ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ހާލަތު ރާއްޖޭގައި ގޯސްވެފައިވާ މި ދަނޑިވަޅުގައި ރާއްޖޭގައި ތިބި އެންމެ މުއްސަނދި ވިޔަފާރިވެރިންގެ އެހީ ސަރުކާރަށް ލިބެން ޖެހޭ ކަމަށް ޑީއާރުޕީގެ ލީޑަރު އަދި ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.

ހުޅުމާލެ ކޮވިޑް ފެސިލިޓީގައި ކޮވިޑްގައި ނިޔާވާ މީހުންގެ އަދަދު ގިނަވާތީ އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު ޝިޔާމް މަޖިލީހަށް ހުށަހަޅުއްވާފައިވާ މައްސަލައިގެ ބަހުސްގައި ޖާބިރު ވިދާޅުވީ، މިއީ ޕްރައިވެޓް ސެކްޓާގެ ވިޔަފާރިތައް ވެސް މި ކަމަށް ހުސްވާން ޖެހިފައިވާ ދަނޑިވަޅެއް ކަމަށެވެ.

"ޕްރައިވެޓް ސެކްޓާ ވެސް މި ކަމުގައި އޮޕަރޭޓް ވާން އެބަ ޖެހޭ މިއަދު، ވިޔަފާރިވެރިންގެ އެހީ ސަރުކާރަށް ލިބެން ޖެހޭ، ސަރުކާރުން ވެސް އެބަ ޖެހޭ ވިޔަފާރިވެރިންގެ އެހީ ލިބެން އޮތް ވަރަކަށް ހޯދަން،" ޖާބިރު ވިދާޅުވިއެވެ.

ދިވެހި އިޤްތިޞާދުގެ މައި މަސައްކަތް ކަމުގައިވާ ރިސޯޓްތަކުގެ ތެރެއިން ވެސް ގިނަ ބިން މިހާރު ބޭނުން ކުރެވެން ޖެހޭނީ ކޮވިޑްގެ ހާލަތު މެނޭޖް ކުރުމުގައި ކަމަށް ޖާބިރު ވިދާޅުވިއެވެ.

"ރިސޯޓް އޯނަރުންނަށް ވެސް ސަރުކާރުން އަންގަންވީ، މި ރާއްޖޭގައި އެނދެއް ހުހެއް ނުވާނެ، އެންމެ ތަނެއްގެ ހުރި އެނދުތަކަށް އެންމެން ލާން ޖެހޭ ހާލަތުގައި ތިބުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން، ރިސޯޓްް އެނދުތައް ވެސް ބޭނުން ކުރަންވީމަ ކުރަންވީ،" ރިސޯޓް ވިޔަފާރިވެރިޔާ ޖާބިރު ވިދާޅުވިއެވެ.

ކޮވިޑް-19 ގެ ބަލިމަޑުކަން މުޅި ރާއްޖެއަށް ފެތުރި 78 ރަށެއް މޮނިޓަރިންގެ ހާލަތަށް ގެނެސް ބަންދުކޮށްފައިވެއެވެ. މަޖިލީހުގައި ހިމެނޭ އިދާރީ 87 ދާއިރާގައި ވެސް ބަލިމަޑުކަން އެބަ އޮތެވެ.

ރައްޔިތުންގެ މަޖިލިސް ވެސް އޮންލައިންކޮށް ކުރިއަށްދާއިރު، މަޖިލީހުގެ މެންބަރުން ވެސް ދާއިރާތަކަށް ވަޑައިގެން އެ ދާއިރާގެ ހާލަތު ރަނގަޅު ކުރުމުގައި "ވޮލިންޓިއާ" މަސައްކަތްތައް ކުރައްވަން ޖާބިރު ގޮވާލެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު

15 ކޮމެންޓް

  1. ޏނ

    ޖާ ވަރެއް ހަމަ ނެތް އިނގޭ

    12
    1
  2. ޖާބެ

    އަމިއްލަ އެދުމުން ފޯވެފަ.

    7
    2
  3. މުރާދު

    މިހާލަތުގައި މުއްސަދިފިޔަފާރިވެރިންގެއެހީ ސަރުކަރަށްލިބުންރަގަޅު ނަމަވެސް އެލިބެންޖެހޭބޭނުމާ
    އެކަމުގެ މަގުސަދުހާސިލްވޭތޯވެސްނުވަތަ މަގުސަދަށްވާސިލްވޭތޯ ބެއްލެވުންރަގަޅު މިހެންމިބުނީ
    މިހާލަތުގައިވެސް މުއްސަދި ފިޔަފަރިވެރިންގެއެހީސަރުކާރަށްލިބި އެއެހީގެ މަގުސަދުހާސިލްނުވެ
    އެހީގެބޭނުންނާޖާއިޒްގޮތުގައިބޭނުންގޮށް ބައެއްގެޖީބުފުރޭނަމަ ވިޔަފަރިވެރިންގެ އެހީގެބެނުންނެތިދާނެ

  4. މައިކް

    ޖާބިރު ފެސިލީޓީގެ ނިކަމެތިވާމީހުން ގެ ހަލުބަލައިލީންތަ އެމީހުންނައް ކަންދޭ އެތިކޮޅު ރަހަބަލައިލިންތަ. އެހީވާން އެމީހުނަ ަނއް ރަގަޅު ކާއެޗެދީގެން ހަށިގަޑު ދެރަވިނުދީ ބެލެހެޓިގެން ދޯ މީކަމުން މީހުންމަރުވުން މަދުވާނީ

