އައިޖީއެމްއެޗް - ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް
އައިޖީއެމްއެޗް - ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

މިދުވަސްވަރު، ހައްޖާޖީން އެނބުރި ރާއްޖެ އައިސްފައިވުމުން އަރިދަފުސް ރޯގާ އަދި ވައިރަލްހުން ފެތުރެމުންދާކަމަށާއި އެކަމަށް އެކަމަށް ސަމާލުވުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އެދިއްޖެއެވެ.

ADS BY OOREDOO

އެޗްޕީއޭ އިން ބުނީ ރޯގާ ޖެހިފައިވާނަމަ، މީހުން އެއްވެ އުޅޭ ތަންތަނަށް ދިއުން މަދުކުރުމަށެވެ. އަދި މީހުން އެއްވެ އުޅޭ ތަންތަނަށް ކުޑަކުދިން ނުގެންދިއުމަށާއި ރޯގާޖެހިފައިވާނަމަ ކުޑަކުދިން ކައިރިއަށް ނުދިއުމަށާއި އެކުދިން އުރާ ނުހެދުމަށްވެސް އެޗްޕީއޭ އިން ވަނީ އިލްތިމާސްކޮށްފައެވެ.

ރޯގާ ޖެހި ޖެހިފައިވާ ނަމަ ކެއްސާ، ކިނބިހި އަޅާއިރު އަނގަމަތީގައި ކުޑަ ރުމާލެއް ނުވަތަ ޓިޝޫއެއް ފަދަ އެއްޗެއް އެޅުމަށް އެޗްޕީއޭ އިން ވަނީ އިލްތިމާސްކޮށްފައެވެ. އަދި ބޭނުންކޮށްފައިވާ ޓިޝޫ ފަދަ ތަކެތި އެހެން މީހުންނަށް އޭގެ އަސަރު ކުރާނެ ފަދައިން ހާމައަށް އެއްލާނުލުމަށް ވެސް ވަނީ އިލްތިމާސްކޮށްފައެވެ.

އެޗްޕީއޭ އިން ބުނީ ސައިބޯނި ލައިގެން ގިނަ ގިނައި އަތް ދޮވުމަށް ސަމާލުކަން ދިނުމަށާއި ހުންގަދަނަމަ ގައިގައި ފެން ހޭކުމަށާއި ޕެރެސިޓަމޯލް ފިޔަވައި އެހެން ބޭހެއް ޑޮކްޓަރެއްގެ މަޝްވަރާއާ ނުލާ ބޭނުންނުކުރުމަށެވެ.

މީގެ އިތުރުން، ހުން އައިސް ރޯގާ ޖެހި ތިން ދުވަހަށްވުރެ އިތުރުވެފައިވާ ނަމަ ޑޮކްޓަރެއްގެ ލަފާ އާ އިރުޝާދު ހޯދުމަށްވެސް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.

Comments are closed.