ރާއްޖޭގައި ކޮވިޑް-19 އަށް ފަރުވާދިނުމުގައި ކެޕޭސިޓީ ހުރިކަމުގައިވިޔަސް، ޑޮކްޓަރުންނާއި، ނަރުހުން ނެތް ކަމަށާއި، އެެހެންކަމުން ރާއްޖޭގައި ކޮވިޑް ބަލީގައި ނިޔާވާ މީހުންގެ އަދަދުތައް އިތުރުވެގެން ހިނގައިދާނެ ކަމަށް ޑރ.ނަޒްލާ މުސްތަފާ ވިދާޅުވެއްޖެ އެވެ.

ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ.ނަޒްލާ ވިދާޅުވީ، މިހާރު ފެނިގެން މި ދަނީ ފާއިތުވި 14 މަސް ދުވަހުގެ ތެރޭގައި ދުވަހަކުވެސް ނުފެންނަހާ މަތީ އަދަދުތަކުން މީހުން ކޮވިޑަށް ފަައްސިވާ މަންޒަރު ކަމަށެވެ. އަދި ހާއްސަކޮށް އޭޕްރިލް މަހުގެ ފަހުކޮޅުން ފެށިގެން ފައްސިވާ އަދަދުތައް ވަރަށް ބޮޑަށް މަތިވެފައިވާ ކަމަށް ޑރ.ނަޒްލާ ވިދާޅުވިއެވެ.

ޑރ.ނަޒްލާ ވިދާޅުވީ، ހުޅުމާލެ ފެެސިލިޓީގައި ތިބި ބަލި މީހުންނާއި އަޅާބަލާއިރު، ނަރުހުން މަދު ކަމަށެވެ. އެހެންކަމުން ދަތިތަކާއި ކުރިމަތިވަމުންދާ ކަަމަށް ޑރ.ނަޒްލާ ވިދާޅުވިއެވެ. ޑރ.ނަޒްލާ ފާހަގަކުރެއްވިގޮތުގައި، ހުޅުމާލެ ފެސިލިޓީގައި ހުރީ ޖުމްލަ އައިސީޔޫ 11 އެނދެވެ. އޭގެ ތެރެއިން މިވަގުތު ހަ އެނދެއް ބޭނުން ކުރަމުންދާއިރު، ފަސް އެނދު ހުހަށް ހުރިކަން ފާހަގަކުރެއްވިއެވެ.

"ބެޑް ހުއްޓަސް އަޅުގަނޑުމެންނަށް އެންމެ ދަތިކަމަކަށް ދިމާވަނީ ނަރުހުން މަދުކަމުން، އެއާއެކު ޑޮކްޓަރުންވެސް މަދުކަމުން، މިގޮތަށް ދަނީނަމަ އަޅުގަނޑުމެންގެ ޑެތްރޭޓް މިއަށްވުރެ މަތިވުމުގެ ފުރުސަތު ހައިވާނެ، ތި ވިދާޅުވިހެން އަޅާނުލެވި ހިނގައިދާނެ." ޑރ.ނަޒްލާ ވިދާޅުވިއެވެ.

ޑރ.ނަޒްލާ ވިދާޅުވީ ރާއްޖެ އިން ކޮވިޑް ޖެހިގެން ނިޔާވާ މީހުންގެ އަދަދު އިތުރުވެފައި ވީނަމަވެސް ކޮވިޑް ޖެހިގެން ނިޔާވާ މީހުންގެ އަދަދު އިންސައްތައަށް ބަލާއިރު އަދި ގިނައެއް ނުވެއެވެ.

އެ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވީ، ފެސިލިޓީވެސް އެބަހުރި ކަމަށާއި، އޮކްސިޖަން އާއި ވެންޓިލޭޓަރުވެސް އެބަ ހުރި ކަމަށެވެ. އެހެން ނަމަވެސް ދިމާވެފައި ވަނީ އިންސާނީ ވަސީލަތުގެ ދަތިކަން ކަމަށް ރައީސް ފާހަގަކުރެއްވިއެވެ. މިހާރު ނަރުސްކަމުގެ ދާއިރާއިން ތައުލީމް ޙާސިލް ކުރަމުންދާ ދަރިވަރިންވެސް ފެސިލިޓީއަށް ނުކުތުމަށް ތައްޔާރުވަމުންދާ ކަަމަށް ރައީސް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

