މާސްކް އެޅުމުގައި އަމަލު ކުރަން ހެލްތު ޕްރޮޓެކްޝަން އެޖެންސީ އިން އާއްމުކޮށްފައި އޮތް ގައިޑްލައިނާއި ހިލާފަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި، ހެލްތު މިނިސްޓަރ އަހްމަދު ނަސީމް ރޭ ތަކުރާރުކޮށް އަމަލުތައް ބަހައްޓަވައިފިއެވެ.

އެޗްޕީއޭ އިން ވަނީ މާސްކް އެޅުން ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ވެސް މަޖުބޫރުކޮށް މިދިޔަ އަހަރުގެ ޖޫން 01 ވަނަ ދުވަހު ގައިޑްލައިނެއް ނެރެފައެވެ. އަމިއްލަ ގޭގައި ތިބޭ ވަގުތު ފިޔަވައި އެހެން ހުރިހާ ވަގުތެއްގައި ވެސް މާސްކް އެޅުމަކީ މިހާރު މަޖުބޫރު ކަމެކެވެ. އަދި ޑޮކްޓަރުން އިލްތިމާސް ކުރައްވަނީ ގޭގައި ހައިރިސްކް މީހުން ދިރިއުޅޭނަމަ އާއްމުކޮށް ގެއިން ބޭރަށް ނިކުންނަން ޖެހޭ މީހުން ގޭގައި ވެސް މާސްކް އަޅައިގެން ތިބުމަށެވެ.

ރައީސް އޮފީހުގައި ރޭ އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ސޯލިހާއި، މިނިސްޓަރ ނަސީމް ވަނީ ތަކުރާރުކޮށް މާސްކް ނަންގަވާ، މާސްކް އަޅުއްވާ، އަދި މާސްކްގައި އަތްލައިގެން މާސްކާއި ކުޅެ ހައްދަވާފައެވެ. އަދި މިނިސްޓަރ ނަސީމް ބައެއް ފަހަރު ދަތްދޮޅީގައި މާސްކް އަޅުވައިގެން އިންނަވާ ވާހަކަދެއްކެވި މަންޒަރު ވެސް ފެނުނެވެ. މިއީ އެޗްޕީއޭގެ ގައިޑްލައިން ބުނާ ގޮތުން މަނާ ކަމެކެވެ.

އެޗްޕީއޭގެ ގައިޑްލައިން ބުނާ ގޮތުގައި އެހެން މީހުންނާއެކު މަސައްކަތްކުރާ މާހައުލުގައި އަބަދުވެސް ތިބެން ޖެހޭނީ މާސްކް އަޅައިގެންނެވެ. ރޭ ރައީސް ސޯލިހާއި މިނިސްޓަރ ނަސީމް ގައިޑްލައިންގެ އެމާއްދާ އާއި ހިލާފުވެފައެވެ.

ގައިޑްލައިން ބުނާ ގޮތުގައި މާސްކްއެޅުމުގެ ކުރިން ސައިބޯނިލައިގެން ރަނގަޅަށް އަތް ދޮންނަންވާނެއެވެ. އަތްދޮވެވެން ނެތްނަމަ އަލްކޮހޯލް އެކުލެވޭ ހޭންޑް ސެނިޓައިޒަރއެއް ބޭނުންކޮށްގެން އަތް ރަނގަޅަށް ސާފުކުރަންވާނެއެވެ. މާސްކްއަޅައިގެން ހުންނައިރު އޭގައި އަތްލައި އުޅުމުން ދުރުހެލިވާންވާނެ ކަމަށާއި އަތްލަން ޖެހިއްޖެ ހާލަތެއްގައި ނަމަ ރަނގަޅަށް އަތް ދޮންނަންވާނެ ކަމަށް ވެސް އެޗްޕީއޭގެ ގައިޑްލައިން ބުނެއެވެ. މާސްކް ބާލާނީ މާސްކްގެ ވާކޮޅު ނުވަތަ އަޅުވާފައިވާ އިލާސްޓިކްކޮޅުގައި ހިފައި ނައްޓާލައިގެންން ކަމަށާއި އަދި މާސްކްގެ ބޭރުފަށަލައިގައި އަތްލުމުން ދުރުހެލިވާން ވާނެ ކަމަށް ގައިޑްލައިން ބުނެއެވެ.

ރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އާއި މިނިސްޓަރ ނަސީމްގެ އަރިހުގައި ބައިވެރިވެ ވަޑައިގެންނެވި ޑރ.ނަޒްލާ މުސްތަފާ އެއްފަހަރު ވެސް މާސްކް ނަންގަވާ ނުވަތަ މާސްކް އެޅުމުގެ ގައިޑްލައިނާއި ހިލާފުވި މަންޒަރެއް ނުފެނެއެވެ. އޭނާ އިންނެވީ ވާހަކަ ދެއްކެވި އިރުވެސް މާސްކް އަޅުއްވައިގެންނެވެ.

ރައީސް ސޯލިހާއި، މިނިސްޓަރ ނަސީމް އެޗްޕީއޭގެ ގައިޑްލައިނަށް އަމަލެއް ނުކުރި ނަމަވެސް އެއިން އެއްވެސް ބޭފުޅަކަށް ފިޔަވަޅެއް އަޅާނެ ކަމަކަށް ނުބެލެވެއެވެ. ރައީސް ސޯލިހް މީގެ ކުރިން ވެސް ވަނީ މާސްކް އެޅުމުގައި އެޗްޕީއޭގެ ގައިޑްލައިނާއި އެތައް ފަހަރަކު ހިލާފުވެފައެވެ. ނަމަވެސް އެމަނިކުފާނަށް ފިޔަވަޅެއް ނާޅައެވެ.

ކިޔުންތެރިންގެ ހިޔާލު

23 ކޮމެންޓް

 1. ކާފަ

  މީ ދެގަމާރުން.

  95
  7
  • ބޭބެ

   ރޭގައި ނިއުސް ކޮންފަރެންސްއިން އިތުރަށް މިކަން ހާމަވެގެންދިޔަ!! ތަނެއްދޮރެއް ނޭނގެ!! މިވަރުގެ މީހަކު/ބަޔަކު މިރާއްޖޭގެ ވެރިކަމަށް އަދި މިނިސްޓަރަކަށް އަދި އައިތަން ނުދެކެން!!

   65
   2
  • UH

   tell me something I dont know

  • ބަލާ ވެރިކަމެއް

   ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯގެ ޗީފް ޓެޑްރޯސް އާއި އެތަނުގެ ވެރިންނަށްވުރެވެސް މިމީހުން އުޅެނީ މާމަތީގައި.

   17
 2. ޚާރު

  ކަންޑު ކޮހުން ކަންމާ ހަވާލު ވީމަ ވާނީ ތިހެން...

  97
  4
 3. ކޮއްޕަން

  ގާނޫނު އަބަދުވެސް ހެދިފައި ހުންނަނީ އިދިކޮޅު މީހުންނަށް ލޮޓިދޭން.
  އެއީ އެމީހުންނަކީ އަބަދުވެސް ޖެއްސުން ކުރާބައެއް ގޮތުގައި ފާހަގަވަނީ.
  މޑޕ ވެސް އިދިކޮޅުގައި އޮތް އިރު ހަމަ ރާއްޖެ ބޯއިކޮޓްވެސް ކުރަން ގޮވީ.
  ވީމާ ވެރިކަމުގައި ތިބޭމީހުން ރޭޕް ކުރިޔަސް، ގެވެށި އަނިޔާ ކުރިއަސް އޯކޭ ވާނޭހެން މިހާރު ހީވަނީ.
  ޑރ.ވަހީދު ޖޫރިމަނާ ކޮށްފި، އިބޫ އަށް ފިޔަވަޅު އަޅަން ކެރޭނެ ؟

  70
  2
 4. ނުހާ

  ލިޔާނެ އެއްޗެއް ނެތިއްޔާ ނުލިޔެތިބެބަލަ.

  24
  93
 5. ނީ

  ކިތައްފޫޓް ދުރުގަތޯ ދެބޭފުޅު ތިއްބެވީ. ހެޑްލައިނެއްވެސް ހަދަންނޭންގޭ މީހުން ދޭބަލަގޮނޑުހޮވަން. ދެންއައިސް ފެންވަރާތި.

