މާލޭގެ އެކި ސަރަހައްދުތައް ފޮގް ކުރުމުގެ މަސައްކަތް މާލެ ސިޓީ ކައުންސިލުން ފަށައިފިއެވެ.
މާލެ ފޮގް ކުރުމުގެ މަސައްކަތް ފަށާފައި މިވަނީ ކުރިއަށް އޮތީ ހުޅަނގު މޫސުން ކަމަށްވެފައި، މަދިރި އާލާވެ، ބަލި ފެތުރުމުގެ ފުރުސަތު އޮތުމުންނެވެ. މާލެ ސިޓީ ކައުންސިލުން ވަނީ މީގެ ދުވަސްކޮޅެއް ކުރިން ވިލިމާލެ ފޮގްކޮށްފައެވެ.
އަދި މާލެ ސަރަހައްދު ވެސް ފޮގް ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށްވެއެވެ.
މަދިރި އާލާވާ ތަންތަން ނައްތާލުމުގެ ގޮތުން ކޮންސްޓްރަކްޝަން ސައިޓުތަކުގައި ފެން ހުރިތަންތަން ބެލުމަށް ފަހު އެތަންތަނަށް މަދިރި ބޭސް އެޅުމުގެ މަސައްކަތް ވެސް މާލެ ސިޓީ ކައުންސިލުން އިސް ނަގައިގެން ކުރިއަށް ގެންދާ ކަން ފާހަގަކޮށްލެވެއެވެ.
ކައުންސިލުން ވަނީ މާލޭގައި ގިނައިން މީހުން ޖަމާވާ މަގުތައް ޑިސްއިންފެކްޓް ކުރުމުގެ މަސައްކަތް ވެސް ފަށައިފައެވެ. އެ މަސައްކަތް ދާދި ފަހުން ފަށާފައި ވަނީ މާލޭގެ އެންމެ ކާރޫބާރު އެއް ސަރަހައްދު ކަމަށްވާ މަސް މާރުކޭޓު ކުރިމަތިންނެވެ.
އައްޑޫ އަށްވެސް ބޭނުންވަނީ މުއިއްޒު ފަދަ ހިތްތިރި ، ކަން ކަން ކުރެވޭ މޭޔަރ އެއް .
ނިޒާރު ކަހާތާ ހިރުވާވެސް ނުލާ ހޮވުނު ފަހުން.
މަދިރިޔާ ހެދި އައްޑޫ މީހުންވެސް މި އުޅެނީ ސަލާމަތް ނުވެވިގެން.