އިންޑިއާ އިން ބޭނުންވާ ހުރިހާ ކަމެއް ރާއްޖޭގައި ކުރަނީ، ރާއްޖޭގެ ސިޔާސީ ލީޑަރުންގެ ދޫތައް ބަންދުކުރުމަށް ފަހު ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

އުމަރު މިހެން ވިދާޅުވެފައިމިވަނީ އައްޑޫ ސިޓީގައި އިންޑިއާގެ ކޮންސިއުލޭޓް އޮފީހެއް ގާއިމްކުރަން އެ ގައުމުން ނިންމި ނިންމުމަށް އިޝާރާތްކުރައްވައެވެ. ފޭސްބުކްގައި ލިޔުއްވި ޕޯސްޓެއްގައި އުމަރު ވިދާޅުވީ، އިންޑިއާގެ ނިންމުމާމެދު ހައިރާން ނުވާކަމަށެވެ.

އިންޑިޔާ އިން ރާއްޖޭގެ އެތެރެއަށް ވަންނަމުންދާ ދިއުމީ ދިވެހިންގެ މިނިވަން ކަމަށް އޮތް ނުރައްކަލެއް ކަމަށް ގަބޫލު ކުރަން ދަތިވެފައި ތިބި މަދު ބަޔަކަށް އިންޑިއާ ކުރަހާ ބޮޑު މަންޒަރު، އެކަމުގެ ސަބަބުން އިތުރަށް ސާފުވެގެން ދާނެކަން ޔަގީންވާނެ ކަމަށް އުމަރު ވިދާޅުވިއެވެ.

"އެމީހުންގެ ކޮންސިއުލޭޓް އޮފީސްތަކާ، ރާއްޖޭގެ އެތައް ސަރަހައްދަކަށް މި ފަތުރާލަނީ އަޅުގަނޑުމެންގެ ސިޔާސީ ލީޑަރުން ގެ ދޫތައް ބަންދު ކުރުމަށް ފަހު" އުމަރު ވިދާޅުވިއެވެ.

އުމަރު ވިދާޅުވީ، ކޮރަޕްޓް ވެރިންތަކެއްގެ އަތްދަށުގައި ގައުމެއް ތާށި ވެއްޖެނަމަ ކޮންމެފަދަ ނިކަމެތި ކަމެއްވެސް ތަހައްމަލު ކުރަން ޖެހިދާނެ ކަމަށެވެ.

އައްޑޫގައި ގާއިމްކުރާ އިންޑިއާގެ ކޮންސިއުލޭޓްއާ ގުޅޭ ގޮތުން އުމަރު ފާޑުވިދާޅުވެފައިވާއިރު، އިއްޔެ ރައީސް އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެކަމާއި ގުޅޭ ގޮތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ، އެކަމުގައި ސަރުކާރުން އަދި ވަކިގޮތެއް ނިންމާފައިނުވާ ކަމަށެވެ.

ރާއްޖޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަންގެ ޑެޕިއުޓީ ހައިކޮމިޝަނަރު ރޯހިތް ރަތީޝް "ވަގުތު" އަށް ވިދާޅުވީ، ކޮންސިއުލޭޓްގެ ސަބަބުން ރާއްޖޭގެ ދެކުނާއި އިންޑިއާއާ ދެމެދު އިގްތިސާދީ ގުޅުން ވަރުގަދަވެގެންދާނެ ކަމަށެވެ.

ކޮންސިއުލޭޓް ގާއިމްކުރާ ވަކި ތަނެއް ކަނޑައަޅާނީ ދެގައުމު ދެމެދު އެއްބަސްވުމަކަށް ދެވުމުން ކަމަށް ރޯހިތް ވިދާޅުވިއެވެ. ކޮންސިއުލޭޓްއާ އެކު ދެ ގައުމުގެ ދެމެދުގެ ގުޅުން މިހާރަށްވުރެ ހަރުދަނާވެގެންދާނެކަން އޭނާ ފާހަގަކުރެއްވިއެވެ.

މި ސަރުކާރު ވެރިކަމަށް އައި ފަހުން އެންމެ ބޮޑު ގުޅުމެއް ބާއްވަމުން އަންނަނީ އިންޑިއާއާއެކުގައެވެ. އެގޮތުން އިންޑިއާ އިން މިހާތަނަށް ބޮޑެތި އެހީތެރިކަމެއް ވެދީފައިވާ އިރު، ބިޔަ މަޝްރޫއުތަކެއް ހިންގުމަށް ދަނީ ތައްޔާރުވަމުންނެވެ.

