މުދާ އުފުލާ ދޯންޏެއް ކ. ހުދުރަންފުށި ރިސޯޓުގެ ނެރުމައްޗަށް އުރިއްޖެއެވެ.

އަށް މީހުންނާ އެކު ދަތުރު ކުރަމުން ދިޔަ ދޯނި ހުދުރަންފުއްޓަށް އުރުނު އިރު، އޭގައި ތިބި އެއްވެސް މީހަކަށް އަނިޔާއެއް ނުލިބެއެވެ. ހާދިސާ ހިނގިއިރު ދިވެއްސަކާ ހަތް ބިދޭސީން ތިބި ކަމަށްވެއެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ މި ހާދިސާގައި 93 ފޫޓުގެ އެ ދޯންޏަށް ވެސް ގެއްލުމެއް ނުލިބޭ ކަމަށެވެ.

މި ހާދިސާ ހިނގާފައި ވަނީ ހެނދުނު 10:20 ހާއިރު އެވެ. ސިފައިނުންގެ އެހީގައި ދޯނި މިހާރު ވަނީ ފުންކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު