ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ހާލަތު ގޯސްވަމުން ދިއުމުގައި އޮތީ ސަރުކާރުގެ މެނޭޖްމަންޓްގެ މައްސަލައެއް ކަމަށާއި ދިފާއީ ބާރަށް ކޮވިޑްގެ ހާލަތު މެނޭޖް ކުރަން ހަވާލު ކުރަން އިދިކޮޅު ޕީޕީއެމްގެ ނައިިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމް ގޮވާލައްވައިފިއެވެ.

ހުޅުމާލެ ކޮވިޑް ފެސިލިޓީގައި ގިނަ ބަޔަކަށް ފަރުވާ ދޭން ޖެހި، މެނޭޖް ނުކުރެވިގެން އެ ފެސިލިޓީން ފަރުވާ ދެމުން ދިޔަ ބަޔަކު ނިޔާވާތީ ޝިޔާމް އެ މައްސަލަ ތަޅުމަށް ހުށަހެޅުއްވުމަށް ފަހު އޭނާ ވިދާޅުވީ އެ ތަނުގައި މައްސަލަތަކެއް އޮތް ކަން ގަބޫލު ކުރަން ޖެހޭ ކަމަށެވެ.

ޝިޔާމް ވިދާޅުވީ ދިމާވެފައި ވަނީ ސަރުކާރުގެ މެނޭޖްމަންޓްގެ މައްސަލައެއް ކަމަށެވެ. ދައުލަތަށް ފައިސާ ލިބޭ ކަން ތަފާސް ހިސާބުތަކުންނާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވާހަކަފުޅުން އެނގެން އޮތް އިރު، މި ހާލަތަށް ދިޔައީ ފައިސާ ހޭދަކުރުމުގައި ވެސް މެނޭޖް ކުރުމެއް ނެތުމުން ކަމަށް އޭނާ ވިދާޅުވިއެވެ.

"މެނޭޖްމަންޓްގެ މައްސަލައެއް މި އުޅެނީ، ހުރި ވަސީލަތްތައް މެނޭޖް ނުކުރެވިގެން މި އުޅެނީ، ފައިސާ އެބަ ހުރި ކަމަށް ރައީސް އެބަ ވިދާޅުވޭ، ފައިސާ ރަނގަޅު ގޮތުގައި މެނޭޖް ނުކުރެވިގެން މި އުޅެނީ،" ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމް ވިދާޅުވީ މެނޭޖްމަންޓްގެ މައްސަލަ ހައްލުވާން އޮތީ ދިފާއީ ބާރަށް މީގެ ގިނަ ކަންކަން މެނޭޖް ކުރަން ހަވާލުކޮށްގެން ކަމަށް މިހާރު އޭނައަށް ގަބޫލު ކުރެއްވޭ ކަމަށެވެ. އަދި ދިފާއީ ބާރުގައި މިފަދަ ބަލާއާފާތެއް މެނޭޖް ކުރުމުގެ ގާބިލް ކަން ހުންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"ސިޔާސީ ގޮތުން ކުފޫ ހަމަނުވާ މީހުން އަތުން މެނޭޖް ބާރު ނަގަން އެބަ ޖެހޭ. އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި ރާއްޖޭގެ ދިފާއީ ބާރަށް މި ކަންކަން ހަވާލު ކުރަން ޖެހޭ. ދިފާއީ ބާރުގައި ތިއްބަވާނެ މި ކަންކަން މެނޭޖް ކުރެވޭނެ ފަރާތްތައް." ޝިޔާމް ވިދާޅުވިއެވެ.

ކޮވިޑް-19 ގެ ބަލިމަޑުކަން ކޮންޓްރޯލް ކުރުމަށް ޓަކައި ބޭނުންވާ ވަސީލަތްތައް ހަމަ ނުވެ އޮތީ ވެސް ސަރުކާރުގެ މެނޭޖްމަންޓްގައި އޮތް މައްސަލަތައް ގިނަ ކަމުން ކަމަށް ޝިޔާމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، އެކި ގައުމުތަކުންނާއި ބައިނަލް އަގްވާމީ ޖަމިއްޔާތަކުން ލޯނު އެހީގެ ގޮތުގައާއި ހިލޭ އެހީގެ ގޮތުގައި 18 ބިލިއަނެއްހާ ރުފިޔާ ހިލޭ އެހީއަށް ލިބިފައިވާ ކަމަށެވެ. އަދި ޓެކްސް އާމްދަނީއާ އެކު، ޖުމުލަ 32 ބިލިއަން ރުފިޔާ ލިބުނުއިރު ވެސް ވަސީލަތްތަކަށް ހޭދަނުވެ އޮތުމުން ކަންބޮޑުވުން ފާޅުކުރެއްވިއެވެ.

މި އާމްދަނީއިން ވަސީލަތްތައް އިތުރު ނުކުރެވުނީތީ ކަންބޮޑުވޭ. މި ހޭދަ ކުރި ގޮތަކާ މެދު ރައްޔިތުން ސުވާލު އުފައްދާ." ޝިޔާމް ވިދާޅުވިއެވެ.