19 ކޮމެންޓް

  1. ޞާރި

    ޖަރުމަނުން ނަރުހުން ގެންނަން ވީ ނުން... ނަސީދު އެކަނި އެއްނުން ހުރީ މިގައުމު

    37
    • ބޭބެ

      ރޭ ނަސީމް ބުނީ މިރާއްޖޭގައި ތިބީ 80% މިސްރު ނަރުހުންނޯ!! އެއްގައުމެއްގެ ބަޔަކު އެހާގިނައިން ތިބީމާ އެހެން މައްސަލަތައް ނިކުންނާނެޔޯ!! ތިމަންނަ އެކަން ބަދަލުކުރާނަމޯ!! އެހެންވެގެންނޯ އިންޑިޔާ ކުންފުންޏެއްގައި ބުނެގެން އެގައުމުން 100 ނަރުހުންނާ 30 ޑޮކްޓަރުން ގެންނަން މަސައްކަތްކުރަމުން މިގެންދަނީ!! އެއީ ތިމަންނާ ކުރާކަމަކޯ އެކަން ކުރާނަމޯ!! މިމީހުންނަށް ހުށަހަަޅާފައިވާ މުސާރައާއި އިނާޔަތްތަކަކީ ވަރަށްބޮޑު އަަދަދެއް! ހަމަ ހައިރާންވެ އައްތަރީސް އެބަވޭ މިގައުމު އެއްގައުމެއްގެ އުނގަށް ވެއްޓި އެމީހުން ހިތްނޭދޭގޮތަށް އެއްކަމެއްކުރާތަންވެސް ނުފެންނާތީ!! މިފެންޑަމިކް އާއި ގުޅިގެންވެސް އިންޑިޔާ އާއި ބަންގާލުގެ އެހީއަށް އެދުނީ!!! އިންޑިޔާ ނުރުހިގެން ޗައިނާގެ އެހީއަކަށް އެދެން ނުކެެރުނު!! އަވަށްޓެރި ލަންކާއިންވެސް ދާދިފަހުންވަނީ ޗައިނާގެ އެހީތެރިކަން ކޮވިޑް ކޮންޓްރޯކް ކުރުމުގައި ހޯދަން ފަށާފަ!! އަޅެ މިއީ މިނިވަން މުސްތަގިއްލު ގައުމެއްބާ؟ ދިވެހިން ވިސްނަނީ ނޭފަތު ކުރިއާ ހަމަޔަށް!! ވަރަށް ދެރަ!!

      26
  2. ޖުލައި

    ޕްރެސް ކޮންފަރެންސް ދޭން ނުތިބެ އެތަނުގެ މަސައްކަތް ކުރަން ދާންވީ ނޫން ތޯ ކަމަނާ މެން ވެސް. ދިވެހި ޑޮކްޓަރުންގެ ކަމަކީ ޕްރެސްކޮންފަރެންސް ދިނުންތަ

    32
  3. އއސ

    މޮޅު އެއްޗެކޭ ބުނެފަ ބޯދަމައިގަތީދޯ . މާ މޮޅު ގޮތެއް ތީ

    22
  4. ދޮގުނަޒްލާ

    އަހަރެންގެ ބޭބެ އޮތީ ހުޅުމާލެ ފެސިލިޓީ އައިސީޔޫގައި. ޢެތަނުގައި އެނދުތައް ފުރިފަ. ޢަސީޔޫއަށް ލާންޖެހޭ މީހުން އެނދު ހުސްނުވެގެން ނުލެވިފައި. މިނޫން ދުވަހެއް އަންނާނެ ނަޒްލާއަށް ވެސް. އަބަދަކު އެމްޑީޕީގަ ބައްޕަހުރީމަ ބާރުގައި ނުހުރެވޭނެ. ހަޤީޤަތަކީ ދޮޅުއަހަރުވީއިރު ސިއްހީ ދާއިރާއަށް ލިބުނު ކުރިއެރުމެއް ނެތް. ބްރިޖާއި ދަރުމަވަަންތަ ނެތްނަމަ ހުޅުމާލެ ފެރީތަކުގައި މިއަދު ގަބުރު އުފުލަންތިބީހީ. ޔާމީނު ލާރިގަންޑު ދިރުވާލައިގެންވެސް ކުރިއެރުން ގެނެސްދިން.

    46
    • ނިމާލ

      މީ މަ ބުނާ ވާހަކަ. ޔާމީނު ކެޔަސް އޭނަ މި ގައުމަށް ފައިދާ ކޮއްދިނޭ! 100 ގެ ވާހަކައެއް. މަށަކީ އެއްވެސް ސިޔާސީ ޕާޓީ އަކަށް ތާއީދު ކުރާ މީހެއް ނޫން. އެކަމު މިވަރު އެނގޭ.

