ރާއްޖެއިން ކޮވިޑް-19 ކޮންޓްރޯލް ކުރުމުގައި ސަރުކާރު ފެއިލްވެފައި ނުވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެ އެވެ.

ރައީސް ވިދާޅުވީ، ކޮވިޑަށް ތައްޔާރުވަމުން އައީ އަންދާޒާތަކެއްގެ މައްޗަަށް ބަލައިގެން ކަމަށެވެ. އަދި އެއާއި ގުޅިގެން މާލެ އާއި ރާއްޖޭގެ އެކި ފެސިލިޓީތައް ގާއިމް ކުރެއްވިކަމަށް ރައީސް ވިދާޅުވިއެވެ.

"އިރާދަކުރެއްވިއްޔާ އެ ފެސިލިޓީތައް ފުރިގެން އެ ފެސިލިޓީތަކަށް ނުކަތާ ވަރަށް އަދި މައްޗަކަށް ނުދޭ،އެހެން ނަމަވެސް އަޅުގަނޑުމެންނަށް މި ދަތިވަނީ ހިއުމަން ރިސޯސް،މޭންޕަވާގެ ދަތިތަކެއް މި އުޅެނީ". ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ހުޅުމާލެ ފެސިލިޓީގައި 276 އެނދު އެބަ ހުރި ކަމަށެވެ. އަދި އައިސީޔޫ 11 އެނދު އެބަ ހުރި ކަމަށާއި، ވެންޓިލޭޓަރާއެކު 18 އެނދު އެބަ ހުރި ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެތަނުގައި 116 ނަރުހުން މަސައްކަތް ކުރަމުންދާ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެތަނުގައި ކޮންމެ 10 މީހަކަށް ނަރުހެއް ހުންނަ ގޮތަށް ހަމަޖައްސާފައިވާކަމަށް ލަފާ ދީފައިވާ ކަމަށާއި، ކޮންމެ 10 މީހަކަށް އެހީތެރިވާނެ އެޓެންޑެންޓުން ހަމަޖައްސާފައިވާ ކަަމަށް ރައީސް ވިދާޅުވިއެވެ. އަދި އެތަނުގައި ކޮންމެ 20 ބަލި މީހަކަށް ޑޮކްޓަރެއް ބަހައްްޓާފައިވާ ކަމަށް ރައީސް ފާހަަގަކުރެއްވިއެވެ.

އެހެން ނަމަވެސް އެތަނުގައި ދަތިތަކެއް އެބަހުރި ކަމަށާއި، އެ ދަތިތައް ހައްލު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، މިިދިޔަ އަހަރު 1.34 ޑޮލަރުގެ ހިލޭ އެހީ އާއި ލޯނު ލިބުނު ކަމަށެވެ. އެއީ ލޯނުގެ ގޮތުގައި 465 މިލިއަން ޑޮލަރާއި، އެހީގެ ގޮތުގައި ލިބުނު 872 މިލިއަން ޑޮލަރު ކަމަށް ރައީސް ވިދާޅުވިއެވެ.

"އެ ދަތި ހާލުގައި ދައުލަތުގެ ބަޖެޓް، އެ ހަރަދުތައް ބެލެހެއްޓުމަށްޓަކައި ރަނގަޅު މަސައްކަތްތަކެއް ކުރެވިފައި އޮތް ކަމަށް އަޅުގަނޑު ދެކެން، އަޅުގަނޑު ނުދެކެން މިކަމުގައި ސަރުކާރު ފެއިލް ވެފައި އޮތް ކަމެއް". ރައީސް ވިދާޅުވިއެވެ.

ހެލްތް މިނިސްޓަރ އަހްމަދު ނަސީމްވެސް ވަނީ ކޮވިޑާއި ގުޅިގެން ސަރުކާރު ފެއިލްވެފައިނުވާ ކަން ތަކުރާރު ކުރައްވާފައެވެ. އަދި ސަރުކާރުން މަސައްކަތް ކުރަމުން ދަނީ ކޮވިޑް ކޮންޓްރޯލް ކުރުމަށްޓަކައި ކަމަށް ނަސީމް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

22 ކޮމެންޓް

 1. އެމަންޖެ

  ބޮޑުތަނުން ފެއިލް ވެއްޖެ.

