މާލެ އާއި ހުޅުލެ އާއި ދެމެދު ހަދަމުން އަންނަ ޗައިނާ މޯލްޑިވް ފްރެންޑްޝިޕް ބްރިޖުން ފެށިގެން ހުޅުމާލެއަށް ގުޅުވާލަދޭ ހައިވޭ ހެދުމަށްޓަކައި ހިއްކަންޖެހޭ ސަރަހައްދު ފާހަގަކުރުމަށް ބައުންޑްވޯލް އެޅުމުގެ މަސައްކަތް ފަށައިފިއެވެ.

ADS BY SHEESHA

މިކަން ހާމަކުރައްވާ މި މަސައްކަތް ކުރިއަށްދާ ގޮތުގެ ފޮޓޯތައް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވަނީ އާއްމުކުރައްވާފައެވެ.

"ޗައިނާ މޯލްޑިވްސް ޕްރެންޑްޝިޕް ބްރިޖު" ގެ މަސައްކަތް ބާރު ސްޕީޑެއްގައި ކުރިއަށްދާއިރު، މިއީ ގާތްގަނޑަކަށް 200 މިލިއަން ޑޮލަރުގެ މަޝްރޫއެކެވެ. އޭގެތެރެއިން 116 މިލިއަން ޑޮލަރަކީ ޗައިނާގެ ހިލޭ އެހިއެވެ. ބާކީ 72 މިލިއަން ޑޮލަރަކީ ލޯނެވެ.

މި މަޝްރޫއުގެ މަސައްކަތް ކުރިއަށް ގެންދަނީ ޗައިނާގެ އަމިއްލަ ކުންފުންޏެއް ކަމަށްވާ ޗައިނާ ކޮމިއުނިކޭޝަން އެންޑް ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީސީސީސީ) އިންނެވެ.

މާލެ އާއި ހުޅުލެއާއި ދެމެދު އަޅާ ބްރިޖްގައި 1.39 ކިލޯމީޓަރު ހުންނާނެއެވެ. ބްރިޖްގެ ފުޅާމިނުގައި 20.3 މީޓަރު ހުންނައިރު ހަތަރު ފުރޮޅުލީ އުޅަނދުތަކަށް ޚާއްސަ ދެ ލޭނާއި ސައިކަލާއި ބައިސްކަލް އަދި ހިނގާ މީހުންނަށް ވެސް ހާއްސަ ލޭނެއް ހަދާނެއެވެ.

ސަރުކާރުގެ އަމާޒަކީ 2018 ވަނަ އަހަރުގެ ޖުލައި މަހަށް ބްރިޖްގެ މަސައްކަތް ނިންމުމެވެ.

ADS BY SHEESHA

މާލެ އާއި ހުޅުލެއާއި ދެމެދު ބްރިޖެއް އެޅުމަކީ، ރައީސް އަބްދުﷲ ޔާމީންގެ ރިޔާސީ ވައުދެކެވެ.

ADS BY ASTERS

5 ކޮމެންޓް

  1. ޒިންދާބާދު ރައީސް ޔާމީން. ސާބަސް ރައީސް ޔާމީން. މާތްﷲ ގެ ވާްގިފުޅާއެކު އެއްކުއްލިން 11 ނޮވެމްބަރ 2018 ވާ އާދިއްތަދުވަހު ރައީސްކަމުގެ ހުވައި ކުރައްވާނެ.

  2. ކުރުމުއްދަތެއްގެ ތެރޭގައި މާތްﷲގެ ވާގިފުޅާއެކު ގިނަ ފައިދާތަކެއް ގައުމަށް ކޮށްދިނުމުން ދިވެހި ގައުމީ ލޯބިހުރި ކޮންމެ ރައްޔިތަކު ހެޔޮހިތުން އެކަން ބަލައިގަންނާނެ...!!

  3. ފުލެޓް ދިންގޮތުން ވަރަށް ދެރަވޭ

  4. ފްލެޓް ލިބޭ މީނުބަށް ތިކަމުގެ އުފާ ލިބޭނެ.

  5. މިއިދިކޮޅު ނުވަތަ ކުރީގެ ތިރީސްއަހަރަކައްހަޖަމުނުކުރެވޭތީ ނުފެންނަނީ މިކަހަލަ ގަޓް ހުރި ރައީސަކު ދެނެއް ދެހާސްއަށާރަވެސް ބާރުދުވެލީގާގޮސް އެއްކުލިން ވެރިކަންކާމިޔާބު؟؟