ކޮވިޑް-19 އިން ދިފާއުވުމަށްޓަކައި ރާއްޖެ އަށް ބޭނުންވާ ވެކްސިންތައް ހޯއްދެވުމުގައި އަމަލީ ގޮތުން މަސައްކަތް ކުރައްވަނީ ސީދާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ކަމަށް ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ރޭ ވިދާޅުވެއްޖެއެވެ.
ރާއްޖޭގައި ކޮވިޑްގެ ހާލަތު ގޯސްވެފައި ވަނިކޮށް، ރައީސް އޮފީހުގައި ނޫސްވެރިންނާ ބައްދަލު ކުރައްވައި ނަސީމް ވިދާޅުވީ އަވަށްޓެރި ގައުމުތަކުގެ ވެރިންނާ މަޝްވަރާ ކުރައްވައިގެން ވެކްސިން ހޯއްދެވުމުގައި ރައީސް ސޯލިހް ހާއްސަ އިސްކަމެއް ދެއްވައިގެން މަސައްކަތް ކުރައްވާ ކަމަށެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި ގިނަ ނޫސްވެރިން އަމާޒު ކުރި ސުވާލަކަށްވީ ރާއްޖޭގައި މިދިޔަ ފެބުރުއަރީ މަހުގެ ތެރޭގައި ފެށި ވެކްސިނޭޝަން ޕްރޮގްރާމް މެދުކެނޑިފައި އޮތުމުންނެވެ. ހާއްސަކޮށް ކޮވިޝީލްޑް ވެކްސިންގެ ދެ ވަނަ ޑޯޒް ޖަހަން ޖެހޭ ގިނަ މީހުންނަށް އަދިވެސް ވެކްސިން ޖެހިފައި ނުވާތީ އެކަމުގެ ކަންބޮޑުވުންތައް ނޫސްވެރިން ދިޔައީ ފުލުފުލުގައި ސަރުކާރުގެ އިސްވެރިންގެ ގާތުގައި ޝަކުވާ ކުރަމުންނެވެ.
ކޮވިޝީލްޑް ހުސްވެ ރާއްޖެ އިން ގަތް ވެކްސިން ވެސް މިހާތަނަށް ނުލިބި ލަސްވާތީ މިހާރު ދެމުން އަންނަނީ ޗައިނާގެ ސިނޯފާމް ވެކްސިނެވެ.
މިނިސްޓަރު ވިދާޅުވީ ވެކްސިން ލިބުމުގައި ލަސްތަކެއް ދިމާވެފައިވަނީ ވެކްސިން ޝިޕްކުރުމުގައި ދިމާވި މައްސަލަތަކެއްގެ ސަބަބުން ކަމަށެވެ. އެސްޓްރަޒެނެކާ ވެކްސިންގެ 700،000 ޑޯޒް ގަތުމަށް ސަރުކާރުން އެއްބަސްވެފައިވާއިރު، ވެކްސިންގެ ޝިޕްމެންޓް ޖޫން މަހު ފުރަތަމަ ހަފްތާ ރާއްޖެއަށް ނުލިބޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ނަމަވެސް މި ޝިޕްމެންޓް ޖޫން މަހުގެ ފަހު ކޮޅު ލިބޭނެ ކަމަށް ބެލެވޭ ކަމަށް މިނިސްޓަރު ނަސީމް ވިދާޅުވިއެވެ.
ނަސީމް ވިދާޅުވީ އިތުރު ވެކްސިން ހޯދުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ރަޝިއާގެ ސްޕަޓްނިކް ވެކްސިން ހޯދުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ. މިނިސްޓަރު ވިދާޅުވި ގޮތުގައި ސްޕަޓްނިކް ވެކްސިންގެ 200،000 ޑޯޒް ގަތުމަށް ވަނީ ނިންމައިފައެވެ.
މި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ސޯލިހް ވިދާޅުވީ ކޮވިޑުން ދިފާއުވުމުގެ ވެކްސިންގެ އެންމެ ޑޯޒެއް ވެސް އަދި ނުޖަހާ ގައުމުތައް ހުރިއިރު، އާބާދީގެ ބޮޑު ބަޔަކަށް ފުރަތަމަ ޑޯޒު ނިންމައި ރާއްޖެ ހިމެނެނީ ވެކްސިން ޖެހުމުގެ ކުރީ ސަފުގައި ކަމަށެވެ. އަދި އިތުރު ވެކްސިން ލިބުމުގައި ދަތި ވަނީ ދަތުރުފަތުރު ކުރުމުގައި ހުރި ދަތިތަކުގެ ސަބަބުންނާއި ބައެއް ގައުމުތައް އަދިވެސް ބަންދުކޮށްފައި އޮތީމަ ކަމަށް ވިދާޅުވިއެވެ.