އިންޑިއާގެ އެހީގައި މިހާރު ވެސް ގިނަ މަޝްރޫއުތަކެއް ކުރިއަށް އެބަދެއެވެ.

ކިޔުންތެރިންގެ ހިޔާލު

26 ކޮމެންޓް

  1. ޝޮކްތެރަޕީ

    މިކަމުގެ ސަބަބުން ރާއްޖޭގެ ހަމަޖެހުން ގެއްލި ކަޅުފައިސާ ތަކެއް ދިވެހިންގެ އަމްމައްޗަ އަރާ ޤައުމުގެ މިނިވަންކަން ގެއްލިދާނެ. ދާހިލީ ކޯޅުންގަޑެއް އުފެދޭނެ

    66
    1
  2. ނާސިރު ބުނިބަސް އެހިންތަ؟

    މީވަރައް ސީރިޔަސް މަސްސަލޭ ރައްޖެ މިދަނީ ރަނގަޅަކައްނުން ދިވެހިންނޭ

    67
    1
    • ތާރީޚުން ފިލާވަޅު ލިބިގަނޭ!

      މިއީ ބޮލެއް ނެތް ސަރުކާރެއް..

  3. ޢަހޮމަދު

    ޢުމަރާ ކަލޭ ޔާމީނޭ ކިޔައިގެންވެސް ވަރަށްގިނަ ވާހަކަދެއްކީމު. އެކަމަކު ފަހުންބުނީކީކޭ. ޙުދު ވަލޭކިޔައިގެން ހުދުގަ މީހެއްލިޔަސް ތީމިހާރު މީހެއްނޫން. ޢެކަމަކު އައްޑޫގަ ކޮންސިއުލޭޓް ހެދު މަށް މަށެއްވެސް ތާއީދެއްނުކުރަން.

    34
    9
  4. މިލިޓަރީ

    ޤަނޫނުތައް ހަދަން ދިވެހިންގެ ދޫބަންދުކުރަން ރެޑީވަނީ ފަހަރަކު ކަމެއް

    49
    • Happy 123

      ޢުރައްޕެއް ނެތް ސިޔާސީ މީހެއް🤭

      1
      5
  5. އަލްޖިބްރާ

    ކަލެއަށް އޮތް ކަމަކީ އެންމެންގެ މެދުގައި ފިތުނަ ފަސާދަ އުފެއްދުމާއި ދޭތެރެ ޖެއްސުން ! ކަލޭވެސް ތީ މިރާއްޖެ ހަލާކުގެ ތެރެއަށް ގެންދަން މަސައްކަތް ކުރާ ވަރަށް ނުބައި ރޭވުން ރާވާ މީހެއް !

    5
    59
  6. ޒަބީބު

    މީ އެއްވެސް ހާލެއްގައި ދިވެހިންނަށް ހެޔޮއެދިގެން ދިވެހިންނަށް ފަސޭހަކޮށްދޭން ކުރާ ކަމެއް ނޫން. މީ ބޭރުގެ ނުފޫޒުގަދަ ޤައުމުތަކެއްގެ ދުރުރާސްތާ ޕްލޭނެއްގެ ދަށުން ދިވެހިރާއްޖެ "އިންޑިފައިނަބްލް އިސްތިއުމާރެއްގެ" ދަށުގައި ބޭއްވުމަށް ރޭވިގެން ހިންގާ ވަރަށް ހީލަތްތެރި ކަމެއް. ހަޤީޤަތުގައި މިކުރާ ކަމަކީ ވެރިކަމަށް ބޫތުކައިފައި ހުރި މީހެއްގެ ބޮލަށް އެރިގެން އައްޑޫ އިންޑިއާގެ ބާރުގެ ދަށަށް ގެންގޮސް ޕޮލިސް ޓްރެއިނިންގް ފެސިލިޓީއެއްގެ ނަމުގައި އައްޑޫ ގައި ހަދަމުންދާ އަސްކަރީ މަރުކަޒާއިއެކު އައްޑޫ އެއާރޕޯޓްވެސް ހިމެނޭގޮތަށް ސަރަހައްދު ކަނޑައަޅައި ރާއްޖޭގެ ދެކުނުގައި އިސްތިއުމާރީ ބާރެއް ޤާއިމުކުރުން. މިކަން ފެށީ ހެލިކޮޕްޓަރު އޮޕަރޭޓް ކުރަން ފެށި ހިސާބުން. އެކަމުގެ އެގްރީމެންޓް އައުކޮށްނުދީ ވިސާ އައުކޮށް ނުދިނީމަވެސް އިންޑިއާ ސިފައިން ނުފައިބައި ތިބީ މިސަބަބާއިހުރެ. މިހާރު އެއުޅެނީ އެމީހުންގެ ޕްރެސެންސް ވަރުގަދަކުރަން. މީ އެމެރިކާ އަޑީގައި އޮވެގެން އެމީހުންގެ އެދުމަށް އަރަބި ކަރައިގެ 2 ޤައުމެއް މެދުވެރިކޮށްގެން ހިންގާ ހީލަތްތެރި އޭޖެންޑާއެއްގެ ދަށުން ކުރާ ކަމެއް. މިކަމުގައި އެމީހުންނަށް މަދަދުވެރި ވެދެނީ ޤައުމާއި ރައްޔިތުން އަޅުވެތި ކޮށްފައި ނަމަވެސް ގެއްލުނު ވެރިކަން ހޯދަން ކެއްމަދު ވެފައި ހުރި މީހަކާއި އޭނާގެ އައުވާނުން.

