މާލޭގައި ކުއްޔަށް އުޅޭ މީހުންގެ ޖަމިއްޔާ ނުވަތަ މާލެ ޓެނަންޓްސް ޔުނިއަން (އެމްޓީޔޫ) އިން އިސްވެގެން ތައްޔާރު ކުރި ކުލި ކޮންޓްރޯލް ކުރަން ގޮވާލައި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ޕެޓިޝަން ދިރާސާކުރުމަށް ފަހު ޕެޓިޝަން ތައްޔާރު ކުރި ފަރާތަށް މަޖިލީހުން ޖަވާބުދީފިއެވެ.

މި ޕެޓިޝަން ދިރާސާ ކުރުމަށް ފަހު މަޖިލީހުގެ އަމީންއާންމު ފާތިމަތު ނިއުޝާ ސޮއިކުރައްވައި، އެމްޓީޔޫއަށް ފޮނުވާފައިވާ ސިޓީގައި ވަނީ، ޕެޓިޝަންގައި ބަޔާން ކޮށްފައިވާ މައްސަލައާ ގުޅިގެން ޕެޓިޝަން ކޮމިޓީން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ގެދޮރުގެ ލޯނުތަކުގެ މައުލޫމާތު ސާފުކޮށްފައިވާ ކަމަށެވެ.

މި ގޮތުން މާލޭގައި ގެދޮރުތައް އިމާރާތް ކުރަން އެ ބޭންކުން ދޫކޮށްފައިވާ ލޯނުތަކުގެ އިންޓެރެސްޓް ރޭޓް ކަނޑައެޅުމުގައި ހުރި ހިރާސްތަކާއި، މާލޭގައި އިމާރާތް ކުރާ ގެދޮރުތަކަކީ އެކި ފެންވަރަށް އިމާރާތް ކުރާ ތަންތަނަށް ވާތީ ލޯނަށް ދައްކަން ޖެހޭ އަދަދު ކަނޑައަޅަނީ ލޯނުގެ ނިސްބަތުން ކަން ބޭންކުން މައުލޫމާތު ދިން ކަމަށް އެ ސިޓީގައިވެއެވެ.

މި ކަންކަމަށް ރިއާޔަތްކޮށް، ގެދޮރު އިމާރާތް ކުރުމަކީ ވަކި ފަރުދުންތަކެއްގެ އަމިއްލަ ވިޔަފާރިއަކަށްވާތީއާއި ގެދޮރު ކުލި ކަނޑައެޅުމަކީ އެ ވިޔަފާރިވެރިން ނުވަތަ ގެދޮރުގެ ވެރި ފަރާތުގެ އަމިއްލަ އިޚްތިޔާރުގައި އޮންނަ ކަމަށް ވާތީ، އެފަދަ ކަމެއްގެ ތެރެއަށް ވަނުމުގެ ބާރު މަޖިލީހުގެ ކޮމިޓީއަށް ލިބިދޭ ކަމަށް ކޮމިޓީއިން ނުދެކޭ ކަން އެ ސިޓީގައި ބަޔާންކޮށްފައިވެއެވެ.

ރައްޔިތުންގެ މަޖިލީހަށް އެ ޕެޓިޝަން ހުށަހަޅާފައި ވަނީ 800 މީހުންގެ ސޮޔާ އެކީގަ އެވެ. އަދި މަޖިލީހަށް ހުށަހެޅުމަށްޓަކައި އެ ޕެޓިޝަން ސްޕޮންސާ ކޮށްދެއްވީ ކެންދޫ ދާއިރާގެ ޖުމްހޫރީ ޕާޓީގެ މެންބަރު އަލީ ހުސައިންނެވެ. އަލީއަކީ އަބަދުވެސް މި ކަމަށް ވަކާލާތު ކުރައްވަމުން ގެންދަވާ މެންބަރެކެވެ.

