22:02

އިތުރު 1299 މީހުން ކޮވިޑަށް ފައްސިވެއްޖެ.

21:34

ނައިބު ރައީސް ފައިސަލް ނަސީމް ކޮވިޑަށް ފައްސިވެއްޖެ.

20:19

ކޮވިޑް-19 ޖެހިގެން މިއަދު ތިން ވަަނަ މީހަކު ނިޔާވެއްޖެ

18:18

ހުޅުމާލެ ކޮވިޑް ފެސިލިޓީގައި ފަރުވާދެމުން ދިޔަ މީހަކަަށް އަނިޔާ ކުރާ ވީޑިއޯއެއް އާއްމުވެއްޖެ

16:36

ކޮވިޑް-19 ޖެހިގެން މިއަދު ދެވަނަ މީހަކު ނިޔާވެއްެޖެ

16:14

ކަރެކްޝަނަލް ސާވިސްގެ ބެލުމުގެ ދަށުގައި ތިބި 55% ގައިދީން، ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް ފުރިހަމަކޮށްފި

15:18

ކޮވިޑް-19 އަށް ފައްސިވުމާއި ގުޅިގެން އެކަހެރިކުރާ މީހުންނަށް އެކަހެރިވުމަށް އަންގާ ލިޔުމުގެ އިތުރުން، އެކަހިރުވުމުގެ މުއްދަތު ހަމަވުމުން މިހާރު ދޫކުރަމުންދާ ރިލީޒް ޑޮކިއުމަންޓް ދޫ ނުކުރާގޮތަށް ހަމަޖައްސައިފި

13:15

ދިއްދޫގެ ކާފިއު ހަތް ގަޑިއިރަށް.

11:49

މި ހާލަތުގައި މުއްސަނދި ވިޔަފާރިވެރިންގެ އެހީ ސަރުކާރަށް ލިބެން ޖެހޭ: ޖާބިރު

11:18

ކޮވިޑް ޖެހިގެން އައްޑޫން އިތުރު މީހަކު ނިޔާވެއްޖެ.

10:35

ކޮވިޝީލްޑް ވެކްސިން ލިބޭނޭ ދުވަހެއް ނޭނގޭތީ ރަޝިޔާގެ ވެކްސިން ރާއްޖެ ގެންނަނީ.

10:30

ވެންޓިލޭޓަރު މައްސަލާގައި ހޯދުނު ކުރިއެރުމެއް ނެތް!

09:43

ކޮވިޑްގައި ރާއްޖެ އިން ނިޔާވާ މީހުން ނިސްބަތުން ގިނައެއް ނޫން - މިނިސްޓަރ ނަސީމް

09:22

ދެން ފެންނާނީ ކޮވިޑަށް ވުރެ ނުރައްކާ، މާގިނަ މީހުން މަރުވާ ބައްޔަކަށް ވެދާނެ - ޑަބްލިއުއެޗްއޯ

08:43

ރައީސް ސޯލިހާއި، މިނިސްޓަރ ނަސީމް އެޗްޕީއޭގެ ގައިޑްލައިނަށް އަމަލެއް ނުކުރި!

08:12

ޑޮކްޓަރުންނާއި ނަރުހުންނެއް ނެތް، އަޅާނުލެވި ނިޔާވާ މީހުންގެ އަދަދުތައް އިތުރުވެދާނެ.

ކޮވިޑް-19 މާލެ އިން ފެނުމުން މާލެ ފުރަބަންދުކޮށް، އެންމެ ގޭގައި ބަންދުވިތާ ގާތްގަނޑަކަށް ދޮޅު އަހަރު ފަހުން އަނެއްކާވެސް މިއަދު މިއޮތީ އެހާލަތު އަނބުރާ ކުރިމަތިވެފައެވެ. ސަރުކާރުން ދިން ލުއިތަކުގެ ސަބަބުން ކޮވިޑް ފެތުރުން ކޮންޓްރޯލުން ނައްޓާލުމުން މާދަމާ އަނެއްކާވެސް މާލެ "ފުރަބަންދު ވާނެއެވެ."

މިއީ ފުރަބަންދެއް ނޫން ކަމަށް ސަރުކާރުން ބުނި ނަމަވެސް ހުއްދަ ނެތި މަގުތަކަށް ނިކުތުން މަނާ ވާނެއެވެ. އެހެންކަމުން މިއީ މީގެ ދޮޅު އަހަރު ކުރިން މާލެ ފުރަބަންދުކޮށް އެޅި ފިޔަވަޅުތަކެވެ.

އަންގާރަ ދުވަހަކީ މިމަހުގެ 16 ވަނަ ދުވަހަށް ފަހު އެންމެ މަދު އަދަދެއްގެ މީހުން ކޮވިޑަށް ފައްސިވި ދުވަހެވެ. ނަމަވެސް މިއަދު ކޮވިޑަށް ކުރި ޓެސްޓްގެ އަދަދު ވެސް އާދަޔާއި ހިލާފަށް މަދުވުމުން ހާލަތު ރަނގަޅު ވަމުން އަންނަނީ ކަމަށް އަދި ބުނެވޭކަށް ނެތެވެ. މިއަދަކީ މިމަހުގެ 19 ވަނަ ދުވަހަށް ފަހު އެންމެ މަދުއަދަދެއްގެ މީހުން ކޮވިޑަށް ޓެސްޓް ކުރި ދުވަހެވެ.

ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް އެޅި ހަރުކަށި ފިޔަވަޅުތަކުގެ ސަބަބުން އެތައް ބައެއްގެ އާމްދަނީއަށް އަސަރުކޮށް އަނެއްކާވެސް އިތުރު ބައެއްގެ ވަޒީފާ ގެއްލިދާނެ ކަމުގެ ބިރު ވަނީ ހީވެފައެވެ.

ކޮވިޑް-19 އާއި ގުޅޭ އިތުރު ޚަބަރުތައް "ވަގުތު" ބްލޮގް އިން ފެންނާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޑިޑީ

    ޙި މަބިހި ކޮންޓްރޯލް ކުރަން ކިހާ ހިސާބަކަށް ދާންޖެހޭބައި

  2. ނަސީ

    މިހާލަތުގައި މުއްސަންޖެއް ނެތް ހުސް ފަގީރުން، މުއްސަދިންނަކީ ހަމަކުރީގެ ފަގީރުންކަން ފާހަކަކުރެވޭ