ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ހުޅުމާލޭގައި އަޅަން ފެށި ހިޔާ ފްލެޓްތަކުގެ ފިނިޝިން މަސައްކަތް ނިންމަން، ޕެންޝަން ފަންޑުގެ ފައިސާ އެކަމަށް ބޭނުންކުރެވޭ ގޮތް ހަމަޖައްސައި ދިނުމަށް މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ގޮވާލައްވައިފިއެވެ.
މުއިއްޒު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ފެންޝަން ފައިސާ ބޭނުންކުރުމުގެ އިހްތިޔާރު ލިބޭނެ ގޮތް ހަދައި ދިނުމަކީ މުހިއްމު ކަމެއް ކަމަށް ދެކިވަޑައިގަންނަވާ ކަމަށެވެ.
Hiyaa flat thakuge finishing ah rayyithun kuranjehey kharadhah luyeh dhevvumuge gothun, e rayyithegge pension fund ge faisaa ekamah beynunkurumuge ikhthiyaaru e rayyithakah libeyne goi hahdhavai dhevvumakee muhimmu kameh kamugai dheken. @PensionOffice @hdcmaldives
— Dr Mohamed Muizzu (@MMuizzu) May 26, 2021
މުއިއްޒުގެ ޓްވީޓަށް ރިޕްލައި ކުރައްވަމުން ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބް ރައީސް ރީކޯ މޫސަ ވިދާޅުވީ، އެއްމެ ރަނގަޅު ގޮތަކީ ސިޓީ ކައުންސިލަށް ގާނޫނީ ބާރުއޮތް ނަމަ ލޯނު ނަގާފައި ދިނުން ކަމަށެވެ. ފެންޝަން ފަންޑަށް ބަދަލު ގެނެވޭނީ ގާނޫނަކުން ކަމަށް ރީކޯ މޫސަ ވިދާޅުވިއެވެ.
ޕެންޝަންފަންޑުގަ ފައިސާ ނެތް ކިތަންމެބަޔަކަށްވެސް ފްލެޓްލިބިފަހުރެދާނެ، މާލީ ތަނަވަސްކަމެއްނެތިއްޔާ އެފަދަފަރާތްތަކަށްވެސް ގޮތެއްހޯދާދޭން ޖެހޭނެ ؟ އެއްމެރަނގޅުގޮތަކީ ސިޓީ ކައުންސިލަށް ޤާނޫނީ ބަރުއޮތްނަމަ ލޯނުނަގާފަ ދެއްވުން ޕެންޝަން ފަންޑަށް ބަދަލުގެނެވެނީޤާނޫނަުން
— Moosa Maniku (Reeko) (@ReekoMoosa) May 26, 2021
ޕްލޭނިން އެންޑް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ކުރިން ވިދާޅުވެފައި ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ނިންމާފައި ވަނީ ފްލެޓްތައް ލިބޭ މީހުން އަމިއްލަ އަށް ފިނިޝިންގެ މަސައްކަތް ނިންމުމަށް ކަމަށެވެ. އެއީ މުއްދަތެއް ހޭދަވާނެ ކަމަކަށް ވާތީ އެ ކަމަށް ތިން މަސް ވަނީ ކަނޑައަޅައިފައެވެ. އަދި އެ ތިން މަހު ކުލި ނުނަގާ ގޮތަށް މި ސަރުކާރުން ވަނީ ނިންމައިފައެވެ.
ފްލެޓުތައް ދޭ އިރުގައި ދެ ކޮޓަރީގެ ފްލެޓްތައް ދޭނީ ފާހާނާ އާއި ކޮޓަރިތަކުގައި ދޮރުފަތް ހަރުނުކޮށެވެ. ސިޓިންރޫމާއި ކޮޓަރިތަކުގައި ތަށިމުށި ވެސް ނުޖަހާނެއެވެ. ފަންކާ އާއި ލައިޓުތަކާއި ފްލެޓުގައި ކުލަ ލާން ޖެހެނީ ވެސް ފްލެޓު ލިބޭ މީހުން އަމިއްލައަށެވެ. ހިޔާ ފްލެޓްތަކުގެ ފިނިޝިން ނިންމާނީ އެ ތަންތަން ލިބޭ މީހުން އަމިއްލަ އަށް ކަމަށް ޔާމީންގެ ސަރުކާރުން އެއްބަސްވެފައިވާ ކަމަށް މި ސަރުކާރުން ބުންޏަސް ކުރީ ސަރުކާރުން އެކަން ދޮގުކުރެއެވެ.