  5. ތިރިބެ

    ސަރުކާރުން ރޭގަވެސް ބުނީ ހުޅވާލާފައޭއޮތީ ބޭނުންމީހަކު ބޭނުންވަރަކައް ދޭންވީ އިންޑިޔާފިލުމީތަރިންހެއް ރިސޯޓު އޯނަރުންވެސް ވިޔަފާރިވެރިންވެސް އެމީހަކައް ދެވުނުވަރަކައް ދޭއްވީ އެހީ ސަރުކާރުން އާދޭސް ނުކުރިޔަސް

    7
    2
  6. ތިރިބެ

    ސަރުކާރުން ރޭގަވެސް ބުނީ ހުޅވާލާފައޭއޮތީ ބޭނުންމީހަކު ބޭނުންވަރަކައް ދޭންވީ އިންޑިޔާފިލުމީތަރިންހެއް ރިސޯޓު އޯނަރުންވެސް ވިޔަފާރިވެރިންވެސް އެމީހަކައް ދެވުނުވަރަކައް ދޭއްވީ އެހީ ސަރުކާރުން އާދޭސް ނުކުރިޔަސް ( އޭގަބަދަލުދަ ވިޔަފާރިވެރިން ދައުލަތް ލޫޓުވާލަނީ ) މިސާލަކައް ކޮވިޑުގަ ފުރަބައްދުވީ މަހުޖަނުނަތައް އަވެސްވެގަތީ މުވައްޒަފު ވަޒީފާއިންވަކިކުރީ ދައުލަތުން އެމުއައްޒަފުން އެލަވައްސުދޭއްޖެހުނީ. މަހުޖަނު މަހުޖަނުހެދިފަ މިވެސް ގައުމެއް

  7. މަ

    މަ ހީކުރީ ޖާބިރު ތީ މުއްސަނދި ވިޔަފާރިވެރިޔެއް ކަމަށް. މިހާތަނަށް ކޮންމެ ރައީސަކުވެސް ހޮވުނީ ޖާބިރުގެ ލޯނުގެ އެހީގައެންނު. މިހާލަތުގަ ސަރުކާރަށް އެހީވެދިނުން އެއީ ޖާބިރަށް ކުރެވޭނެ އެންމެ ރަނގަޅު ކަންތަށް

  8. އަލްޖިބްރާ

    ރާއްޖޭގެ އެންމެ މުއްސަދި އެއް ވިޔަފާރި ވެރިއަކީ ކަލޭ ނޫންތަ ؟ ކަލޭގެ މުއްސަދިކަމުން މިހާރު މިރާއްޖެގަ ކޭބަލް ކާރުވެސް އެބަދުއްވާ ވިއްޔަ ! އަދި ކަލޭ ރާއްޖޭގެ އެއްރަށުން އަނެއްރަށށްވެސް ދަތުރު ކުރަނީ ކަލޭގެ އަމިއްލަ ހެލިކޮޕްޓަރުގަ ވިއްޔަ ! އެހެންވީމާ ކަލެއަށް ވުރެ ފައިސާގެ ގޮތުން ތަނަވަސް މީހަކު މިރާއްޖޭގައި ނެތެއްނު ؟ސަރުކާރުން ކޮވިޑަށް ކުރާ ހޭދައަށް އެންމެ ފުރަތަމަ އެންމެ ބޮޑު އެހީ ވެވޭނީ ކަލެއަކަށްނު ! އެހެންވިޔަފާރި ވެރިން އަންނަން ޖެހޭނީ ކަލޭގެ ފަހަތުން ! އަތެއް އޮތަކަސް ބަތެއް ނުކެކޭނެ !

  9. ބާތް ކުރާބެ

    ބަލަ ކޮބާތޯ ބޭރުގައުމުތަކުން ދިން އެހީގެ މިލިޔަން މިލިޔަން ޑޮލަރ ތައް ވަނީ ކޮންތާކައްތޯ ރައްޔިތަކައް ދިއްކޮއްލީ ކޯންޗެއްތޯ

  10. ކެޔޮޅު

    ޖާބިރު ކިހާވަރެއް ސަރުކާރައް ދެއްވައިފިންތޯ؟

  11. އެއީ

    ޖާރބެވެސް ހިމެނޭ ގޮތުން ދައްކާ ވާހަކައެއްތަ ތިއީ؟ މައުމޫނަށްވެސް އެހާ ގިނަ މިލިއަން ދިން ކަމަށް ބުނިވިއްޔަ.

  12. ޖޯކަރު ޖާބެ

    އެއްކަލަ ޝޯ މޭން ދޯ

  13. ޖާބިރާ

    ވަކްތުން ވަކްތައް އިންސޯފް ގާއިމްކުރޭ

  14. އަބްދޫ

    . މަސައްކަތެއް ނެތި
    ކިތައް މީ ހު ން ތިބިތޯ ގުނުއްވަ ބައްލަވަ.ކޮންގާނޫނަކޫ އޮތީ މަސައްކަތެއްނެތި
    މުސާރަދިނުމަށް .ކާކުތޯ ޒިންމާ ނަގަނީ ވިސްނަން ޖެ ހޭ. ދަރަނި ކަނ
    ނަގާފަ ލައިދެނީ ދަރަނީގެ ޒިންމާ ނަގަންޖެހ ހޭ މީ ހަކު ނެތް ދަރަނި ދެއްކުމަށް ފައިސާ ދޭންމިޖެހެނީ ރައްޔިތުން. މިއީތޯ ގައުމުގެ އާމްދަނީ އަށް ހަދަންޖެ ހޭ ގޮތަކީ ؟

  15. ަިަަައިބްރާހީމް

    މިހާލަތުގައި އެންމެ މުއްސަދީ ޖާބިރު. ކިހާަވަރެއް ދެއްވައިފިންތޯ؟ޖާބިރު ފައްޓަވާ ދެއްވާ.