މޮނިޓަރިންއަށް ލާފައިވާ ރަށްތަކުގައި ކާފިއު ހިންގުމަށް އެޗްޕީއޭ އިން އިއުލާން ކޮށްފައި އޮތް އުސޫލުގެ ދަށުން ކާފިއު ހިންގާ ރަށްތަކުގެ ތެރޭގައި ހއ.ދިއްދޫ ވެސް ހިމެނިއްޖެއެވެ.

ދިއްދޫގައި ކޮވިޑް ހާލަތު ގޯސްވުމުން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ފަރާތުން ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު އެރަށުގައި އިއުލާންކުރި ކާފިއުގެ މުއްދަތު ހަމަވުމުން ދިއްދޫ ކައުންސިލުން އެރަށުގައި ކާފިއު އިއުލާން ކުރީ މީގެ ތިން ދުވަސް ކުރިންނެވެ.

ކައުންސިލުން އިއުލާން ކުރީ ހަވީރު 16:00 އިން އިރުއޮއްސި 18:00 އަށް ކާފިއު ހިންގުމަށާއި ރޭގަނޑު 21:00 އިން ފަތިހު 4:00 އަށް ދުއްވާ އެއްޗެތި ދުއްވުން މަނާކޮށްފައިވާ ކަމަށެވެ.

ނަމަވެސް އޭގެ ފަހުން ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ވަނީ މޮނިޓަރިންގައި އޮތް ހާލަތު އެންމެ ގޯސްރަށްތައް ފިޔަވައި އެހެން ހުރިހާ ރަށެއްގައި ރޭގަނޑު 21:00 އިން ފަތިހު 04:00 އަށް ކާފިއު ހިންގާށެވެ. އެހެންކަމުން ކައުންސިލްގެ ނިންމުމުގެ ބަދަލުގައި މިހާރު އަމަލު ކުރަން ޖެހޭނީ އެޗްޕީއޭގެ ނިންމުމަށް ކަމަށް މައުލޫމާތު ލިބެއެވެ.

ކައުންސިލްގެ ނިންމުމުގެ ފަހުން އެޗްޕީއޭގެ ނިންމުން އިއުލާން ކުރި ނަމަވެސް ދިއްދޫ ކައުންސިލުން މިކަމާއި ގުޅިގެން އެއްވެސް އެއްޗެއް ނުބުނެއެވެ.

ރާއްޖޭގެ 70 އަށްވުރެ ގިނަ ރަށް މިހާރު މޮނިޓަރިންގެ ހާލަތުގައި އެބައޮތެވެ. އެހެންކަމުން އެހުރިހާ ރަށެއްގައި ވެސް ކާފިއު ހިންގާނެއެވެ.