      15
    • ހަސަން

      ބަރާބަރު ވާހަކައެއް. ހަޤީޤަތުގައި ޔާމީނެއް ނޫން ކެއި. އަންނި ވެއްދި ފަނި ފައިސާކެއީ. ޔާމީނަށް ކުރެވުނު ގޯހަކީ އެއީ ނުބައި ފަންޏެއްކަން ވިސްނު\ައިނުގަނެވުނީ. ޔާމީން ކޮށްފަހުރި ކަންތަކުން މިއަދު ފަސޭހަ ހޯދައިގެން މިވެރިން މިތިބީ. އެމްއާރުއައި މެޝިންގަނޑެއްހާ މިނުން ވެސް ކުރިއަކުންނެތޭ. ހިތުގެ އޮޕަރޭޝަނެއް ކުރިއަކުން ނުވޭ. ޔާމީނު ކެއަސް ވަރިހަމަތާ. ރައްޔަތުންގެ ލާބަޔަށް އެހެރީކޮށްދީފައިހުރި ބޮޑެތި ތަރައްޤި. މިމީހުންނަށް އަދިވެސް ރިބަންކެނޑެނީ ޔާމީން ފަށާފައިހުރި މަސައްކަތް. އެންމެ އެއާޕޯޓެއް 3 އަހަރުތެރޭ އެޅުނީ . އެއީ ފެންބޮޑުވާއިރު ލޯންޗުވެސް ދުއްވޭ ތަނެއް.

  5. Anonymous

    ކަލޭމެން ޒިންމާ ނަގަން ޖެހޭނެ. ރައްޔިތުން ކުރިކަމަކުންނެއް ނޫން މިހެން މިވީ ކަލޭމެނާ ނާގާބިލް ސަރުކާރުން ކުރިކަންކަމުން މިހެން މިވީ. ދެން ނާޅުވާ ރައްޔިތުންގެ ބޮލުގަ.

    27
    1
  6. މ

    ކިހާ ވަގުތެއް ލިބުނު ތިކަން ކުރަން؟ހަމަ ޓަސް ލާފަ ރާޅެއް ބިންދާލީކީ ނޫން ދޯ.

    31
  7. ށަރކާރުފެއިލް

    ދެނޯ. ތިވެސް ރައްޔިތުންގެ މައްސަލަ؟
    ލަދު ހަޔާތްވެސް ނެތީ ތަންތަނަށް އަރާ ވާހަކަ ދައްކަން

    24
    • ރެފްރީ

      ހޯހޯ ތިހެންނުބުނޭ !!
      އެކަ މަނާއަށްވެސް ބުނެވޭނީވަކިވަރަކަށްދޯ ؟؟ ވެރިންގެލެވެނުން އަޅާލުންނުލިބު މާއި ވެރިންގެފަރުވާކުޑަކަ މުންކަން މިހެން މިވީ އެއޮތީ އަ މިއްލައަށްއިއުތިރާފުވެފަ.
      އެކަ މަނާ މެންގެޓީ މުން
      ކިތަން މެވަރަކަށްވެސް ބުނެދީފި ކިޔާދީފި އަދި ވިސްނާވެސްދީފި!!

      6
      1
  8. އުސްމާނުބެ

    ތިބޭ ފުޅުންނައް ވަރައް ބޮޑައް ޝުކުރުވެރިވަން ، އަދި މާހާލަތައް ގައުމު ވައްޓާލަން ދޫކޮއްލި މީހުން ޒިންމާ ކުރެވެން ޖެހޭނެ...

  9. ކިޔުންތެރިއެއް

    ތިބޭފުޅުން ނޫންތޯ މި ޙާލަތައް ރާއްޖެ ވައްޓާލީ ސަރުކާރު ރުއްސަން. އަވަހަށް ރައްޔިތުން ބޮލަށް ކަނޑާލާފައި ރެކިގަނޭ.