ރައީސް ވިދާޅުވި ގޮތުގައި ރާއްޖެއަށް ވެކްސިން ހޯދަން އުޅުނު އިރު ސިއްހީ ތަޖުރިބާކާރުންގެ ފަރާތުން ލަފާ ލިބުނީ އެންމެ އަވަހަށް ލިބުނު ވެކްސިނުން އެއް ޑޯޒު ނަމަވެސް ވީހާވެސް ގިނަ ރައްޔިތުންނަށް ދެވޭތޯ ބެލުމެވެ. އެގޮތުން ފުރަތަމަ ޑޯޒު 69 އިންސައްތަ މީހުން ޖެހިއިރު ދެވަނަ ޑޯޒު 35 އިންސައްތަ މީހުން ޖަހާފައިވާ ކަމަށް ވިދާޅުވިއެވެ.
ރާއްޖޭގެ ވެކްސިނޭޝަން ޕްރޮގްރާމް މިދިޔަ ފެބުރުއަރީގައި ފެށީ އިންޑިއާއިން ރާއްޖެ އަށް ހަދިޔާކުރި ކޮވިޝީލްޑްގެ ދެ ލައްކަ ޑޯޒްއާއެކުއެވެ. އޭގެއިތުރުން އިންޑިއާ އިން ވަނީ ރާއްޖެ އަށް އިތުރު އެއް ލައްކަ ކޮވިޝީލްޑް ޑޯޒް ވެސް ހަދިޔާކޮށްފައެވެ.
އޭގެ ފަހުން، ސަރުކާރުން ވަނީ ސިރަމް އިންސްޓިޓިއުޓްއާ އެކު އެއްބަސްވުމެއް ގާއިމުކޮށް ދެ ލައްކަ ކޮވިޝީލްޑް ޑޯޒް ގެނައުމަށް އެއްބަސްވި އިރު، އޭގެ ތެރެއިން އެއް ލައްކަ ޑޯޒް ރާއްޖެ ވަނީ ގެނެސްފައެވެ. ބާކީ އެއް ލައްކަ ޑޯޒް ގެންނާނެ ދުވަހެއް ނޭނގެއެވެ.
ގައުމުގެ ހާލަތު މިއިން އެއްވެސް ދުވަހަ ކު ނުދާވަރަށް ދަށަށް ވެއްޓި އަގަޔާ އަތާދިމާ ނުވާ ހިސާބަށް ރައްޔިތުން ބި ކަވެއްޖެ.
މިރާއްޖެއިން މިފެންނަނީ ބަލާލި ކޮންމެ ދިމާލަކުންވެސް ހިތާމަވެރި މަންޒަރުތައް!! މިއީ އަޅެ 2018 ވަނަ އަހަރުން ފެށިގެން ހާދަހާވާ ރަނގަޅަށް ކުރިއަރަމުން އައި ގައުމެކޭ!! އުމްރާނީ ގޮތުންނާ އިގްތިސޯދޯ ގޮތުން ބެލިކަމުގައިވިޔަސް!! މިރާއްޖެއަށް ޙަރާންކޯރުވާ ބަޔަކު ސީދާ އިންޑިޔާއާއި ގުޅިގެން ކަޅުފައިސާ ބޭނުންކޮށްގެން ބޮޑެތި ދޮގުތައް ހަދައިގެން އޮޅުވާލުމާއި މަކަރު ހެދުމުގެ ތެރެއިން ރައްޔިތުންގެ އަތުން މިވަނީ ވެރިކަން ފޭރިގަންފަ!! އޭގެ ވަރަށްބޮޑު ހެއްކެއް ވޯޓް ކަރުދާސްތައް އަންދާލާ ނައްތާލުން!! ހަމަ ގަސްތުގަ ގައުމު އަޑިގަނަޑަކަށް ވައްޓާލީ އިންޑިޔާ އަޑީގަ އޮވެގެން!! ނާގާބިލް ތަންދޮރު ނުދަންނަ ކޮރަޕްޓް ބަޔަކު ވެރިކަމަށް ގެނެވުނީމާ މިރާއްޖޭގައި އިންޑިޔާއިން ކުރަން ބޭނުންވާ ކޮންމެކަމެއް ކުރެވޭނެކަން އިންޑިޔާއަށް ރަނގަޅަށް އެނގިތިބެ އިންޑިޔާ ފުރުސަތުގެ ބޭނުންކުރަމުން މިގައުމު މިނިވަންކަމާއި އިސްތިގުލާލާ ކުޅެވޭނެ ބާރު މިރާއްޖޭގެ އެކި ކަންކޮޅުތަކުގައި އަވަސްކަމާއެކު ފަތުރަމުން އެގެންދަނީ!! ކެރަފާ މިނިސްޓަރުގެ ބޮލަށް ސަވާރުވެގެން އިންޑިޔާއިން 100 ނަރުހުންނާ 40 ޑޮކްޓަރުން އެގެންނަނީ ސިއްޙީ ނިޒާމްވެސް ހައިޖެކްކުރުމަށް!! މިރާއްޖެގެ މުއްސަނދިކަން ދަމައިގަނެ ކުދިވިޔަފާރިތަކުގެ ތެރެއަށްވަދެ ރާއްޖޭގެ ވިޔަފަރީގެ ކޮންޓްރޯލްވެސް ނަގަން ޕްލޭންތައް ހަދާ މީހުން މިރާއްޖެއަށް އެތެރެކުރަމުން އެގެނަދަނީ!! މިއީ ހަމަ ހިތާމަ ހުރިކަމެއް!! ނާގާބިލް ތަނެއްދޮރެއް ނުދަންނަ މީހަކު ވެރިއަކަށް ރައްޔިތުން ހޮވީމަ ވާނެ ހުރިހާކަމެއް މިރާއްޖޭގައި ވަމުންދާތަން މިފެންނަނީ!! 25 އަހަރު ވަންދެން މަޖްލިސްތެރޭ ހުރި ލޮސްގަހެއް ގެންގޮސް ރައިސް އޮފީސްތެރޭ އިންދިޔަސް ހަމަވާނީ ޅޮސް ގަހަކަށް!! އާރެއްނުލާނެ!! ރައްޔިތުން އެއްގޮތަކަށްވެސް ނުފެނޭ މަޑުންތިބޭކަށް!! ކަޝްމީރުގެ މުސްލިމުންގެ މަތިން ހަނދާންލުރާހާލުގައި އެންމެތިބެ މިކަންކަމާ ދެކޮޅަށް ނިކުމެ ރައްޔިތުން ބަސްބުނަންޖެހޭ!! މިހާރު އެދިމާކުރަނީ އިންޑިޔާގެ ކޮންސިލޭޓެއް އައްޑޫގައި ހުޅުވަން!! މިއީ އަބުދުﷲ ޝާހިދާ ސަރުކާރުން އާނބަސް ބުނެގެން އަނެއްކާވެސް ހިންގާ ޖަރީމާއެއް!!
ޥެ ކްސިން ގެއްލުނީތޯ؟
އެއަތުން ފަލަސްތީނު ދި ހިފައިގެން ހުރެ ފަލަސްތީނަށް ތާއީދު ކުރާ ގައުމުތައް ކައިރި އަށް ގޮސް ވެކްސިން ދޭށޭ ބުނީމާ ބުނާނީ ޑަބްލިއު އެޗް.އޯ އިން ހޯދާށޭ. އެމީހުންގެ އަތުން އެއްޗެއް ލިބޭނީ އެމީހުން ސިޔާސަތުތަކަށް ތާއީދު ކުރާ މީހުންނަށް. އަހަރުމެން ޖެހޭނީ މަސަައްކަތް ކޮށް މިބަލިން ސަލާމަތްވާން
ލޮކ ކޮޑައުން އެއް ނޫން އެ ކަމަ ކު އެއް ކޮށް މަސައް ކަތް ހުއްޓުވާލައިފި އަނެއް ކާވެސް ދޮޅު އަހަރު ކުރިން ގައުމު އޮންހާލަތައް ވައްޓާލައިފި މިވެރިން ނަށް ގައުމު ހިންގާ ކަށް ނޭގުނު.