  56
  31
  • ގަމާރު

   ނަޒްލާ ވެސް އިނީ 3 ފޫޓް ދުރުގަ އެކަ މަކު އެން މެފަހަރަކުވެސް މާސްކް ނުނަގާ..ވެރިޔަކަސް ގެރިޔަކަސް ގައިޑްލައިނުގަ ވާނީ ހަ މަހަ މަ..

   19
  • ރަބަރޭ

   މާސްއަޅަން އޮތް އުސޫލުގާއިނެތް ވަކި ދުރުމިނެއްގާއި ތިބޭއިރު އޭ މާސްކް އަޅަންޖެހޭނީ

   7
   2
 6. އާދަންބެ

  އިލެކްޝަންސްގެ ސަބަބުން ބަލި ފެތުރޭ ލެއް ހަލުވި ވެދާނެ. އެކަމު ދުވަސްވީ މީހުނަށް ބަލިޖެހުން ބޮޑަށް ގުޅެނީ ވެކްސިން ކިއުތަކާ. މީހުން ގިނައިން ނިޔާވަނީ ހުޅުމާލެ ފެސިލިޓީ. އެތަން ބޮއްސުންލާފަ ބިރުވެރި ތަނެއްގޮތުގަ ދުވަސްވީ މީހުނަށް ސިފަ ވަނީ. ގޭގަ ފަރުވާކުރެވޭނަމަ މަރުތައް މަދުކުރެވޭނެ ކަމަށް ބެލެވެނީ.

  45
 7. ......

  ވެރިންގެ ފަރުދީ ޒިންމާ އެއް ނޯންނަނީކަމަށްތިވާނީ

  36
  1
 8. މަރޭ

  ރައީސްގެ ވާހަކަ ވަރަށް ރަނގަޅު.ކިޔާއެޗެއް ނުބައިގޮތުގަ ވިސްނީމަ ވާނީ ގޯސް އެޗަކަށް.އެކަމަކު ވަރަށް ރަނަގޅު ވާހަކަ ދެއްކީ. ކަންކަން ގޯސް ވިކަން ރައީސް އަށް އެގުން އެއީ މުހިމު ކަމަކީ އޭރުން އެކަންކަން ރަނގަޅު ކުރެވެނީ.ރައްޔަތުންނަށް ކަންކަން ރަގަލު ކޮށް ދިނުމަށްވެސް ވާހަކަ ދެއްކި ކަންހަދާން ކުރަން ޖެހޭ. އޭގެން ތިމާއަށް ގަބޫލު ނުކުރެވޭ ކަންކަން ނެގުން އެއީ ރަނގަޅު ކަމެއް ނުން އަދި އެއީ ހަގީގަތެއް ވެސް ނުން.

  16
  34
  • ކަލޭފާނު

   ކަލޭމެން ބޭނުންވީ ކޮންމެކަމެއް ރަގަޅު
   އެހެން މީހަކު ކޮއްފިނަ ގޅ ، ވގ ވގ މިނޫން ބަހެއް ނިކުމޭތަ

   11
   1
 9. ރަށްވެހި

  މި ދަނޑިވަޅުގައިވެސް ބަލަންވާނީ ރަށްޔަތުން ލޭ ކައްކާލެވޭތޯ! ދެން މީ ކިހާ ދެރަކަމެއް. ގައުމު ވެއްޓިފައިވާ މި އަނދަވަޅުން އަރާގަތުމަށް އެންމެން މަސައްކަތް ކުރަންޖެހޭ. ހަސަދަ އާއި ފިތުނައިން ދުރުވަންޖެހޭ. ފަރުދީ ޒިންމާ އާއި، ސަރުކާރުގެ ޒިންމާވެސް އަދާކުރަންޖެހޭ. ނޫސްވެރިން ވެސް މަސައްކަތްކުރަން ވާނީ އަމާނާތްތެރިކަމާއި އެކު. ރައްޔަތުން ކައްކާލުމަށްޓަކައި އުނދުނަށް ދަރުއަޅާ ރޯކްލުމެއް ނޫން. މިފަދަ ޚަބަރުތަކަކީ ބަލައިގަނެވޭނޭ ޚަބަރުތަކެއް ކަމުގައި އަޅުގަނޑު ނުދެކެނެ.