އެ ތަންތަން ލިބުނު މީހުންނަށް ތަޅުދަނޑި ހަވާލުކޮށް ވަދެވޭނެ ތާރީހެއް އަދި ސަރުކާރުން އިއުލާނެއް ނުކުރެއެވެ. ނަމަވެސް އެ ތަނުގައި އުޅޭ މީހުން ދިރިއުޅޭނެ ފްލެޓުތައް ކަނޑައެޅުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.
ސާބަހޭ ސާބަހޭ ތިޔައީ ޔާމީނުގެ ދަރިވަރެއް ހިންގަން އެގޭނެ ހިންގާލާ ބަރަވެރި ސްޕީޑް
ޝިފާ ފިލީތަ ބަލަ ގަޓުހުރި މުއީޒް އަހަރެންވެސް ބޭނުން އަހަރެންގެ ފްލެޓުގެ ލާރިވެސް ދައްކަން ސަރުކާރުގައި 30 އަހަރުވީ ޕެންޝަން ފަންޑު ލާރި ވަރަށް ބޭނުން އާދޭސް ކޮއްފައި ބުނަން ތިޔަކަމަށް އެތަކެއް ރައްޔިތުން ވަރަށް ބޭނުން.
މުއީޒުމެންގެ ސަރު ކާރުގަ ތި ކަހަލަ ކަންތަށް ނު ކޮއްދިނީ ކިހިނެއް ވެގެންތޯ. 7 އަހަރު މުއީޒުއޮތީ ގަދަނިދީގަތޯ.
މުއިއްޒު މިނިސްޓަރު ކަމުގައި ހުރިއިރު ރައްޔިތުން މިހާހަތަކަށްނުވެއްޓޭ
ޢެހެންވެގެންދޯ ނޫމަޑިއެއްވާހަކަ އެދައް ކަނީ. މީނައަށް ހޭވެރިކަންވީ މިއަހަރުތޯ.
ނުމަޑި ބަދަލުގެ ގޮތުގަ ދިން ލާރި ކެއީ އެމްޑީޕީ. އެލެކްސްގެ ބެސްޓްފްރެންޑް އެއްޗެއް ނޫމަޑި އެއީ. އިގޭ ވާހަކަ ދައްކާ
ބަލަ ޕެންސަންފަންޑްލާރިއަ ކީ ގޯނިގޯންޏަށް އަޅާފަ ގުދަނުގަ ރައް ކާ ކޮއްފަ ހުންނަ އެއްޗެއްނޫން. ޢެފައިސާ އެ ކިކ ކަންކަމަށް އިންވެސްޓްކުރާނެ. މިވަރުވެސް މުއީޒާއްނޭންގެންޏާ މަހައްދޭބަލަ.
ސާބަހޭ މުއިޒް ތީ ވަރަށް ރަނގަޅު ކަމެއް މިސަރުކާރުގަ ޢިޚްލާސްތެރިކަމެއް ހުރިނަމަ ތިކަން ކުރާނެ...
ކީއްވެބާ ރޔ ސަރުކާރުގައި ތިކަންނުކުރީ
ޜައްޔިތުން މީހާދަތި ހަލަތަށް ނުވެއްޓޭތީވެ
ޢޭރު މިހާލަތައް ނުވެއްޓެނީ ކަލޭމެންނާއި ކަލޭމެންގެ ޕާޓީ. އަހަރުމެން އުޅުނީ އޭރު ވަރަށް ހާލުގަ. ކަލޭމެން އޭރުތިބީ ނިދާފަ އަހަރުމެން ރޮއެ އާދޭސްކޮށް ހެދިއިރު.
މުއީޒުގެ އިހްލާސްތެރިކަމެއް ހުރިއްޔާ ޔާމީނު ވަގައްނެގި 3 ބިލިއަން ރުފިޔާ ސަރު ކާރާ ހަވާލު ކުރާށޭ ބުނެބަލަ.