ޢައްޑޫއަށް ވެސް ކޮންސޫލޭޓް މެދުވެރިކޮށް ވެކްސިން ފޮދެއް ހޯދަވާ ދެއްވާ، ނަންނޯޓްކޮށް ގެން ފޯނުއަތަށް ލައިގެން އޮވެ އޮވެ ނުގުޅައިގެން މިއުޅެނީ
ދެން ތި އެހެން މީހަކާ ހަވާލުކުރަންވެއްޖެ އެންނު. އެހެންވެޔޭ ތިކަން ނުވެގެން ތި އުޅެނީ.
ދުޢާ ދެވި ކަމަށް ބުނާ ވެރިން ގެ ހާލަތު އެބަ ފެނޭ. މޭ ކުނު ފުމުނަސް ގާހަ ކައަ ކަށް ނުފުމޭނެ. މޮޔަ ފުޅުވީތޯ...
ދުއާ ދެއްވި ވެރިއެއް ވިއްޔާ ހުރިހާ ކަމެއް ބޭނުންވާއިރަށް ވޭތަ؟ ރަސޫލު ބޭކަލުންވެސް އިމްތިހާނު ކުރެއްވި. އެހެންވީމަ މީ އަދި ކުޑަ ކަމެއް ދޯ
މަސައް ކަތް ހުއްޓުވާލު ކީ ކޮވިޑްން ސަލާމަތް ވާން އޮތް ހަލެއް ކަމަށް ދެ ކޭ ވެރިން މިތަދު މަޑު ކަމުން އަރައި ގަންނަނީ ކިހިނެށްތޯ މަސައް ކަތް ކުރެވޭނެ އުސޫލުތައް ގާއިމް ކޮއްނުދެއް ވުމަ ކީ ދެރައެއް.
ތިޔަ ނުވީ ތިކަންވެސް
އަނެއްކާ އެހެން ބްރޭންޑެއްގެ ވެކްސިން 7 ލައްކައިން ގެނައުމުގެ ކުރިން މޯޑީ ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި މީހުން ގަޔަށް ޖަހަން ވެކްސިން ހޯދުން މުހިންމު. ރައްޔިތުން ވެރިކަން ހަވާލުކުރީމަ މުސާރަ ކައިގެން، އަމާ ބުނާތީ ފަރަށްދާ އުސޫލުން ވެރިކަން ކުރިޔަކަސް ކަމަކު ނުދާނެ.
ސަފީހަކާއި ހަވާލު ކުރުމުން ތިކަންތައްވެސް ނުވީ
ފިދަންބެ އެއިނީ ބޮދާފިލާ އިންނަގޮތަށް ބިރުން ނޫންވެރިންދެކެ ކޮއްފާނެ ސުވާލަކަ ތިމާއަށް ޖަވާބު ދެވޭނެތޯ ހޯދާލަ ހޯދާލާ ފިދަނަ މާރިޔާ ފިދަނަ އިބޫ
ނަސީބެއް ޔާމީނު ކަހަލަ މިނިކާ ވަގަކަށް ނުވިކަން
އޮތުން މޮޅުކޮންމެ ވެރިކަމަކަށް މަތިން ދެއްވާނެ ގަދަބާރެއް ﷲ ރައީސް ސޯލިހަށް ހެޔޮރަހުމަތް ލައްވާށި އާމީން
ނުބައިއެއްޗެއްކިޔިދާނެ!
ޕްރެސް ކޮންފަރަންސް ބަލަންވެސް އުދަގޫ، މީހާމުޅިން ހާސް ވެފަ އަގައޮޅި. ބޮޑީލެންގުއެޖްއިން ދައްކަދޭދޮގުތަކެއް ހަދާ އޮޅުވާލަނީކަން. ބޮޑު ދެބަންދިހާރެއް. ޢެވަރައްލޮލުފިޔަޖަހާ ދެއަތް ދެއަތައް ހިފައިގަނެގެން ތިބޭނީ ދޮގުހަދާތީވެ.
