މުހައްމަދު އަނީސް

އިކޮނޮމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކަމުގެ މަގާމުން މުހައްމަދު އަނީސް އިސްތިއުފާ ދެއްވައިފި އެވެ.

ސަރުކާރު ކޯލިޝަންގައި ހިމެނޭ އެމްޑީއޭގެ ކައުންސިލަށް ނިސްބަތްވާ އަނީސް އެ މަގާމުން އިސްތިއުފާ ދެއްވި ސަބަބެއް އެނގިފައެއް ނުވެއެވެ.

އެނގިފައިވާ ގޮތުގައި އަނީސް އިސްތިއުފާ ދެއްވުމަށް އެދި ސިޓީ ހުށަހެޅުއްވީ މި ހަފްތާގެ ތެރޭގައެވެ.

އަނީސް ވަނީ މީގެކުރިން މިސަރުކާރުގެ ޓްރާންސްޕޯޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ވެސް ކުރައްވާފައެވެ.

ADS BY ASTERS

1 ކޮމެންޓް

  1. މީގެ ކުރިން އިކޮނޮމިކް މިނިސްޓްރީ ގައި ތިޔަ ގޮތަށް ހުންނެވި އިސް ބޭފުޅަކު ކުއްލި ގޮތަކަށް މަޤާމުން އިސްތިއުފާ ދެއްވިއެވެ. އެއަށްފަހު ފެނިގެން ދިޔައީ އެބޭފުޅާ އިކޮނޮމިކް މިނިސްޓްރީ ގައި ހުންނެވިއިރު ބޭރުން އައި އިންވެސްޓްމަންޓްގެ ޕާޓުނަރ ގޮތުގައި އެ އެއަރލައިން ދުއްވަން ފެށިތަނެވެ. މިފަހަރު ހުޅުމާލޭ ގައި އިންޓަނޭޝަނަލް ސްކޫލްއާއި އެކިއެކި ކަންކަން ހިންގުމަށް ބޭރުގެ އިންވެސްޓަރުން އަންނައިރު، އެއިން ފަރާތެއްގެ ޕާޓުނާރ އަކަށް މި ބޭފުޅާވުން ވަރަށް ގާތްކަމަށް ޤަބޫލުކުރެވޭ.