އަހަރުމެން ރަށްފުށުގެ މީހުންނަށް ފުލެޓެއް ނުގަނެވޭނެ ރަށަކުން. ގެދޮރު އެޅުމަށް އެއްވެސް ކަހަލަ ގޮތަކަށް ޕެންޝަން ފައިސާ ބޭނުން ނުކުރެވުން މިއީ ވަރަށް ނާއިންސާފުން މަޖިލިސް މެންބަރުން ނިންމާފައިވާ ނިންމުމެއް. ސިވިލްގެ ވަޒީފާގަ އުޅޭއިރު މިލިބެނީ ގިނަވެގެން 7000.00 ރުފިޔާ. މުސްކުޅި ވާއިރު ދަރިންނަށް ވަންނާނެ ކޮޓަރިގަނޑެއް ހެދޭނެގޮތެއްނެތް. ވަޒީފާގަ 22 އަހަރު ހޭދަމިވީ ނިކަމެއްޗެއްގެ ގޮތުގަ. 45 އަހަރުވީފަހުން ގޯއްޗެއް ލިބުނީ. ގެދޮރު ހަދާނެ އެއްވެސް ފައިސާއެއް އުމުރުގަ ހޭދަކުރި ވަޒީފާއިން ނުލިބުނު. ނިކަމެތިކަމާއެކު އިސްޖަހައިގެން ލިބޭމަދު ފައިސާކޮޅުން ފުއްދާލައިގެން އެހެންމީހުންނަށް ސަލާންޖަހަން ނާށިގަނޑު ދިއްނުކޮށް މި އުޅެނީ ދުނިޔޭގެ ލަދަށް. ރައްޔިތުންގެ މަޖިލީހުންވެސް ސިވިލްސާވިސްގަ އުޅޭ މީހުންނަކީ އެއްވެސް ބަޔަކަށް ނުހަދާ. ސިވިލްސާވިސްއިން އަހަރުން ނިކަމެތިންނަށްޓަކައި ކޮއްދެވުނު އެއްވެސް ކަމެއްނެތް. މިއަދުގެ ދިރިއުޅުމުގައި މިލިބޭ މަދުފައިސާ ކޮޅުން ފުއްދާލައިގެން އުޅޭ ދަތިހާލު އެއްވެސް މަތިފަޑީގެ މީހަކަށް ނޭނގޭނެ. ގެދޮރު ހަދަން ބޭނުންވޭ. ރިޓަޔަމެންޓް ޕެންޝަންގަ ފައިސާކޮޅެއް ޖަމާވެފަ ހުރިކަމުގައިވިޔަސް އޭގަ އަތްލެނޭ އެއްވެސްގޮތެއްނެތް ގެދޮރު ހެދުމަކަށް. މިއީ ވެރިންނަށްވެސް އެނގެންޖެހޭ ކަމެއް. އެކަމަކު ނިކަމެތި މީހާގެ އިޙްސާސް ވެރިންނަކަށް ނުކުރެވޭނެ. ރަށްފުށުގަ ދިރިއުޅޭ މީހުންނަށްވެސް ގެދޮރު ހެދުމަށް ލުއިގޮތްތަކެއް ހަމަޖެހޭނެ ކަމަށް އުއްމީދުކުރަން. ލޯނެއްވެސް ލިބެނީ މުއްސަނދިންނަށް. ރައީސްވެސް މަޖިލީހުގެ މެންބަރުންވެސް ހަމަސިކުނޑިން ވިސްނާލާފަ މިކަންކަމާދޭތެރޭ ރަނގަޅު ގޮތްތަކެއް ނިންމާ ދިނުމަކީ ނިކަމެތި ސިވިލްސާވަންޓެއްގެ ހައިސިއްޔަތުން ވަރަށްބޮޑަށް އެދޭކަމެއް.
ރާއްޖެތެރޭ މީހުންގެ ލާރިވެސްވެއްްއްޖެ ތިފަންޑެއްގާ މިތިބީ ގެނުހެދިފައި ބިއެމްއެލް އިންދޭ ލޯނުގެ އިންޓްރެސްޓް ބޮޑު ކަމުން އަވަަހަށް ތިފައިސާ ކޮޅު ލިބޭނޭގޮތް ހަދާދީ ފަންޑުގައި ބައިވެރިވި އެންމެނަށް
އެހެންވެއްޖެއްޔާ އަހަރުމެންގެ ގެދޮރުނިންމަންވެސް އެފައިސާ ދޭންޖެހޭނެ އަހަރުމެންވެސްމިތިބީ ގެދޮރުނުނިމިފަ ފުލެޓް އެކަންޏެންނޫން
ސާބަހޭ ޑރ. މުޢިއްޒަށް.
ރައީސް ޔާމީންގެ ސިޔާސަތު ތަންފީޒުކުރަމުން ދާތަން މިފެންނަނީ. ރައްޔިތުންނަށް އިޚްލާޞްތެރި ވެރިއަކީ ވަގުކަލޭގެކަން ވ. ސާފް.
ރާއްޖޭގެ ރައްރަށުގައި ގެދޮރުއެޅުމަށްވެސް ތިފަންޑުން ނެގޭނެ ގޮތެއްހަދަންޖެހޭނެ.. އެއީ ކޮންމެމީހެއްގެވެސް ހައްގެއް...
