ކްލީކް ކޮލެޖުން ކުރިއަށްގެންދިޔަ ރަސްމިއްޔާތެއްގެ ތެރެއިން - ފޮޓޯ: ކްލީކް ކޮލެޖް

ކްލީކް ކޮލެޖުން މަތީ ތައުލީމުގެ 13 ކޯހެއް ތައާރަފްކޮށް އެކޯސްތަކަށް ކުރިމަތިލުމުގެ ފުރުސަތު މިއަދު ހުޅުވާލައިފިއެވެ.

މި ޕްރޮގްރާމްތައް ރަސްމީކޮށް އިފްތިތާހުކޮށްދެއްވާ ކްލީކް ކޮލެޖުގެ ވައިސް ޕްރެސިޑެންޓް ހަސަން އަބްދުﷲ ސައީދު ވިދާޅުވީ އަލަށް ތައާރަފު ކުރެވުނު ޕްރޮގްރާމްތަކުގެ ކޯސް ކޮންޓެންޓާއި ކިޔަވައިދެވޭ ބައިތައް ކަނޑައެޅުމުގައި އޮސްޓޭލިއާއާއި އިނގިރޭސިވިލާތުގެ ކަރިކުލަމްތައް ދިރާސާކޮށްފައިވާނޭކަމަށާއި އަދި ރާއްޖޭގެ މާހައުލާއި ގުޅޭ ގޮތަށް ކޯސްތައް ބައްޓަންކުރުމަށް ސަމާލުކަން ދީފައިވާނެ ކަމަށެވެ.

ކްލީކް ކޮލެޖުން އަލަށް ތައާރަފް ކުރި ކޯސްތަކުގެ ތެރެއިން ފައުންޑޭޝަން ސްޓަޑީސްގެ ގޮތުގައި، އާލީ ޗައިލްޑްހުޑް އެޑިޔުކޭޝަން އާއި އެޑިޔުކޭޝަން މެނޭޖްމަންޓް އާއި ބިޒްނަސް މެނޭޖްމަންޓް އާއި ބޭންކިންގް އެންޑް ފައިނޭންސް، ސެޓްފިކެޓް ލެވަލް 3 އަދި 4 ގެ ޕްރޮގްރާމްތަކުގެ ގޮތުގައި ވަނީ ތައާރަފް ކޮށްފައެވެ.

އެޑްވާންސް ޑިޕްލޮމާ ލެވެލް އިން  އިނގިރޭސިވިލާތުގެ އޭސީސީއޭ ޕްރޮގްރާމްގެ ސްކިލްސް ލެވެލް ކޯހެއް އަލަށް ތައާރަފުކޮށްފައިވާއިރު ސޯސަލް ސާވިސް އާއި މާކެޓިންގް އާއި ހިއުމަން ރިސޯސް މެނޭޖްމަންޓް އާއި ޓްރެވަލް އެންޑް ޓުއަރިޒަމް އަދި އިންފޮމޭޝަން ޓެކްނޮލޮޖީގެ ކޯސްތައް ވެސް ވަނީ ތައާރަފުކޮށްފައެވެ.

ޑިގްރީ ލެވެލްއިން އަލަށް ތައާރަފުކޮށްފައިވަނީ ބެޗްލާސް އޮފް އިންފޮމޭޝަން ޓެކްނޮލޮޖީ މޯބައިލް އެޕްލިކޭޝަން ޑިވެލޮޕްމަންޓް އާއި ބެޗްލާސް އޮފް އިންފޮމޭޝަން ޓެކްނޮލޮޖީ ގްރެފިކްސް އެންޑް މަލްޓިމީޑިއާއެވެ. އަދި ހާއްސަ ޕްރޮގްރާމެއްގެ ގޮތުގައި ޔުނިވާސިޓީ ޕްރިޕަރޭޝަން ޕްރޮގްރާމެއްވެސް ވަނީ ތައާރަފުކޮށްފައެވެ.

އަލަށް ތައާރަފް ކުރި ކޯސްތަކަށް ކުރިމަތިލުމުގެ ފުރުސަތު މިމަހުގެ 24 ވަނަ ދުވަހާ ހަމައަށް ހުޅުވާލާފައިވާނެ ކަމަށް އެ ކޮލެޖުން ބުނެއެވެ.

1 ކޮމެންޓް

  1. ތިޔަކު އަހަރެން ބޭނުންވާ ވައްތަރެއް ނެތް!! ސޯ ސޭޑް!!