ކޮވިޑްގައި ރާއްޖެ އިން ނިޔާވާ މީހުންގެ އަދަދު ކޮވިޑަށް ފައްސިވާ މީހުންގެ އަދަދަށް ބަލާއިރު ނިސްބަތުން ގިނަ ނޫންކަމަށް ހެލްތު މިނިސްޓަރ އަހްމަދު ނަސީމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ނަސީމް މިހެން ވިދާޅުވީ ރޭ ރައީސް އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.

މިނިސްޓަރ ނަސީމް ވިދާޅުވީ ކޮވިޑް ޖެހިގެން ރާއްޖެ އިން ނިޔާވާ މީހުންގެ ނިސްބަތް މިހާރު ވެސް ހުރީ ފެބްރުއަރީ މަހު ވެސް ހުރި ރޭޓްގައި ކަމަށެވެ. "އަޅުގަނޑުމެން ބަލާ ބެލުމުގައި ފެބްރުއަރީ މަހުގެ ތެރޭގައި ހުރިވަރަށް ހަމަ ޑެތު ރޭޓް (މަރުވާ ނިސްބަތް) މިހުރީ. ފެބްރުއަރީ މަހު ވެސް %0.25 ގައި. މިފަހަރު މާގިނަ އަދަދަކަށް މީހުންތަކަކަށް ޖެހިފައި އޮތުމުން މިހައި ގިނަ އަދަދެއް ދުނިޔެ ދޫކޮށްފައި ދާން މިދިމާވަނީ. އެކަމަކު ނިސްބަތުން ބަލާއިރު ފެބްރުއަރީ މަހެކޭ މިހާރެކޭ ހަމަ %0.25 މިހުރީ ޑެތު ރޭޓް." މިނިސްޓަރ ނަސީމް ވިދާޅުވިއެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޑޮކްޓަރ ނަޒްލާ މުސްތަފާ ވެސް ވިދާޅުވީ ކޮވިޑަށް ރާއްޖެ އިން މިމަހު ފައްސިވި މީހުންގެ އަދަދު އާދަޔާއި ހިލާފަށް އިތުރުވެގެން ދިޔަ ނަމަވެސް ނިޔާވާ މީހުންގެ އަދަދު އިންސައްތައަށް ބަލާއިރު އިތުރު ވަމުން ނުދާކަމަށެވެ. ކޮވިޑް ޖެހިގެން ރާއްޖޭގައި ނިޔާވާ މީހުންގެ އަދަދު އަދިވެސް ހުރީ %0.1 އާއި %0.3 އާއި ދެމެދުގައި ކަމަށް ޑރ.ނަޒްލާ ވިދާޅުވިއެވެ.

ނަމަވެސް ރާއްޖެއިން ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު އިތުރުވަމުންދާ ގޮތައް ބަލާއިރު އަދަދުތައް މަދުނުކުރެވިއްޖެނަމަ ފަރުވާ ނުދެވިގެން ނިޔާވާ މީހުންގެ އަދަދު އިތުރުވެގެން ހިނގައިދާނެ ކަމަށް ޑރ.ނަޒްލާ ރޭ ވެސް ވިދާޅުވިއެވެ.

މިނިސްޓަރ ނަސީމް ވިދާޅުވީ މިއީ ބަލިމަޑުކަމުން އަރައިގަތުމަށް އެންމެން ގުޅިގެން މަސައްކަތް ކުރަން ޖެހޭ ވަގުތެވެ. ހުރިހާ ފަރާތްތަކަކުން ވެސް ފުރަބަންދުގެ އުސޫލުތަކަށް އަމަލުކުރުމަށް މިނިސްޓަރ ނަސީމް އިލްތިމާސް ކުރެއްވެވިއެވެ.

މެއި މަހަކީ ކޮވިޑްގައި ރާއްޖެ އިން އެންމެ ގިނަ މީހުން ނިޔާވި މަހެވެ. މިހާތަނަށް ކޮވިޑްގައި ރާއްޖެ އިން 143 މީހުން ވަނީ ނިޔާވެފައެވެ. އޭގެތެރެއިން 82 މީހުން ނިޔާވެފައި ވަނީ މިމަހުއެވެ.