    އައްޑޫ ރައްޔިތުންނަށް ވިސާ ލިބުން ފަސޭހަ ވާނޭ، ކޮންސުލޭޓްގެ ސަބަބުން ރާއްޖޭގެ ދެކުނާއި އިންޑިއާއާ ދެމެދު އިގްތިސާދީ ގުޅުން ވަރުގަދަވެގެންދާނެ ކިޔަނީ ނިވާފަތްގަނޑަކަށް. މީގެ ކުރިންވެސް ދެކުނު އޮތް. އެބުނާ އިގްތިސޯދު އެއިރު ކޮބާ؟ އަދި ދެކުނުގަ ތިޔަބުނާ އިގްތިސޯދެއް އެބައޮތްތަ؟ އެއުޅެނީ އިގްތިސޯދީ ގުޅުން ވަރުގަދަ ކުރާކަށެއްވެސް ނޫން އަދި ފަސޭހައިން ވިސާ ދޭކަށެއް ވެސް ނޫން. މިއީ ވަރުގަދަ އިސްތިއުމާރެއްގެ ބިންގާ އެޅުން. ވިސާ ތާށި ވެސް ކުރާނެ. ކުރިޔަށް އޮތް އިންތިޚާބުގެ ނަތީޖާ ނުކުންނަ ގޮތަކުން ދިވެހިރާއްޖޭގައ 2 ސަރުކާރު އިއުލާނު ކުރުމަކީ ވެސް ދުރު ކަމެއް ނޫން. އެހެން ނަމަވެސް އައްޑޫ ރައްޔިތުން ވިސާ ހޯދުމުގެ ނަމުގައި ތިބެން ޖެހޭނީ އިންޑިއާ ކޮންސުލޭޓް އޮފީސް ކައިރީގައި އުޑަފައިން އިށީނދެ ކިއު ހަދައިގެން. އައްޑޫގައި އައްޑޫ ރައްޔިތުން ބައިތިއްބާނީ 2 ވަނަ ދަރަޖައިގެ ރައްޔިތުންގެ ގޮތުގައި. ތާރީޚަށްޓަކައި ވެސް މިކޮމެންޓް ޖަހާލަދޭތި!

    62
    1
    • ކަންނެލި ދޯނި

      އެމީހާ އެއީ އެއްކަލަ އިންޑިއާ އެޖެންޓު އުތަ؟ މިރާއްޖޭގެ ސިޔާދަތު ވިއްކކާލައި ރިޝްވަތުގެ ގޮތުގައި ޖީއެމްއާރުން 250 މިލިޔަންޑޮލަރ އިގިރޭސި ވިލާތުގެ އެޗްއެސްބީ ބެންކަށް ޖަމާކޮށްދެވިފައިވާ އެއްކަލަ އެޖެންޓު އުތަ؟