މުއީޒުގެ ޖީބުން އެކަންނަން ކޮށްލަދިނީޔާ ކިހިނެއްވާނީ މިސަރުކާރުން ދޮގެއްނުހަދާނެ ބަޔަކު ގަބޫލުކުރިޔަސް އަދި ނުކުރިޔަސް އަބަދުވެސް މިސަރުކާރުން ކަންތައްތައް ކުރައްވާނީ ރަތްޔި ތުންގެ ހެވާ ލާބަޔަށް
މަނިކުފާނުމެއް ތިތައް ހެދުމައް ހަވާލުކުރި ބޮޑުއަގުގަ ސުކެޔާފޫޓެއް -/2200 ރ އެވަރުންވެސް ނުނިމުނު އެއީމަނިކުފާ ހައުސިންމިނިސަޓަރަކައް ހުރިދުވަސްވަރު އެލާރިތައްވެސް ކާލީ ތިމީހުން މާހެޔޮއެދެއްނޫޅުނަސް ހެޔޮ ، ތިބޭފުޅމިހާރުގޮސް ބަލާލަބަލަ އެޗުޑީސާ މިާރު ކއަކަ ފޫޓެއް އިމާރާތް ކޮއްދޭ އެކުނަފުނިތަކުން ބިޑުކޮއްފަ އެހެރީ - /1000ރ އާއި -/1200ރ ދެމެދު ކޮމްޕޮޅީތު ތަޅުދަޑި އަދި ވިއްކައް އެހެރޯޖަހާފަ -/1600ރ ލަދުކޮބާ
ބަލަ ޕެންޝަން ފަންޑަކީ ބޭނުންހާ ކަމެއް ކުރެވެން އޮންނަ އެއްޗެއް ނޫނޭ ބްރަދާ. ގޭ ކުލި ދައްކަންވެސް ދޭން ގޮވާލާންވީނު.
ގަމާރު އަދި އެލެކްސް ތިބުނީ ތެދެއް މިވެސް ގޯއްޗެއް އޮވެ ވަންނާނެތަނެއް މީހެއް ރީކޯއަށް ބުނެލަން އޮތީ ގާނޫނު އެއީ ބާވާލެއްވި އެއްޗެއް ނޫނޭ ތަމެން ބަދަލުކުރަން ޖެހޭ އެއްޗެއް ރައްޔިތުންނަން ލުއިފަސޭހަގޮތަށް
މުއިއްޒު ގެ ސަރުކާރު ގަ ޕެންޝަން ފައިސާ ޙައްޖަށް ދިއުމަށް ދޫ ނުކުރި އިރު މި ހާރު މި ކިޔަނީ ކީކޭ ، މާރަންގަޅު ކަމަށް ހެދިގެން މީހުންނަށް ދެއްކެންވެގެން ސަރުކާރަށް އަމުރު ކުރާނީ މިވެސް ކެނއިޕެއިނުގެ ވައްތަރެއް
މުއިއްޒު މިނިސްޓަރު ކަމުގައި ހުރިއިރު، ފްލެޓަށް އެދި އަހަރެން ލީ ފޯމުވެސް ބަލައެއް ނުގަތް. ކުރީގެ މޭޔަރު ޝިފާގެ ކޮއްކޮ އިއްސޭ ބުނީ އެމީހުންގެ ޕާޓީގެ މީހުންގެ ފޯމުތައް ބަލައިގެންފައި ބާކީ ފުލެޓު ހުރިއްޔާ ނޫނީ އިތުރު ފޯމު ބަލައިނުގަންނާނަމޭ. މުއިއްޒު އޮތީ ނިދާފަ. ކޮންމެ މީހަކު ވެސް ވާހަކަ ވަރަށް މޮޅު. ތި މުއިއްޒުއާ ޔާމީނު ހަވާލުކުރި ތިއަށްވުރެ މާގިނަ ފްލެޓް އަޅަން. އެއްބައި ކާލާފަ އަޅާފަ އެހުރީ އެއްބައި. ޔާމީންގެ ވެރިކަމެއްގައި މުއިއްޒު އޮންނާނީ ޖަލުގަ.
ޕެންޝަން ފަންޑަކީ ވަކި ބަޔެއްގެ ހައްގެއް ތިހެން ފްލެޓް ހަދާކަށް އެފައިސާއެއް ނުނެގޭނެ ކަލޭ އަތުގަ ރައްޔިތުންގެ ފައިސާތައް ހުންނާނެ 10 ބުރީގެ ގެއެއްވެސް ހުންނާނެ އެމީހުންނަށް އެހީވާންވީނު
ބައެއްއިރަކުހީވޭ ސަރުކާރުގައި ވަރައް ރުފިޔާ ހުންނަހެއްވެސް
ދޮރު ހަރުނުކުރާ ތަނެއްގެ ތަޅުދަނޑި ހަވާލު ކުރާނެ ގޮތެއް ނުވިސްނުން....