ކަނޑުގަދަވެ އުދަ އަރާނެ ކަމަށް ލަފާކޮށް ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މޫސުމާބެހޭ ގައުމީ އިދާރާ އިން ރީނދޫ ސަމާލު ނެރެފިއެވެ.

ރިނދޫ ސަމާލު ނެރެފައިވަނީ މިއަދު 14:00 އިން 18:00 އަށް ކ އަތޮޅުން ދ. އަތޮޅަށާއި، ހއ. އަތޮޅުން ފެށިގެން ޅ. އަތޮޅަށެވެ. ކ. އިން ދ. އަށް ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި، ކަނޑުތައް ގަދަވެ އުދަ އަރާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.

އަދި ހއ. އިން ޅ. އަށް ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި، ވިލާގަނޑުގައި ގަޑިއަކު 55 މޭލަށް ވައި ގަދަވެ، ކަނޑުތައް ގަދަވެ އުދައަރާނެ ކަމަށް މެޓުން ވަނީ ލަފާކޮށްފައެވެ.

މޫސުން ގޯސްވެ، ކަނޑުތައް ގަދަވާނެކަމަށް ލަފާކުރެވޭތީ ހުރިހާ ފަރާތްތަކުން، ހާއްސަކޮށް ކަނޑުފަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް މެޓުން ވަނީ އިލްތިމާސްކޮށްފައެވެ.