ ސަބަބުން ގިނަ ބައެއްގެ އާމްދަނީއަށް އަސަރުކުރާނެ ކަމަށް ބެލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. Anonymous

    ސަރުކާރުގެ ހެޔޮފުޅުކަން ދައްކާގޮތް... ފެން ބިލު ކަރަންޓް ބިލު މާކުރިން ބޮޑުވާނެކަމަށް އިޢްލާނުކޮށް ބިލު ދެގުނަ ބޮޑުކޮށްފަ މި ޑިސްކައުންޓް ދޭ ވާހަކަ މިބުނަނީ މީގެ ކުރި އަހަރުތަކުވެސް އަދި ވޭތުވެދިޔަ މަސްތަކުގައިވެސް އެވްރެޖްކޮށް ބިލުތަކަށް އަރާވަރު ތިޔަ ޑިސްކައުންޓުދިނީމާ މިލިބެނީ.
    ފިހާރަތަކުގައި ސޭލް އަޅުވަންވީމާ ހަދާހެން. އެތައްގުނައެއް އަގު ޖެއްސުމަށްފަހު %40 ނުވަތަ ،%30 ޑިސްކައުންޓްދޭހެން. އެވަރަށް ޑިސްކައުންޓް ދިނުމުން މީގެ ކުރީ މަސްތަކުގައި އެވްރެޖްކޮށް ބިލަށް އަރާވަރު މިއަރަނީ.
    މިސާލަކަށް 1000 ރުފިޔާ އަރާ ބިލަކަށްނަމަ މި ފަހަރުގެ ބިލު 2000 ރުފިޔާއަށް ބޮޑުކޮށްފަ. ރައްޔިތުން ވިސްނާ މިބައިމީހުން މިހަދާ ގޮތާއިމެދު.

    12
    2
  2. އައްޑޫ މީހާ

    މިހާރު ހާލަތު ގޯސް ވުމުން ކަރަންޓް ބިލާއި ފެން ބިލް ޑިސްކައުންޱް ދިނުމުން ކޯވިޑްް ގެ ހާލަތު ރަނގަޅު ނުވާނެ ފިޔަވަޅު އަޅަން ޖެހޭ އިރު ނޭޅުމުން މިފަދަ ފަތްތަރަކަ އަންނަ ޖެހުނީ ސަރުކާރު މިފަހަރު މުޅިން ފޭލު ވެއްޖެއެވެ

    10
    1
  3. ވިސްނާލުމަށް އެދެމޭ

    ކިތައް މަހަށްތަ ކުޑަ ކޮއްދިނީ... މުއިއްޒު ކުޑަ ކޮއްދިނީ ކިތައް މަހަށް ކަން އޮޅުމެނާރާ ސާފު ކޮށް ކިޔާދިން...މިބަލިމަޑު ކަމުން އަރައިގަނެ އާއްމު ހާލަތަށްދަންދެންނޭ...ރއިބޫ ކުޑަ ކޮއްދިން މުއްދަތް ހޯދަން ސްޓެލް ކޯއަށްބާ ގުޅަންވީ...ސަބްސިޑީއަށް ބާރުބޮޑުވެ ޖަނެރޭޓަރުތައް ހުއްޓާނުލައިފިއްޔާ ރަގަޅު...

    8
    1
  4. ސސ

    ކޮވިޑް ރިލީފްގެ ނަމުގައި ލޯން ނަގައިގެން ބޮޑުންގެ ޖީބަށް ބޮޑުބައި ކުޑައެތިކޮޅެއް ރައްޔިތުންނަށް !

    2
    1
  5. ޙހހހ

    ތިކަން އެނގޭ މާކުރިންވެސް ، ކަރަންޓްބިލްތައް މިފަހަރު އެހުރީ ސަލާމަތްނުވާވަރަަށް ބޮޑުކޮށްލާފަ ، -/1000 ރ އަރާބިލްތަކަށް -/2000 ރ އަރުވާލާފަ ، ދެން ސަރުކާރު ހެޔޮކަމުން -/1000 ކަނޑާލީއޭ ބުނީމަ ވަރަށް ރީތި ވާހަކަ

    5
    1
  6. ރަށްވެހި

    މާލޭގެ ކަރަންޓާއި، ފެން ބިލް ކުޑަކުރާއިރު ރަށްރަށް ހިމެނޭތަ! ނޫނީ ރަށްރަށުން ނަގާ ޗާޖް ބޮޑުކޮށްލަނީބާ