އައްޑޫ ސިޓީގައި އިންޑިއާގެ ކޮންސިއުލޭޓް ޖެނެރަލެއް ގާއިމު ކުރަން ނިންމުމާ ގުޅިގެން މީސް މީޑިއާގައި "ސޭވް އައްޑޫ" ހޭޝްޓެގާއެކު ކެމްޕޭނެއް ފަށައިފިއެވެ.

"ސޭވް އައްޑޫ، އިންޑިއާ އައުޓް" މި ހޭޝްޓެގްގައި މީސް މީޑިއާގައި ޕޯސްޓް ކުރަމުން ދަނީ، މީގެ ކުރިން ވެސް އިންޑިއާ ސަރުކާރާއި ދިވެހި ސަރުކާރާ ވެފައިވާ ބައެއް އެއްބަސްވުންތަކާ މެދު ކަންބޮޑުވުން ފާޅުކޮށް "އިންޑިއާ އައުޓް" ގެ ކެމްޕޭނެއް ކުރަން ފެށި ޒުވާނުންނެވެ.

މި ކެމްޕޭނަށް ތާއީދުކޮށް އައްޑޫއަށް އުފަން ގިނަ ޒުވާނުން ވެސް ބައިވެރިވެފައިވެއެވެ. އަދި އިންޑިއާގެ އަސްކަރީ ބާރު ރާއްޖެއަށް އައުމަށް ބޭނުން ނުވާ ގިނަ ބަޔަކު ވެސް މި ކެމްޕޭންގައި ދަނީ ބައިވެރިވަމުންނެވެ.

އައްޑޫ ސިޓީއަށް ނިސްބަތްވާ ރައްޔިތުންތަކެއް ވެސް ދަނީ އިންޑިއާ ސަރުކާރުގެ މި ނިންމުމާ ދެކޮޅަށް ޓްވީޓް ކުރަމުންނެވެ. މި ޓްވީޓްތަކުގައި ބޭނުންކޮށްފައި ވަނީ އެއް ޖުމުލަތަކެކެވެ. އެ ގޮތުން އެ މީހެއްގެ ނަން ލިޔުމަށް ފަހު، އެއީ އެ މީހަކީ ދިވެެއްސެއް ނުވަތަ އައްޑޫ ސިޓީ މީހެއް ކަމާއި އައްޑޫ ސިޓީއަށް އުފަން މީހެއްގެ ހައިސިއްޔަތުން އައްޑޫގައި އިންޑިއާގެ ކޮންސިއުލޭޓެއް ގާއިމް ކުރަން ދެކޮޅު ކަމަށް ބުނެފައިވެއެވެ.

އިދިކޮޅު ޕީޕީއެމްއާއި ޕީއެންސީގެ ކައުންސިލްގައި ހިމެނޭ ބައެއް ބޭފުޅުން ވެސް މި ހޭޝްޓެގް ބޭނުން ކުރައްވައި ޓްވީޓް ކުރައްވާފައިވެއެވެ. އެކަމަކު މިއީ ކުރިން ވެސް "އިންޑިއާ އައުޓް" ގެ ކެމްޕޭން ކުރި ޒުވާނުން ކުރަމުންދާ ގެންދާ ކެމްޕޭނެއް ކަން އެނގިފައިވެއެވެ. މީގައި އެންމެ އިސް ދައުރެއް އަދާކުރީ ވެސް އައްޑޫއަށް އުފަން ބައެއް މީހުނެވެ. އައްޑޫ ތަރައްގީ ކޮމިޓީ ޖަމިއްޔާ ވެސް މި ކެމްޕޭންގައި ވަނީ ބައިވެރިވެފައެވެ.

އިދިކޮޅު ކޯލިޝަންގެ ތަރުޖަމާނު ހީނާ ވަލީދު ކުރެއްވި ޓްވީޓެއްގައި ވަނީ، ސަރުކާރުން އައްޑޫގެ ރައްޔިތުންނަށް ހެޔޮ އެދޭނަމަ އައްޑޫގައި މަލްޓި ޓާޝަރީ ހޮސްޕިޓަލެއް ގާއިމް ނުކުރަނީ ކީއްވެގެންތޯ ސުވާލު ކުރައްވައިފައެވެ. އެ ޓްވީޓްގައި "ސޭވް އައްޑޫ" ހޭޝްޓެގް ބޭނުން ކުރައްވާފައިވެއެވެ.