  60
 2. ގުރީ

  ކިނބޫ ކީކޭ މިކިޔަނި! ބަލަ ހޮހޮޅައެއްގަ ތިއޮތީ؟ މީމޮޔައިން ކަމައްތަ ތިހީކުރަނީ!!

  42
 3. އަފޭ

  ކޮއިޑް ކޮންޓްރޮލް ނުވިއެއްނޫން ކަލޭމެންގެ އިހުމާލުން ކިތައް ބަޔަކު މަރުވެގެން މިދަނީ . ދައްކާ ވާހަކައާއި އަމަލު ތަކާއި ކީއްވެތަ ދިމާ ނުވަނީ ރާއްޖޭގެ ރަތްޔިތުންގެ ސަލާ މަތާ ރައްކާ ތެރި ކަމައް ވީ ވައުދު ހަދާންކޮއްބަލަ

  50
 4. ގައުމީ

  އަވައްޓެރިން އަޑީގައި އޮވެގެން ހަމަ ރަނގަޅަށްވެސް މިގައުމު ފެނުއަޅުވާލައިފި! މިއީ ދިވެހިން ދިވެހިދިދަ ހިފައިގެން ގައުމު ސަލާމަތްކުރުމަށް ނުކުންނަންވީ ވަގުތު!
  ނޯޓު:"ނުކުންނަންވީ" މާނަކޮށްފައި ވަނީ މިދަނޑިވަޅުގައި މަގުތަކުގައި އެއްވާކައްނޫން، ގޭގައިވެސް އެދެވޭ މަސައްކަތްތަކެއް ކުރުން

  29
 5. ....

  އެސޮރު ކައިރީ ބުނެވަލަ ފެއިލް ނުވާނަމަ ދެން މިވަނީ ކިހިނެއްކަން ކިޔާދޭށޭ...ނަޝީދުގެ ތަހުގީގަށް މީހުންތިބިތޯ އަހާބަލަ...އެކަމަށް ވާން ޖެހޭ ތައްޔާރީތަކާއި އަމިއްލަ ރައްކާތެރިކަމަށް ވާން ޖެހޭ ތައްޔާރީތައް ކުރިޔާލާ ކުރަން އެނގުނު އިރު ރައްޔިތުންގެ ރައްކާތެރިކަމަށް ތައްޔާރު ނުވެވުނީ ކީއްވެތީޯ އަހާލައްޗޭ....ބަލި ގަބޫލުނުކޮށް ކުރިޔަށްދެވޭނެ އެއްވެސް ގޮތެއް ނޯންނާނެކަން ހަނދާންވެސް ކޮށްލަދޭތި...ވަގުތު ނޫސް މީ ވަރަށް ކުޅަދާނަ ބައެއް އެމީހުންނަށް އަޑު އިއްވާލަން...މިކަންކަން އިއްވާލަ ދޭތި ތަފްސީލިކޮށްލާފަ....ދެން މިގައމަށް އެންމެ އިސްކޮށް ގެންނަން ޖެހޭނެ ބަދަލެއްކަމުގައި އަހަރެން ދެކެނީ ސިޔާސީ މީހުންނާއި ވިޔަފާރިވެރިން އެއްކައިރި ކޮށްފަ މިބަލިމަޑުކަމުން ސަލާމަތްވާން މަސައްކަތް ކުރުން....ސިޔާސީ މީހުންވެސް ވިޔަފާރިވެރިންވެސް އަމިއްލަ މަންފާއަށް ބުރަ ޖެހިފަ ތިބޭތީ ހައްލިނުވަނީ...އަދި އެމީހުން ތިބެގެން އެތައްބައެއްގެ ފުރާނަ ދާއިރުވެސް ހައްލަކާ ހަމައަށް ދެވޭގޮތެއް ނުފެންނާނެ ކަން ތާރީހުން އެބަ ހެކިދޭ...ރައްޔިތުންގެ ފުރާނައަށްވުރެ ވިޔަފާރިއެއްވެސް ސިޔާސީ މަންފާއެއްވެސް މުހިންމުވެގެން މިކަމެއް ހައްލެއް ނުވާނެކަން އެނގެން ޖެހޭ ބަޔަކު މިގައުމުގަވެސް ރައްޔިތުންގެ ފައިސާއިން މުސާރަ ދީފަ ކާންދީފަ ނިދަން އެޕާރޓްމަންޓް ދީފަ ތިބޭނެ...އެމީހުން ކުރިޔަށް ނިކުމެ ހަރުދަނާކަން ދައްކަން ލަސްވެސް ވެއްޖެ...އެއީ ސިޔާސީ މީހުންގެ ނުށުތެރޭގައި އޮންނަ ބަޔަކަށް ވާނަމަ ދުވަހަކުވެސް މިގައުމު ގެ ކަންކަން ހައްލެއް ނުވާނެ...ޗަންޕާބޮޑު ވިޔަފާރި ވެރިއަކަށްވީމަ އޭނައަށް މިގައުމުގެ މައިގެ ތެރެއަށް ވަދެ ނިކުމެ ހެދޭހާ ދުވަހަކު އޭނަ ނުފޫޒުން ރައްޔިތުންނަށްވުރެ އޭނަގެ މަސްލަހަތު އިސްކުރެވޭނެ

