ކޮވިޑް-19 އާއި ގުޅިގެން އެންމެ ނުރައްކާތެރި ހާލަތަށް ތައްޔާރުވުމުގެ ގޮތުން ރާއްޖެއަށް ހޯދަން ހަވާލުކުރި ވެންޓިލޭޓަރުތައް ނުލިބުނު މައްސަލައިގައި އެ ފައިސާ ހޯދަން ސަރުކާރުން ފެށީ މަސައްކަތުގައި އެއްވެސް ކުރިއެރުމެއް ލިބިފައި ނުވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ރޭ ކުރިޔަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވެންޓިލޭޓަރުތަކާއި ގުޅިގެން ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުން ރައީސް ސޯލިހް ވިދާޅުވީ އެ ފައިސާ ހޯދަން އާބިޓްރޭޝަނަށް ދާން ނިންމާފައިވާ ކަމަށެވެ. ވެންޓިލޭޓަރުތަކަށް ދިވެހި ސަރުކާރުން ފައިސާ ދެއްކި ނަމަވެސް އެ ވެންޓިލޭޓަރުތައް ނުލިބުނު މައްސަލައިގައި އެޓާނީ ޖެނެރަލް (އޭޖީ) އިބްރާހިމް ރިފްއަތު ލަފާދެއްވަނީ އިންޓަނޭޝަނަލް އާބިޓްރޭޝަނަށް ހުށަހަޅައިގެން ކުރިއަށް ގެންދިއުމަށެވެ.

ހެލްތު މިނިސްޓްރީން މީގެކުރިން ވަނީ 75 ވެންޓިލޭޓަރު ގެނައުމަށް ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިން ކުންފުންޏަކާ ހަވާލުކޮށްފައެވެ. ވެންޓިލޭޓަރުތައް ގެންނަން އެ ކުންފުންނާ ހަވާލު ކުރި ނަމަވެސް މިހާތަނަށް ލިބުނީ އެންމެ 15 ވެންޓިލޭޓަރެވެ. އޭގެތެރެއިން 10 ވެންޓިލޭޓަރު ވެސް ހުރީ ބޭނުން ނުކުރެވޭ ހާލަތުގައެވެ. ވެންޓިލޭޓަރު ގެންނަން ދުބާއީގެ ކުންފުންޏަށް ވަނީ އެޑްވާންސްގެ ގޮތުގައި 30.91 މިލިއަން ރުފިޔާ ހެލްތު މިނިސްޓްރީން ދީފައެވެ.

ރާއްޖެ އަށް ބޭނުންވާ ވެންޓިލޭޓަރުތައް ގެނައުމުގައި ކޮރަޕްޝަންގެ އަމަލުތައް ހިންގި ކަމަށް ބުނެ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕްރޮސެކިއުޓަ ޖެނެރަލް (ޕީޖީ) އަށް ފޮނުވާފައިވާ މައްސަލައިގައި ޕީޖީން ނިންމީ ދައުވާ ނުކުރުމަށެވެ. މިއީ ކޮވިޑް-19 އާ ގުޅިގެން ވެންޓިލޭޓަރުތައް ގެނައުމުގައި ކޮރަޕްޝަންގެ އަމަލުތައް ހިންގި ކަމަށް ބުނާ މައްސަލައިގައި ދައުވާ ނުކުރައްވަން ޕީޖީއިން ނިންމެވި ދެ ވަނަ ފަހަރެވެ. އެހެންނަމަވެސް ޕީޖީން ވަނީ އަނެއްކާ ވެސް އެ ނިންމުން މުރާޖައާ ކުރާނެ ކަމަށް ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

 1. ޓިނު ދޮންބެ

  ތިކަން ކުރިއަށް ނުދަނީ ސަރުކާރުގެ ބޮޑުން މެކިފައިތީމަ ވެންޓިލޭޓަރއާ

  6
  1
 2. ާައަހުމަދު

  ތިކަން ކުރި ބަޔަކު ޒިންމާވާން ނުޖެހެނީތޯ؟

  8
  1
 3. މަބޭ

  ކޮންކަމެއްތޯ ކުރިޔައްދަނީ މިހާރުގެ ސްޕީޑް ކަންޒުކަހަބައްވުރެވެސް ލަސް

 4. ރައްޔިތުމީހާ

  އައްސަރިބަހާ ސާބަސް ރައީސް ސޯލިހޫ

  4
  1
 5. ދިވެހިން

  ހުދުބޯ ގެއަށްދޭ