މާލޭގައި ދިރިއުޅެން ދޫކޮށްފައިވާ ތަންތަނުގެ ކުލި ބޮޑުވުމުގެ މައްސަލަ ހައްލު ކުރަން ސަރުކާރުގެ ސިޔާސަތަކީ މާލެ ސަރަހައްދަށް ސޯޝަލް ހައުސިން އިތުރުކޮށް ރާއްޖޭގެ އެހެން ސަރަހައްދުތައް ތަރައްގީކޮށް މާލެއަށް އޮންނަ ޑިމާންޑް ކުޑަ ކުރުމެވެ. އެކަމަކު އެ ގޮތަށް ސަރުކާރުން އަމަލު ކުރަމުން ނުދާ ކަމަށް އެމްޓީޔޫއިން މީގެ ކުރިން ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

18 ކޮމެންޓް

  1. ކާފަ

    ސާބަސް. މުސާރަ ހަލާލުވެއްޖެ

    20
  2. އަކްމެޑް

    މި ކޮވިޑް ދުވަސްވަރު ގެދޮރު އިމާރާތްކުރަން ނަގާފަހުރި ލޯނުތައް ރީސްޓްރަކްޗަރ ކުރުވީމަ ކުލި ކުޑަކުރެވޭނެ. މިދިޔަ އަހަރުވެސް މޮރަޓޯރިއަމް ލިބުނުއިރު 16500 ގައި ހުރި ކުލި 8000 އަށް ކުޑަކުރިން. ކުލި ކުޑަނުކުރެވެނީ ލޯނާހެދި. ބީއެމްއެލް އެކަންޏެއްނޫން، އެހެން ބޭންކުތަކުންވެސް ގެދޮރު އިމާރާތްކުރަން މީސްމީހުން ލޯނުނަގާ. ކޮންމެހެން އެހެން މީހުން ފެލާލަން އުޅެނީކީނޫން. ކަންތައް އޮންނަގޮތުން ނުވަނީ. ސަރުކާރުން ބޭންކުތަކަށް ގެދޮރު އިމާރާތްކުރަން ނަގާފަހުރި ލޯނުތައް ރީސްޓްރަކްޗަރ ކުރެވޭނެގޮތް ހެދީމަ ކުލި ކުޑަކުރެވޭނެ.

    22
    7
    • ވެރިންް

      ކަލޯ ލޯނަކީ ދުނި އުމުރަށް ދައްކަން ޖެ ހޭ އެއްޗެއްކަން ނުދެނަ ހުރިން، 5އަހަރު ނޫނީ 10 އަހަރުން ތިކިޔާ ލޯނުދައްކާ ނިމޭނެ. އރުންވެސް ކުއްޔެއް ކުޑަ އެއް ނުވޭ ވިއްޔާ ވަނީ ބޮޑު

      3
      1
  3. ގުދުގުދާބެއްޔާ

    މިހާރުތިޔަޖަމިއްޔާ އަށްހުންނާނީ ވަރަށް ރީތިކޮށްވިސްނިފަ!ކަލޭމެން މާލޭގައިނޫޅެވޭނަމަ ރަށައްދާން ވީނު! އަހަރުމެންކަލޭމެންގެރަށުން ކުލީކޮޓަރިގަޑެއްވެސްދުވަހު ކުއްޔަށް ލިބެނީ 350 ރއަށް

    9
    6
    • ާަަަޖދހސހސ

      ތިޔަބުނާ ކޮޓަރިގަނޑު ހުންނާނީ އެންމެ ޒަމާނީ ފެންވަރަށް. ތާހިރުވެފަ ޖާގަ ތަނަވަސްވާނެ
      މާލެއިން 350 ރފ އަށް އެކަހަލަ ކޮޓަރިއެއް ހޯދާކަށް ލާހިކުކުޅަދާނައެއް ނޫން

  4. ށުވޭސ

    މާލޭ މޭޔަރަށް ހުށަހަޅަންފެންނަނީ، މާލޭ ގެތަކުގެ ކުލި ކަނޑައަޅަނީ މާލޭ ރައްޔިތުން

    6
    1
  5. ކޮރަލް

    ކުލީގެ ގޮތުގަ ދައްކާ ގިނަ ފައިސާ ޖީއެސްޓީނުދައްކާ ރާއްޖެ އިން ބޭރަށް ފޮނުވަ އެވެ. އެކަން ހުއްޓުވަން ޖެހެ އެވެ. ވޯޓް ހޯދަން އައި އިރު ހުރިހާ ކަމަކަށް އެއްބަސް ވެ އެވެ.