  19
 6. އައްޑޫ މީހާ

  ހަަހަ ރައްޔިތުން ތިބީ ނިދާފަ އަދި ނުހޭލެވި !މިއީ ބުރާންޗެއް އިސްތިއުފާ

  26
 7. ޚިޔާލު 3

  ވެންޓިލޭޓަރާއެ ކު 18 އެނދު އެބަ ހުރި ކަމަށް ރައީސް ވިދާޅުވިއެވެ. މި ހަމައެ ކަނި ކޮވިޑުގެ ފަރުވާއަށް ކަމަށްވަންޔާ މަދެއްނޫންތޯ ތައްޔާރުވާން ފުރުސަތު ލިބުނު ވަގުތަށް ބަލާއިރު މަދުގެވެން 30 ހަ ކަށް ވެންޓިލޭޓަރ އެނދު އިތުރު ކުރެވެންވާނެ މި ކަމުގެ އެންމެ ޚާއްސަފަރުވާއެއް ދެވޭނީ ވެންޓިލޭޓަރުން ކަމަށް ގައުމުތަ ކުން ގޮވަމުން ނޫންތޯ ދިއައިި.

  25
 8. ސުލޯލިހް

  އެއްވެސް ގާބިލްކަމެއް ނެތް ރައީސްއެއް. މަގާމައްވެސް އާދެވުނީ ހަމައެކަނި އެމްޑީޕީގެ ރޯޔަލް ފެމިލީގެ ތެރެއައް ވަދެވިފައި ހުރީމަ. ހެލްތް މިނިސްޓަރަކައް ހުރީވެސް އެމްޑީޕީގެ ރޯޔަލް ޕުރިންސެއް. ދިވެހިންގެ ދުވަސް ދިޔަޔަސް މިދެމީހުންނައް ވާނެ ކަމެއް ނޯންނާނެ.

  19
  1
 9. Anonymous

  ދެންކޯޗެއް ވެގެންނޯ މިހާވަރަށް މީހުން މިނިޔާވޫ.
  އަދިވެސް ދޮގެއް ްްޮްްްޮްްްޮްްްޮްްޮްްްޮްްްޮްްްްްޮްްްޮްްްޮްްްޮްްޮްްްޮްްްޮްްްއޮތިއްޔާ ހެދޭތޯ ބަލާ. ނޫނީ ކޮވިޑްގައި މީހުން މަރުވީ ކުރީ ސަރުކާރޭ ފާޅޯލޭ ކިޔާ. ދިވެހި ރައްޔިތުންނަށް ވ ސާފު. އިސްތިއުފާދީފައި ގެއަށް ކަނޑާލާ. "މެކުނު ފުމުނަކަސް ވާހަކަ އަކަށް ނުފުމުވޭނެ" އޭ ބުނޭނު. ރައީސް ޔާމީން ވެރިން ކުރިއަސް ކޮންމެ ކޮންމެ މީހަކަށް އެކަމެއް ނުވާނެ. އިންޑިޔާގެ އަތްދަށަށް އަޅުވެތި ވެގަނެގެން ކޮންފަދަ ކަމެއްމީ
  މިނިވަން މުސްތަޤިއްލު ޤައުމެއްމީ.

