އދ. ގެ އާންމު މަޖިލީހުގެ ރިޔާސަތަށް ކެމްޕޭން ކުރައްވަން، ދައުލަތުން ޚަރަދުތަކެއް ހޭދަވެގެންދާ ގޮތަށް ނިއުޔޯކްގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ހުންނަވާތީ ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ފާޑު ވިދާޅުވެއްޖެއެވެ.
ހުޅުމާލެ ކޮވިޑް ފެސިލިޓީގައި ގިނަ އަދަދެއްގެ ބަޔަކަށް ފަރުވާނުދެވި ނިޔާވަމުންދާތީ ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމް ހުށަހެޅުއްވި މައްސަލައިގައި ކުރިއަށް ދިޔަ ބަހުސްގައި އާދަމް ޝަރީފް ވިދާޅުވީ، ކޮވިޑްގެ ހާލަތު މެނޭޖް ނުކުރެވި ކަންކަން ގޯސްވަމުންދާ ކަމަށެވެ.
އިދިކޮޅު ޕީޕީއެމްއާއި ޕީއެންސީގެ އެހެން މެންބަރުން ވެސް އެ ބަހުސްގައި ފާހަގަކުރެއްވިހެން އާދަމް ޝަރީފް ވެސް އެންމެ ބޮޑު ކަމަކަށް ފާހަގަކުރެއްވި ކަމަކީ ދައުލަތަށް ލިބުނު އާމްދަނީ މެނޭޖް ނުކުރެވި ކޮވިޑްގެ ހާލަތު މެނޭޖް ކުރަން ބޭނުންވާ ވަސީލަތްތައް އިތުރު ނުކުރެވުމުގެ ކަންބޮޑުވުމެވެ.
އެއަށް ފަހު އާދަމް ޝަރީފް ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ރޭ ނޫސްވެރިންނާ ބައްދަލު ކުރައްވައި ވުޒާރާތަކުގެ މަސައްކަތް ފާހަގަކުރެއްވިއިރު ބައެއް ވުޒާރާތައް ރައީސް ވިދާޅުނުވުމުން އެ ކަން ފާހަގަކުރައްވައިފައެވެ.
އޭގެ ތެރޭގައި ފޮރިން މިނިސްޓްރީ ވެސް ހިމެނެއެވެ. އާދަމް ޝަރީފް ވިދާޅުވީ ދައުލަތުން އެތައް ޚަރަދެއް ކުރާ ގޮތަށް ނިއުޔޯކްގައި ޝާހިދު ހުންނެވުމަކީ ޒިންމާދާރު ކަމެއް ނޫން ކަމަށެވެ. އަދި މި ވަގުތު އިސްކަމެއް ދޭން ޖެހެނީ ގޮނޑިއަކަށް ނޫން ކަމަށާއި ގައުމުގެ ހާލަތު ހަމަ މަގަށް އެޅުވުން ކަމަށް އޭނާ ވިދާޅުވިއެވެ.
"މިނިސްޓަރު ޝާހިދު ޔޫއެންގެ ގޮނޑިއެއް ހޯދަން ވެގެން ރާއްޖޭން ބޭރުގައި އެ ހުންނަ ހުރުން ޒިންމާދާރެއް ނޫން، ދައުލަތުން އެތައް ޚަރަދެއްދާ ގޮތަށް، ރައީސް ވެސް ރޭގެ ޕްރެސްގައި ޝާހިދުގެ ނަން ނުގެންނެވީ ވަރަށް ދަތިފުޅުވާތީ ކަމުގައި ބެލެވޭ،" އާދަމް ޝަރީފް ވިދާޅުވިއެވެ.
ރާއްޖެއިން ބޭރަށް ވަޑައިގެން ނިއުޔޯކްގައި ޝާހިދު ހުންނަވާތާ މަސް ދުވަހަށް ވުރެ ގިނަ ދުވަސްވެއްޖެއެވެ.