މި ވަގުތު ރާއްޖޭގައި 78 ރަށެއް އޮތީ އަރައި ފޭބުން މަނާ ކޮށްފިއެވެ. ހުރިހާ އަތޮޅެއްގައި ވެސް ބަންދުކޮށްފައިވާ ރަށްރަށް ހިމެނޭއިރު އެންމެ ބޮޑަށް ބަލި ފެތުރެމުން ދަނީ މާލެ ސަރަހައްދާއި ޝިޔާމް ތަމްސީލް ކުރައްވާ ނައިފަރު ދާއިރާ ހިމެނޭ ޅ. އަތޮޅުގައެވެ.

ޝިޔާމް ވަނީ އަތޮޅުގެ ހާލަތު ރަނގަޅު ކޮށްދިނުމަށާއި، ހުޅުމާލެ ފެސިލިޓީގެ ކަންކަން އިސްލާހު ކޮށްދޭން ގޮވާލައްވައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ތިރިވެ

    ކަމެއްވާއިރައް ދިފާއީބާރޭ މިގޮވަނީ ބަގާވާތްކުރަންތަ ތިމާމެއް ބާރުގަ ތިބިއިރު ކާލީ އެހޯދައް ގޮވާބަލަ

    6
    18
  2. ބީރުމީހާ

    ތިޔަ ހިޔާލަށް ހަމަ ތާއީދު މަގޭ ވާހައަކީ ތިޔަ ބޭފުޅުންގެ މޮޅުކަމަކަށްވާނީ އިބޫ ޔާމިންއަށް ދަންނަވައިގެން ނާޒިމް ސަރ އާއެކު މަޝްވަރާ މޭޒަކަށް ދިޔުން އެކުވެރިކަމަކީ ގަދަފަދަ ބާރެއް

    16
    3
  3. އާސިދާ

    ސާބަސް ޝިއާމްއަށް ތިވަރުވެސް ތި ކޮއްލަން ކެރުނީ ޝިއާމްއަށް ކޮބާތަ ތިތާ އޮތްހާ މެންބަރުން..ޕިސްޕިސް

    21
    3
  4. ފިދަނަ

    ޢިލްމީ ގޮތުން ކުފޫ ހަމަނުވާ ސިޔާސީ ވެރިން ގައުމު ފުޑާލައިފި.

    14
    2
  5. ޖަޒީރާ

    މިހާރުގެ ވެރިން ނިދިން ހޭއަރާއިރު ގައުމު އޮންނާނީ ހުސް ނުތާހިރު ވެފަ.

    11
    3
  6. ......

    ހުރިހާ ސިޔާސީ މީހުންނާ ވިޔަފާރިވެރިން އެއްކައިރިކޮށްފަ މިލިޓަރީ ކޮށްގެން ކުރިތަށް ދެވެން އިނީ....ރައްޔިތުން ހަނާވެ މަރުވެ ދާ އިރުވެސް ސިޔާސީ މީހުންނަށާ ވިޔަފާރިތަކަށް ލިބިދާނެ ގެއްލުމަކަށް ބަލައިގެން ހައްލެއް ތާރީހުގަވެސް ހޯދިފަ ނެތް....މިއީ ވަރަށް ނާޒުކު ހާލަތެއްް...ފުރަތަމަ ދިރިހުރުމުގެ ހައްގު އެންމެނަށް ކަށަވަރު ކުރުން އިސްކުރަ ން ޖެހޭ

    13
    2
  7. ސިޔާމޫ

    މިހާރުގެ ދިފާއީ ބާރުން ގައުމުގެ ދިފާއީ ކަންކަން ހަވާލުކުރަނީ އިންޑިއާއާ. ދެން ތިކަން އެމީހުންނާ ހަވާލުކޮށްފިނަމަ އިތުރަށް އަނެއްކާ އިންޑިއާ މީހުން މިތަނަށް އަންނާނީ. މިހާރު ވެރިކަމުގެ ތިބި މީހުން ދެކެނީ ހުރިހާ ކަމެއް ކޮށްދޭންޖެހެނީ އިންޑިއާއިން ކަމަށް. އަދި އެމީހުން ކޮށްދެނީ އެއްވެސް އެދުމެއްނެތި ކަމަށް. އަދި އިންޑިއާއަށް ގައުމުގެ ތަންތަންކޮޅުގެ ބާރު ދިނުމަކީ މާބޮޑުކަމެއްނޫންކަމަށް.

    4
    1
  8. އަލްޖިބްރާ

    ކަންތައްތައް ހަވާލު ކުރަންވީމަ ހަވާލު ކުރަންވީ ކޮންބަޔަކާކަން އަންގާނީ ކަލެއެއް ނޫން !

    4
    10
  9. Anonymous

    ފުރަތަމަ ތިބޭފުޅާ ނައިފަރަށް ކަމެއް ކޮށްދީބަލަ... ޔާމީނަށްޓަކާ 2 ދައުރު ނިމެނީވިއްޔާ!

    3
    6
  10. ޓ

    ކޮލެރާ. ސިގެއްލާ . ސުނާމީ...ފެނުގެ ކަރިސާ.
    ޙަމަ ސިފައިން ހައްލު ކުރީ....ސިފައިން ދަރުބަރުގެ ދޫކޮށް ނުކުތީ ... މިއީ ހަގިގަތަކީ....ދެން އަލުން ...ވާނެ ހައެތި ވީ