  16
 10. ކިހާ

  ދެމީހުން އަޅާޢިގެން ތބި މާސްކަށް ހެދި ގޮތުން ފެއިލް ނުވާކަން އެނގޭ😌

 11. ބުރަކިރަދުން

  މިކަލޭގެއެކޭ އިންޑިއާގެ ފަގީރެކޭ އެއްވަރު ފަގީރުކޮއި ބުނީ މަމީ މުއްސަންޖެކޭ ދެންމަވީ ގަބޫލުކުރަންތަ

 12. ސާބިތު

  ވަރަށް ބޮޑަށް ފެެއިލް ވެއްޖެ.

 13. އި ބޫ

  ކަލޭމެން ގައިދީއަކު ސަލާމަތް ކުރަން ބުނެ މީހުން ނެރުމުން ކޮވިޑު ބޮޑަށް ފެތުރުނީ

  4
  6
 14. ވާނުވާ.

  ފެއިލްނުވާނަމަ އޮންނާނީ ކޮންޓުރޯލުވެފައިދޯ؟ އެހެން ބަޔަކުނަމަ މިހާރު އިސްތިއުފާ ދީފަ ކަމެއް ކުރެވޭވަރުގެ ބަޔަކާ ހަވާލުކުރިސް

 15. ބައްޔެއްނު!

  ގެއްލުނު ފުރާނަތަކެއް އަަލަކުން ނުލިބޭނެ. އިބޫ ލަދު ކޮބާ؟؟ ކެރަފާ ނަސީމު މުޅި ސިއްހީ ދާއިރާ ވިއްސިިވިހާލިކޮށްފި.