    9
    2
  6. ކާލި

    މަޖިލިސް ގިނަ މެމްބަރުން ނަކިީ ކުލީގެ ވިޔަފާރި ކުރާ މީހުން އިމާރާތް ކުއްޔަށް ދީގެން ވިޔަފާރި ކުރާ މީހުން، އެމީހުންގެ ޖީބް ކުޑަވެދާނެ ގޮތަކަށް ކަމެއް ވިޔެނާވެސް ނުދޭނެ !

    10
    2
  7. ލލ

    ރައްޔިތުންގެ މަޖިލިސްގެ ކޮމޮޓީތަކުން ވަންނަން ނުޖެހޭ ކިތަކެއް ކަންކަމުގެ ތެރެޔަށް މިހާތަނަށް ވަދެފައިވޭތޯ ؟ ބޮޑެތި ޑާކުން ކުރާ ބިޔަފާރިއަކްށް ވާތީ ތިއުޅެނީ !

    10
  8. ސައްލި

    ތިޔަމަޖިލިހުން މިހާތަނަށް ރައްޔިތުންނަށް ކޮށްދިނީ ކޮންކަމެއްތޯ ؟ ތިބޭފުޅުން ބޮޑު މުސާރަ ނެގުން އޮތިީ!

  9. ކޮވިޑް

    " އެފަދަ ކަމެއްގެ ތެރެއަށް ވަނުމުގެ ބާރު މަޖިލީހުގެ ކޮމިޓީއަށް ލިބިދޭ ކަމަށް ކޮމިޓީއިން ނުދެކޭ ކަން " އަނަދަ ޖޯކް، ބަލަ މަލިޖީހުގެ ކޮމެޓީ އަށް ކޯޓް ތަކަށް ހުށަހަޅާފަ ހުންނަ މައްސަލަ ތައްބެލޭ، މަޖިލީސް ބޭނުންވީމަ ބޭނުންވާ މައްސަކަތަށް ބެލުމުގެ ބާރު ލިބެންޏާ މިގޮތައް ޖަވާބު ދިނީމަ މި ކިޔޭ އެއްޗެއް އެބަ އެނގޭބާ އެޖެންޑާ19 މަޖިލީހަށް؟

    11
  10. ކެމްލާ

    ވައުދާ ހުވާ ކުރާނެޔޭ އެހަނދާން ނެތޭނެޔޭ! ވެރިކަމެއް މިކަހަލަ ދުށީމުތަ ރައްޔިތުން ހިތްދަތިކުރާ! 2023ހުގައި ކިޔާނީ "ނިއު ޖަޒީރާ ރާއްޖެ"!

    11
  11. ތެންކް ޔޫ

    ރިއަލްސްޓޭޓް ވިޔަފާރިގައި ނުސީދާކޮށް އެންމެ ގިނައީ މަޖިލީހުގެ މެންބަރުން. އެމީހުން ޖީބަށް ވަންނަބައި ކުޑަކުރަން އެމީހުން އެއްބަހެއް ނުވާނެ. ވަރަށް ސާފު. ބަލަ ބޭންކުން ލޯނު ނަަގައިގެންނޭ އެނޫން މީހުންވެސް ކަންކަން ކުރަނީ. ރެސްޓޯރަންޓެެއް ހަދާމީހާ ބޭންކުން ލޯނު ނަގާތީއޭ ކިޔާފައި ބަޖިޔަލެއް 100 ރ އަށް ވިއްކޭތަ؟

    ދެންބުނޭ ޑިމާންޑް އޮންނާތީއޭ. ބަލަ އެނޫން ގޮތެއް ނެތުމުން ދާންޖެހޭނެ ދޯ. ތިންޝިފްޓަށް މީހުން އުޅޭ ގޭގެވެސް މަދެއް ނޫން.