  7. ތުއްޓެ

    އަށް ބުނެލަން އޮތީ ބަލަ އުމަރުގެފާނާއި އަބޫބަކުރުގެފާނު ވެސް ކިރިތި ރަސޫލާގެ ރިސާލަތާއި އިސްލާމްދީނާއި މެދު އެކި ޒާތްޒާތުގެ ވާހަކަ ދެއްކެވި. އެކަމަކު އާޚިރުގައި އެބެއިކަލުންވެގެން ދިޔައީ ކީރިތީ މާތް ނަބިއްޔާ އާއި އިސްލާމް ދީނާއި އިސްލާމީ ދައުލަތަށް ނަސްރު ލިބުމުގެ އެނެމެ ވަރުގަދަ ޝަޚްސިއްޔަތުންނަށް. ބަލަ މީހަކު އިރެއްގައި ބުނި ބަހެއްގައި އަޅައިގަނެގެން އެބަހުގައި ހިފައިގެން މީހަކު ދައްކާ ހުރިހާ ރަންގަޅުވާހަކަ އެއް ނަފީކުރަމުން ދިއުމަކީ ތިމާމެންގެ ކުރިމަގު ބަނަވެ އަނދިރި ވެދާނެ ކަމެއް ނޫންބާ.

    ހަމަ އެދުވަހު އުމަރު ބުނި ބަހަކީ މުޅި އުމުރަށް އުމަރު ދައްކާ ހުރިހާ ވާހަކައެއް ބާތިލަކަށް ވާންޖެހޭ ބަހެއްތަ؟

    10
    4
  8. ބު ހު ތާނު ދޮގު

    މި ސޮރަ ކީ ދޮގާއި މަ ކަރާއި ހީލަތާއި ފިތުނަ ފަސާދަ ހުރެގެން ސިފައިން ގެ އިން ކަނޑާލީ ބޭ ކަލެއް@ ސިޔާސީ ޕާޓީ އެއް ހެދި ނުލިބުނު ކުރިއެރުމެއް@ އަދި ވެސް ދޮގު ހެދުމުގައި އެ ކެއް

    2
    17
  9. އަލީ

    މާލެ ފިޔަވައި ރާއްޖޭގެ އެހެން އެއްވެސް ރަށެއްގައި އެހެންގައުމެއްގެ ދިދަ ނެގިގެން ނުވާނެ. ތިހެދެނީ ވަރަށް ބޮޑު ނުބައެއް.

    20
    1
  10. ޥަގުން

    މިތާގަ ލީޑަރުން ތިބި ކަމަ ކަށް މަ ނުދެނެހުރިން

    15
    1
  11. ނާދިރާ

    ކުރީ ސަރުކާރު ބަދަލުކުރަން ނެގި ރިޝްވަތުން ގައުމު ވިކިފަ އޮތީ

    17
    2
  12. އަޒޫނީ

    ގައުމުގެ މިނިވަންކަން ފަމައިގެންފި. އެއީ ފައިދަށުގައި އޮންނަ ކާޕޭޓު ދަމައިގަތް ބީދާއިން ދިވެހިން ހައްލާފަ ބަހައްޓާފަ ކަރަޕްޓު އަދި ގައުމީވަންތަކަމެއް ނެތް ޖާހިލު ވެރިންތަކެއްގެ ސަރުކާރެއް ގެނުވާފަ އިންޑިޔާއިން ކުޅެލިގޭމެއްގެ ތެރެއިންނެވެ. ވަރައްވެސް ހިތާމަ ހުރި. އެކަމަކު ދިވެހި ރާއްޖެ ދެން މިނިވަންގައުމެއްގެ ގޮތުގައި ނޯންނާނެކަން ކަށަވަރުކޮއްގެން ތިބޭށެވެ. އަދި ތިމާމެންގެ އާއިލާއާއި އަނބިދަރީންގެ ރައްކަލައް އެހެން ގައުމުތަކައް ހިޖުރަކުރަން ނުވަތަ އެހެންގޮތައްހޯދަން ދިވެހިން ތައްޔާރުވެތިބޭށެވެ.