ރައްޔިތުން ބިކކކކކކކ ކަވީ ކިހިނެތްވެގެން؟،،ސިޔާސީ މީހުންނާ މަޖިލިސް މެންބަރުންގެ ފަހަތުން ނުދުވާ، ރައްޔިތުން ގެ ހައްގުތައް ހޯދަން އަތާ އަތްގުޅަންވީ ،،މަޖިލިސް މެމްބަރުން ވިސްނަނީ އެމީހުން ގެ ބަނޑު ފުރޭތޯ،،
ރައްޔިތުން ބި ކަވީ ކިހިނެތްވެގެން؟،،ސިޔާސީ މީހުންނާ މަޖިލިސް މެންބަރުންގެ ފަހަތުން ނުދުވާ، ރައްޔިތުން ގެ ހައްގުތައް ހޯދަން އަތާ އަތްގުޅަންވީ ،،މަޖިލިސް މެމްބަރުން ވިސްނަނީ އެމީހުން ގެ ބަނޑު ފުރޭތޯ،،
ކިހާ ވަރަކުން ދާނެބާ ؟
މިގޮތަށް ރައްޔިތުން ގޭބަންދުގައި
ބޭތިއްބުމަކީ އަމިއްލަމަސައްކަތުން
އާއްމުދަނީހޯދާ މީހުންނަށް ދެވޭބޮޑު
އަނިޔާއެއް! މިކަމުގެތެރެއިން
ބޮޑުއަގުގަ ތަކެތިިވިއްކައިގެންނާއި
ޑެލިވަރކޮށްގެން ކުދިފިހާރަތައް
ހިންގާ ބަންގާޅީން މުއްސަދިވެއްޖެ!
މިކަންކަންބަލާނެ ދެކޭނެ ބަޔަކު
ނެތް! ބަލިނުޖެހި ސަލާމަތުންތިބި
މީހުންހައްޔަރު ކޮށްގެންނުވާނެ!
ޢަނިޔާވެރިކަންނޫން ދެންކޮންކަމެއް!
ގައުމުގަ ކޮވިޑުފެތުރުމާ ކޮވިޑުން ވައްކަންކުރުމާ އިސްލާމްދީނަށް ފާޅުކަން ބޮޑުގޮތެއްގައި ފުރައްސާރަ ކުރުމާ ޖިންސީ ފުރައްސާރަ ކުރާ ފަރާތްތަކުން ގާނޫނުގެ ތެރެއިން ފޮރުވުމުގެ މުގުލުގަވެސް ހުއްނެވީ ހަމަ ސީދާ ރައީސް. މީ ތިގެނައި ހެޔޮވެރިކަން.
މުރާލި ކޮވިޑްސާލިޙް އިނގޭ، ކުކުޅު ރުހަ ކަށްކަމުން ރޮށިފިހަމުން ރޭގަނޑުގެ ބާކީ ބައިގަ ކީރިތި ކުރައްވަމުން ހެނދުނު އޮފީހަށް ގޮސް ވެކްސިން ހޯދުމުގަ އެކަމް ދެވަ ޑޯޒް ކޮވިސީޑް ނުލިބި ގިނަ ރައްޔަތުން ބިރުވެރިކަމުގަ، ކިހާ މަސައްކަތެއް ދޯ އެ ކުރައްވަނީ ؟ގުންބޯ ހެއްދޭނީ އައްޑޫ ރައްޔަތުން އޯކޭ ކޮވިޑްސާލިޙް؟
ތީނައަށް އަނެއް ކާ ތި ކަންވާނެތަ؟
ރޮއެރޮއެ ކަރުނަފޮދު ފުޅި ފުޅިއަށް އަޅާފަ ޖަހަން ފަށާ ދެން..!
ކެރަފާ ނަސީމް ތީ ނަމަކައް ހުންނަ މީހެއްތާ ދައުލެތުގެ ހަރަދުގަ އުަލެލަން މިނިސްޓަރ ކަމުގަ ތިހުންނަނީ ހެލްތުގެދާއިރާގަ ތަޖުރިބާ އެއް ނެއްމީހެއް
އެހެންވެ ތި ކަން ނުވެގެން މި އުޅެނީ!
ހާސް ބަސްތަކަކުން ކިޔައި ނުދިނެއް ކަމަކު ތިޔަ ލިބުން ސުލޯވާނެ ވަރު ސުރުޚީ ކިޔާލުމުން ފަހުމު ވެއްޖެ.
ނިކަން މިނިސްޓަރުންނާއި މަޖްލިސް މެންބަރު ނިކުމެ މިކޮވިޑްގައި މިވަރަށް މީހުން މަރުވަނީ ކީއްވެގެން ބަލާލަބަލާ މަޖްލިސްތެރޭގައި ތިބެގެން ފެލުނަކަސް ރައްޔިތުންނަށް ވާ އެއްކަމެއްވެސް ނެތް ކައިފަ ބޮއިފަ މަޖާކުރުންނޫން ކަމެއްނުކުރޭ ފަހަރަކު އަކުރަކަ އުނިއިތު ގެނައުން އެކަނި