ފުލުހުންގެ މައި އިދާރާ ޝަހީދު ޙުސައިން އާދަމް ބިލްޑިންގ – ފޮޓޯ : ޕޮލިސް
ފުލުހުންގެ މައި އިދާރާ ޝަހީދު ޙުސައިން އާދަމް ބިލްޑިންގ – ފޮޓޯ : ޕޮލިސް

ރާއްޖެ އާއި ދުބާއީ ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ގިނަ އަަދަދެއްގެ މަސްތުވާތަކެއްޗާއެކު ދިވެއްސަކު ދުބާއީއިން ހައްޔަރުކޮށްފިއެވެ.

ADS BY OOREDOO

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ އުމުރުން 40 އަހަރުގެ ފިރިހެނެއް ކަމަށް ފުލުހުން ވިދާޅުވިއެވެ.

އޭނާ ހައްޔަރު ކުރީ ދުބާއީގެ ވައިގެ މަގުން ރާއްޖެއަށް މަސްތުވާތަކެތި އެތެރެ ކުރަން އުޅޭ ކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ދެ ގައުމުގެ ފުލުހުން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ކަމަށް ފުލުހުން ވިދާޅުވިއެވެ.

ނަމަވެސް އޭނާގެ އަތުން ފެނުނު މަސްތުވާތަކެއްޗާ ގުޅޭ މައުލޫމާތު މިވަގުތު ހާމަކުރެވެން ނެތްކަމަށާއި އެ މައުލޫމާތު ފަހުން ހިއްސާކުރާނެ ކަމަށް ފުލުހުން ވިދާޅުވިއެވެ.

މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

މަސްތުވާތަކެތީގެ އޮޕަރޭޝަންތައް އިންޓަނޭޝަނަލް ލެވެލްއެއްގައި ހިންގުމުގެ ގޮތުން ދުބާއީ އާއި އަވަށްޓެރި ގައުމުތަކާއެކު މަސައްކަތްކުރަމުންދާ ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.

 

ADS BY ASTERS

1 ކޮމެންޓް

  1. މަނަވަރު ސަޅިބެ

    މުޅި ދުނިޔޭގައި ދިވެހި ފުލުހުން...