ރޮހިންޔާ މުސްލިމުންނަށް އެހީތެރިވުމައްޓާކައި ސަރުކާރުން އެކުލަވާލި ޙާއްސަ ކޮމެޓީން ބޭއްވި ޕްރެސްކޮންފަރެންސް- ފޮޓޯ: ޕީއެސްއެމް

މިޔަންމާގެ ރޮހިންޖާ މުސްލިމުންނަށް އެހީވުމަށް ސަރުކާރުން އެކައުންޓްތަކެއް ހުޅުވައިފި އެވެ.

ADS BY SHEESHA

މިކަމުގައި އުޅުއްވާ އޮފިޝަލަކު ވިދާޅުވީ ރޮހިންޖާ މީހުންނަށް އެހީވުމަށް އެކައުންޓު ހުޅުވާފައި ވަނީ ބެންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއި މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގައި ރުފިޔާ އާއި ޑޮލަރު ޖަމާކުރެވޭ އެކައުންޓުތަކެއް ކަމަށެވެ.

ބީއެމްއެލްގައި ހުޅުވި އެކައުންޓު:
7730000160816 (MVR)

7730000160818 (USD)

އެމްއައިބީގައި ހުޅުވި އެކައުންޓް:
MVR) 901 01 48001218 1001)

USD) 901 01 48001218 2001)

މިޔަންމާގެ ރޮހިންޖާ މުސްލިމުންނަށް އެހީވުމަށް ރައީސް އަބްދުﷲ ޔާމީން ކޮމެޓީއެއް އުފައްދަވާފައިވާއިރު އެ ކޮމެޓީގައި ހިމެނިވަޑައިގަންވަނީ ޑިފެންސް މިނިސްޓްރީއާއި އިސްލާމިކް މިނިސްޓްރީއާއި ހޯމްމިނިސްޓްރީ އާއި ޑިސާރސްޓަރ މެނޭޖްމަންޓް ސެންޓަރގެ އިތުރުން ޕީއެސްއެމް ތަމްސީލް ކުރައްވާ ބޭފުޅުންނެވެ.

އެގޮތުން މި ކޮމެޓީން ވަނީ ރޮހިންޖާ މުސްލިމުންނަށް އެހީވާން ބޭނުންވާ ފަރާތްތަކަށް ހާއްސަ ހޮޓް ލައިނެއް ވެސް ތައާރަފްކޮށްފައެވެ. މި ހޮޓްލައިންގެ ނަންބަރަކީ 1440 އެވެ.

މީގެއިތުރުން ރާއްޖޭގެ ހުރިހާ މީޑިޔާތަކެއް ބައިވެރިކޮށްގެން ހާއްސަ ޓެލެތޯނެއް ވެސް ވަނީ ބޭއްވުމަށް ނިންމާފައެވެ.

ރޮހިންޖާ މުސްލިމުންނާ ދެކޮޅަށްދޭ ހަމަލާތައް އެންމެ ފުރަތަމަ ފެށުނީ 2012 ވަނަ އަހަރު އެވެ. މިޔަންމާގެ ބުޑިސްޓުންނާ މުސްލިމުންނާ ދެމެދު ފެށުނު ހަމަނުޖެހުން ފެށުނު ފަހުން ދޭތެރެ ދޭތެރެއިން މައްސަލަ ހޫނުވެގެންދެ އެވެ.

މިފަހަރު މައްސަލަ ހޫނުވީ މިދިޔަ އޮގަސްޓު މަހު މިޔަންމާގެ ސިފައިން ރޮހިންޖާ މުސްލިމުންނާ ދެކޮޅަށް ހާއްސަ އޮޕަރޭޝަނެއް ފެށުމުންނެވެ. އޮޕަރޭޝަން ފެށިތަނާ ވަރަށް ގިނަ އަދަދެއްގެ ރޮހިންޖާ މުސްލިމުން ވަނީ މިޔަންމާ ދޫކޮށް ބަންގްލަދޭޝްގެ ތެރެއަށް ވަދެފަ އެވެ.

މީޑިއާގެ ރިޕޯޓުތައް ބުނާގޮތުގައި މިޔަންމާގެ ސިފައިން ވަނީ އަލަށް ފެށި އޮޕަރޭޝަނުގައި އެކަށީގެންނުވާ ބާރުގެ ބޭނުންކޮށްފަ އެވެ. އަދި އެ އޮޕަރޭޝަނުގައި ބޮޑެތި މެޝިން ބަޑިތައް ބޭނުންކޮށްގެން ރޮހިންޔާ މުސްލިމުންގެ ގެދޮރުތައް ސުންނާފަތި ކޮށްފައިވާ ކަމަށް ވެސް އެ ރިޕޯޓްތަކުގައި ބުންޏެވެ.

6 ކޮމެންޓް

  1. މާތްކަލާކޯ! މިނިވަން 50 ގެ ކަންތައްތަކާއި ހަވާލުވެ ތިއްބެވި ބޭބޭ ފުޅުންވެސް މި ކޮމިޓީ އެނބަތިބި ދޮތަ! މަމެންނަކަށް ހަމަ ލާހިކެއްނޫން ތި ކަމިގައި އެހީއެއް ވާކަށް. ވ ސޮރީ އޭ މަމެންބުނާނީ.

  2. ތި އެކައުންޓް ތަކަކަށް މި ދިވެހި ރައްޔިތުންނެއް ފައިސާއެއް ނުލާނެ. ސަރުކާރުގެ އިތުބާރު ގެއްލިއްޖެ. ސަރުކާރަށް ފައިސާ ހަވާލު ކުރުމަށްވުރެ އަމިއްލަ ބަޔަކާއި ފައިސާ ހަވާލު ކުރުންވެސް މާ ބުއްދިވެރި. ވ ސަލާން.

  3. ހެޔޮނުވާނެ އިޚްލާސްތެރިކަމެއް ހުރިއްޔާ އެތަނުން އަޚުން ކޮޅެއް ގެނެސް މިރާއްޖޭގައި އެބައިމީހުނަށް ދިރި އުޅެވޭނެ ގޮތެއް ހަދައިދީ!!!!

  4. ސޮރީ.. ލާރީގެ ކަންކަމު ސަރުކާރަށް އިތުބާރެއް ނެތް.. ރާއްޖެ ޓީވީ އާ ގުޅިގެން 3 މިލިއަން ހޯދި ޖަމިއްޔާއާ ބައިވެރި ވެވިދާނެ އަދިވެސް.. އަހަރުން ރައްޔަތުންގެ ޙައްގު ހޯދަ ނުދެވިގެން އުޅޭއިރު.. ޑިރެކްޓަރ ލެވެލް މީހުންގެ މުސާރަ 12 ހާހަށް ވުރެ މތި ނުކުރެވިގެން އުޅެޗޭ ބައެއް އެހެން ނުކަމެތިން ތަކަކަށް އެހީވާނެތަ؟

  5. ލާރި ގަނޑު ކާލަނެ ކަން ޔަގީން..

  6. 2018 އަށް ފައިސާ ހޯދަނީ