ޕީޕީއެމްގެ ކައުންސިލް މެންބަރު ޒާހިދު ރަމީޒު ކުރެއްވި ޓްވީޓެއްގައި ވަނީ، ދިވެހި ސަރުކާރާ މަޝްވަރާ ކުރުމެއް ވެސް ނެތި އިންޑިއާގެ ސަރުކާރުގެ ކެބިނެޓުން ފާސްކުރި ފާސްކުރުމުގެ މައްޗަށް އައްޑޫގައި އިންޑިއާގެ ކޮންސިއުލޭޓެއް ގާއިމް ކުރެވޭތޯ ސުވާލު ކުރައްވައިފައެވެ.

"އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު ހަމަ ހުންނަވަންތޯ ވިސްނަވަނީ؟ އައްޑޫ ރައްޔިތުންގެ ބަހެއް މުހިއްމު ނުވަނީތޯ؟ މިއީ ރާއްޖެ ސަރުކާރުން ނިންމި ކަމެއް ނަމަވެސް ރަނގަޅު،" ސޭވް އައްޑޫގެ ހޭޝްޓެގާ އެކު ކުރެއްވި ޓްވީޓްގައި ޒާހިދު ލިޔުއްވާފައިވެއެވެ.

މި ކަމާ ގުޅިގެން ދިވެހި ސަރުކާރުގެ އިސް ބޭފުޅުން އަދި މާ ބޮޑު އެއްޗެއް ވިދާޅެއް ނުވެއެވެ. އެކަމަކު މަޖިލީހުގެ އައްޑޫ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ވަނީ މި ކަމުގެ ސަބަބުން އައްޑޫގެ ވިޔަފާރިތައް ވަރުގަދަ ވާނެ ކަމަށް ވިދާޅުވެ އެ ކަމުގެ ދިފާއުގައި ވާހަކަ ދައްކަވައިފައެވެ. އައްޑޫ ސިޓީ ކައުންސިލުން އަދި ވަކި އެއްޗެއް މިކަމާ ގުޅޭ ގޮތުން ވިދާޅެއް ނުވެއެވެ.

އައްޑޫގައި އިންޑިއާގެ ކޮންސިއުލޭޓެއް ގާއިމް ކުރަން ނިންމުމަށް ފަހު، އެ ގައުމުން ބުނެފައިވަނީ އައްޑޫގައި އިންޑިއާގެ ކޮންސިއުލޭޓެއް ގާއިމުވެގެން ދިއުމުން އައްޑޫގައި އިންޑިއާގެ ޑިޕްލޮމެޓުން ތިބޭނެ ކަމަށާއި އެހެން ކަމުން ދެގައުމުގެ ޑިޕްލޮމެޓިކް ޕްރެސެންސް އިތުރަށް ވަގުގަދަ ވެގެން ދާނެ ކަމަށް އެހީތެރިވާނެ ކަމަށެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން އެންމެ ގާތް ގުޅުމެއް ބާއްވަވަނީ އިންޑިއާއާ އެކުގައެވެ. އިންޑިއާއާ އެކީ އަސްކަރީ ބައެއް އެއްބަސްވުންތަކުގައި ވެސް މި ސަރުކާރުން ވަނީ ސޮއިކޮށްފައެވެ. މިއީ އިންޑީއާގެ އަސްކަރީ މަރުކަޒެއް ގާއިމް ކުރުމަށް ކުރެވޭ މަސައްކަތެއްގެ ގޮތުގައި އިދިކޮޅު ފަރާތްތަކުން ސިފަކުރެއެވެ. އެކަމަކު މި ކަން ދެ ގައުމުގެ ސަރުކާރުން ވެސް ދޮގު ކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

 1. އަލީޝަމީމް

  ޓްވިޓް ކުރާ ކުދިންނޭ ހަމަ ތިބީ ދައިން އިންޑިއާގެ ޓްރެމްޑުރަމްގަ ހުރި ރާއްޖޭގެ ކޮންސިލުއޭޓް ބޭރުވެސް ކުރެވޭނެތާ؟!

  4
  17
 2. ކޮވިޑް

  އައްޑޫ ރައްޔަތުން ހަމަ ގަޅީ އެމްޑީޕީ އަށް މިފަހަރުވެސް ކައުންސިލް މެޖޯރިޓީ ދިނީ އަށްޑޫމީހުން އެކަމާ ޤަބޫލުވާތީ ދެއްތޯ؟ # ގަޅި އައްޑޫ #

  32
  1
 3. Anonymous

  ޝޭޚް އިލްޔާސް ޑރ. އިޔާޒޫ ޒައިދޫ. މައްމޫނު.
  އިމްރާނު. ޤާސިމޫ. ތަމެއް ބަހެއް ކިޔާބަލަ.
  މިހިރަގެން މިނިވަން މުސްތަޤިއްލު ޤައުމެއް ކަންކަމަށް އަތާއި ފަޔާއި އޮތިއްޔާ އޮތްހާއެއްޗެއް ބާނަނީއޭ. ގެރިމޯދީ ްްަްްަީްްަްްަީްްަްްަީްްަްްަްްަްްަީްްަްްަީްްަްްަީްްަް އަކީ އިސްލާމް ދީނުގެ އަދުއްވެއްކަން ނޭންގޭތޭ.