 16. ފަރެސް

  ހަރުބަހެއްގައިބުނޭ އަނގައޮވެއްޖެޔާކާޅެއްނުކާނޭ މިކަހަލަބަހެއްބުނުއްވަނީ އެއީ ފެންނަމަންޒަރުތަކުން ވަރަށްގިނަކަންތައްތަކެއްގައި ފެއިލްވެފައިވާއިރުވެސް މަނިކުފާނުތިހެން ވިދާޅުވެލައްވާތީ މަރާލާފައިވާފަރާތްތައްހޯދުނުތޯ؟ ކޮބާތޯއެކަމަށްކަނޑައެޅިކޮމެޓީ ، ގެއްލުވާލިފަރާތްތައްހޯދިއްޖެތޯ؟ ޖިސްސީފުރައްސާރަކުރުން ( މިނިސްޓަރ ޢަލީވަހީދުގެފުރައްސާރަ.މިނިސްޓަރ އިމްރާނު ހިލޭއަންހެނެއްގެ އުރަމަތީހިފާ ޖިންސީފުރައްސާރަކުރުން ) ހުއްޓުނުތޯ، ވައްކަމާ، ކަރަޕްޝަންހުއްޓުނުތޯ ވެރިކަމަށް
  ވަޑައިގަތުމުގެކުރިންވެލައްވާފައިވާ ވަޢުދުތައްފުއްދުނުތޯ ޢަދުލުއިންސާފުގާއިމްކޮށް އިސްލާމްދީން
  ހިމާޔަތްކުރުމަށް ކުރެއްވި މަސައްކަތެއްވޭތޯ؟ ( އެމް.ޑީ.ޢޭގެ ރިޕޯޓަށް ފިޔަވަޅުއަޅުއްވާ ގައުމަށް
  ކުރިއެރުމާ ތަރައްޤީ ކުޑަދުވަސްކޮޅެއްގެތެރޭގައި ގެނެސްދެއްވި ގައުމުގެ އެތަށްރަށްޔިތުންގެލޯބިލިލެއްވި އަދި އެރަށްޔިުތންގެ ދުލުން މިއަދާހަމައަށްވެސް މިނިވަންކުރެއްވުމަށްގޮވާލައްވާ ހީއަކަށް ނުވަތަޝައްކަކަށް ނޫނީ ޒާތީހަސަދައެއްފިލުވާލުމަށް
  ޖަލުހުކުމެއްކަނޑައަޅާ އެހުކުމްތަންފީޒުކުރަމުންގެންދަވާބޭފުޅާ މިނިވަންކުރެއްވުނުތޯ ގާޒީއަކު ހިފާހައްޔަރުކޮށް އެކަހެރިކުރިގަވާޢިދާޚިލާފްފާޅުކަންބޮޑުކުށުގަ ކުއްސާބިތުވެ 13 އަަހރުގެ ޖަލުހުކުމެއްއައިފަރާތެއް އެހުކުމުގެ އެންމެދުވަހެއްވެސް ތަންފީޒުނުކޮށް ނުފޫޒުގަދަ އަދި އެއްޕާޓީއަކަށް ނިސްބަތްވާ (ބޮޑުވަޒީރުކަމުގަ ޚިޔާލުތަފާތު) މިނިވަންކުރެއްވުންނުވޭތޯ ފެއިލްވުން
  ޒާތުގެކަމަކަށް ކޮވިޑްގެނުރައްކާދުވަހެއްދުވަހަކަށްބޮޑުވެ ބަލިޖެހޭފަރާތްތައްގިނަވެ، ބަލީގައި
  މަރުވާފަރާތްތައްވެސްގިނަވެ މިކަންކަމަށް ހައްލެއްނައިސް އަދި ހައްލުކުރެވޭނެގޮތެއްނުހޯދޭނަމަ
  އެއީ ފެއިލްވުމެއްކަމަށްބެލެވޭނެ

 17. ކިޔުންތެރިއެއް

  ރައްޔިތުންނަށް ދެއްތޯ އެނގޭނީ ފެއިލްވެއްޖެކަން. ރައްޔިތުންގެ ރުފިޔާއިން މުސާރަނަގައިގެން އަދި މުޅި ދައުލަތުގެ ޙަޒާނާ ވަގައް ބަނޑުއަޅާލަމުންގެންދާ މީހަކު ދައުރު ހަމަވަންދެން ތިހެން ބުނާނެކަން ޝައްކެއް ނުއުފެދޭ. ދައުރު ހަމަކޮށްފަ ފިލައިގެން ރައްކާވާނެ.

 18. މިލިޓަރީ

  ރާއްޖެ އަޅުވެތި ކޮއްފަވެސް ބުނާނެ އަޅުވެއްޗެ ނުވޭ

 19. Anonymous

  100 ޕަސެންޓް ފައިލް. އިސްތިއުފާދީފަ ގޭގަ މޮޕުލާން އޮވޭ

 20. ހަވާސާ އިބޫ

  އަސްލު ބޮޑުތަނުން ފެއިލުވެއްޖެ ތިބޭފުޅުންގެ މައިސަރުކާރު އިންޑިޔާ ބީޖޭޕީވެސް ފެއިލްވެއްޖެ

 21. އައްނި ރާއްޖެ

  ރޭގެ ޕްރެސްއިން ފާހަގަ ކުރެވެނީ، ރައިސް އަށް އެންމެ ކުޑަމިނުށް ޕްރެސްއަށްވެސް ތައްޔާރު ނުވެވުނުކަން،، ނުވަތަ ހަމަ ތަނެއް ދޮރެއްނޭގޭކަން، ނަސީމްގެ ކަމަކޮށް އޮތީ ރައީސްއަށް ސަނާކިއުން އަދި ރައީސްބުނި ވާހަކަ ރިޕީޓްކުރުން

 22. އަހަންމަދު

  ރައްޔިތުން ހައްޔަރުން ވީއްލައުދެެއްވާ!