ކޮވިޑް ޖެހިގެން އައްޑޫ ސިޓީން އިތުރު މީހަކު ނިޔާވެއްޖެއެވެ.

އައްޑޫން ނިޔާވެފައި ވަނީ ވެންޓިލޭޓަރުގައި ފަރުވާ ދެމުން ގެންދިޔަ 91 އަހަރުގެ މީހެކެވެ. އޭނާ އަކީ ދިވެހި ފިރިހެނެކެވެ.

އެޗްޕީއޭ އިން ވިދާޅުވީ އައްޑޫ ކޮވިޑް ފެސިލިޓީގައި ފަރުވާ ދެމުން ދިޔަ މީހަކު ނިޔާވެފައި ވަނީ 10:20 ގައެވެ. މިއީ ކޮވިޑް ޖެހިގެން ރާއްޖެ އިން ނިޔާވި 145 ވަނަ މީހާއެވެ.

މިއީ ކޮވިޑް ޖެހިގެން އައްޑޫން ނިޔާވި ދެވަނަ މީހާއެވެ.

 

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. އަބްދުއްލަޠީފު

  91 އަހަރުގެ މީހަ ކު ނިޔާވުމަ ކ ކީ މާބޮޑު މައްސަލައެއް ކަމަށް ނުދެ ކެން. އެޔަށްވުރެ މި ކަންތަ ކކ ކާ ގުޅުވައިގެން މިސް ކިތް ތަ ކު ގަ ޖަމާއަތް ނެހެދުން މާގޯސް. ޢާންމު ވިޔަފާރިތަކަކއް ހުއްޓިފާ އޮތުމުން ވާ ގެއްލުން މާގޯސް. ސިޔާސަތު ކަނޑަ އަޅާމީހުން އެބަޖެހޭ ތަންކޮޅެއް ޒިންމާދާރުވާން

  6
  6
  • އައްޑޫ މީހާ

   ކަލޭ ތިވައްތަރަށް ވާހަ ކަ ދެއް ކުން އެއީ ކަލޭގެ ނާތަހުޒީބު ކަން. އެވެސް ކޮންމެވެސް މީހެއްގެ ބައްޕައެއް، ބޭބެއެއް، ކާފައެއް،މުނި ކާފައެއް. އެހެންމީހުންވެސް ދެރަވާނެ. ކަލޭގެ މީހަ ކު މަރުވީމަ މި ބުނި އެއްޗެއް ވިސްނޭނެ.

 2. އެނަލިސްޓް

  91 އހަރުގެ މީހަކަސް އެމީހާ ގެ ގާތްތިމާގެ މީހުން ދެރަވާނެ ތި މީހަކަށް މާ ބޮޑު ކަމކަށް ނުވިޔަސް! ތަންތަނަށް މީހުން އެއްވުން މަނާ ކޮށްގެން މި ކަމުން އަރާގަނެވޭނީ! ވައިރަސް ހުއްޓުވޭނީ 'ހޯސްޓް' އިން މަދު ކުރެވިގެން ކަން ނޭގޭތަ! ވައިރަސް ގެ ހޯސްޓުން ނަކީ މީހުން! ހޯސްޓާ ނުލާ ވައިރަހަކަށް ދިރި ނުހުރެވޭނެ!

 3. އަންތަރީސް

  91 އަހަރުގެ މީހާއަކީ ކަލޭގެ މަންމަ ނުވަތަ މާމަ ނަމަ ކަލެއަށް މައްސަލަ އަކަށް ވާނެ