    4
    1
  12. ޑައެލޯގް

    އަހަންނަކީ މާލޭގެ ގެދޮރު ކުއްޔަށްދީގެން އުޅޭމީހެކެވެ. އަހަރެން ކުލިކުޑަކުރާނަމެވެ. ނަމަވެސް ސަރުކާރުން މިކަމަށްދެނީ ބީރުކަންފަތެކެވެ. ސަބަބަކީ އަހަރެން ގެދޮރުހެދީ ބީއެމްއެލް އިންލޯނުނަގައިގެންނެވެ. ބޭންކުންދިން މޮރޭޓިއަމްއިން އެއްވެސް ލުޔެއްނުލިބެއެވެ.ސަރުކާރުން އެކަމުގާހެދީދޮގެވެ. ލޯނުލަސްކޮށްދޭނަމޭކިޔާފަ ލަސްކުރީ އިންޓްރެސްޓާއެކުއެވެ. އެހެންވެ، ލުޔެއްނުވެއެވެ. މިހާރުވެސް ލޯނުލަސްކޮށްދީބަލާށެވެ. 2 ރޫމްއެޕާޓްމެންޓެއްގެ ކުލި 5000 ހަދާނަމެވެ.

  13. MDP

    މި ދިވެހިރާއްޖެ އިންޑިޔާ ސަރުކާރުގެ ތަނަކަށް ހަދާފަ އަހަރުމެން އެންމެނަށް އިންޑިޔާގެ ޕާސްޕޯޓް ދީބަލަ. ތިޔަމާލެ ކީއްކުރަން މިދިވެހިރާއްޖެ ދޫކޮއްލާފަ އަހަރުމެން ހިނގައިދާނަން އިންޑިޔާގަ ދިރިއުޅެން.

    3
    2
  14. ހުސޭނުބެ

    ކުލި ނުދެއްކޭމީ ހުން ރަށަށް ދޭ. ކުއްޔައް ދޭ މީ ހާއަށް އެނގޭނީ ކުލި ކަނޑައަޅަން

    3
    5
  15. އާދަމުގެދަރި

    މަޖިލީހުގެ މެންބަރުންގެ މުސާރައާއި އެލަވަންސާއި މިނިވަން މުވައްސަސާއޭ ކިޔައިގެން ތިޔަ އުޅޭ ތަންތަނުގައި އުޅޭ ޕާޓީކުދިންގެ މުސާރަ ހަމަޖައްސަވާލައްވަންވީމާ ހާދަ ފަސޭހަފުޅުވެފައި ދަތިކަމެއް ނެތި ކޮށްލެވޭތާއެވެ. މަރުކޮހުން ގިނަވިވަރަަކަށް މިކަހަލަ މަރުކޮސް ގޮވުން ގިނަވާނެ.

  16. ބޭބޭ

    ހަގީގަތުގައި ބޭންކުން މިކަމަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް. މިކަމަށް ހައްލު ހޯދައިދޭންވާނީ އެމްއެމްއޭ އިން. އަހަރު ނިމޭއިރު އެމްއެމްއޭގެ އާމްދަނީއޭ ކިޔާ އަޑު އަހަމުތަ. އެހެން އެކިޔަނީ ހުރިހާ ބޭންކަކަށް ލޯނު ދޭން ފައިސާ ދެނީ އެމްއެމްއޭ އިން. އެމްއެމްއޭ އިން ދެނީ ބޮޑު އިންޓަރެސްޓަކާއެކު ބޭންކުތަކަށް. ބޭންކުތަކަށް މިޖެހެނީ އެ އިންޓްރެސްޓްގެ ތެރެއަށް ބޭންކުން ބައެއް އިތުރުކޮށްފައި ރައްޔިތުންނަށް ލޯނު ދޭން. އެކަކަށްވެސް ނޭނގެ އެމްއެމްއޭ އިން ބޮޑު އިންޓްރެސްޓެއް ނަގާކަމެއް. އެމީހުން ތިބެނީ ފިލާ.