    10
  10. ރުއްކުރި

    ތި ހުޅުމާލެ ފެސިލިޓީގައި އެއްގޮތަކަވެސް ބަލިމީހުންނާއި އަލާނުލާ އުމުރުން ދުވަސްވާ މީހުން މަރުވާން ދޫކޮށްލަނި ހުސް އިންޑިޔާ ނަރުހުން ތިބެނީ އިންޑިޔާ ސްޓައިލަށް އެތަނުގައި މަސައްކަތް ކުރަނީ ރާއްޖޭގައި އެވަތިބި އެހެން ފެސިލިޓީވެސް މިހާ ގިނައިިން މީހުން މަރުވާ ތަނެހުރޭތޯ އާދައިގެ ރަށްރަށް ވެސްއެބަތިބި ހަމަ އެޗް ޕީ އެޭގެ ފަރުވާ ކުޑައީ

    10
  11. ރާކަނި

    ލަދެއްވެސް ނުގަނޭ. މީހުންނެތީއެއްނޫން. މީހުންމެނޭޖްކުރަން ނޭނގެނީއޭ ނުބުނިނީ ކިއްވެ. އަބަދު މީޓިންތައް ބާއްވުން ކަމަކީ. ވާކަމެްްޙަރާން. ޓާސްކުފޯހުން ކޮމިޓީއިން ސަރުކާރު ހިންގުން. މިހާއަގަލުކުޑަ މިނިސްޓަރަކާ ސްޓޭޓް މިނިސްޓަރުންނެއް ދުވަހަކުވެސް ހެލްތަށް ނާދޭ.

    10
  12. ދިވެހިން

    ސަރުކާރު ފެއިލް، އިސްތިއުފާދީ

  13. ހަސަން

    ޑޮކްޓަރުން ވެސް ގެންނަންވީ އިންޑިޔާއިން. ވެކްސިންވެސް އިންދިޔާއިން. އަހަންނަކަށް ނޭގޭ މިމީހުން މުސްލިމުންގެ ލޭ ބޯ ޝައިޠާނެއްގެ ފަްހަތުގައި އެލިގެން މިއުޅެނީ ކޮން ކަމެއްކަމެއް.ހާލުގައި ޖެހިފައި ތިބި ބަޔަކަށް ކޮން އެހީއެއް ވެވޭނީ. ނާ އަމިއްލަ ގައުމު މީހުން މަރާފައިވެސް މިތާ ބިންކޮޅާށް ފެންބޮވައިގެން ހުރި ބީތާއެއް ވިއްޔާ އިންޑިޔާގައި ހުރީ. ބަލަ އިންޑިޔާ ބަނގާޅަށް މިއަދަކު ނުވެވޭނެ މާބޮޑު އެހީއެއް. އެމީހުން އެތިބީ އަހަރުމެން އެމީހުންނަށް ދޭންޖެހޭ ހާލަތުގައި. ކީއްވެތަ ޗައިނާގެ އެހީއަށް ނޭދިގެން އުޅެނީ. ނުކެރޭނެ ޝައިޠާނު ރުޅިއަތުވެދާނެ. ޗައިނާ އޮތީ އއުފަލުން އެހީދޭން ތައްޔާރަށް. ރައީސް ޔާމީންގެ އެހީވެސް ނުހޯދާ ޔާމީނު ބަނދެގެން އުޅެނީ އެޝައިޔާނުގެ ބަހަށް. އެހެން ނޫންނަމަ ކއްވެ މި ވައްކަމުގެ މައި ދެތަނބު ގޭގައި ބައިތިއްބައިގހެން މޮނޮޕޮލީ ކުޅުވަމުންދަނީ. މިއޮތީވާ ސަރުކާރެއް. އެކަމު ހެވިފައި ބުނީ ފެއިލް ނުވެޯ. ދެން އަނެއްކަމަޚި ވަގުތު މީހުންނަށް ވެސސް ނުކުރޭ މީހަކ ުއެއްޗެއް ލިޔުނަސް ޖަހާކަށް. މިއަކު ނެތް ސަރުކާރު ވައްޓާލާކަށް ނުވަތަ ނުބައި ޖަރީމާއަށް ހިންގާކަށް ހިތްވަރުދިފައެއް.

  14. ާދަލޭކް

    ހުރިހާ ކުދިން ނޭ ހިނގާ މަސައްކަތު ދުވަހާއި ދިދަދުވަސް ބާއަވާފަން ފަންޑް ހޯދަން

  15. އިކުލީލް

    ދުނިޔޭގެ އެންމެ މުއްސަންދި ޤައުމު އޮތީ އެހީ ދޭން ތައްޔާރަށް، ނަމަވެސް ގެރީގެ ބާރު ގަދައީތާދޯ، ދަށުވެފައި މިއޮތީ!