ކިޔުންތެރިންގެ ހިޔާލު

24 ކޮމެންޓް

  1. މަލާ

    އަންތަރީސް

    70
  2. .....

    ވަގުތު ގެ ނޫސްވެރިން ދުނިޔެ ހީދާ ބަލާލާއިރު ނުފެނޭތަ ކޮވިޑް ނެތް ތަނެއް...އެތަނުގަ ލޮކްޑައުން އަކަށް ނުގޮސް މާސްކް އެޅުމެއްނެތި ގައިދުރުކުރުމެއްނެތި ކޮވިޑް ނުފެތުރި ހުއްޓުނީ ކީއްވެތޯ ބަލާލާފަ ރިޕޯޓެއް ހަދާލަން ކިހިނެއްވާނެތޯ ހޭލުން ތެރިކަމަށްޓަކައި...ވިސްނާ ބަޔަކަށް އެއޮތީ މިވާ ގޮތް އެނގެންވިއްޔާ ދޯ...

    14
    58
    • ޙަސަނު

      ހޭބލިވީތަ ނިސްބަތް ، ޕަރސަންޓޭޖް ދުނިޔޭގެ ކޮންމެ ތަނެއްގަ ވެސް ބަސްނާހާ މީހުން މާސްކް ނާޅާ މީހުން އުލޭނެ ، މި ސަރުކާރު ބޮޑުތަނުން ފެެއިލްޑް

      35
    • ރައްޔިތުމީހުން

      ތިއަބުނާކަހަލަ ތަނެއް ނެތޭ ކޮއްކޯ... މި ކަމުން އެއްވެސް ލުޔެއް ލިބި ސަލާމަތުން ތިބީ ސަރުކާރުން އިސް ނަގައިގެން ވަގުތުގައި ރަނގަޅު ފިޔަވަޅުއަޅާ.. ބަލަންޖެހޭ ވަރަށް ބަލާ.. ލޮކްޑައުން ކޮށް ބޯޑަރު ތައް ބަންދުކޮށްގެން ސަލާމަތް ވެފައި ތިބި ދެތިން ގައުމެއްގެ..

  3. ޝިއަރާ

    ދުނިޔޭގެ ހަތް ޣަޖާއިބުން އެންއަޖާއިބު ދެންކީކޭބުނާނީ އަންތަރީސްވެއްޖެ

    64
  4. ޢަބުޅޯ

    ޜާއްޖޭގައި ދުވާލަކު 10000 މީހުން ޕޮޒެޓިވެ ދުވާލަކު 100 މީހުން މަރުވާ އިރުވެސް ބުނާނެ ޕަސަންޓް ހަދަލާފަ މަރުވާ މީހުން ގިނައެއްނޫނެ

    68
  5. ހަމްސީ

    ޢެހެންނޫންވާނީ އެބޭފުޅާގެ އާއިލާ މީހަކު ކޮވިޑް ޖެހިގެން އަދި މަރުވެފަ ނެތީ މަ އެހެންބުނެވިދާނެ އެފަދަ އާއިލާތަކަށް ދި މާވެފައިވާ ހިތްދަތިކަން އަދި ދި މާ ނުވޭ އެބޭފުޅާ އަށް.

    62
    2
  6. ކަމަނަ

    ތިޔަ ބޭފުން އެހެން ވީމާތާ މި ނެފެނި ތިޔާ ތިބީ މެޑަމް ފަޒްނާ ފެސިލިޓީއަށްގޮސް ހާލަޔު ކިޔާދިނީމަދޯ އެތާގެ ހާލު މި އެގު ނީ ތިޔާތަނުގައި އެތަނުގެ ހާލު ބެލި މީހަކު އެ ބަ ހުރިތަ އަޅުގަޑުމެންގެ ކިތައް އިސްތައްވެހިންތޯ މި މަހު އެ ވަކި ވީ

    41
  7. މިތުރާ

    ނިސްބަތުން ގިނަކުރޭ،،،ޢާބާދީ ކިހާވަރެއް؟ ޢިސްތިއުފާ!

    61
  8. Anonymous

    މިކަހަލަ ކާޅުން ތަންތައް އިސްކުރީމަ ވާގޮތް މިފެންނަނީ.