    15
  13. އަހްމަދު

    މިއޮތީ އެއްކަލް ޕޮލިސްއެޑަމީ އައްޑޫގައެހާވަރުގަދަކޮށް އިމާރާތްކުރާސަބަބު ފެންމަތިވެފަ ކޮބާނިޒާރުކީކޭބާ މިކަމާބެހޭގޮތުންބުނާނީ

    18
  14. ނޫރު

    އުމަރުގެ ހޯމް މިނިސްޓަރ ކަމުގައި އަށްޑޫ ގައި ސެންޓަރ އަޅަން ބިންދިނީ އުމަރު. އެއީ ވަރަށްގޯސް ނިންމުމެއް. އަށްޑޫޫމީހުން ބޭނުންވަނީ މިލިޓަރީ މަރުކަޒެއްނޫން. ޓުއަރިޒަމް ކުރިއަރުވަން އެެގެ ތެރެއިން ވަޒީފާ. އެއީ ހީވާގި މުރާލި ރައްޔިތުން ތަކެއް. އެއްގޮތަކަށްވެސް ކޮމިއުނިޓީއާއި މަޝްވަރާނުކޮށް އުމަރު ނިންމީ ފަނާކުރަނިވި ޤައުމުގެ ސިކިއުރިޓީ އަށް ނުރައްކާތެރި ސެންސްލެސް ނިންމުމެއް.

    1
    9
  15. ބެރު

    އުމަރު ވާހަކަ ނުދައްކާ ރައްޔިތުންޓަކައި ދެންވެސް ކުރެވެން އޮތްކަމެއް ކޮއްބަލާ ކޮން މޮޅުވާހަކަ ތިޔަ ދައްކަވަނީ ލީޑަރުންގެ ދޫބަންދުވިގޮތް ރައްޔިތުންނަށް ހާމަކޮއްބަލާ އެއިރުން
    އެގޭނީ ތިޔަ ހަދަނީ ތެދުކަން މިސަރުކާރުގެ ވެރިންގެ ސޯޓް ބަލާފާއި ވެރިޔަކަށް ވާން އުޅެބަލާ
    އެއިރުން ތާއީދު އޮންނާނެ

    7
    4
  16. ނާސިރު ބުނިބަސް އެހިންތަ؟

    އުތުރު ތިލަފަޅުގެ އެގްރިމަންޓުގަ އޮވޭ ރައްޖޭގެ ކޮމްމެތަނަކައް އަސްކަރީ ބާރު ބޭނުންކުރަން ޖެހިއްޖިއްޔާ ރައްޖޭގެ ހުއްދަ ހޯދާކައް ނުޖެހޭނެކަން. އެމްޑީޕީ ސަރުކާރު ދިވެހިންނަ ގައްދާރު ވެއްޖެ

    16
  17. ޑޮލަރުބޮނޑި

    ޤައުމަކައް ލިބުނު ކުރިއެރުމެއް ނެތޭ. އަޅުވެތިކަން ފިޔަވާ.

    19
  18. އާދަމުގެދަރި

    ބަރާބަރު ސަތޭކައިގެ ތެދު ވާހަކައެއް.

    19
  19. ....

    ޕަލަސްތީން މައްސަލައިގަ ނިކުތް ގޮތަށްވުރެ ހަރުކަށިކޮށް އެބަޖެހޭ ނިކުންނަށް...މިކަން ހުއްޓުވުން އެއީ ކޮންމެ މީހެއްގެ ފަރޔދީ ޒިންމާ އެއް...ސިފައިންގެ ވެރިންވެސް ތިބީ ދަށުވެފަކަމަށް ބުނަންް ޖެހެނީ ހިތާމައާއި އެކު....ވަގުތެެް ނެތްކަން ދަނެ އަވަސްކުރަން އެބަޖެހޭ...އިންޑިޔާ މުޅިން ބޭރު ކުރަން އެބަޖެހޭ....ސިޔާސީ މީހުންނާއި ވިޔަފާރިވެރިންގެ ހައްގުގައި ގައުމުގެ އިސްލިގްލާލެއް ވިއްްކައެއް ނުލެވޭނެ....

  20. ދިވެހިން

    އިންޑިއާބޭރުކުރޭ

    10
  21. ާަތެދު

    ޢަހަރެން އުމަރުގެ ވާހަގަބޫލްކުރަން

    8
    1
  22. ގެރި މޯދީގެ އެލެކްސް!

    އަސްލު އުމަރު އެބުނަނީ، ޔާމީނުގެ ވެރިކަން ބަދދަލު ކުރަން އިންޑިޔާއާއި އެމެރިކާގެ ޖާސޫސުން ބޭނުންކޮށްގެން އިލެކްޝަން ހައިޖެކް ކުރަން ލީޑަރުންތިބީ އެއިރު އެއްބަސްކުރުވާފަ!

  23. ތާރީޚުން ފިލާވަޅު ލިބިގަނޭ!

    މިއީ ބޮލެއް ނެތް ސަރުކާރެއް..