ކޮވިޑްގެ ބަލިމަޑުކަން ފެތުރުން އިތުރުވެ 70 އަށް ވުރެ ގިނަ ރަށް ބަންދުކޮށްފައިވާއިރު، މި މަސް ފެށިގެން ކޮންމެ ދުވަހަކު ދުވާލަކު ހާހެއްހާ މީހުން ބައްޔަށް ފައްސިވެއެވެ. މި މުއްދަތުގެ ތެރޭގައި ބަލީގައި ނިޔާވާ މީހުންގެ ގިނައެވެ.
އިސް ވެރިޔާ އިސްރާފު ކުރާމިނިސްޓްރީ އެކެވެ.
ރަމްލޯންމަސްފެށުނުތަނާ ކާޕެޓައްއަރާވަދައިގެން ނައްޓާލެއްވިގޮތައް އަދިރާއްޖެނާދެވޭ ކާޕެޓުން ތެޔޮހުސްވީކަންނޭންގެ
އެހެން ހުއްޓާ އެތާ ބޯޑަރު ބަންދުކޮށްފިއްޔާ އަނބުރާ އާދެވޭނެގޮތެއްނެތި އަނެއްކާ އަނެއް ކަންތައް.
ތިޔާ ކަމާ އަޅާލާނެ ހެނެއް ހިޔެއް ނުވޭ ކިތައްމެ ވަރަކައް ވާހަކަ ދެއްކިޔަސް އެއީ މީ ކެމްޕޭން ސަރުކާރު މިސަރުކާރައް މުހިމްމުވާނީ ކެންޕޭން ރައްޔިތުންނެއްނޫން އެކަން އިނގޭނޫންތޯ ބޭރުގައުމު ތކުން އެނމެ ނުރައްކާ ކޮވިޑް ޖެހިފައި ވާގައުމުތަކުންވެސް މީހުން އެރުވީ ގޮތެއް ފޕތެއް ނުބަލާ އެހެން ވުމުގެ ސަބަބުން މިވަރި މިވީ ވެދުން
ޝާހިދުމިދަތުރަށްހޭދަކުރާއެއްވެސް ޚަރަދެއްރައްޔިތުންގެޓެކްސް ފައިސާހޭދަކޮށްގެންނުވާނެ އެއީރައްޔިތުންކުރަންޖެހޭޚަރަދެއްނޫން ފޮރިންމިނިސްޓްރީން އެބަޖެހޭ އޭގެތަފްސީލް ރައްޔިތުންނައް ސާފުކޮށްދެއްވަން އަދިނޫސްވެރިންވެސް އެބަޖެހޭ އެޚަރަދުތަކުގެތަފްސީލް ރައްޔިތުންނައްހޯދަދޭން
އޭނަ އަށް އަންގާފިން ވީ އެންމެ އަވަހަކަށް މި ކޮޅަށް އަންނަން އޯކޭ ތަ
ކޮވިޑް ހުއްޓުވާނީ މަށޭ ކިޔާ ޝިއާރު ހެދިގޮތަށް ޝާހިދު ދަތުރުކުރުން ހުއްޓުވާނީ މަށޭ ބުނެވޭނެ މީހެއް ނެތް.
ދަތްދޮޅި އާދަނުމިހާރު ދައްކާނެ ވާހަކަ ހުސްވީތޯ
4 މިލިއަން ކަނޑަ އެޅި ޝާހިދުގެ ކެމްޕޭނަށް
4 މިލިއަން ކަނޑަ އެޅި ޝާހިދުގެ ކެމްޕޭނަށް
ބަޖެޓް ފޮތުގާ އެބައޮތް
ޖީބައްގިނަވާނީއޭރުންނޫން
އާދަމްޝަރީފު ރާއްޖޭގަ ހުންނަވައިގެން ރައްޔިތުންގެ ހާލުބެލުމުގަ ހޮސްޕިޓަލުން ނުވެސް ނުކުންނަވާ މުސާރަވެސް ބަލިމީހުންނަށް އެއްކޮށް ހަރަދުކުރުމުގަ
2023 ގެ ރިޔާސީ ކެމްޕެއިނަށް ރުފިޔާ ޕަކަޅޯ ކުރަނީ...