    73
  9. Anonymous

    މިޅ ފެއިލްވެފަ ހުރީމަ ކިޔޭނުކިޔޭ ނޭގޭ

    60
    1
  10. ބަރުގޮނު

    މީ ވަކި އަދުރޭއަށް ދޫކުރާނެ ހިސާބު ޢިލްމުވެރިއެއްނޫން. ދައްކާ ވާހަކައިން ހީހީ ހަލާކުވޭ. މިބަލަނީ ކަމުގެ ބާވަތަކަށް ނޫން. ހިސާބު ޢަދަދު ގެ ކުޑަބޮޑުމިނަށް. މިގޮތަށް ބަލާނަމަ ޕޮޒިޓިވްވާ ޢަދަދު 2000 ހާ ކައިރިވިޔަސް އެޢަދަދު ބޮޑެއް ނުވާނެތާ ..... ރާއްޖޭގެ މީހުންގެ ޢަދަދު އޭގެ 100 ގުނައަށްވުރެ މަތިވާނެ.

    49
    1
  11. އާސިދާ

    ނަސީމް އައް ދަންނަވާލަން އޮތީ އިހްލާސތެރިކަމާއި އެކު ކަމައްކަމޭ ހިތާ މަސައްކަތް ކޮއްފިނަމަ ރަނގަޅުވާނެކަމަށް ފެނެއެވެ.

    33
    2
  12. ަނަސީރު

    ބައެއްގެނަގާބިލްކަމާ ދޯހަޅިކަމުން ގައުމުގެ އެންމެދަރިއެއްގެ ފުރާނަދިއުމަކަށްވެސްނޭދެން
    ނަސީމުގެވާހަކައިންދޭހަވޭ ކޮވިޑްގައި ރާއްޖޭއިންނިޔާވިމީހުންގެ ޢަދަދުމަދުކަމަށް ދުނިޔޭގެ
    ނިސްބަތުން ގައުމަކީ ކުޑަމީހުންމަދު ގައުމެއް ވީމާ މިގޮތަށްބަލާނަމަ ކޮވިޑްޖެހުނުޢަދަދާ
    މީހުންމަރުވިޢަދަދު މަދެއްނޫން ނަސީމްބޭނުންވެލައްވަނީތޯ އަދިވެސް ގިނަމީހުންނަށްކޮވިޑް
    ޖެހި ގިނަމީހުންގެ ފުރާނަތަކެއްދިއުމަށް އަދި ގިނަދުވަސްތަކެއްވުމަށް ރަގަޅުވާހަކަފުޅެއް
    އިންޑިޔާގަމިބަލި ޖެހުނުއަދަދާ، މަރުވިޢަދަދަށްބަލާއިރު ރާއްޖޭއިން ނިޔާވާމީހުން ނިސްބަތުން
    ގިނައެއްނޫން ނަމަވެސް މިއީ އިންޑިޔާގެސްޓޭޓެއްނޫން

    43
    1
  13. ޏަޖަނ

    ދެން ދުވާލަކު 150 ތޯ ތިބޭފުޅާ ހިތްހަމަޖެހޭވަރަކީ

    46
  14. ޢެދުރުދައިތަ

    ޢާބާދީގެ ނިސްބަތުން އެންމެ ގިނަ މީހުންނަށް ބަލިޖެހި، މަރުވަނީ ދިވެހިރާއްޖޭގައި

    51
  15. ޏަނއ

    ކަލޭގެ މީހުން މަރުވީމަ ދޯ މީހުން މަރުވި ކަމަށް ވަނީ؟ ހުވާ ރުޅިއައިސްގެން ދަތް ވިކޭ. ކޮންމެ ފުރާނައަކީ ވެސް އަގުހުރި އެއްޗެއް.