  33
 4. އަހްމަދު

  މިހާރުދެންތިޔަހެންކުރާ ކެމްޕޭނަކުން ކުރާނެމާބޮޑުފައިދާއެއްނެތް އޭގެހެއްކަކީ ރައްޔިތުންކަންބޯވެގެންމިވާހަކަދައްކާއިރު އަދިމިހާތަނައް އައްޑޫ ކައުންސިލް އޮތީނިދާފަ ހިލަމެއްވެސްނުވޭ

  29
 5. މީޒްލީ

  އިންޑިޔާއިން ވަރަށް ވަރުގަދަ ދުރު ޕްލޭގެއްގެ ތެރެއިން، މިތާގަ ތިބި ވިކިފައި ތިބި ވެރިންތަކާއި އެކު މިޤައުމުގެ މުޅި މިނިވަން ކަމާއި ވަން ނޭޝަން ވަންކަންޓްރީގެ އިސްތިޤްލާލު އާއި ފޭރާން މިއޮތްގެން ވީދާ ހަލާކު ކުރަމުން މިދަނީ! އިންޑިއަކީ ކައިރީގަ އޮތަސް ދުރުގަ އޮތަސް ކޮންމެ ތާކު އޮތަސް ހަޔާތް ކުޑަ ހުދު މުހުތާރު ސިޔާސަތެއް ގެންގުޅޭ ވިޔާނުދާ ހިޔަޅެއް ފަދަ ބައެއް، މިމީހުންގެ ވަކިތަކުން ދީނާއި، މިޤައުމާއި ރައްޔަތުން ސަލާމަށް ކުރުމަށް ކުރަންޖެހޭ ކަންކަން އަވަސް ކުރަން ޖެހެނީ، މިހާރުވެސް ލަސްވެއްޖެ!

  34
 6. ޖާނޭ

  ތިޔައީ ނަގަން އުޅޭ ބިޔަ ރާޅެއްގެ ކޮޅުމަތި. ހަނދުމަފުޅު އެބަހުރިތޯ އިގިރޭސީން އިންޑިއާގައި އުފަންކުރި "އީސްޓް އިންޑިއާ ކުންފުނި". ފެށީ އާދައިގެ ވިޔަފާރިއެއް.އާޚިރުގައި ނިމުނީ މުޅި އިންޑިއާ ދިރުވާލައިގެން. ޢަހަރެމެންނަކީ ހަވުރާމަވެރި އަދި ޢަދާވާތްތެރިން ގެންގުޅޭ ޤައުމެއް ނޫން. ޓްރިވެންޑްރަމްގައި ދިވެހި ކޮންސުއުލޭޓެއް ހުރެގެން އެޤައުމުގެ ދާޚިލީ ކަންކަމަކާ ނުބެހެހެމު. ޢެކަމަކު އިންޑިއާ މީހުނަކަށް ނުތިބެވޭނި.

  12
 7. ޖާނޭ

  ކުރިން ވަކިދައުލަތެއް އުފެއްދީ އިގިރޭސީން. މިހާރުއެއުޅެނީ އިންޑިއާ. ޢަންނި އަކީ ބޮޑުތިލަދުންމަތި. ޔުނައިޓެޑް ސުވާދީބު ގެ ވާހަކަ ދައްކައިގެން ރާއްޖެ ފޮތި ކުރަން އުޅޭ އިސްލާމީ ޤައުމުތައް ބަލިކަށި ކުރުމުގެ ދަށުން އިސްލާމީބިންތައް ކުދިކޮށް ބަލިކަށި ކުރުމުގެ ސިޔާސަތު ފަތުރާ އެޖެންޓެއް. އެމެރިކާއާ އިޒްރޭލުން ބޭނުންވާކަންކަ ކުރުވަނީ އިންޑިއާ މެދުވެރިކޮށް.
  " ހޭއަރާށޭ! އަެދަރީންނޭ!
  ޤައުމު އެދި އެގޮވާގޮވުން"

  14