  5
  9
 10. ޜަކޯ

  ޢަބަދު އޮޅުވާލުމާ މަކަރު ހަދަން ނުތިބެވޭނެ.. އެއްޗެއް ނޭގޭބަޔަކު ހަވާލުވީމަ ހިންގަން ނޭގެނީ.. ތިޔައީ 10 މީހުން ހަޥާލުކުރިޔަސް ހިންގޭނެ ޟީހުނެއްނޫން... އެހެންވެ ރޯންފަށަނީ.. މިހާރު އިގޭ ރައްޔިތުން އިތުބާރު ގެއްލިއްޖެކަން ދެން ނުކެރޭނެ ރޯކަށެއް.. ކަރަންޓް ބިލްވެސް ހެދީ ބޮޑުބިލް ހަދާފަ އަވަހައް ފޮނުވީ ދުވަސް ހަމަނުކޮށް މަކަރު ދަނޭ ތާ. 2023 ގަ ހަދިޔާ ދޭނަން..

  11
 11. ކިޔުންތެރިއެއް

  ނިކަމެތި ރައްޔިތު މީހާ ޖޫރިމަނާކުރަން އުޅެބަލަ އަވަހަށް. މީ ރައްޔިތުން ބޭނުންވި ހެޔޮ ވެރިކަމެއްނު. ލޮލް

  10
 12. ަސދަސދ

  އައްޑޫ ކޮންސިއުލޭޓް ހެދުމާއި ބެހޭ ގޮތުން ވަގުތު ނޫހުން ވޯޓެއް ނަގައި ދިނުން އެދެން.
  އަހަރުމެން މިތިބީ އިންޑިއާ މިތަނުން ބޭރު ނުކުރެވިފައި. ވީމާ އެމީހުން އައުމުގެ ކުރިން މިފަދަ ވޯޓެއް ނެގުން މުހިއްމު. ސަބަބަކީ އެމީހުން މިތަނަށް އައްނައިރުވެސް އެމީހުން އަނބުރައި ދާންޖެހޭނެކަން އަދި ރައްޔިތުން އެމީހުން ފޮނުވާލާނެކަން އެންގުން.ަ

  10
 13. އަލީ ބުނީ

  ނޫސް ވެރިން ނައްވެސް އެވަގުތު ތިސުވާލު ކުރާކައް ނުކެރުނު ވިއްޔަ. ވީމާ މިކަމުން ހާމަވީ ނޫސް ވެރިންގެ ފިޑިކަން. މާކެރޭބަޔަކައްވެ. ދެން ތިހިން ކިޔުމުގެ ބޭނުމެއް ނެތް.

  6
  4
 14. ގޮތެއްފޮތެއް

  ނޫސްވެރިކަމުގަވެސް ކޮމެންޓް ކުރުމުގަވެސް އަހުލާޤީ މިންގަނޑު ހިފެހެއްޓުން ވަރަށް މުހިންމު، އެހެންނޫނީ އެކަންކުރާ ބައެއްގެ އަގުވެއްޓޭނީ ކިތަންމެވަރަކަށް ތެޅުނަސް.

  4
  3
 15. ސައްތާރު

  ފާތު މަ ހުޅު މާލޭގައި އެޅި މިސްކިތާބެހޭ އާޓިކަލް އެއް ލިޔަލަދީބަލާ..

  1
  7
 16. ަލިބެޭމިހާ

  ރޭގެ ޕްރެސްއިން ފާހަގަ ކުރެވެނީ، ރައިސް އަށް އެންމެ ކުޑަމިނުށް ޕްރެސްއަށްވެސް ތައްޔާރު ނުވެވުނުކަން،، ނުވަތަ ހަމަ ތަނެއް ދޮރެއްނޭގޭކަން، ނަސީމްގެ ކަމަކޮށް އޮތީ ރައީސްއަށް ސަނާކިއުން އަދި ރައީސްބުނި ވާހަކަ ރިޕީޓްކުރުން

  10
 17. ބަސްބު

  ހާދަ އަގައޮޅޭ މީހެކޭދޯ! ދޮގުހަދާތީ ދޯ؟ ރާއްޖެ ނުހެންގޭކަން އިގޭތީ ރާޑިވަނީ ދޯ؟