    49
  16. މައިކް

    ބަލާހޭބައްޔާ އެކުވެސް ޖެހޭތަ ކޮވިޑްގަ މަރުވާން. އެވެސް މީހަކު ބޭނުމެއްނުވާނެ އެމީހާގެ ތިމާގެމީހާނުވަތަ މަންމަ ބައްޕަ ކޮވިޑް ފެސިލިޓީގަ ފަރުވަކުޑަކަމުން މަރުވާކައް. ކަލޭމެން ހީކުރަނީ ދިވެހިން ނަކީ ތަނެއްދޮރެއްނުދައްނަ ބަޔެއްކަމައްތަ. ކަލޭމެން ގެ ނުބައިކަމުން މިއަދު މިހާލަތް މިއަީ

    22
    1
  17. ޒަމީލް

    ހަތަރު ލައްކަ މީހުންގެ އާބާދީއަކައް ބަލާއިރު މަރުވާ އަދަދު ވަރައް ބޮޑު ނިސްބަތުންވެސް. ފަހަރެއްގަ ނަސީމުއަށް ދިވެހި އާންމު ފަރުދެއްގެ ފުރާނައަކީ އެހާ އަގުހުރި ފުރާނައަކައް ނުވަނީކަމައްވެދާނެ. އެމްޑީޕީގެ އިސްމީހުންގެ ފަރާތުން އިވޭނީ އަބަދުވެސް މިކަހަލަ ކޮންމެވެސް ނޭދެވޭ ތާކުންތާކު ނުޖެހޭވާހަކަތަކެއް. މިއީ ހައިރާންވާވަރު ކަމެއްނޫން. ހަރުދަނާ ވާހަކަ އަޑުއަހަން ރައްޔިތުން ބޭނުންނަމަ ހަރުދަނާ ވެރީން ފުރަތަމަ ސަރުކާރައް އިސްކުރާށެވެ.

    23
    1
  18. މުހައްމަދު އަންޖުމް

    ބޭފުޅާގެ އަގަލެއް ކުލުނެއް ކިހިނެއް ހުންނާނީ ރާއްޖޭގެ ނިސްބަތުންބަލާފަ ތަމަޅައިން ރާއްޖެގެނެސް ނިސްބަތުން 19 ދިވެހިން ޝަހީދުވެސް ކުރުމުގަ އުޅުނު ބާޣީއިންތެރޭގަ ނިސްބަތުން ހިމެނޭ މީހަކަށް އަހަރެމެންގެ މައިންބަފައިން މަރުވުމަކުން ކޮންކަމެއް ބަލަގަ ތިޔަމަގާމަކީ ނިސްބަތުން ބަލަން ހަވާލުކުރި މަގާމެއްތަ ނޫނީ މުޅިގައުމުގެ ރައްޔިތުންގެ ސިއްހީ ނިޒާމް ބެހެއްޓުމަށް ހަވާލުކުރެވުނު މަގާމެއްތަ ނިސްބަތުންބަލަން ގޭގައޮވެބަލަ ތިމާޔަކަށްނުވި ދެންވެސް ވާވަރުގެމީހަކާ ހަވާލުކޮށްފަ ނިސްބަތް ބަލަން ހުރީމަ ނިމުނީ ކިހާބޮޑު.......

    22
    1
  19. ޟަނިކިފަނު

    މަނިކިފާނު މަރުވިޔަސް އޯކޭތޯ. ބަލަ އެންމެ ފުރާނައަކީވެސް އެ އާއިލާ އަކަށް މުހިންމު އެއްޗެއް. މަނިކިފާނުގެ އާއިލާ އަށް މަނިކުފާނުގެ ފުރާނަ މުހިންމު ވާ ފަދައިން.

    22
  20. މޯދި

    ސާބަސް މިހިރަ ބޯބުރާންޗަކަށް

    25
  21. ައަހުމަދު

    ތިކަހަލަ ވާނުވާގައި އުޅޭމީހުން މިނިސްޓަރުންނަށްލީމަ ވާގޮތްމިވަނީ އޭނަގެ ތިމާގެ މިހުން މަރުވަމުން ދަންޏާ ތިހެން ބުނާނެބާ؟ ނިސްބަތުން ކޮންގޮތަކުން މަދުވަނީ 400،000 ހާމީހުން އުއުޅޭޤައުމެއްމީ. ހެލްތަށް ތިކަލޭގެ ބެރުކޮށްފައި ރަގަޅުމީހެއްލަންވީ. އެކަމަކު ހިޔެއްނުވޭ އެކަމެއްވާނެހެން.

  22. އަހްމަދު

    ކީއްވެ ނުބުނީ އެކަކުވެސް މަރައެއް ނުވެޔޭ!